-

ވިޔަފާރި

"ވިޔަފާރި" ކަމަށް ބުނެފައި އެވަނީ، ވަޒީފާ އަދާކުރުން ފިޔަވައި، މާލީ ފައިދާއެއް ނުވަތަ އިތުރުކުރުމެއް ހޯދުމުގެ ނިޔަތުގައި ކުރާ ކޮންމެ ކަމަކަށެވެ. އޭގެ ތެރޭގައި އަންނަނިވި ކަންކަންވެސް ހިމެނެއެވެ (1) މުދާ ގަނެވިއްކުން؛ (2) އުފެއްދުންތެރި މަސައްކަތް؛ (3) ޕްރޮފެށަނަލް، ކޮމާށަލް، ފަންނީ ނުވަތަ ޕަރސަނަލް ހިދުމަތްތައް ފޯރުކޮށްދިނުން؛ (4) އުފުލޭ މުދަލަކާ ގުޅިގެން ނުވަތަ ނުއުފުލޭ މުދަލަކާ ގުޅިގެން އެއްވެސް ފަރާތަކަށް ހައްގެއް ދިނުން.