-

ފުރުން މަނާކުރުން

"ފުރުން މަނާކުރުން" ކަމަށް ބުނެފައި އެވަނީ، މީހަކު ކުށެއް ކުރަމުންދާކަމަށް ނުވަތަ ކުށެއް ކޮށްފިކަމަށް ނުވަތަ ކުށެއް ކުރަން އުޅޭކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ހެކި ލިބިފައިވާނަމަ، އަދި އޭނާ ފިލައިގެން ދާންއުޅޭ ކަމަށް ބެލުމުގައި އެކަށީގެންވާ ސަބަބުތަކެއް ހުރިނަމަ، ތަހްގީގީ މަރްހަލާގައި ގާނޫނު ތަންފީޒުކުރާ އިދާރާއިން އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ބަލައިގަނެފައިވާ މައްސަލައެއްނަމަ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އެދުމުން، ކޯޓަށް ލިބިދޭ އިހްތިޔާރުގެ ދަށުން ދިވެހިރާއްޖެއިން ބޭރަށް ފުރައިގެންދިއުން ހުއްޓުވުމަށް ކޯޓުން ނެރޭ އަމުރަށެވެ.