-

ގޯނާކުރުން

"ގޯނާކުރުން" ކަމަށް ބުނެފައިއެވަނީ، ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާއަށް އަނިޔާއެއް ލިބިދާނެކަމުގެ ބިރު އިހްސާސްވާފަދަ ގޮތަކަށް އަމަލުތައް ބެހެއްޓުމަށެވެ. މީގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

  1. ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާ ދިރިއުޅޭ ގެއެއްގެ ނުވަތަ މަސައްކަތްކުރާ ނުވަތަ ވަޒީފާ އަދާކުރާ ތަނެއްގެ ނުވަތަ ކިޔަވައިދޭ ނުވަތަ ކިޔަވަންދާ ތަނެއްގެ ނުވަތަ އެނޫންވެސް އޭނާ އާންމުކޮށް ޒިޔާރަތްކުރާ ތަންތަނުގެ ބޭރުގައި ނުވަތަ ކައިރީގައި މަޑުކޮށްގެންހުރުމާއި ފަހަތުން ހިނގުން.
  2. ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާއަށް އަމިއްލައަށް ނުވަތަ އެހެން މީހެއް މެދުވެރިކޮށްނަމަވެސް ފޯނުކޮށްގެން، ޖެއްސުންކުރުން.
  3. ސިޓީ، ޓެލެގްރާމް، ޕާރްސަލް، ފެކްސް، އެސް.އެމް.އެސް، އިލެކްޓްރޯނިކް މެއިލް ނުވަތަ މިނޫންވެސް އެހެނިހެން ގޮތްގޮތުން ތަކެތި ނުވަތަ މެސެޖު ގެވެށި އަނިޔާގެ ށިކާރައަކަށްވީ މީހާއަށް ތަކުރާރުކޮށް ފޮނުވައިގެން އުނދަގޫކުރުން.