-

ތިމާވެށްޓަށް ކުރާ އަސަރުގެ ކުޑަބޮޑުމިން ކަނޑައެޅުމުގައި ހިމެނޭ ކަންތައްތައް

"ތިމާވެށްޓަށް ކުރާ އަސަރުގެ ކުޑަބޮޑުމިން ކަނޑައެޅުމުގައި ހިމެނޭ ކަންތައްތައް" ކަމަށް ބުނެފައި އެވަނީ އަންނަނިވ ކަންތައްތަކަށެވެ: 

  1. ތިމާވެށްޓަށް ކޮށްފާނެ އަސަރަކީ ގެއްލުން ހުރި އަސަރެއްތޯ ނުވަތަ ފައިދާހުރި އަސަރެއްތޯ ނޫނީ އެކަމުގެ ސަބަބުން ވެށްޓަށް ފާހަގަކުރެވޭވަރުގެ އިތުރު ބަދަލެއް ނައުން. 
  2. އާންމު ސިއްހަތަށް ނުވަތަ އިޖުތިމާއީ ރައްކާތެރިކަމަށް އަސަރު ފޯރައިފާނެ މިންވަރު.
  3. މަށްރޫއުގެ ސަބަބުން އަސަރުކޮށްފާނެ މާހައުލުގައި ހިމެނޭ ހާއްސަ ސިފަތައް. 
  4. މަށްރޫއުގެ ސަބަބުން އިންސާނުންގެ ވެށީގެ ދުޅަހެޔޮކަމަށް އަސަރުކޮށްފާނެ މިންވަރު.
  5. އިންސާނުންގެ ވެށްޓަށް އެކަމެއްގެ ސަބަބުން ގެއްލުން ލިބޭނެ މިންވަރު އަންދާޒާކުރަން ދަތިވުން ނުވަތަ އެކަމުގައި ވަކި ސިފަތަކެއް ހުރުން ނުވަތަ ގޮތް ނޭނގޭ ގެއްލުންތަކެއް އެކުލެވުން.
  6. މަށްރޫއުގައި އަމަލުކުރެވުނު ގޮތުގެ ސަބަބުން ކުރިމަގުގައި ހަމަ އެގޮތަށް ނުރަނގަޅު ގޮތެއްގައި އެހެން ކަންކަން ކުރުމަށް މަގުފަހިވި މިންވަރާއި އަދި އެ މަގުފަހިވި ކަންތައްތަކުގެ ސަބަބުން ތިމާވެށްޓަށް ލިބިދާނެ ގެއްލުމުގެ މިންވަރު.
  7. ކުރެވޭ ކަމަކީ، ވަކިވަކިން މާބޮޑު އަސަރެއް ނުކުރާ އެހެންނަމަވެސް އިޖުމާލީ ގޮތެއްގައި ބޮޑު އަސަރެއް ކޮށްފާނެ ކަންކަމާ ގުޅުންހުރި ކަމެއްކަން ނުވަތަ ނޫންކަން.
  8. އަމަލުގެ ސަބަބުން ތިމާވެށި ރައްކާތެރިކުރުމާބެހޭ ގާނޫނާއި ނުވަތަ ގަވާއިދަކާއި، ނުވަތަ އުސޫލަކާއި ނުވަތަ މިންގަ ނޑަކާއި ނުވަތަ ސިޔާސަތަކާއި ހިލާފުވާ ކަމެއްކަން ނުވަތަ ނޫންކަން.
  9. އަމަލަކީ އަލުން އިއާދަ ކުރެވިދާނެ ކަމެއްތޯ ނުވަތަ ދާއިމީ ކަމެއްތޯ.