ސަރުކާރުން ށަރީއަތަށް ހުށަހަޅާ މައްސަލަތަކާއި ބެހޭ ގާނޫނު
(ގާނޫނު ނަންބަރު 1978-06)
އެޓާރނީ ޖަނަރަލްގެ އޮފީސް މެދުވެރިގެން ނުވަތަ އެ ނޫންގޮތެއްގައި ނަމަވެސް ސަރުކާރުގެ ފަރާތްތަކުން ށަރީއަތަށް ހުށަހަޅަންވާނީ އެ ފަރާތަކާއިބެހޭ މައްސަލައެއް އެފަރާތަކުންނެވެ. މިގޮތުން ހުށަހެޅޭނީ ސީދާ ސަރުކާރުގެ ތަންތަނާއި ބެހޭ ކަންކަމާއި ސަރުކާރުގެ 100 އަކުން 51 ނުވަތަ އެއަށްވުރެ ގިނަ އަދަދެއްގެ ހިއްސާ އެކުލެވިގެންވާ ފަރާތްތަކުގެ މައްސަލަތަކެވެ.
ގާނޫނުގައި ވަކިގޮތެއް ކަނޑައެޅިފައިވާ ކަންކަމާއި، ވަކި ފަރާތަކުން ހުށަހެޅުމަށް ކަނޑައެޅިފައިވާ ކަންތައްތަކެއް މީގެތެރެއަކު ނުހިމެނޭނެއެވެ.
7 މާޗް 1978 ދުވަހުގެރޭ އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާއިން ފާސްކުޅަ "ސަރުކާރުގެ ފަރާތްތަކުން ށަރީއަތަށް ހުށަހަޅާ މައްސަލަތަކާޢި ބެހޭ ގާނޫނު" ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވަައި 11 މާޗް 1978 މި ތާރީހުގައި ގެޒެޓް ކުރެވިއްޖެއެވެ.
ޕްރައިވެޓް ސެކެޓެރީ
12 މާޗް 1978
ކިޔުންތެރިންގެ ހިޔާލު