-

ށަރީއަތް ހިންގުމަކާ ނުލައި މައްސަލަ ނިންމުން

"ށަރީއަތް ހިންގުމަކާ ނުލައި މައްސަލަ ނިންމުން" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓެއްގައި އުފުލޭ ދައުވާ، ދައުވާލިބޭ ފަރާތަށް ދިފާއުކުރެވިދާނެކަމުގެ ފުރުސަތެއް ނެތް ހާލަތުގައި، ނުވަތަ ދައުވާކުރާ ފަރާތުން އެދިފައިވާ ގޮތަށް އެ ދައުވާ ނިމުމުގެ ފުރުސަތެއް ނެތް ހާލަތުގައި، މަދަނީ އިޖުރާއަތުގެ ގާނޫނު (ގާނޫނު ނަންބަރު 2021-32) ގެ ފަނަރަވަނަ ބާބުގައިވާ ގޮތުގެމަތިން އެ ދައުވާގެ ށަރީއަތް ހިންގުމަކާ ނުލައި، ދައުވާއާ ގުޅޭ ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުމާއި ހެއްކަށް ބިނާކޮށް، އެ ދައުވާގައި ގޮތެއް ކަނޑައަޅައި ހުކުމް ކުރުމަށެވެ.