-

ސްޕެށަލް އިކޮނޮމިކް ޒޯން

"ސްޕެށަލް އިކޮނޮމިކް ޒޯން" ނުވަތަ "ޒޯން" ކަމަށް ބުނެފައިއެވަނީ، އިން ވަކިކުރެވިގެންވާ ނުވަތަ އިން ފާހަގަކުރެވިގެންވާ ވަކި ޖިއޮގްރަފިކް ސަރަހައްދެއްގައި، އެއް ޑިވެލޮޕަރެއްގެ، އެއް މެނޭޖްމަންޓެއްގެ ދަށުން، ކަނޑައެޅި ބަޔާންވެގެންވާ އިގްތިސާދީ މަސައްކަތްތަކެއް ކުރާ ނުވަތަ ހިންގާ ނުވަތަ ގާއިމުކުރާ ފަރާތްތަކަށް ހާއްސަ އިނާޔަތްތަކެއް ލިބިދެވޭ ގޮތަށް، އަދި އެ ސަރަހައްދަކީ، އިމްޕޯޓް ޑިއުޓީއާއި އެކްސްޕޯޓް ޑިއުޓީ ދެއްކުމާގުޅޭ އުސޫލުތަކަށް ބަލާއިރު، މި ގާނޫނުގެ ދަށުން ދިވެހި ކަސްޓަމްސްގެ އާންމު އިހްތިސާސްއިން އެކަހެރިކުރެވިގެންވާ، ވަކި ކަސްޓަމްސް ސަރަހައްދެއްގެ ގޮތުގައި، އިންތިޒާމްކުރެވިގެން ހިންގާ ސަރަހައްދަކަށެވެ. އަދި، ސްޕެށަލް އިކޮނޮމިކް ޒޯނުގެ ގާނޫނު (ގާނޫނު ނަންބަރު 24/2014) ގެ 10 ވަނަ މާއްދާއިން ފެށިގެން 17 ވަނަ މާއްދާގެ ނިޔަލަށް މާނަކޮށްދީފައިވާ ސްޕެށަލް އިކޮނޮމިކް ޒޯނުގެ ތަފާތު ބާވަތްތައް ކަމާގުޅޭ ނިސްބަތަށް ހިމެނޭގޮތުންނެވެ.