-

ހަނގުރާމައަށް ދިޔުން

"ހަނގުރާމައަށް ދިޔުން" ކަމަށް ބުނެފައި އެވަނީ، އަންނަނިވި މަގްސަދުތަކުގެ ތެރެއިން މަގްސަދަކަށްޓަކައި ދިވެހިރާއްޖެ ދޫކޮށް ދިޔުމަށެވެ (1) ބޭރު ގައުމެއްގައި ޓެރަރިސްޓް ޖަމާގަތަކުން ނުވަތަ އެފަދަ ޖަމާގަތަކަށް ނިސްބަތްނުވާ ޓެރަރިސްޓުން ހިންގާ ހަނގުރާމައެއްގައި ބައިވެރިވުމަށް؛ (2) ޓެރަރިޒަމްގެ އަމަލުތައް ހިންގަން ރޭވުމަށް ނުވަތަ ތައްޔާރުވުމަށް، ނުވަތަ އެފަދަ އަމަލުތައް ހިންގުމުގައި ބައިވެރިވުމަށް ނުވަތަ އެހީތެރިވުމަށް؛ (3)ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ތަމްރީނު ފޯރުކޮށްދިނުމަށް ނުވަތަ ލިބިގަތުމަށް.