-

އިލެކްޓްރޯނިކް މަނީ

"އިލެކްޓްރޯނިކް މަނީ" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ކަންކަން ފުރިހަމަވާ، އިށޫކުރި ފަރާތުގެ މައްޗަށް ކްލެއިމްކުރެވޭ މަނިޓަރީ ވެލިއުއަކަށެވެ (1) މެގްނެޓިކްކޮށް ހިމެނޭގޮތުން އިލެކްޓްރޯނިކްކޮށް، އެހެންވެސް މާއްދީ ނުވަތަ މައުނަވީ ޑިވައިސްއެއްގައި ރައްކާކުރެވިފައިވާ މަނިޓަރީ ވެލިއުއަކަށްވުން (2) މަނިޓަރީ ވެލިއު އިށޫކޮށްފައިވަނީ އިށޫކުރި މަނިޓަރީ އަދަދަށްވާ ފައިސާ ލިބުމުން ކަމުގައިވުން؛ އަދި (3) މަނިޓަރީ ވެލިއުއަކީ އިށޫކުރި ފަރާތް ފިޔަވައި އެހެން ފަރާތްތަކުން ޕޭމަންޓް ބަލައިގަތުމަށް ގަބޫލުކުރާ މަނިޓަރީ ވެލިއުއެއް ކަމުގައިވުން.