-

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް ފިށަރީޒްގެ ބަދަލުގައި ދެމިނިސްޓްރީ އުފެއްދުމުގެ ގާނޫނު

(ގާނޫނު ނަންބަރު 1971-03)

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް ފިށަރީޒްގެ ބަދަލުގައި ތިރީގައި މިވާ ގޮތުގެ މަތިން ދެމިނިސްޓްރީ އުފެއްދުން

 

މިނިސްޓްރީ އޮފް އެގްރިކަލްޗަރ

ފަޅުރަށްރަށާއި ގޮއިފާލައްބަ ފަދަ ތަންތަން ބެލެހެއްޓުމާއި ރާއްޖެއަށް ބޭނުންވާ ރާއްޖޭގައި ހެއްދިދާނޭ ހުރިހާއެއްޗެއް ހެއްދުމުގެ މަސައްކަތް ކުރިއަށްގެންދިއުމަކީ، މިނިސްޓްރީ އޮފް އެގްރިކަލްޗަރގެ ކަމެކެވެ. 

 

މިނިސްޓްރީ އޮފް ފިށަރީޒް

ރާއްޖޭގެ މަސްވެރިކަމާއި މަސްވެރިކަން ކުރިއެރުވުމާއި ބެހޭ ހުރިހާކަމެއް ބެލެހެއްޓުމަކީ، މިނިސްޓްރީ އޮފް ފިށަރީޒްގެ ކަމެކެވެ. 

 

17 ފެބްރުއަރީ 1971 ދުވަހުގެރޭއޮތް ރައްޔިތުންގެ މަޖިލީހުގެ ހާއްސަޖަލްސާއިން ފާސްކުޅަ "މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް ފިށަރީޒްގެ ބަދަލުގައި ދެމިނިސްޓްރީ އުފެއްދުމުގެ ގާނޫނު" ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައި 22 ފެބްރުއަރީ 1971 މި ތާރީހުގައި ގެޒެޓްކުރެވިއްޖެއެވެ. 

22 ފެބްރުއަރީ 1971

 

ހާދިމްކުމް

ރައީސުލްޖުމްހޫރިއްޔާގެ ޕްރައިވެޓް ސެކެޓެރީ

 

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު