-

ޖިނާއީ ބޮޑު ކުށެއް

"ޖިނާއީ ބޮޑު ކުށެއް" ކަމުގައި ބުނެފައި އެވަނީ، އަންނަނިވި ކުށްތަކުގެ ތެރެއިން ކުށަކަށެވެ (1) މީހަކު މެރުމުގެ ކުށް؛ (2) ރޭޕްކުރުމުގެ ކުށް؛ (3) ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށްތައް؛ (4) ޓެރަރިޒަމްގެ ކުށްތަކާއި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށްތައް؛ (5) މަނީ ލޯންޑްރިންގ ކުށްތައް؛ (6) މީހުން ޓްރެފިކްކުރުމުގެ ކުށްތައް؛ (7) މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށްތައް؛ (8) އަންނަނިވި ކުށްކުށުގެ ތެރެއިން100,000 (އެއްލައްކަ) ރުފިޔާއިން ފެށިގެން މަތީގެ ފައިސާގެ އަދަދު ހިމެނޭ ކުށްތައް؛ (9) ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 210 ވަނަ ބާބުގައި ބަޔާންކުރާ ވައްކަން، ޓެކުން، މަކަރާއި ހީލަތް، ހިޔާނާތް އަދި ފޭރުމުގެ ކުށް؛ (10) ގާނޫނު ނަންބަރު 2/2000 (ކޮރަޕްށަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ރިށްވަތުގެ ކުށްކުށާއި، ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގައި ކަނޑައަޅާފައިވާ ކޮރަޕްށަންގެ ކުށްތައް؛ (11) ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގައި ކަނޑައަޅާފައިވާ ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށްތަކުގެ ތެރެއިން، 500,000 (ފަސްލައްކަ) ރުފިޔާއިން ފެށިގެން މަތީގެ ފައިސާގެ އަދަދު ހިމެނޭ ކުށްތައް؛ (12) މީހެއްގެ ގުނަވަނެއް ނެތިދާފަދަ ގޮތަކަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށާއި، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށްތައް؛ (13) ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 610 ވަނަ މާއްދާއާއި 611 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ކުލީސިފައިން ހޯދުމާއި؛ (14) ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގައި 1 ވަނަ ދަރަޖައިގެ އަދި 2 ވަނަ ދަރަޖައިގެ ޖިނާޔަތެއް ކަމުގައި ކަނޑައަޅާފައިވާ ކުށްތައް ނުވަތަ އެހެން ގާނޫނެއްގައި 10 (ދިހައެއް) އަހަރަށްވުރެ ދިގު މުއްދަތަކަށް ޖަލަށްލުމުގެ އަދަބު ކަނޑައެޅިފައިވާ ކޮންމެ ކުށެއް.