ޓެރަރިސްޓް ޖަމާއަތް
"ޓެރަރިސްޓް ޖަމާއަތް" ކަމަށް ބުނެފައިއެވަނީ، ތިރީގައި ބަޔާންކޮށްފައިވާ ޖަމާއަތްތަކުގެ ތެރެއިން ޖަމާއަތަކަށެވެ.
(ހ) ސީދާގޮތުން ނުވަތަ ނުސީދާގޮތުންވިޔަސް، އެއްވެސް ގޮތަކުން ގަސްދުގައި ޓެރަރިސްޓް ހަރަކާތެއް ހިންގާފައިވާ ނުވަތަ ހިންގަންއުޅޭ ކޮންމެ ޖަމާއަތެއް؛
(ށ) ޓެރަރިސްޓް ހަރަކާތްތަކުގައި ބައިވެރިވާ ކޮންމެ ޖަމާއަތެއް؛
(ނ) ޓެރަރިސްޓް ހަރަކާތްތައް ރާވާ ޖަމާއަތެއް ނުވަތަ އެނޫންވެސް ފަރާތެއް މެދުވެރިކޮށް ޓެރަރިސްޓް ހަރަކާތް ހިންގާ ކޮންމެ ޖަމާއަތެއް؛
(ރ) ޓެރަރިސްޓް ހަރަކާތެއް ހިންގުމުގެ މަގްސަދުގައި ހަރަކާތްތެރިވާ އެއްވެސް ޖަމާއަތަކަށް،
އެ ޖަމާއަތުން ކުރުމަށް ރާވާފައިވާ ޓެރަރިސްޓް ހަރަކާތެއް ހިންގުމަށް މަގުފަހިކޮށްދޭ ކޮންމެ ޖަމާއަތެއް ނުވަތަ އެ ޖަމާއަތުގެ މަގްސަދަކީ ޓެރަރިސްޓް ހަރަކާތް ހިންގުންކަން އެނގިތިބެ އެފަދަ ހަރަކާތްތައް ހިންގުމުގެ ނިޔަތުގައި އެފަދަ ޖަމާއަތަކަށް އެހީތެރިވެދޭ ކޮންމެ ޖަމާއަތެއް؛
(ބ) މި ގާނޫނު މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު (ގާނޫނު ނަންބަރު 2014-10) ގެ 52 ވަނަ މާއްދާގެ ދަށުން ޓެރަރިސްޓް ޖަމާއަތެއް ކަމުގައި ކަނޑައެޅޭ ކޮންމެ ޖަމާއަތެއް.