-

ރަސްމީ ތަފާސްހިސާބު

"ރަސްމީ ތަފާސްހިސާބު" ކަމަށް ބުނެފައި އެވަނީ، ގައުމީ ފެންވަރުގައި އެކި ދާއިރާތަކުން ސިޔާސަތު ކަނޑައެޅުމާއި ސިޔާސަތުތައް ތަންފީޒުކުރެވޭ މިންވަރު ދެނެގަތުމަށް ބޭނުންވާ އަދި ބައިނަލްއަގްވާމީ ފަރާތްތަކުން ބޭނުންވާ، އިގްތިސާދީ، އިޖްތިމާއީ، ތިމާވެށި އަދި އާބާދީއާބެހޭ ތަފާސްހިސާބެވެ. އަދި މިފަދަ ތަފާސްހިސާބަކީ ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގައުމީ ނިޒާމުގައި ހިމެނޭ އިދާރާތަކުން ތަފާސްހިސާބުގެ އަސާސްތަކަށް ބިނާކޮށް ބިއުރޯއިން ވަޒަންކުރެވި ކަނޑައެޅިފައިވާ ފެންވަރަށް ފެތޭ ތަފާސްހިސާބެވެ.