-

ކުށުގެ ތުހުމަތުގައިވާ މީހާ

"ކުށުގެ ތުހުމަތުގައިވާ މީހާ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2016-12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ޖިނާއީ ކުށެއް ކުރިކަމުގެ ތުހުމަތުކުރެވިގެން އެ މީހަކާ ދެކޮޅަށް އެ ގާނޫނާއި، ގާނޫނު ނަންބަރު 2013-13 (އެންޓި-ޓޯޗަރ ގާނޫނު 2013) ގެ ދަށުން އެ ވަގުތަކު ތަހުގީގު ހިންގެމުންދާ ނުވަތަ އެ ވަގުތަކާ ހަމަޔަށް އެ ކުށުގެ ދަޢުވާ އުފުލިފައިނުވާ މީހާއަށެވެ. މީގެ ތެރޭގައި، އެ މީހެއްގެ މައްޗަށް ތަހުގީގު އިތުރަށް ކުރިޔަށް ނުގެންދިއުމަށް ނުވަތަ ދަޢުވާ ނޫފުލުމަށް ނިންމޭ މީހާއަކީ ކުށުގެ ތުހުމަތުގައިވާ މީހެއް ކަމަކަށް ނުބެލެވޭނެއެވެ.