-

ކުޑަކުދިންގެ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ މުއާހަދާއާއި އެނޫންވެސް ކަމާގުޅޭ ބައިނަލްއަގްވާމީ މުއާހަދާތައް

"ކުޑަކުދިންގެ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ މުއާހަދާއާއި އެނޫންވެސް ކަމާގުޅޭ ބައިނަލްއަގްވާމީ މުއާހަދާތައް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ "ކޮންވެންށަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް" އާއި، އެނޫންވެސް ކުޑަކުދިންގެ ހައްގުތަކާއި، އިގްތިސާދީ، އިޖުތިމާއީ އަދި ސަގާފީ ހައްގުތަކާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރުމާ ގުޅޭގޮތުންނާއި ތައުލީމާ ގުޅޭގޮތުން އަމަލުކުރެވޭ، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާއި، އެ މުއާހަދާތަކުގެ ޕްރޮޓޮކޯލްތައް ހިމެނޭ ގޮތުންނެވެ.