-

ޓޫރިސްޓް ތަންތާގައި ސަރުކާރު ބައިވެރިވުމާއި ބެހޭ ގާނޫނު

(ގާނޫނު ނަންބަރު 1978-11)

1980 ވަނަ އަހަރުގެ ޖުލައި 1 އިން ފެށިގެން، 20 އިން ފެށިގެން އިތުރަށް ޓޫރިސްޓުންނަށް ތިބެވޭގޮތަށް ރާއްޖޭގެ އާންމުކޮށް މީހުން ނޫޅޭ ރަށްރަށުގައި ހަދާ ޓޫރިސްޓް ތަންތަނުގައި 100 އަކުން 51 ހިއްސާއިން ސަރުކާރު ބައިވެރިވުން. މިގޮތަށް ބައިވެރިވާނީ ފުރަތަމަ މީހުން ތިބެން އަންނަ ދުވަހުން ފެށިގެން 6 މަސް ދުވަސް ހަމަވާ ދުވަހުންނެވެ. 

އަދި 1980 ވަނަ އަހަރުގެ ޖުލައި 1 ވަނަ ދުވަހާހަމައަށް، 20 އިން ފެށިގެން މަތީގެ އަދަދަކަށް ޓޫރިސްޓުން ތިބޭ ގޮތަށް ހަމަޖެހިފައިވާ މަތީގައިވާ އަދަދަކަށް ޓޫރިސްޓުން ތިބޭ ގޮތަށް ހަމަޖެހިފައިވާ، މަތީގައި ބަޔާންކުރެވިފައިވާ ފަދަ ހުރިހާ ތަނެއްގައިވެސް،  100 އަކުން 51 ހިއްސާއިން ސަރުކާރު ބައިވެރިވުން. އަދި މިފަދަ ރަށްރަށުގެ ބިމަކީ ސަރުކާރުގެ ބިން ކަމަށް ހަމަޖެއްސުން. 

 

7 މާޗް 1978 ދުވަހުގެ ރޭ އޮތް ރައްޔިތުންގެ މަޖިލީސްގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާއިން ފާސްކުޅަ "ޓޫރިސްޓް ތަންތާގައި ސަރުކާރު ބައިވެރިވުމާއި ބެހޭ ގާނޫނު" ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައި 11 މާޗް 1978 މި ތާރީހުގައި ގެޒެޓްކުރެވިެއްޖެއެވެ. 

 

ޕްރައިވެޓް ސެކެޓެރީ

 

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު