-

ފައިނޭންށަލް އިންސްޓްރުމަންޓްތައް

"ފައިނޭންށަލް އިންސްޓްރުމަންޓްތައް" ކަމަށް ބުނެފައި އެވަނީ، ދޭސީ އަދި ބިދޭސީ ކުންފުނިތަކުގެ ހިއްސާ، ކުންފުނިތަކުގައިވާ ހިއްސާތަކާ އެއްފަދަ އެހެން ސެކިއުރިޓީޒްއާއި ބޮންޑް، ކެޕިޓަލް މާރކެޓްގައި އެކަކުގެ ކިބައިން އަނެކަކަށް ބަދަލުކުރެވޭ އެހެނިހެން ޑެޓް އިންސްޓްރުމަންޓް، އަދި ސަބްސްކްރައިބްކޮށްގެން ނުވަތަ ގަނެގެން ނުވަތަ ބަދަލުކޮށްގެން އެފަދަ ހިއްސާ ނުވަތަ ބޮންޑް ނުވަތަ ސެކިއުރިޓީޒް ލިބިގަތުމުގެ ހައްގު ލިއްބައިދޭ، ނުވަތަ ފައިސާ ލިބިގަތުމުގެ ހައްގު ލިއްބައިދޭ، އާންމު ގޮތެއްގައި ޑީލްކުރާ އެހެނިހެން ސެކިއުރިޓީޒްތަކަށެވެ. މީގެ ތެރޭގައި ޕޭމަންޓް އިންސްޓްރުމަންޓްތަކެއް ނުހިމެނޭނެއެވެ. އެހެންނަމަވެސް ކަލެކްޓިވް އިންވެސްޓްމަންޓް އަންޑަޓޭކިންގއާއި މަނީ މާކެޓް އިންސްޓްރުމަންޓްތަކާއި އަދި އިސްވެ ބުނެވިދިޔަ ބާވަތަކާ ގުޅޭގޮތުން އުފުލޭ ހައްގުތައް ހިމެނޭނެއެވެ.