މީހުނގެ އަމިއްލަ ރަށްރަށަށް އެރުމާއި، އެފަދަ ތަންތަނުން މަސްހިފުމުގެ ގާނޫނު
(ގާނޫނު ނަންބަރު 1973-04)
(މި ގާނޫނު ވަނީ ގާނޫނު ނަންބަރު 1979-17 އިން އުވާލެވިފައި)
މީހެއްގެ އަމިއްލަ ރަށަކަށް އަރަންވާނީ، އެރަށެއްގެ ވެރިފރާތަކުން ހުއްދަކުރާގޮތެއްގެ މަތިންނެވެ. މިނޫންގޮތެއްގައި އެރުމަކީ މަނާކަމެކެވެ. އަދި މިފަދަ ރަށެއްގެ ފަޅަށްވަނުން ފަރުމައްޗަށް އެރުން، ފަރުބޭރުން މަސްފިހުން، މަސްމެރުން ފަދަ ކަންކަން ކުރުމަކީވެސް މަނާކަމެކެވެ. މީގެތެރޭގައި، ތޮށީގެ ބޭރުން މަސްވެރިން އެންހިފުމާއި، އާދައިގެ ގޮތްތަކުގައި ނަނު ދޫކޮށްގެން މަސްހިފުމާއި، ދޮށީން މަސްބޭނުމެއް ނުހިމެނެއެވެ. މިފަދަ ރަށެއްގެ ފަރުމައްޗަށް ފަޅުތެރެއަށް، ރަށަށް އެރުން ހުއްދަވާނީ، ދަތުރުކުރާ އެތިހަލާކުވެ ފެތިގެން އެހެންގޮތެއް ނެތިއްޖެ ހިދެއްގައެވެ. ފަޅަށްވުނުން ހުއްދަކުރާ، އެއްޗަށް ލިބުނު ގެއްލުމުގެ ސަބަބުން ދަތުރު ކުރެވެން ނެތިގެން އެހެން ގޮތެއް ނެތިއްޖެ ހިނދެއްގައެވެ. މިފަދަ ބަޔަކު އެއްގަމަށް ފައިބާންވާނީ، އެ އެއްޗެއް ހަލާކުވެގެން އޭގައި ތިބެވެން ނެތިއްޖެ ހިދެއްގައެވެ. ނުވަތަ އެރަށުގައި ބަޔަކު ނޫޅޭތީ، އެހެންބަޔަކަށް އެންގުމަށްޓަކާ ކުރަންޖެހޭ ކަމެއް ކުރުމަށްޓަކައެވެ.
ކިޔުންތެރިންގެ ހިޔާލު