-

އަޅައިލުމާއި ރައްކައުތެރިކަން ބޭނުންވާ ކުދިން

"އަޅައިލުމާއި ރައްކައުތެރިކަން ބޭނުންވާ ކުދިން" ކަމަށް ބުނެފައި އެވަނ،ީ ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު) ގެ 69 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުދިންނަށެވެ. އެއީ: 

  1. އެއްވެސް ފަރާތެއްގެ ބެލުމުގެ ދަށުގައިނުވާ ގޮތަށް އަޅާނުލާ ދޫކޮށްލާފައިވާ ކުދިން؛
  2. ކުއްޖާ ރައްކާތެރިކުރުމަށް ނުވަތަ ކުއްޖާއަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށް އިހުމާލުވެފައިވާ ބެލެނިވެރިންނާއެކު ދިރިއުޅެމުންދާ ކުދިން؛
  3. ބެލެނިވެރިންގެ ފަރާތުން ނަފްސާނީ ނުވަތަ ޖިސްމާނީ އަނިޔާ ލިބެމުންދާ ކުދިން؛
  4. މަސްތުވާ އެއްޗަކަށް ދެވިހިފާފައިވާ، އެކަމަށް ފަރުވާހޯދޭނެ ގޮތެއް ނެތިފައިވާ ކުދިން؛
  5. އެކްސްޕްލޮއިޓޭށަންގެ އަމަލެއްގެ ށިކާރައަކަށްވެފައިވާ ނުވަތަ އެފަދަ އަމަލެއްގެ ށިކާރައަކަށް ވެދާނެ މާހައުލެއްގައި ދިރިއުޅެމުންދާ ކުދިން؛
  6. ކުއްޖާގެ ޖިސްމާނީ ނުވަތަ ނަފްސާނީ ނުވަތަ އިޖްތިމާއީ ދުޅަހެޔޮކަމަށް ގެއްލުމެއް ކުރިމަތިކޮށްފާނެ މާހައުލެއްގައި ދިރިއުޅެމުންދާ ނުވަތަ އެފަދަ މާހައުލަކަށް ތައާރުފުކުރެވިދާނެ ހާލަތެއް ނުވަތަ ހާލަތްތަކެއް މެދުވެރިވެފައިވާ ކުދިން؛
  7. އިހުމާލުވުމުގެ ސަބަބުން ޖިސްމާނީގޮތުން ނުވަތަ ނަފްސާނީގޮތުން ގެއްލުންވެފައިވާ ކުދިން.