-

ފަނޑިޔާރުންގެ ގާނޫނު (ގާނޫނު ނަންބަރު 2010-13) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2010-14)

 

15 ވަނަ މާއްދާ - ފަނޑިޔާރުންގައި ހުރުން ލާޒިމް ށަރުތުތައް

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ށަރުތުތަކުގެ ތެރެއިން ފަނޑިޔާރުކަމަށް އައްޔަންކުރާ މީހުންގެ ކިބައިގައި ފަނޑިޔާރުކަމުގެ މައާމަށް ބޭނުންވާ ފެންވަރަށް ތަޖުރިބާ ލިބިފައިވާ މީހުންކަމަށް ކަނޑައެޅުމުގައި، ގާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، އެމީހުންނަކީ ތިރީގައިވާ މުއްދަތަށް ފަނޑިޔާރުކަމުގައި ނުވަތަ އާނޫނީ ވަކީލުކަމުގައި ނުވަތަ އެދެކަމުގައި މަސައްކަތްކޮށްފައިވާ މީހުންނަށް ވާންވާނެއެވެ.

  1. ސުޕްރީމް ކޯޓަށް ކުރިމަތިލާ ފަރާތެއްގެ މަދުވެގެން 7 (ހަތެއް) އަހަރުދުވަހުގެ ތަޖުރިބާ؛
  2. ހައިކޯޓަށް ކުރިމަތިލާ ފަރާތެއްގެ މަދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ؛
  3. ދަށު ކޯޓަށް ކުރިމަތިލާ ފަރާތެއްގެ މަދުވެގެން 2 (ދޭއް) އަހަރުދުވަހުގެ ތަޖުރިބާ.

 

20 ވަނަ މާއްދާ - ހުވައިކުރުން

(ރ) ގާނޫނުއަސާސީގެ 145 ވަނަ މާއްދާގެ ދަށުން އުފައްދާ ފުރަތަމަ ސުޕްރީމް ކޯޓު އުފެއްދުމުގައި އުއްތަމަފަނޑިޔާރު ހުވައި ކުރާއިރު އޭނާއަށް ހުވައި ލައިދޭނީ ހައިކޯޓުގެ ފަނޑިޔާރެކެވެ. އަދި ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުންނަށް ހުވައި ލައިދޭނީ އުއްތަމަފަނޑިޔާރެވެ.

 

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި އާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ތަސްދީއުކުރުމުންނެވެ.

 

މައި ގާނޫނު

ފަނޑިޔާރުންގެ ގާނޫނު (ގާނޫނު ނަންބަރު 2010-13)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު