-

ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުން

"ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުން" ކަމަށް ބުނެފައި އެވަނ،ީ އަންނަނިވި ދެ ހާލަތުންކުރެ ހާލަތެއްގައިވާ މީހާ ހުރި ހާލަތަށް ނިސްބަތްކޮށެވެ. 

  1. ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުންއަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1052) ގެ 6 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ފަދައިން، ހައްޔަރުކުރުމަކަށް ނުވާގޮތަށް ކުށެއްގެ ތުހުމަތުގައި ސުވާލުކުރުމަށްޓަކައި ފުލުހުންގެ މަރުކަޒަކަށް ގެނައުމަށްފަހު ނުވަތަ ހާޒިރުކުރުމަށްފަހު ހިނގާ 4 (ހަތަރެއް) ގަޑިއިރުގެ ވަގުތު.
  2. ފުލުހުންއަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދު (ގަވާއިދު ނަންބަރު 2019-1052) ގެ 8 ވަނަ ާބބުގައި ބަޔާންކޮށްފައިވާ ފަދައިން ހައްޔަރުކުރުމަށްފަހު ނުވަތަ މި ގަވާއިދުގެ 10 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ފަދައިން ފުލުހުންގެ ބެލުމުގެ ދަށުގައި ހައްޔަރުކޮށްފައި ބަންދުގައި ހުންނަ ވަގުތު އޭނާ ހުރި ހާލަތު.