-

ޓެރަރިސްޓެއް

"ޓެރަރިސްޓެއް" ކަމަށް ބުނެފައިއެވަނީ، ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ފަރާތަކަށެވެ.

(ހ) ސީދާގޮތުން ނުވަތަ ނުސީދާގޮތުންވިޔަސް، އެއްވެސް ގޮތަކުން ގަސްދުގައި ޓެރަރިސްޓް ހަރަކާތެއް ހިންގާފައިވާ ނުވަތަ ހިންގަންއުޅޭ ކޮންމެ ފަރާތެއް؛

(ށ) ޓެރަރިސްޓް ހަރަކާތްތަކުގައި ބައިވެރިވާ ކޮންމެ ފަރާތެއް؛

(ނ) ޓެރަރިސްޓް ހަރަކާތްތައް ރާވާ ކޮންމެ ފަރާތެއް ނުވަތަ އެހެން ފަރާތެއް މެދުވެރިކޮށް ޓެރަރިސްޓް ހަރަކާތްތައް ހިންގާ ކޮންމެ ފަރާތެއް؛

(ރ) ޓެރަރިސްޓް ހަރަކާތެއް ހިންގުމުގެ މަގްސަދުގައި ހަރަކާތްތެރިވާ އެއްވެސް ޖަމާއަތަކަށް،
އެ ޖަމާއަތުން ހިންގުމަށް ރާވާފައިވާ ޓެރަރިސްޓް ހަރަކާތެއް ހިންގުމަށް މަގުފަހިކޮށްދޭ ކޮންމެ ފަރާތެއް؛ ނުވަތަ އެ ޖަމާއަތުގެ މަގްސަދަކީ ޓެރަރިސްޓް ހަރަކާތް ހިންގުންކަން އެނގިހުރެ އެފަދަ ހަރަކާތްތައް ހިންގުމުގެ ނިޔަތުގައި އެފަދަ ޖަމާއަތަކަށް އެހީތެރިވެދޭ ކޮންމެ ފަރާތެއް؛

(ބ) މި މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު (ގާނޫނު ނަންބަރު 2014-10) ގެ 52 ވަނަ މާއްދާގެ ދަށުން ޓެރަރިސްޓެއް ކަމުގައި ކަނޑައެޅޭ ކޮންމެ ފަރާތެއް.