-

އާއިލާ

"އާއިލާ" ކަމަށް ބުނެފައިއެވަނީ، އަންނަނިވި މީހުން ހިމެނޭގޮތަށެވެ.

  1. ކައިވެނީގެ ގުޅުމުން ގުޅިގެންވާ މީހުން؛
  2. ކައިވެނީގެ ގުޅުމުން ގުޅިގެންވާ މީހުންނަށް، އެ ކައިވެނީގެ ތެރެއިން، ނުވަތަ އެއިން މީހަކު ކޮށްފައިވާ އެހެން ކައިވެންޏެއްގެ ތެރެއިން ލިބިފައިވާ ދަރިން؛
  3. ލޭގެ ގުޅުމުން ގުޅިފައިވާ މީހުންނާއި ކައިވެނީގެ ގުޅުމުން ގުޅިފައިވާ  މީހުން؛
  4. އެއް ގެއެއްގައި ދިރިއުޅޭ ބައެއްގެ ތެރެއިން، މީހަކު ހަރަދުކޮށްގެން އެހެން މީހުން ބަލަހައްޓައި ހަރަދުކުރާނަމަ، ހަރަދުކުރާ ފަރާތާއި އެފަރާތުން ބަލަހައްޓާ މީހުން.