-

އެރަށެއްގެ ވަންވެރިންގެ ތެރޭގައި ހުކުރުވާޖިބުވާ 50 މީހުންނެތް ކޮންމެ ރަށެއް ފަޅުރަށެއްކަމުގައި ހަމަޖެއްސުމުގެ ގާނޫނު (ނަންބަރު 1968-06) އުވާލުމުގެ ގާނޫނު

(ގާނޫނު ނަންބަރު 1975-02)

(މި ގާނޫނުން ވަނީ ގާނޫނު ނަންބަރު 1968-06 އުވާލެވިފައި)

ގާނޫނު ނަންބަރު 1968-06 (އެރަށެއްގެ ވަންވެރިންގެ ތެރޭގައި ހުކުރުވާޖިބުވާ 50 މީހުންނެތް ކޮންމެ ރަށެއް ފަޅުރަށެއްކަމުގައި ހަމަޖެއްސުމުގެ ގާނޫނު) އުވާލުން.

 

8 މާރޗް 1975 ދުވަހުގެރޭ އޮތް ރައްޔިތުންގެ މަޖިލީހުގެ 1975 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއިން ފާސްކުޅަ "ގާނޫނު ނަންބަރު 1968-06 (އެރަށެއްގެ ވަންވެރިންގެ ތެރޭގައި ހުކުރުވާޖިބުވާ 50 މީހުންނެތް ކޮންމެ ރަށެއް ފަޅުރަށެއްކަމުގައި ހަމަޖެއްސުމުގެ ގާނޫނު) އުވާލުމުގެ ގާނޫނު" ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައި 12 މާރޗް 1975 މި ތާރީހުގައި ގެޒެޓްކުރެއްވިއްޖެއެވެ. 

 

12 މާރޗް 1975

ރައީސުލްޖުމްހޫރިއްޔާގެ ޕްރައިވެޓް ސެކެޓެރީ

 

އުވުނު ގާނޫނު

އެރަށެއްގެ ވަންވެރިންގެ ތެރޭގައި ހުކުރުވާޖިބުވާ 50 މީހުންނެތް ކޮންމެ ރަށެއް ފަޅުރަށެއްކަމުގައި ހަމަޖެއްސުމުގެ ގާނޫނު (ގާނޫނު ނަންބަރު 1968-06)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު