-

އިންތިހާބުތަކާބެހޭ އާންމު ގާނޫނު (ކޮންސޮލިޑޭޓެޑް)

(ކޮންސޮލިޑޭޓެޑް ނަންބަރު 2008-11)

(1ވަނަ، 2ވަނަ، 3ވަނަ، 4ވަނަ، 5ވަނަ އިސްލާހު ކޮންސޮލިޑޭޓް ކުރެވިފައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މި ގާނޫނަކީ، ގާނޫނުއަސާސީއާއި ގާނޫނުތަކުގެ ދަށުން އިލެކްށަންސް ކޮމިށަނުން ހިންގައި ބަލަހައްޓަންޖެހޭ އެންމެހައި އިންތިހާބުތަކާބެހޭ އާންމު އުސޫލުތަކާއި ކަންކަން ކަނޑައަޅައި ބަޔާންކުރާ ގާނޫނެވެ.

(ށ) މި ގާނޫނަށް ކިޔާނީ "އިންތިހާބުތަކާބެހޭ އާންމު ގާނޫނު" އެވެ.

 

2 ވަނަ މާއްދާ – މަގުސަދު

މި ގާނޫނުގެ މަގްސަދަކީ ދިވެހިރާއްޖޭގައި ބާއްވާ އިންތިހާބުތަކަކީ ދީމިގްރާތީ އަސާސްތަކުގެ މައްޗަށް ބިނާކޮށް ސީދާ ރައްޔިތުންގެ ބައިވެރިވުން އޮންނަ،  މިނިވަން، އިންސާފުވެރި، ހާމަކަން ބޮޑު އަދި އިތުބާރުކުރުވަނިވި ގޮތުގެމަތިން ބާއްވާ އިންތިހާބުތަކެއްކަން ޔަގީންކުރުމަށްޓަކައި، އެފަދަ އުސޫލުތަކުގެ މައްޗަށް ބިނާކޮށް ގާނޫނީ އޮނިގަނޑެއް ގާއިމުކުރުމެވެ.

 

3 ވަނަ މާއްދާ - އާންމު އުސޫލުތަކާއި އާންމު ކަންކަން

އިންތިހާބުތަކާބެހޭ އާންމު އުސޫލުތައް ކަނޑައަޅާނީ އެ އިންތިހާބަކާ ބެހޭ ހާއްސަ ގާނޫނެއްގައި އެހެންގޮތަކަށް ކަނޑައަޅާފައި ނުވާހާހިނދަކު މި ގާނޫނުންނެވެ. އަދި އެ އިންތިހާބަކާ ބެހޭ އާންމު ކަންތައްތައް ކުރަމުން ގެންދަންވާނީ އެ އިންތިހާބަކާބެހޭ ހާއްސަ ގާނޫނެއްގައި އެހެންގޮތަކަށް ކަނޑައަޅާފައި ނުވާހާހިނދަކު މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

 

4 ވަނަ މާއްދާ - ހިންގައި ބެލެހެއްޓުން (މުޅި މާއްދާ އިސްލާހު ކުރެވިފައި)

(ހ) އިންތިހާބުތައް ބާއްވައި، އެ އިންތިހާބުތަކާބެހ ހުރިހާ ކަމެއް ހިންގައި ބަލަހައްޓާނީ އިލެކްށަންސް ކޮމިށަނުންނެވެ.

(ށ) އަންނަނިވި ކަންކަން ހިންގައި ބެލެހެއްޓުމުގައި އިލެކްށަންސް ކޮމިށަނުން ދައުލަތުގެ މުއައްސަސާތަކާއި އިދާރާތަކުގެ އެހީތެރިކަމަށް އެދިއްޖެނަމަ، ގާނޫނުގައި ކަނޑައެޅިފައިވާ ވަގުތުގައި އެކަމެއް ކުރުމަށްޓަކައި ބޭނުންވާނެ އެއްބާރުލުމާއި އެހީތެރިކަން އެފަރާތަކުން އިލެކްށަންސް ކޮމިށަނަށް ފޯރުކޮށްދޭންވާނެއެވެ. (އިސްލާހު1 އިސްލާހު2 ކުރެވިފައި)

  1. އިންތިހާބީ ދާއިރާތައް ކަނޑައެޅުން؛
  2. ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގެ ސައްހަކަން ކަށަވަރުކުރުން؛
  3. އިންތިހާބަށް ބޭނުންވާ ތަންތަނާއި ވަސީލަތްތައް ހޯދުން؛
  4. އިންތިހާބާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުން؛
  5. ވޯޓުފޮށި ބަހައްޓާނެ ތަންތަން ހޯދުމާއި އެތަންތަން އިންތިޒާމުކުރުން؛ 
  6. ވޯޓުލާ މަރުކަޒަށް ބޭނުންވާ އޮފިށަލުން ހޯދުމާއި އެމީހުން ތަމްރީންކުރުން؛
  7. އިންތިހާބާބެހޭ ށަކުވާ ބެލޭނެ ނިޒާމު ގާއިމުކުރުން؛
  8. އިންތިހާބުގެ މަސައްކަތަށް ބޭނުންވާ ތަކެތި ހޯދުން؛
  9. އިންތިހާބުގެ ކަންކަން ހިންގުމަށް ފޯކަލް ޕޮއިންޓުން ހަމަޖެއްސުން.
  10. މި ގާނޫނުގައި ނުވަތަ އިންތިހާބާބެހޭ ހާއްސަ ގާނޫނެއްގައި (ށ) ކަނޑައަޅާފައިވާ އިންތިހާބާގުޅޭ ކަންކަމުގެ ސަލާމަތީ ކަންކަން ހަމަޖެއްސުން. (އިތުރު ކުރެވިފައި)

 

 

ވޯޓު ދިނުމުގެ ހައްގު

 

5 ވަނަ މާއްދާ - ވޯޓު ދިނުމުގެ ހައްގު (އިސްލާހު ކުރެވިފައި)

އުމުރުން 18 (އަށާރަ) އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް، މި ގާނޫނު އެ މައްޗަށް ހިނގާ އެންމެހައި އިންތިހާބުތަކުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވެއެވެ 

 

6 ވަނަ މާއްދާ - އެއް ފަހަރަށްވުރެ ގިނަ ފަހަރު ވޯޓު ނުދިނުން

އިންތިހާބެއްގައި އެއް ފަހަރު ވޯޓު ދީފައިވާ މީހަކު ވޯޓު ދިނުމުގެ އެބުރުގައި އިތުރު ފަހަރަކު ވޯޓު ދީގެނެއްނުވާނެއެވެ.

 

7 ވަނަ މާއްދާ - ސިއްރު ވޯޓު

އިންތިހާބުތަކުގައި ނަގަންވާނީ ސިއްރު ވޯޓެވެ.

 

 

ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ

 

8 ވަނަ މާއްދާ - ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ (އިސްލާހު ކުރެވިފައި)

(ހ) އިންތިހާބުތަކުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ ދިވެހި ރައްޔިތުން އެނގޭނެ ފަދަ ރަޖިސްޓަރީއެއް، "ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ" ގެ ނަމުގައި އިލެކްށަންސް ކޮމިށަނުން އެކުލަވާލައި ބަލަހައްޓަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން އެކުލަވާލާ ރަޖިސްޓަރީ އެކުލަވާލަންވާނީ، ނޭށަނަލް ރަޖިސްޓްރޭށަނާގުޅޭ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ދައުލަތުގެ އިދާރާއިން ބަލަހައްޓާ ގައުމީ ޑޭޓާބޭސް ގައި ހިމެނޭ ދިވެހި ރައްޔިތުންގެ މައުލޫމާތަށް ބިނާކޮށެވެ. އެގޮތުން، އެ ރަޖިސްޓަރީގައި، ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ އަންނަނިވި މައުލޫމާތު ހިމަނާފައި އޮންނަންވާނެއެވެ.

  1. ފުރިހަމަ ނަން؛
  2. އުފަން ތާރީހް؛
  3. ޖިންސް؛
  4. ދާއިމީ އެޑްރެސް (އަތޮޅާއި ރަށާއި އެޑްރެސް އެނގޭގޮތަށް)؛
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު.

(ނ) ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މައުލޫމާތުގެ އިތުރުން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އިތުރު މައުލޫމާތު، އިލެކްށަންސް ކޮމިށަނަށް ހިމެނިދާނެއެވެ. އެހެންނަމަވެސް، އެފަދަ މައުލޫމާތު ވާންވާނީ، ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންނަކީ ކޮން ބައެއްކަން ދެނެގަތުމަށް ކޮންމެހެން ބޭނުންވާ، އަދި މި މާއްދާގެ (ށ) ގައި ބަޔާންކުރާ މައުލޫމާތުގެ އިތުރުން އެމީހުންގެ ޒާތީ މައުލޫމާތު ހާމަނުވާނެ ފަދަ މައުލޫމާތަށެވެ. އަދި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި އިލެކްށަންސް ކޮމިށަންގެ  ބޭނުމަށް މި މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން އިތުރު މައުލޫމާތު ހިމެނި ކަމުގައިވީނަމަވެސް، މި ގާނޫނުގެ 9 ވަނަ މާއްދާގެ ދަށުން އެ ރަޖިސްޓަރީ އާންމުކުރާއިރު ށާއިއުކުރަންވާނީ، އެ މާއްދާގައި ކަނޑައަޅާފައިވާ މައުލޫމާތު އެކަންޏެވެ.

(ރ) ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ މި މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން އެކުލަވާލާއިރު، އެ ރަޖިސްޓަރީގައި، އުމުރުން 18 (އަށާރަ) އަހަރު ފުރިފައިނުވާ ކުޑަކުދިންނާއި، މަރުވެފައިވާ މީހުންނާއި، އެ އިންތިހާބެއްގައި ވޯޓުލުމުގެ ހައްގު ލިބިގެންނުވާ ކަމަށް ގާނޫނަކުން ކަނޑައަޅާފައިވާ ފަރާތެއްގެ ނަން ހިމަނައިގެން ނުވާނެއެވެ. 

(ބ) ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އެކުލަވާލުމުގައާއި، އެ ރަޖިސްޓަރީގައިވާ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމުގައި، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ މައުލޫމާތު، ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ހޯދުމުގެ ބާރާއި އިހްތިޔާރު އިލެކްށަންސް ކޮމިށަނަށް ލިބިގެންވެއެވެ. އަދި އެފަދައިން އިލެކްށަންސް ކޮމިށަނަށް ބޭނުންވާ މައުލޫމާތު ދިނުމަކީ، އެކަމަށް އެދި އެ ކޮމިށަނުން އަންގާ ދައުލަތުގެ ކޮންމެ އިދާރާއަކަށް ލާޒިމުވެގެންވާ ކަމެކެވެ. 

(ޅ) މި މާއްދާގައިވާ ގޮތުގެމަތިން އިލެކްށަންސް ކޮމިށަނުން ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އެކުލަވާލުމަށް މަގުފަހިކުރުމަށްޓަކައި، އަދި އެ ރަޖިސްޓަރީގެ ސައްހަކަން އެ ކޮމިށަނުން ކަށަވަރުކުރުމަށް މަގުފަހިކުރުމަށްޓަކައި، ނޭށަނަލް ރަޖިސްޓްރޭށަނާގުޅޭ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ދައުލަތުގެ އިދާރާއިން ބަލަހައްޓާ ގައުމީ ޑޭޓާބޭސްގައިވާ މައުލޫމާތުގެ ސައްހަކަން، އެ އިދާރާއިން ކަށަވަރުކުރަންވާނެއެވެ. އަދި މި މާއްދާގެ (ށ) އަދި (ރ) ގެ ބޭނުމަށްޓަކައި، އިލެކްށަންސް ކޮމިށަނަށް ފޯރުކޮށްދޭންވާނީ، އެފަދައިން ސައްހަކަން ކަށަވަރުކޮށްފައިވާ މައުލޫމާތެވެ.

(ކ) މި މާއްދާގެ (ށ)، (ރ)، (ބ) އަދި (ޅ) ގެ ބޭނުމަށްޓަކައި، އިލެކްށަންސް ކޮމިށަނާއި، ނޭށަނަލް ރަޖިސްޓްރޭށަނާގުޅޭ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ދައުލަތުގެ އިދާރާއާއި އެނޫންވެސް ދައުލަތުގެ ކަމާބެހޭ އިދާރާތަކާ ދެމެދު ރައްކާތެރިކަމާއެކު މައުލޫމާތު ބަދަލުކުރެވޭނެ ނިޒާމެއް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އިލެކްށަންސް ކޮމިށަނުން ގާއިމުކުރަންވާނެއެވެ.

(އ) މި މާއްދާގެ ބޭނުމަށްޓަކައި އިލެކްށަންސް ކޮމިށަނުން ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ އެކުލަވާލާއިރު، މީހުން ދިރިއުޅޭ އެއްވެސް ރަށެއް، ފަޅުރަށެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައި، އެރަށުގެ ރަށްވެހިން އެހެން ރަށަކަށް ބަދަލުކުރާ ހާލަތުގައި، އެފަދައިން ބަދަލުވީ ރަށުގެ ރަށްވެހިންގެ އިންތިހާބީ ދާއިރާ ކަމުގައި އިލެކްށަންސް ކޮމިށަނުން ބަލަންވާނީ އެމީހުން އަލަށް ބަދަލުކުރެވުނު ރަށެވެ.

(ވ) މި މާއްދާގެ (އ) އެހެން އޮތުމަކުން، އެފަދައިން ބަދަލުކުރެވޭ ރަށެއްގެ ރަށްވެއްސަކު އެހެން ރަށެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީކުރުމަށް މި ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ލިބިދޭ ހައްގަކަށް އުނިކަމެއް ނާންނާނެއެވެ. 

(މ) މި މާއްދާގެ (އ) ގައި ބަޔާންކުރާ ފަދައިން ވަކި ރަށެއްގެ އާބާދީ އެހެން ރަށަކަށް ބަދަލުކުރާ ހާލަތުގައި، އެ ބަދަލުވާ ރަށުގެ ރަށްވެހީންގެ ތެރެއިން، ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންނަށް، އެމީހުން ބަދަލުވި ރަށުގައި ވޯޓު ލެވޭނެ އިންތިޒާމު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އިލެކްށަންސް ކޮމިށަނުން ހަމަޖައްސައިދޭންވާނެއެވެ. 

(ފ) ދިވެހިރާއްޖ ގައި ބާއްވާ އިންތިހާބުތަކުގައި ވޯޓުލެވޭނީ، މި މާއްދާގެ ދަށުން އެކުލަވާލާ ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް، މި ގާނޫނުގެ 11 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ގެނެވޭ ބަދަލާއެކު، އިލެކްށަންސް ކޮމިށަނުން ށާއިއުކުރާ އެންމެ ފަހުގެ ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި ހިމެނ މީހުންނަށެވެ.

 

9 ވަނަ މާއްދާ - ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އާންމުކުރުން

(ހ) އިންތިހާބެއް ބޭއްވުމުގެ މަދުވެގެން 45 (ސާޅީސް ފަހެއް) ދުވަސް ކުރިން ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގެ އެންމެފަހުގެ މައުލޫމާތު ފުރިހަމަކުރުމަށްފަހު ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައިވާ މީހުންގެ ނަމާއި، ޖިންސާއި، ދާއިމީ އެޑްރެސް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ގޮތެއްގެމަތިން ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަން ވާނެއެވެ. އަދި އިލެކްށަންސް ކޮމިށަންގެ ވެބްސައިޓުގައި އެ މައުލޫމާތު ށާއިއުކުރަންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ށ) މި މާއްދާގެ (ހ)  ގައި ބުނެފައިވާ ގޮތުގެމަތިން ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ސަރުކާރުގެ ގެޒެޓްގައި ށާއިއުކުރާ ދުވަހު، އެރަށެއްގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާންމުކޮށް ފެންނަގޮތަށް އިލެކްށަންސް ކޮމިށަނުން ބަހައްޓަންވާނެއެވެ. އަދި އެ އިންތިހާބެއްގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ ހުރިހާ މީހުންގެ ރަޖިސްޓަރީ، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެކަމަށް އެދޭ ކޮންމެ ފަރާތަކަށް ބެލޭނެ އިންތިޒާމު އިލެކްށަންސް ކޮމިށަނުން ހަމަޖައްސަންވާނެއެވެ.

(ނ) މި މާއްދާގެ (ށ)  ގައި ބުނެފައިވާ ގޮތުގެމަތިން ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ ބެހެއްޓިފައިވާ ތަންތަން އިލެކްށަންސް ކޮމިށަނުން އާންމުކޮށް އިއުލާންކުރަންވާނެއެވެ.

 

10 ވަނަ މާއްދާ - ރަޖިސްޓަރީގެ ކޮޕީ ކެންޑިޑޭޓުންނަށާއި ސިޔާސީ ޕާޓީތަކަށް ފޮނުވުމާއި ށަކުވާ އުފުލުމަށް ހުޅުވާލުން (ސުރުހީ އާއި މާއްދާ އިސްލާހު ކުރެވިފައި)

(ހ) މި ގާނޫނުގެ 9 ވަނަ މާއްދާގެ ދަށުން ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ އާންމުކުރުމުގެ އިތުރުން، މި ގާނޫނުގެ 8 ވަނަ މާއްދާގެ ދަށުން އިލެކްށަންސް ކޮމިށަނުން އެކުލަވާލާފައިވާ ވޯޓުލުމުގެ ހައްގު ލިބިފައިވޭ މީހުންގެ ތަފްސީލު މައުލޫމާތު އެކުލެވޭ ރަޖިސްޓަރީގެ ކޮޕީއެއް، ކެންޑިޑޭޓުންނަށާއި ސިޔާސީ ޕާޓީތަކަށް އިލެކްށަންސް ކޮމިށަނުން ފޮނުވަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކެންޑިޑޭޓުންނަށާއި ސިޔާސީ ޕާޓީތަކަށް ފޮނުވާ ރަޖިސްޓަރީގައި ހިމެނޭ މައުލޫމާތެއްގެ ސައްހަކަމާމެދު އެއިން ފަރާތެއްގެ ސުވާލެއް އޮތްނަމަ، އެކަމުގެ ށަކުވާ، އެ ރަޖިސްޓަރީ އެފަރާތްތަކަށް ފޮނުވާ ތާރީހުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އިލެކްށަންސް ކޮމިށަނަށް ހުށަހެޅުމަށް، އެފަރާތްތަކަށް އެ ކޮމިށަނުން ފުރުސަތު ހުޅުވާލަންވާނެއެވެ.

(ނ) މި މާއްދާގެ ދަށުން ކެންޑިޑޭޓުންނަށާއި ސިޔާސީ ޕާޓީތަކަށް ފޮނުވާ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި އެކުލެވޭ މީހުންގެ ޒާތީ މައުލޫމާތު، އެފަރާތްތަކުން ބޭނުންކުރަންވާނީ ޒިންމާދާރު ކަމާއެކުގައި، ހަމައެކަނި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި އެކުލެވޭ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށެވެ. އަދި މި ގާނޫނުގެ 9 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ މިންވަރަށް ފިޔަވައި، ވޯޓުދިނުމުގެ ހައްގު ލިބިގެންވާ އެއްވެސް ފަރާތެއްގެ ޒާތީ މައުލޫމާތު، އެއްވެސް ފަރާތަކުން އާންމުކޮށްގެން ނުވާނެއެވެ. އަދި އެ ރަޖިސްޓަރީގައިވާ އެއްވެސް މައުލޫމާތެއް، އިންތިހާބުގެ ބޭނުންތަކަށް މެނުވީ ބޭނުންކުރުމަކީ މަނާކަމެކެވެ. ހާއްސަ ގޮތެއްގައި އެ މައުލޫމާތު ވިޔަފާރީގެ ބޭނުމަކަށްޓަކައި ނުވަތަ މާލީ ފައިދާއެއް ހޯދުމަށްޓަކައި ބޭނުންކުރުމަކީ މަނާކަމެކެވެ.

(ރ)  މި މާއްދާގެ (ށ) ގައި ބަޔާންކުރާ ފަރާތްތަކުގެ އިތުރުން، މި ގާނޫނުގެ 9 ވަނަ މާއްދާގެ ދަށުން އާންމުކުރާ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި އެކުލެވޭ މައުލޫމާތެއްގެ ސައްހަކަމާމެދު ށަކުވާއެއް އޮތްނަމަ، އެކަމުގެ ށަކުވާ، މި ގާނޫނުގެ 9 ވަނަ މާއްދާގެ ދަށުން އެ ރަޖިސްޓަރީ އާންމުކުރާ ތާރީހުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އިލެކްށަންސް ކޮމިށަނަށް ހުށަހެޅުމުގެ އިހްތިޔާރު، އުމުރުން 18 (އަށާރަ) އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް ލިބިގެންވެއެވެ.

(ބ) މި މާއްދާގެ (ށ) އާއި (ރ) ގެ ދަށުން އިލެކްށަންސް ކޮމިށަނަށް ހުށަހެޅޭ ށަކުވާތައް، އެ މާއްދާގައި ބަޔާންކުރާ މުއްދަތުތައް ހަމަވާ ތާރީހުން ފެށިގެން ގިނަވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި އެ ކޮމިށަނުން ބަލައި، އެ ށަކުވާތަކާމެދު ގޮތެއް ކަނޑައަޅަންވާނެއެވެ. އަދި އެފަދައިން އެ ކޮމިށަނުން ނިންމާ ނިންމުން، އެ މުއްދަތުގެ ތެރ ގައި އެ ށަކުވާއެއް ހުށަހެޅި ފަރާތަކަށް ސަބަބާއެކު އަންގަންވެސްވާނެއެވެ. 

(ޅ) މި މާއްދާގެ (ބ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން ނިންމާ ނިންމުމަކާމެދު ށަކުވާ ހުށަހެޅި ފަރާތަކުން ހިތްހަމަނުޖެހޭ ނަމަ، ކޮމިށަނުން އެ މައްސަލައަކާމެދު ނިންމި ނިންމުން އެފަރާތަށް އަންގާތާ ގިނަވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި، އެ މައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުގެ އިހްތިޔާރު އެފަރާތަކަށް ލިބިގެންވެއެވެ. 

(ކ) މި މާއްދާގެ (ޅ) ގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅޭ މައްސަލައަކާމެދު، އެ މައްސަލައެއް ހުށަހަޅާތާ ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ކޯޓުން ގޮތެއް ނިންމަންވާނެއެވެ.

 

11 ވަނަ މާއްދާ - ހުށަހެޅޭ ށަކުވާއާ ގުޅިގެން ރަޖިސްޓަރީއަށް ބަދަލުގެނައުން (ސުރުހީ އާއި މާއްދާ އިސްލާހު ކުރެވިފައި)

(ހ) ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައިވާ މައުލޫމާތެއްގެ ސައްހަކަމާމެދު ސުވާލު އުފައްދައި، އެކަމުގެ ށަކުވާ، މި ގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން ކެންޑިޑޭޓަކު ނުވަތަ ސިޔާސީ ޕާޓީއަކުން ނުވަތަ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ ފަރާތަކުން އިލެކްށަންސް ކޮމިށަނަށް ހުށަހަޅައިފިނަމަ، އެ މައުލޫމާތެއްގެ ސައްހަކަން އެ ކޮމިށަނުން ކަށަވަރުކުރަންވާނެއެވެ. އަދި އެފަދައިން އެ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށްފަހު، ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް ބަދަލެއް ގެންނަންޖެހޭ ނަމަ، އިލެކްށަންސް ކޮމިށަނުން އެ ބަދަލެއް އެ ރަޖިސްޓަރީއަށް ގެނެސް، އެކަން ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) އާ އެއްގޮތްވާ ގޮތުގެމަތިން ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް ބަދަލު ގެނެވުމާއެކު، މި ގާނޫނުގެ 9 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން އާންމުކޮށް ބެލޭނެގޮތަށް ބަހައްޓާފައިވާ އެ ރަޖިސްޓަރީގެ ކޮޕީތަކަށްވެސް އެ ބަދަލު ގެންނަންވާނެއެވެ.

(ނ) ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް މި މާއްދާގެ ދަށުން ގެނެވޭ ބަދަލު، ކެންޑިޑޭޓުންނަށާއި ސިޔާސީ ޕާޓީތަކަށް އިލެކްށަންސް ކޮމިށަނުން ފޮނުވަންވާނެއެވެ.

(ރ)  ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް މި މާއްދާގެ ދަށުން ގެނެވޭ ބަދަލެއްގައި އެކުލެވޭ މައުލޫމާތެއްގެ ސައްހަކާމެދު މި ގާނޫނުގެ 10 ވަނަ މާއްދާގައި ބަޔާންކުރާ ފަރާތެއްގެ ށަކުވާއެއްވާނަމަ، އެ މާއްދާގައި ބަޔާންކުރާ އުސޫލުގެ މަތިން ށަކުވާ އުފުލުމުގެ އިހްތިޔާރު، ކެންޑިޑޭޓުންނަށާއި، ސިޔާސީ ޕާޓީތަކަށާއި، އުމުރުން 18 (އަށާރަ) އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް ލިބިގެންވެއެވެ. އަދި އެފަދައިން، ށަކުވާ ހުށަހެޅުމާއި، ށަކުވާ ބެލުމުގައި އަމަލުކުރާނީ، މި ގާނޫނުގެ 10 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތުތަކަށެވެ. 

 

12 ވަނަ މާއްދާ - އެހެން ތަނެއްގައި ދިރިއުޅޭ މީހުން ވޯޓު ދިނުމަށްޓަކައި އެމީހަކު ދިރިއުޅޭ ތަނެއް ކޮމިށަނަށް އެންގުން (އިސްލާހު ކުރެވިފައި)

(ހ) އިންތިހާބެއްގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހެއް، ވޯޓުލުން އޮންނަ ދުވަހު، ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި އެމީހެއްގެ ދާއިމީ އެޑްރެސް ކަމަށް ބަޔާންކޮށްފައިވާ ރަށުގައި އެމީހަކު ނޫޅޭނެކަމުގައިވާނަމަ، އަދި އެ އިންތިހާބުގައި އެމީހަކު އެހެން ތަނެއްގައި ވޯޓު ދޭން ބޭނުންނަމަ، އެމީހަކު އެތަނެއްގައި ރީ-ރަޖިސްޓަރީކުރުމަށް އެދި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އިލެކްށަންސް ކޮމިށަނަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގައިވާ ގޮތުގެމަތިން ރީ-ރަޖިސްޓަރީކުރެވޭ ފަރާތްތަކުގެ ނަމާއި، ޖިންސާއި، ދާއިމީ އެޑްރެސް އަދި އެފަރާތްތައް އަލުން ރަޖިސްޓަރީކުރެވޭ ތަން އެނގޭނެ ގޮތަށް އިލެކްށަންސް ކޮމިށަނުން ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރަންވާނެއެވެ. އަދި އިލެކްށަންސް ކޮމިށަންގެ ވެބްސައިޓުގައިވެސް އެ މައުލޫމާތު ށާއިއުކުރަންވާނެއެވެ.

(ނ) މި މާއްދާގެ ބޭނުމަށްޓަކައި، ޖިނާއީ ކުށުގެ ހުކުމް ތަންފީޒުކުރަމުންދާ މީހުންނާބެހޭ މައުލޫމާތު، ހުކުމް ތަންފީޒުކުރާ މީހުންގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ މުއައްސަސާއިން އިލެކްށަންސް ކޮމިށަނަށް އަންގަންވާނެއެވެ.

 

 

އިންތިހާބު އިއުލާންކުރުން

 

13 ވަނަ މާއްދާ - އިންތިހާބު ބާއްވާކަން އިއުލާންކުރުން

(ހ) އިންތިހާބެއް ބާއްވާކަން އެ އިންތިހާބަކާބެހޭ ހާއްސަ ގާނޫނުގައިވާ ގޮތުގެ މަތިން އިލެކްށަންސް ކޮމިށަނުން އާންމުކޮށް އަންގައި އިއުލާން ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ)  ގެ ދަށުން އިލެކްށަންސް ކޮމިށަނުން ކުރާ އިއުލާންގައި އެ އިންތިހާބަކާ ގުޅޭގޮތުން އަންނަނިވި މައުލޫމާތު ހިމަނަންޖެހޭނެއެވެ.

  1. އެއީ ކޮން އިންތިހާބެއް ކަމާއި، އެ އިންތިހާބަކާބެހޭ އިތުރު މައުލޫމާތު.
  2. އިންތިހާބަށް ކުރިމަތިލުމަށް ދެވޭ މުއްދަތު.
  3. އިންތިހާބަށް ކުރިމަތިލާ މީހުންގައި ފުރިހަމަވާންޖެހޭ ށަރުތުތައް.
  4. އިންތިހާބަށް ކުރިމަތިލާ މީހުން ހުށަހަޅަންޖެހޭ މައުލޫމާތުތަކާއި ތަކެތީގެ ތަފްސީލު.
  5. އިންތިހާބަށް ކުރިމަތިލާ މީހުން ހުށަހަޅަންޖެހޭ މައުލޫމާތުތަކާއި ތަކެތި ހުށަހަޅަންޖެހޭ ތަނާއި، ތާރީހާއި ވަގުތު.
  6. ވޯޓުނެގުން ބާއްވާ ތާރީހާއި، ވޯޓު ނަގާ ގަޑިއާއި، އާންމު އުސޫލެއްގެ ގޮތުން ވޯޓުނަގައި ނިންމާ ގަޑިއާއި، ވޯޓު ގުނަން ފަށާ ގަޑި.
  7. ވޯޓުގެ ރަސްމީ ނަތީޖާ އިއުލާންކުރުމަށް ކަނޑައަޅާފައިވާ ތާރީހާއި ވަގުތު.
  8. އެ އިންތިހާބަކާބެހޭ ހާއްސަ ގާނޫނާއި ގަވާއިދުގައި ބުނެފައިވާ އިތުރު މައުލޫމާތާއި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބުނެފައިވާ އިތުރު މައުލޫމާތު.
  9. އިއުލާންކުރެވޭ އިންތިހާބަކީ ބައި-އިލެކްށަނެއް ނަމަ، އިންތިހާބަށް ކުރިމަތިލުމާއި، ތާއީދު ހޯދުމަށް މަސައްކަތްކުރުމާއި، ރެޖިސްޓްރޭށަނާއި ރީރެޖިސްޓްރޭށަނާއި ށަކުވާ ހުށަހެޅުން ފަދަ އެންމެހައި ކަންކަމަށް އިލެކްށަންސް ކޮމިށަނުން ކަނޑައަޅާފައިވާ މުއްދަތުތައް. (އިތުރު ކުރެވިފައި)
  10. އިއުލާންކުރެވެނީ އިންތިހާބެއްގެ އިތުރު ބުރެއް ނަމަ ތާއީދު ހޯދުމަށް މަސައްކަތްކުރުމާއި، ރެޖިސްޓްރޭށަނާއި ރީރެޖިސްޓްރޭށަނާއި ށަކުވާ ހުށަހެޅުން ފަދަ އެންމެހައި ކަންކަމަށް އިލެކްށަންސް ކޮމިށަނުން ކަނޑައަޅާފައިވާ މުއްދަތުތައް. (އިތުރު ކުރެވިފައި)

 

14 ވަނަ މާއްދާ - އިންތިހާބަށް ކުރިމަތިލިކަން އިއުލާންކުރުން

(ހ) އިންތިހާބަށް ކުރިމަތިލާން ދީފައިވާ މުއްދަތު ހަމަވާ ތާރީހުން ފެށިގެން ގިނަވެގެން 14 (ސާދަ)  ދުވަހުގެތެރޭގައި، އެ އިންތިހާބަކަށް ކުރިމަތިލި ކެންޑިޑޭޓުންގެ ތަފްސީލު އެންގުމަށްޓަކައި، އަންނަނިވި މައުލޫމާތު އިލެކްށަންސް ކޮމިށަނުން އާންމުކޮށް އިއުލާންކޮށް، އެ އިއުލާން އިލެކްށަންސް ކޮމިށަންގެ އޮފީހުގައި ބަހައްޓައި، އަދި އެ ކޮމިށަނުގެ ވެބްސައިޓުގައި ށާއިއުކުރަންވާނެއެވެ.  އަދި ކޮންމެ އިންތިހާބީ ދާއިރާއަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނާ ބެހޭގޮތުން ކޮށްފައިވާ އިއުލާން އެ އިންތިހާބީ ދާއިރާއެއްގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފަސޭހައިން މީހުންނަށް ބެލޭނެގޮތަށް، އިލެކްށަންސް ކޮމިށަނުން ބަހައްޓަންވާނެއެވެ.

  1. ކެންޑިޑޭޓުންގެ ނަންތައް މިގޮތުން އިންތިހާބަށް ކުރިމަތިލުމަށް ހުށަހަޅާފައިވާ މައުލޫމާތުގައިވާ ގޮތުގެމަތިން ކެންޑިޑޭޓުގެ ނަމާއެކު އެ ކެންޑިޑޭޓެއްގެ އަންނަނިވި މައުލޫމާތުތައްވެސް ހިމަނަންވާނެއެވެ.

         (ހ) ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް.

         (ށ) ސިޔާސީ ޕާޓީއެއްގެ ފަރާތުން ކުރިމަތިލާނަމައެ ކެންޑިޑޭޓެއް ތަމްސީލުކުރާ ސިޔާސީ ޕާޓީގެ ނަން.

         (ނ) އަމިއްލަ ގޮތުން ކުރިމަތިލާ ކެންޑިޑޭޓެއްނަމަ އެކަން.

         (ރ) އެ ކެންޑިޑޭޓަކު އިންތިހާބުގައި ހާއްސަ ނިށާނެއް ބޭނުންކުރާނަމަ އެ ނިށާން.

         (ބ) އެ ކެންޑިޑޭޓެއްގެ ރަސްމީ އިންތިހާބީ އޭޖެންޓުގެ ނަމާއި، ދާއިމީ އެޑްރެސް.

         (ޅ) އެ ކެންޑިޑޭޓަކަށް ފޮނުވަންޖެހޭ ލިޔެކިއުމާއި އެންގުންތައް ފޮނުވާނެ ރަސްމީ އެޑްރެސް.

         (ޅ) ވޯޓުލުން އޮންނާނެ ރަށްރަށާއި، ވޯޓުފޮށިތައް ބަހައްޓާފައި ހުންނާނެ ތަންތަނުގެ އެޑްރެސް.

(ށ) މި މާއްދާގެ (ހ) ގެ (1) ގެ ދަށުން ކެންޑިޑޭޓުންގެ ނަންތައް އިއުލާންކުރާއިރު، ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރާނީ، އިންތިހާބަށް ކުރިމަތިލުމުގެ ށަރުތު ފުރިހަމަވާ މީހުންގެ މެދުގައި ގުރުއަތުލައިގެންނެވެ. މިގޮތުން ނަގާ ގުރުއަތުލުން ބާއްވަންވާނީ އިލެކްށަންސް ކޮމިށަނުން އެކުލަވާލާ ގަވާއިދާއެއްގޮތްވާ ގޮތުގެމަތިން، އިންތިހާބަށް ކުރިމަތިލި މީހުން ނުވަތަ އެމީހުންގެ މަންދޫބުންގެ ހާޒިރުގައެވެ. އަދި އިންތިހާބަށް ކުރިމަތިލި މީހަކު ނުވަތަ އެމީހެއްގެ މަންދޫބެއް ހާޒިރުނުވެއްޖެނަމަ އިލެކްށަންސް ކޮމިށަނުން އައްޔަންކުރާ މަންދޫބެއްގެ ހާޒިރުގައި ގުރުއަތުލުމުގެ އިހްތިޔާރު އިލެކްށަންސް ކޮމިށަނަށް ލިބިގެންވެއެވެ.

 

ކެންޑިޑޭޓުން

 

15 ވަނަ މާއްދާ - ކުރިމަތިލާ މީހުންގައި ހުންނަންޖެހޭ ށަރުތުތައް

(ހ) އިންތިހާބަކަށް ކުރިމަތިލާ މީހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ށަރުތުތަކެއް ގާނޫނުއަސާސީގައި ނުވަތަ ގާނޫނެއްގައި ކަނޑައަޅާފައިވާނަމަ އެ އިންތިހާބަކަށް ކުރިމަތިލާ ކޮންމެ މީހެއްގެ ކިބައިގައި އެ ށަރުތުތައް ފުރިހަމަވާންޖެހޭނެއެވެ.

(ށ) އިންތިހާބަށް ކުރިމަތިލުމަށް އިލެކްށަންސް ކޮމިށަނުން ހުޅުވާލުމުން، އެކަމަށް ކުރިމަތިލުމަށް ބޭނުންވާ މީހުންގެ ތެރެއިން އެކަމަށް ށަރުތު ފުރިހަމަވާ މީހަކު ދައުލަތުގެ ބެލުމުގެ ދަށުގައިވާނަމަ، އެމީހަކު އެ އިންތިހާބަށް ކުރިމަތިލުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް، އެމީހަކު ބަލަހައްޓަމުންގެންދާ ދައުލަތުގެ އެ މުއައްސަސާއަކުން މަގު ތަނަވަސްކޮށްދޭންވާނެއެވެ.

 

16 ވަނަ މާއްދާ - އިންތިހާބަށް ކުރިމަތިލުމަށް އެދި ހުށަހެޅުން

(ހ) މި ގާނޫނުގެ 13 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން އިންތިހާބަށް ކުރިމަތިލުމަށް އިލެކްށަންސް ކޮމިށަނުން އިއުލާންކުރުމުން، އެ އިއުލާންގައިވާ ގޮތުގެމަތިން، އެ އިންތިހާބަށް ކުރިމަތިލުމަށް އެދޭމީހުން އެކަމަށް އެދި، އިލެކްށަންސް ކޮމިށަނަށް ހުށަހަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ)  ގެ ދަށުން އިންތިހާބަށް ކުރިމަތިލުމަށް  އެދޭމީހާ،  އިންތިހާބަށް ކުރިމަތިލުމަށް އެދޭ އިރު، ތިރީގައި ބުނެފައިމިވާ މައުލޫމާތު ހުށަހަޅަންވާނެއެވެ.

  1. ފުރިހަމަ ނަން.
  2. އުފަން ތާރީހް.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު.
  4. ދާއިމީ އެޑްރެސް (އަތޮޅާއި ރަށާއި އެޑްރެސް އެނގޭގޮތަށް) .
  5. މިހާރު ދިރިއުޅޭ އެޑްރެސް (އަތޮޅާއި ރަށާއި އެޑްރެސް އެނގޭގޮތަށް) .
  6. ވޭތުވެދިޔަ ފަސް އަހަރުދުވަހުގެތެރޭގައި ދައުލަތުގެ އެއްވެސް ވަޒީފާއެއް އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި ތަންތަނުގެ ނަމާއި މަގާމުތަކުގެ ނަން.
  7. އިލެކްށަންސް ކޮމިށަނުން އިންތިހާބަށް ކުރިމަތިލުމަށް އެދޭމީހާއަށް ފޮނުވަންޖެހޭ ލިޔެކިއުމާއި އެންގުންތައް ފޮނުވާނެ ރަސްމީ އެޑްރެސް (ގުޅޭނެ ފޯނު ނަންބަރާއެކު) .
  8. ސިޔާސީ ޕާޓީއެއްގެ ފަރާތުން ކުރިމަތިލާނަމަ އެމީހަކު ތަމްސީލު ކުރާ ސިޔާސީ ޕާޓީގެ ނަން.
  9. އެމީހެއްގެ ރަސްމީ އިންތިހާބީ އޭޖެންޓްގެ ނަމާއި ދާއިމީ އެޑްރެސް.
  10. އެ އިންތިހާބަކާބެހޭ ހާއްސަ ގާނޫނާއި ގަވާއިދުގައި ބުނެފައިވާ އިތުރު މައުލޫމާތު. މި މައުލޫމާތަކީ ކޮބައިކަން މި ގާނޫނުގެ 13 ވަނަ މާއްދާގެ (ށ)  ގެ ދަށުން އިލެކްށަންސް ކޮމިށަނުން ކުރާ އިއުލާނުގައި ތަފްސީލުކޮށް ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

17 ވަނަ މާއްދާ - އިންތިހާބަށް ކުރިމަތިލުމަށް ފޮނުވާ މައުލޫމާތާއެކު ހުށަހަޅަންޖެހޭ ތަކެތި

މި ގާނޫނުގެ 16 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިންތިހާބަށް ކުރިމަތިލުމަށް އެދޭމީހާ ހުށަހަޅާ މައުލޫމާތާއެކު ތިރީގައި ބުނެފައިމިވާ ތަކެތި އިލެކްށަންސް ކޮމިށަނަށް ހުށަހަޅަންވާނެއެވެ.

  1. އިންތިހާބަކާބެހޭ ހާއްސަ ގާނޫނުގައި ކަނޑައަޅާފައިވާ އިދާރީ ފީ (އިސްލާހު ކުރެވިފައި)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް.
  3. ސިޔާސީ ޕާޓީއެއްގެ ފަރާތުން ކުރިމަތިލާނަމަ އެމީހަކު ތަމްސީލުކުރާ ސިޔާސީ ޕާޓީން އެކަން ކަށަވަރުކޮށްދޭ އެ ސިޔާސީ ޕާޓީގެ ގަރާރު.
  4. އަމިއްލަ ގޮތުން ކުރިމަތިލާ މީހެއްނަމަ އެކަން ބަޔާންކޮށް އެ މީހާ ހުށަހަޅާ އިގްރާރު.
  5. އެމީހެއްގެ ރަސްމީ އިންތިހާބީ އޭޖެންޓްގެ ގޮތުގައި ހުށަހަޅާފައިވާ މީހާ އެކަން ގަބޫލުކޮށްފައިވާކަމުގެ އިގްރާރު.
  6. އެމީހަކު އެ އިންތިހާބުގައި ހާއްސަ ނިށާނެއް ބޭނުންކުރުމަށް ގަސްދުކުރާނަމަ އެ ނިށާން.
  7. އެ އިންތިހާބަކާބެހޭ ހާއްސަ ގާނޫނާއި ގަވާއިދުގައި ބުނެފައިވާ އިތުރުތަކެތި. މިތަކެއްޗަކީ ކޮބައިކަން މި ގާނޫނުގެ 13 ވަނަ މާއްދާގެ (ށ) ގެ ދަށުން އިލެކްށަންސް ކޮމިށަނުން ކުރާ އިއުލާނުގައި ތަފްސީލްކޮށް ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

18 ވަނަ މާއްދާ - ސައްހަ މައުލޫމާތާއި ތަކެތިކަމަށް އިގްރާރުވުން

އިންތިހާބަށް ކުރިމަތިލުމަށް އެދޭމީހާ، އެމީހާ އިންތިހާބަށް ކުރިމަތިލާކަން ޔަގީންކޮށްދިނުމުގެ ގޮތުންނާއި، މި ގާނޫނުގެ 16 ވަނަ މާއްދާއާއި 17 ވަނަ މާއްދާގެ ދަށުން އިލެކްށަންސް ކޮމިށަނަށް ހުށަހަޅަންޖެހޭ މައުލޫމާތާއި ތަކެއްޗަކީ ސައްހަ މައުލޫމާތާއި ތަކެތިކަމަށް އިގްރާރުވެ، އެ އިގްރާރު މި ގާނޫނުގެ 16 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ މައުލޫމާތާއެކު އެމީހަކު އިލެކްށަންސް ކޮމިށަނަށް ހުށަހަޅަންވާނެއެވެ.

 

19 ވަނަ މާއްދާ – އިދާރީ ފީ (ސުރުހީ އާއި މާއްދާ އިސްލާހު ކުރެވިފައި)

އިންތިހާބަށް ކުރިމަތިލާންއެދ މީހާ މި ގާނޫނުގެ 17 ވަނަ މާއްދާގެ (1) ވަނަ ނަންބަރުގެ ދަށުން އިލެކްށަންސް ކޮމިށަނަށް ދައްކަންޖެހޭ އިދާރީ ފީ ދެއްކުމުން، އެ އިދާރީ ފީ އިލެކްށަންސް ކޮމިށަނަށް ލިބުނު ކަމުގެ ރަސީދެއް އެމީހަކަށް ދޫކުރަންވާނެއެވެ.

 

20 ވަނަ މާއްދާ - އިންތިހާބުގައި ތާއީދު ހޯދުމަށް ބޭނުންކުރާ ނިށާން ފާސްކުރުން

(ހ) އިންތިހާބަށް ކުރިމަތިލާފައިވާ މީހަކު އިންތިހާބުގައި ތާއީދު ހޯދުމަށް ބޭނުންކުރާ ނިށާނަކީ އިލެކްށަންސް ކޮމިށަނަށް ހުށަހަޅައި އެ ކޮމިށަނުން ފާސްކޮށްފައިވާ އެއްޗަކަށް ވާންވާނެއެވެ.

(ށ) މި ގާނޫނުގެ 13 ވަނަ މާއްދާގެ (ހ)  ގައި ބުނެފައިވާ ގޮތުގެމަތީން އެ އިންތިހާބަކަށް ކުރިމަތިލާފައިވާ މީހުންގެ ނަންތައް އިއުލާންކުރުމުގެ ކުރިން، މި ގާނޫނުގެ 17 ވަނަ މާއްދާގެ (6) ވަނަ ނަންބަރުގެ ދަށުން އިލެކްށަންސް ކޮމިށަނަށް ހުށަހަޅާފައިވާ ނިށާން އިލެކްށަންސް ކޮމިށަނުން ފާސްކޮށް ނިންމަންވާނެއެވެ.

 

21 ވަނަ މާއްދާ - އިންތިހާބަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތް އެންގުން

(ހ) މި ގާނޫނުގެ 16 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިންތިހާބަށް ކުރިމަތިލުމަށް އެދޭމީހާ އެކަން ބަޔާންކޮށް ހުށަހަޅާ ލިޔުން އިލެކްށަންސް ކޮމިށަނަށް ލިބޭތާ ގިނަވެގެން 48 ގަޑިއިރުގެ (ސާޅީސް އަށްގަޑި އިރުގެ)  ތެރޭގައި، އެމީހެއްގެ ހުށަހެޅުން ގަބޫލުކުރިކަން ނުވަތަ ގަބޫލުނުކުރާކަން، އިލެކްށަންސް ކޮމިށަނުން އެމީހަކަށް ލިޔުމުން އަންގަންވާނެއެވެ.

(ށ) އިންތިހާބަށް ކުރިމަތިލުމަށް އެދޭމީހާ ހުށަހަޅާ ހުށަހެޅުން މި މާއްދާގެ (ހ)  ގެ ދަށުން ގަބޫލުކުރިކަން ނުވަތަ ގަބޫލުނުކުރާކަން އިލެކްށަންސް ކޮމިށަނުން އެމީހަކަށް އެންގުމުގެ ކުރިން، އިންތިހާބަށް ކުރިމަތިލުމަށް އެދޭމީހާ މި ގާނޫނުގެ 16 ވަނަ މާއްދާއާއި 17 ވަނަ މާއްދާގެ ދަށުން އިލެކްށަންސް ކޮމިށަނަށް ހުށަހަޅަންޖެހޭ މައުލޫމާތާއި ތަކެތި ހަމައަށް ހުރިތޯ އިލެކްށަންސް ކޮމިށަނުން ޔަގީންކުރަންވާނެއެވެ.

(ނ) އިންތިހާބަށް ކުރިމަތިލުމަށް އެދޭމީހާ ހުށަހަޅާ ހުށަހެޅުން މި މާއްދާގެ (ހ)  ގެ ދަށުން އިލެކްށަންސް ކޮމިށަނުން ގަބޫލުނުކުރާކަމަށް ކަނޑައަޅަންވާނީ، އެ އިންތިހާބަށް ކުރިމަތިލުމަށް ފުރިހަމަވާންޖެހޭ ށަރުތެއް ފުރިހަމަނުވާނަމަ، ނުވަތަ މި ގާނޫނުގެ 16 ވަނަ މާއްދާއާއި 17 ވަނަ މާއްދާގެ ދަށުން އިލެކްށަންސް ކޮމިށަނަށް ހުށަހަޅަންޖެހޭ މައުލޫމާތާއި ތަކެތި ފުރިހަމައަށް ނެތްނަމަ، ނުވަތަ އެތަކެތީގެ ތެރެއިން އެއްޗެއް ސައްހަ ނޫންކަމަށް އިލެކްށަންސް ކޮމިށަނަށް ގަބޫލުކުރެވޭ ހާލަތެއްގައެވެ.

(ރ) އިންތިހާބަށް ކުރިމަތިލުމަށް އެދޭމީހާ ހުށަހަޅާ ހުށަހެޅުން މި މާއްދާގެ (ހ)  ގެ ދަށުން އިލެކްށަންސް ކޮމިށަނުން ގަބޫލުނުކުރާނަމަ އެކަންއެމީހަކަށް އަންގާއިރު ގަބޫލުނުކުރި ސަބަބު ލިޔުމުން އިލެކްށަންސް ކޮމިށަނުން އެމީހަކަށް އަންގަންވާނެއެވެ.

(ބ) އިންތިހާބަށް ކުރިމަތިލުމަށް އެދޭމީހާއަށް މި މާއްދާގެ (ރ)  ގެ ދަށުން އިލެކްށަންސް ކޮމިށަނުން އެންގި ސަބަބާމެދު އެމީހަކު ހިތްހަމަނުޖެހޭނަމަ، އަދި އެ ސަބަބަކީ އެ އިންތިހާބަށް އެމީހަކު ކުރިމަތިލުމަށްޓަކައި ފުރިހަމަވާންޖެހޭ ށަރުތު ފުރިހަމަނުވާކަމަށް ނިންމާފައިވާ ނިންމުމެއްކަމުގައިވާނަމަ، އެ މައްސަލައެއް ސުޕްރީމް ކޯޓަށް، އަދި އެނޫންކަމަކާ ގުޅޭގޮތުން ނިންމާފައިވާ ނިންމުމެއްކަމުގައިވާނަމަ އެ މައްސަލައެއް ހައިކޯޓަށް، ހުށަހެޅުމުގެ އިހްތިޔާރު އެމީހަކަށް ލިބިގެންވެއެވެ.

(ޅ) މި މާއްދާގެ (ބ)  ގެ ދަށުން ސުޕްރީމް ކޯޓަށް ނުވަތަ ހައިކޯޓަށް ހުށަހަޅާ މައްސަލައެއް، މި މާއްދާގެ (ހ)  ގައި ބުނެފައިވާ 48 ގަޑިއިރު (ސާޅީސްއަށް ގަޑިއިރު)  ހަމަވާ ވަގުތުން ފެށިގެން ގިނަވެގެން 5 ދުވަހުގެ (ފަސް ދުވަހުގެ)   ތެރޭގައި އިންތިހާބަށް ކުރިމަތިލުމަށް އެދޭމީހާ އެ މައްސަލައެއް ކޯޓަށް ހުށަހަޅަންވާނެއެވެ. އަދި އެ މައްސަލައެއް ކޯޓަށް ހުށަހަޅާތާ  ގިނަވެގެން 7 ދުވަހުގެ (ހަތް ދުވަހުގެ)  ތެރޭގައި ކޯޓުން އެ މައްސަލައަކާމެދު ގޮތެއް ނިންމަންވާނެއެވެ.

 

22 ވަނަ މާއްދާ - އަލުން ހުށަހެޅުން

(ހ) މި ގާނޫނުގެ 21 ވަނަ މާއްދާގެ (ހ)  ގެ ދަށުން އިންތިހާބަށް ކުރިމަތިލުމަށް އެދޭމީހާ ހުށަހަޅާ ހުށަހެޅުން އިލެކްށަންސް ކޮމިށަނުން ގަބޫލުނުކުރާކަމަށް އެކޮމިށަނުން އަންގާފައިވަނީ، އެ ކޮމިށަނަށް ހުށަހަޅަންޖެހޭ މައުލޫމާތާއި ތަކެތި ފުރިހަމައަށް ނެތްކަމަށް ކަނޑައަޅާފައިވާ ހާލަތެއްގައި ކަމަށްވާނަމަ، އެ ފުރިހަމަނުވާ ކަމަށް އެ ކޮމިށަނުން އަންގާފައިވާ މައުލޫމާތެއް ނުވަތަ އެއްޗެއް ފުރިހަމަކުރުމަށްފަހު، އިންތިހާބަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު ހަމަވުމުގެ ކުރިން އެ ކޮމިށަނަށް ހުށަހެޅުމުގެ އިހްތިޔާރު އިންތިހާބަށް ކުރިމަތިލުމަށް އެދޭމީހާއަށް ލިބިގެންވެއެވެ. ނުވަތަ އިންތިހާބަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު ހަމަވުމުގެ ކުރިން މި ގާނޫނުގެ 16 ވަނަ މާއްދާއާއި 17 ވަނަ މާއްދާގެ ދަށުން އިލެކްށަންސް ކޮމިށަނަށް ހުށަހަޅަންޖެހޭ މައުލޫމާތާއި ތަކެތި ފުރިހަމަ ކުރުމަށްފަހު އަލުން އިންތިހާބަށް ކުރިމަތިލުމަށް އެދި އެ ކޮމިށަނަށް ހުށަހެޅުމުގެ އިހްތިޔާރުވެސް އެމީހާއަށް ލިބިގެންވެއެވެ.

(ށ) އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހާ، އިންތިހާބަށް ކުރިމަތިލުމަށް ފުރަތަމަ ހުށަހެޅި ހުށަހެޅުމާއެކު އިންތިހާބުގެ އިދާރީ ފީ ދައްކާފައިވާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި އިންތިހާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާއިރު އިންތިހާބުގެ އިދާރީ ފީ އަލުން ދައްކަން ނުޖެހޭނެއެވެ. (އިތުރު ކުރެވިފައި)

 

23 ވަނަ މާއްދާ - ނަން އަނބުރާ ގެންދިއުން

އިންތިހާބަށް ކުރިމަތިލާން އެދި އިލެކްށަންސް ކޮމިށަނަށް ނަން ހުށަހަޅާފައިވާ މީހަކު، މި ގާނޫނުގެ 14 ވަނަ މާއްދާގެ (ހ)  ގެ ދަށުން ކެންޑިޑޭޓުންގެ ނަންތައް އިއުލާންކުރުމުގެ ކުރިން ކޮންމެ ވަގުތަކުވެސް އެމީހެއްގެ ނަން އެ އިންތިހާބަކުން އަނބުރާ ގެންދިޔުމުގެ އިހްތިޔާރު އެމީހަކަށް ލިބިގެންވެއެވެ.

 

23 ވަނަ މާއްދާ - ކެންޑިޑޭޓަކު މަރުވުން

(ހ) އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓަކު މަރުވެއްޖެނަމަ، އެމީހާ މަރުވެއްޖެކަމާއި، އިންތިހާބަށް ކުރިމަތިލާފައިވާ މީހުންގެ ތެރޭގައި އެމީހަކު ނުހިމެނޭނެކަމަށް ކަނޑައަޅައި އިލެކްށަންސް ކޮމިށަނުން އެކަން އާންމުކޮށް އަންގައި އިއުލާންކުރަންވާނެއެވެ. އަދި އެ އިއުލާން އިލެކްށަންސް ކޮމިށަންގެ އޮފީހުގައާއި އެ އިންތިހާބީ ދާއިރާއެއްގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާންމުކޮށް ފެންނާނެގޮތަށް ބަހައްޓަންވާނެއެވެ.

(ށ) ކެންޑިޑޭޓަކު މަރުވީ، ވޯޓު ކަރުދާސް ޗާޕުކުރިފަހުން ކަމުގައިވާނަމަ، އެމީހަކު މަރުވެފައިވާ ކަން އެނގޭނެފަދަ ލިޔުމެއް އެމީހަކު ކުރިމަތިލި އިންތިހާބީ ދާއިރާގެ ކޮންމެ ވޯޓިންގ ބޫތެއްގައި ވޯޓުލާން އަންނަ ފަރާތްތަކަށް ފެންނަ ގޮތަށް، ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ބަހައްޓަންވާނެއެވެ. އަދި އެއްވެސް ހާލަތެއްގައި އެ މީހަކަށް އެ އިންތިހާބުގައި ވޯޓު ލިބިފައިވާނަމަ، އެ ވޯޓުތައްވާނީ ބާތިލު ވޯޓުތަކަކަށެވެ.

 

25 ވަނަ މާއްދާ - ރަސްމީ އިންތިހާބީ އޭޖެންޓް

(ހ) އިންތިހާބަކަށް ކުރިމަތިލާ ކޮންމެ ކެންޑިޑޭޓަކު އެމީހަކު އިންތިހާބަށް ކުރިމަތިލުމުގެ ކުރިން އެ އިންތިހާބުގައި އެމީހާގެ ރަސްމީ އިންތިހާބީ އޭޖެންޓަކު ކަނޑައަޅަންވާނެއެވެ.

(ށ) މި މާއްދާގެ (ހ)  ގައި ބުނެފައިވާ ރަސްމީ އިންތިހާބީ އޭޖެންޓް ކަމަށް  ކަނޑައަޅާ ފަރާތެއްގައި އަންނަނިވި ސިފަތައް ހުންނަންވާނެއެވެ.

  1. އެ އިންތިހާބުގައި ކުރިމަތިލާފައިވާ ކެންޑިޑޭޓެއްކަމުގައި ނުވުން.
  2. އެ އިންތިހާބުގެ ކަންތައްތައް އިލެކްށަންސް ކޮމިށަނުން އަންގާ ގޮތެއްގެމަތިން ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ މީހަކުކަމުގައި ނުވުން.
  3. އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކުކަމުގައި ނުވުން.
  4. އެ އިންތިހާބެއްގައި ވޯޓުދިނުމުގެ ހައްގު ލިބިފައިނުވާ މީހަކުކަމުގައި ނުވުން.

 

26 ވަނަ މާއްދާ - ރަސްމީ އިންތިހާބީ އޭޖެންޓް މަރުވުން، އިސްތިއުފާ ދިނުން ނުވަތަ ވަކިކުރުން

(ހ) މި ގާނޫނުގެ ދަށުން ކެންޑިޑޭޓަކު ރަސްމީ އިންތިހާބީ އޭޖެންޓުގެ ގޮތުގައި ކަނޑައަޅާފައިވާ މީހަކު މަރުވެއްޖެނަމަ ނުވަތަ އޭނާ އެ މަގާމުން އިސްތިއުފާދީފިނަމަ ނުވަތަ އޭނާ އެ މަގާމުން ވަކިކޮށްފިނަމަ އެކަން، ގިނަވެގެން 48 (ސާޅީސްއަށެއް) ގަޑިއިރުގެ ތެރޭގައި އިލެކްށަންސް ކޮމިށަނަށް އެ ކެންޑިޑޭޓަކު އަންގަންވާނެއެވެ. އަދި ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު ކަނޑައަޅަންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ށ) ކެންޑިޑޭޓެއްގެ ރަސްމީ އިންތިހާބީ އޭޖެންޓުގެ ގޮތުގައި މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާ ފަރާތާ ގުޅޭގޮތުން މި ގާނޫނުގެ 16 ވަނަ މާއްދާއާއި، 17 ވަނަ މާއްދާގައިވާ މައުލޫމާތާއި ތަކެތި، އެ ކެންޑިޑޭޓުގެ ރަސްމީ އިންތިހާބީ އޭޖެންޓުގެ ގޮތުގައި އެފަރާތް ކަނޑައަޅާ ތާރީހުން ފެށިގެން ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އިލެކްށަންސް ކޮމިށަނަށް ހުށަހަޅަންވާނެއެވެ. އަދި އެ ބަދަލ،ު އިލެކްށަންސް ކޮމިށަނުގެ ފަރާތުން އާންމުކޮށް އިއުލާންކުރަންވާނެއެވެ. (އިތުރު ކުރެވިފައި)

 

27 ވަނަ މާއްދާ - އެއް ރަސްމީ އިންތިހާބީ އޭޖެންޓް

ކޮންމެ އިންތިހާބެއްގައިވެސް ކޮންމެ ކެންޑިޑޭޓަކަށް އެއް ވަގުތެއްގައި ބެހެއްޓޭނީ އެއް ރަސްމީ އިންތިހާބީ އޭޖެންޓެވެ.

 

 

ތާއީދު ހޯދުމަށް މަސައްކަތް ކުރުން

 

28 ވަނަ މާއްދާ - ތާއީދު ހޯދުމަށް މަސައްކަތް ކުރުމުގެ ހައްގު

(ހ) އިންތިހާބެއްގައި ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް، އެމީހުން އިންތިހާބަށް ކުރިމަތިލާފައިވާ އިންތިހާބީ ދާއިރާގެ މީހުންގެ ތާއީދު ހޯދުމަށް މަސައްކަތްކުރުމުގެ ހައްގު ލިބިގެންވެއެވެ.

(ށ) މި މާއްދާގެ (ހ)  އިން ކެންޑިޑޭޓުންނަށް ލިބިދީފައިވާ ހައްގުގެ ދަށުން، ކެންޑިޑޭޓުން ތާއީދު ހޯދުމަށް މަސައްކަތްކުރުމުގައި، ކެންޑިޑޭޓުންނަށް ތިރީގައިމިވާ ކަންތައްތައް ކުރެވިދާނެއެވެ.

  1. އެ ދާއިރާއެއްގެ މީހުންނާ ބައްދަލުކުރުމާއި ވާހަކަ ދެއްކުން.
  2. ސުލްހަވެރިކަމާއެކު އެއްވުންތައް ބޭއްވުން.
  3. ހަބަރުފަތުރާ ވަސީލަތްތަކުގެ ބޭނުންހިފުން.
  4. އެ އިންތިހާބީ ދާއިރާއެއްގެ މީހުންނަށް ސިޓީފޮނުވުމާއި، ފޮޓޯއާއި ސްޓިކާއާއި ލިޔުންފަދަ ތަކެތި ބެހުމާއި، އެތަކެތި އާންމުކޮށް ފެންނާނެހެން ބެހެއްޓުން.
  5. ނިށާނާއި ނިށާން ޖަހާފައިވާ ތަކެތި ގެންގުޅުމާއި ބޭނުންކުރުން.
  6. އިށްތިހާރުކުރުން.

(ނ) މި މާއްދާގެ (ހ)  ގެ ދަށުން ކެންޑިޑޭޓުންނަށް ލިބިދީފައިވާ ތާއީދު ހޯދުމަށް މަސައްކަތްކުރުމުގެ ހައްގު، އެ ކެންޑިޑޭޓުންނަށް ތާއީދުކުރާ ފަރާތްތައް މެދުވެރިކޮށް ބޭނުންކުރުމުގެ އިހްތިޔާރު ކެންޑިޑޭޓުންނަށް ލިބިގެންވެއެވެ. އަދި މިގޮތުން ކެންޑިޑޭޓުންގެ ފަރާތުން ތާއީދު ހޯދުމަށް މަސައްކަތް ކުރާ ފަރާތްތަކުންވެސް މި ގާނޫނުގެ 29 ވަނަ މާއްދާގައި ބުނެފައިވާ ސުލޫކީ މިންގަނޑު ދަމަހައްޓަންޖެހޭނެއެވެ.

 

29 ވަނަ މާއްދާ - ސުލޫކީ މިންގަނޑު

(ހ) އިންތިހާބުތަކުގައި ކެންޑިޑޭޓުން ތާއީދު ހޯދުމަށް މަސައްކަތް ކުރުމުގައި ގެންގުޅެންޖެހޭ ސުލޫކީ މިންގަނޑު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައި އޮންނަންޖެހޭނެއެވެ. އަދި މިގޮތުން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ސުލޫކީ މިންގަނޑު، އިންތިހާބުތަކުގައި ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތް ކުރާ ހުރިހާ ފަރާތްތަކުންވެސް  ދަމަހައްޓަންޖެހޭނެއެވެ.

(ށ) އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި، އެހެން ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެއެވެ. އަދި އެހެން ކެންޑިޑޭޓަކާބެހޭގޮތުން އެއްވެސް ދޮގު މައުލޫމާތެއް ބޭނުންކޮށްގެންވެސް ނުވާނެއެވެ.

(ނ) މި މާއްދާގެ (ށ)  ގައި ބުނެފައިވާގޮތުގެމަތިން ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް އުނިކަމެއް އަތުވެދާނެފަދަ ކަމެއް އެހެން ފަރާތަކުންކުރާނަމަ، އެކަމުގެ ށަކުވާ އިލެކްށަންސް ކޮމިށަނަށް ހުށަހަޅައި އެކަމެއް ހުއްޓުވައި ދިނުމަށް އެ ކޮމިށަންގައި އެދުމުގެ ހައްގު އެ ކެންޑިޑޭޓަކަށް ލިބިގެންވެއެވެ. އަދި އިލެކްށަންސް ކޮމިށަނުން ލަސްނުކޮށް އެ މައްސަލައެއް ބަލައި އެކަމާމެދު ވަގުތުން ފިޔަވަޅު އަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ނ)  ގެ ދަށުން އިލެކްށަންސް ކޮމިށަނަށް ހުށަހަޅާ ށަކުވާތައް ފަސޭހައިން ހުށަހެޅޭނެ ގޮތާއި، އަވަހަށް އެ މައްސަލައެއް ބަލައި ފިޔަވަޅު އެޅޭނެގޮތްތަކުގެ ތަފްސީލު މި ގާނޫނުގެ 62 ވަނަ މާއްދާގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

30 ވަނަ މާއްދާ - ބްރޯޑްކާސްޓް ކުރުން

(ހ) އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އިލެކްށަންސް ކޮމިށަނުން ރަސްމީކޮށް އިއުލާންކުރާ ދުވަހުން ފެށިގެން އިންތިހާބުގައި ވޯޓުނަގާ ދުވަހުގެ ކުރީދުވަހުގެ ހަވީރު 6.00 އާހަމައަށް، ދިވެހިރާއްޖޭގައި ބްރޯޑްކާސްޓްކުރާ ހުރިހާ ފަރާތަކުން، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، އެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކުން ތާއީދު ހޯދުމަށް މަސައްކަތް ކުރުމަށްޓަކައި އިށްތިހާރާއި ޕްރޮގްރާމްތައް ފޮނުވުމަށް ވަގުތު ހާއްސަކުރަންވާނެއެވެ.

(ށ) ބްރޯޑްކާސްޓްކުރާ ކޮންމެ ފަރާތަކުންވެސް މި މާއްދާގެ (ހ)  ގެ ދަށުން ކަނޑައަޅާ ވަގުތުތަކާއި، އެ ވަގުތުތައް ވިއްކާނަމަ ވިއްކުމަށް ހަމަޖެހިފައިވާ އަގުތައް އާންމުކޮށް އިއުލާންކުރަންވާނެއެވެ. އަދި ކެންޑިޑޭޓުންނަށް ވަގުތު ދޫކުރުމުގައި ނުވަތަ ވަގުތު ވިއްކުމުގައި ހަމަހަމަ އުސޫލެއް ބްރޯޑްކާސްޓްކުރާ ފަރާތްތަކުން ގެންގުޅެންވާނެއެވެ.

(ނ) ބްރޯޑްކާސްޓްކުރާ ފަރާތްތަކުން މި މާއްދާގެ ދަށުން ހާއްސަކުރާ ވަގުތު ކެެންޑިޑޭޓުންނަށް ނުވަތަ ކެންޑިޑޭޓުން ނިސްބަތްވާ ސިޔާސީ ޕާޓީތަކަށް ދޭންވާނީ ހަމަހަމަކަމާ އެކުގައެވެ. އަދި އެއް ކެންޑިޑޭޓަކަށް ދޭން ކަނޑައަޅާފައިވާ ވަގުތަށްވުރެ އިތުރު ވަގުތު، އެއް ކެންޑިޑޭޓަކަށް ނުވަތަ އެއް ސިޔާސީ ޕާޓީއަކަށް ނުވަތަ އެއް ކެންޑިޑޭޓަކަށާއި އެ ކެންޑިޑޭޓުން ނިސްބަތްވާ ސިޔާސީ ޕާޓީއަކަށް ދީ ނުވަތަ ވިއްކައިގެން ނުވާނެއެވެ (އިސްލާހު ކުރެވިފައި)

(ރ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، ބްރޯޑްކާސްޓްކުރާ ފަަރާތްތަކުން އަމަލުކުރަނީ މި މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށްތޯ ބެލުމާއި، މި މާއްދާއާ ހިލާފަށް އަމަލުކުރާ ފަރާތްތަކާ ގުޅިގެން ފަސޭހައިން ށަކުވާ ހުށަހެޅޭނެ އަދި އެ ށަކުވާ އަވަހަށް ބެލޭނެ ނިޒާމެއް ގާއިމުކުރުމަކީ، ބްރޯޑްކާސްޓް ކޮމިށަންގެ ޒިންމާއެކެވެ (އިތުރު ކުރެވިފައި)

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ށަކުވާ ހުށަހެޅުމާއި ބެލުމުގެ ނިޒާމު، ގާާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާތާ 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ބްރޯޑްކާސްޓް ކޮމިށަނުން އެކުލަވާލައި، އާންމުކުރަންވާނެއެވެ (އިތުރު ކުރެވިފައި)

(ޅ) ބްރޯޑްކާސްޓް ކޮމިށަނަށް މި މާއްދާގެ (ރ) ގެ ދަށުން ހުށަހެޅޭ ށަކުވާތައް  ބަަލައި ނިންމުމަށްފަހު، އެ ކޮމިށަނުން ކަމާބެހޭ ރިޕޯޓެއް އެކުލަވާލައި، އިލެކްށަންސް ކޮމިށަނަށް ފޮނުވަންވާނެއެވެ. އަދި އެ ރިޕޯޓާ ގުޅިގެން މި ގާނޫނުގައި ބަޔާންކުރާ ޖިނާއީ ކުށެއްގެ މައްސަލަ ތަހްގީގުކުރަންޖެހޭކަމަށް އިލެކްށަންސް ކޮމިށަނަށް ފެނިއްޖެނަމަ، އެ މައްސަލައެއް ތަހްގީގުކޮށް، މި ގާނޫނުގެ 64 ވަނަ މާއްދާގައިވާ ގޮތުގެމަތިން ށަރީއަތަށް ހުށަހެޅުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލަށް ފޮނުވުމުގެ އިހްތިޔާރު އިލެކްށަންސް ކޮމިށަނަށް ލިބިގެންވެއެވެ (އިތުރު ކުރެވިފައި)

(ކ) މި ގާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، މި މާއްދާއާ ހިލާފަށް ބްރޯޑްކާސްޓްކުރާ ފަރާތަކުން ކުރާ ކަންކަމާމެދު އިދާރީ ފިޔަވަޅު އެޅުމުގެ ބާރު ލިބިގެންވަނީ ބްރޯޑްކާސްޓް ކޮމިށަނަށެވެ. މިގޮތުން، މި މާއްދާއާ ހިލާފުވާ ފަރާތްތަކާމެދު އިދާރީ ފިޔަވަޅު އެޅުމާބެހޭ އުސޫލު، ގާނޫނު ނަންބަރު 2008-11 (އިންތިހާބުތަކާބެހޭ އާންމު ގާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާތާ 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ބްރޯޑްކާސްޓް ކޮމިށަނުން އެކުލަވާލައި، އާންމުކުރަންވާނެއެވެ (އިތުރު ކުރެވިފައި)

(އ) މި މާއްދާގެ (ކ) ގެ ދަށުން އެކުލަވާލާ އުސޫލުގައި ކަނޑައަޅާ ފިޔަވަޅުތައް ވާންވާނީ، ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) ގެ ދަށުން އެ ކޮމިށަނަށް ކަނޑައެޅުމުގެ ބާރު ލިބިގެންވާ ފިޔަވަޅުތަކަށެވެ (އިތުރު ކުރެވިފައި)

 

31 ވަނަ މާއްދާ - ތާއީދު ހޯދުމަށް ރާއްޖެއިން ބޭރުން ބްރޯޑްކާސްޓްކުރުން މަނާކުރުން

އިންތިހާބެއްގައި ތާއީދު ހޯދުމަށް މަސައްކަތްކުރުމުގައި ދިވެހިރާއްޖެއިން ބޭރުގައި އޮޕަރޭޓް ކުރާ އެއްވެސް ބްރޯޑްކާސްޓްކުރާ ސްޓޭށަނެއް ބޭނުން ކުރުމަކީ މަނާކަމެކެވެ.

 

 

ވޯޓު ނެގުމަށް ތައްޔާރުވުން

 

32 ވަނަ މާއްދާ - ވޯޓުލާ މަރުކަޒުތަކުގައި ތިބޭ މީހުން

(ހ) އިންތިހާބުތަކުގައި ވޯޓުލާ މަރުކަޒުތަކުގައި ވޯޓު ނެގުމާބެހޭ އެންމެހައި ކަންތައްތައް ބަލަހައްޓަން ތިބެންވާނީ އިލެކްށަންސް ކޮމިށަނުގެ މުވައްޒަފުން ނުވަތަ އެކަމަށް އެ ކޮމިށަނުން އައްޔަންކުރާ ބަޔެކެވެ. މިގޮތުން ތިބޭ މީހުންގެ ތެރެއިން ވޯޓުލާ ކޮންމެ މަރުކަޒެއްގައި އެ މަރުކަޒެއްގެ އެންމެހައި ކަންކަން ބަލަހައްޓާނެ އިސް ފަރާތެއް އިލެކްށަންސް ކޮމިށަނުން އައްޔަންކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ)  ގައި ބުނެފައިވާ ވޯޓު ނެގުމާބެހޭ ކަންތައްތައް ބަލަހައްޓަން ތިބޭ ބަޔަކީ ވޯޓުލާ އެ މަރުކަޒު ނިސްބަތްވާ އިންތިހާބީ ދާއިރާގެ އިދާރީ ހިންގުމުގައި އެއްވެސް އިސް ދައުރެއް އަދާކުރާ ބަޔަކަށް ވެގެންނުވާނެއެވެ. އަދި އެމީހުންނަކީ ވޯޓު ނެގުމާބެހޭ ކަންތައްތައް ބެލެހެއްޓުމުގެ ގާބިލުކަން ހުރި، އަދި ވަކި ފަރާތަކަށް ބުރަނުވެ އެ މަސްއޫލިއްޔަތު އަދާކުރެވޭ ބަޔަކަށްވާންޖެހޭނެއެވެ.

(ނ) ވޯޓު ނެގުމާބެހޭ ކަންތައްތައް ބަލަހައްޓަން ތިބޭ މީހުންގެ މައިގަނޑު މަސްއޫލިއްޔަތުތަކަކީ، ވޯޓުފޮށި ބެލެހެއްޓުމާއި، ވޯޓު ނެގުމާއި ވޯޓު ގުނުމާގުޅޭ އެންމެހައި ކަންތައްތައް ބެލެހެއްޓުމާއި، ވޯޓުގެ ވަގުތީ ނަތީޖާ އިއުލާންކުރުމާއި، އަދި ވޯޓުލާން އަންނަ މީހުންގެ ކަންތައްތައް ބެލެހެއްޓުމާއި، ވޯޓުލާ ސަރަހައްދުގައި ވޯޓުލާން އަންނަ މީހުންގެ އިންތިޒާމު ހަމަޖެއްސުމާއި، އޮބްޒާވަރުންނާއި މޮނިޓަރުކުރާ ފަރާތްތަކުގެ ކަންތައްތައް ބެލެހެއްޓުމާއި، އަދި އެސަރަހައްދުގައި ގާނޫނާ ހިލާފު ކަމެއް ހިނގާނަމަ އެކަމެއް މަނާކުރުމާއި ހުއްޓުވުމެވެ.

(ރ) ވޯޓު ނެގުމާބެހޭ ކަންތައްތައް ބަލަހައްޓަން ތިބޭ މީހުންގެ ތެރެއިން އެއްވެސް މީހަކު ވޯޓިންގ ބޫތުގައި ވޯޓުލާން އައިސް ހުރި މީހަކު ހުއްޓާ ވޯޓިންގ ބޫތަށް ވަދެގެން ނުވާނެއެވެ.

(ބ) ވޯޓު ނެގުމާބެހޭ ކަންތައްތައް ބަލަހައްޓަން ތިބޭ މީހުން ވޯޓު ނެގުމާބެހޭ ކަންތައްތަކުގައި ހަރަކާތްތެރިވާއިރު އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ނިށާނެއް އެމީހުންގެ ހެދުމުގައި ފެންނަގޮތަށް ހަރުކުރެވިފައި ހުންނަންވާނެއެވެ.

(ޅ) ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލާން ފެށުމުގެ ކުރިން ފެށިގެން ވޯޓުލާނިމި، ވޯޓުގެ ނަތީޖާ އިއުލާންކޮށް އަދިވޯޓާބެހޭ ހުރިހާ ކަމެއް ނިމެންދެން ވޯޓުލާ ހުރިހާ މަރުކަޒުތަކެއްގެ ސަލާމާތާއި ރައްކާތެރިކަން ދައުލަތުގެ ސަލާމަތީ ބާރުތަކުން ބަލަހައްޓަންވާނެއެވެ.

 

33 ވަނަ މާއްދާ - ވޯޓުލާ މަރުކަޒުތަކުގައި ތިބޭ މީހުންގެ ލިސްޓް

އިންތިހާބުތަކުގައި، އެ އިންތިހާބަށް ކުރިމަތިލާފައިވާ ކޮންމެ ކެންޑިޑޭޓަކަށް އެ ކެންޑިޑޭޓެއް ކުރިމަތިލާފައިވާ އިންތިހާބީ ދާއިރާގެ ވޯޓުލާ މަރުކަޒުތަކުގައި އިލެކްށަންސް ކޮމިށަންގެ ފަރާތުން ވޯޓު ނެގުމުގެ ކަންތައްތައް ބަލަހައްޓަން ތިބޭ މީހުންގެ ތަފްސީލު އެނގޭނޭ ލިސްޓެއް އެ އިންތިހާބެއްގެ ވޯޓުލުން އޮންނަ ދުވަހުގެ މަދުވެގެން 3 ދުވަހުގެ (ތިން ދުވަހުގެ)  ކުރިން، އިލެކްށަންސް ކޮމިށަނުން ކޮންމެ ކެންޑިޑޭޓަކަށް ފޮނުވައި، އިލެކްށަންސް ކޮމިށަނުގެ އޮފީހުގައި އެ ލިސްޓް އާންމުކޮށް ފެންނަގޮތަށް ބަހައްޓަންވާނެއެވެ. އަދި އެ ލިސްޓްގައި ހިމެނޭ މީހަކާމެދު ކެންޑިޑޭޓަކު ށަކުވާއެއް އުފުލައިފިނަމަ އެ ށަކުވާއެއް އިލެކްށަންސް ކޮމިށަނުން ބަލަންވާނެއެވެ.

 

34 ވަނަ މާއްދާ - މައުލޫމާތާއި އިރުށާދު ދިނުން

ވޯޓުލާ މަރުކަޒުތަކުގައި އިލެކްށަންސް ކޮމިށަންގެ ފަރާތުން ވޯޓު ނެގުމުގެ ކަންތައްތައް ބަލަހައްޓަން ތިބޭ މީހުންނަށް އެމީހުންގެ ޒިންމާ އަދާކުރުމަށްޓަކައި ބޭނުންވާވަރަށް އެމީހުންގެ މަސްއޫލިއްޔަތުތަކާބެހޭ ތަމްރީނާއި، މައުލޫމާތާއި، އިރުށާދު އިލެކްށަންސް ކޮމިށަނުން ދޭންވާނެއެވެ.

 

35 ވަނަ މާއްދާ - ވޯޓު ފޮށި

(ހ) އިންތިހާބުތަކުގައި ބޭނުންކުރާ ވޯޓު ފޮށިތައް ހުންނަންވާނީ އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ސައިޒަކަށާއި، އެ ކޮމިށަނުން ކަނޑައަޅާ ގޮތަކަށް، އެތެރެ ފެންނަގޮތަށެވެ. އަދި އެ އިންތިހާބެއް ބޭއްވުމުގެ މަދުވެގެން 5 ދުވަސް (ފަސް ދުވަސް)  ކުރިން އެ އިންތިހާބެއްގައި ބޭނުންކުރާނެ ވޯޓުފޮށިތަކާބެހޭ ތަފްސީލު މައުލޫމާތު އިލެކްށަންސް ކޮމިށަނުން އާންމުކޮށް އިއުލާން ކުރަންވާނެއެވެ.

(ށ) ވޯޓުލާ މަރުކަޒުތަކުގައި ވޯޓު ލުމަށް ބޭނުންކުރަންވާނީ، މި މާއްދާގެ (ހ)  ގައި ބުނެފައިވާ ގޮތުގެމަތިން ތައްޔާރުކޮށް އިލެކްށަންސް ކޮމިށަނުން ފޮނުވާ ވޯޓު ފޮށިތަކެވެ.

 

36 ވަނަ މާއްދާ - ވޯޓު ކަރުދާސް

(ހ) އިންތިހާބުތަކުގައި ވޯޓު ދޭންވާނީ ތިރީގައި ބުނެފައިވާ ގޮތުގެމަތިން އިލެކްށަންސް ކޮމިށަނުން ތައްޔާރުކޮށްފައިވާ ވޯޓު ކަރުދާހުގައެވެ.

  1. ވޯޓު ކަރުދާސް ޗާޕްކޮށްފައި ހުންނަންވާނީ އެކަށީގެންވާ މިންވަރަކަށް ވޯޓު ކަރުދާސް ހިމެނޭ ވަކިވަކި ފޮތްތަކެއްގައެވެ.
  2. ވޯޓު ކަރުދާސް ޗާޕްކުރެވިފައި ހުންނަންވާނީ ކައުންޓަރ ފޮއިލް ހިމެނޭގޮތަށް، ކައުންޓަރ ފޮއިލާއި އަދި ވޯޓުލާ ކަރުދާސްކޮޅާ ދެބައި ބުރިކޮށްލެވޭގޮތަށް ކައުންޓަރ ފޮއިލުގައި ހީރަސްޖަހާފައެވެ.
  3. ވޯޓު ކަރުދާސް ހުންނަންވާނީ އެ ވޯޓު ކަރުދާހާއި ކައުންޓަރ ފޮއިލް، ޗާޕްކޮށްފައިވާ ފޮތުން ވަކިކުރެވޭގޮތަށް، އަދި އެ ފޮތުން ވަކިކުރުމުން އެ ވޯޓު ކަރުދާހާއި ކައުންޓަރ ފޮއިލް ވަކިކުރިކަން އެނގޭގޮތަށް އެ ވޯޓު ކަރުދާހުގެ ކައުންޓަރ ފޮއިލް އެ ފޮތުގައި ބާކީ ހުންނަގޮތަށެވެ.
  4. ވޯޓު ކަރުދާހުގެ ކައުންޓަރ ފޮއިލްގައި ސީރިއަލް ނަންބަރު ޖަހާފައި ހުންނަންވާނެއެވެ. އަދި ވޯޓު ކަރުދާސް ޗާޕްކޮށްފައިވާ ފޮތްތަކުގެ ބޭރުގައި އެ ފޮތުގައި ހިމެނެނީ ކޮން ނަންބަރަކުން ކޮން ނަންބަރަކާ ދެމެދުގެ ވޯޓު ކަރުދާސްކަން އެނގެން އޮންނަންވާނެއެވެ.
  5.  ވޯޓު ކަރުދާސް ހުންނަންވާނީ އެކި އިންތިހާބުތަކަށް އެކި ކުލަ ބޭނުންކުރާ އުސޫލުން އެފަހަރަކު އިލެކްށަންސް ކޮމިށަނުން ވޯޓު ކަރުދާސް ޗާޕުކުރުމަށް ކަނޑައަޅާ ކުލައަކުން، ކަނޑައަޅާ ސައިޒަކުން، ކަނޑައަޅާ ކަރުދާހެއްގައެވެ.
  6. ވޯޓު ކަރުދާހުގައި އެއީ ކޮން އިންތިހާބެއްގެ ވޯޓު ކަރުދާހެއްކަން އެނގެން އޮންނަންވާނެއެވެ.

(ށ) ކޮންމެ އިންތިހާބެއްގައިވެސް އެ އިންތިހާބެއް ބޭއްވުމުގެ ގިނަވެގެން 5 ދުވަސް (ފަސް ދުވަސް)  ކުރިން އެ އިންތިހާބަކަށް ޗާޕްކުރެވުނު ވޯޓު ކަރުދާހުގެ ޖުމްލަ އަދަދާއި، ވޯޓު ކަރުދާސް ޗާޕްކުރިތަނެއްގެ މައުލޫމާތު އާންމުކޮށް އިއުލާންކުރަންވާނެއެވެ.

 

37 ވަނަ މާއްދާ - ވޯޓުލާ މަރުކަޒުތަކުގައި ތިބޭ މީހުންނަށް ފޮނުވަންޖެހޭ ތަކެތި

(ހ) އިންތިހާބުތަކުގައި، އިލެކްށަންސް ކޮމިށަނުން ވޯޓު ނެގުމުގެ ކަންތައްތައް ބަލަހައްޓަން ވޯޓުލާ މަރުކަޒުތަކުގައި ތިބޭ، މި ގާނޫނުގެ  32 ވަނަ މާއްދާގެ (ހ)  ގައި ބުނެފައިވާ އިސް ފަރާތްތަކަށް
އެ އިންތިހާބެއް ބޭއްވުމުގެ ކުރިން އަންނަނިވި ތަކެތި އިލެކްށަންސް ކޮމިށަނުން ފޮނުވަންވާނެއެވެ.

  1. އެ މަރުކަޒަކަށް ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ މީހުންގެ އަދަދު 100 އަށްވުރެ މަދު ނަމަ ރަޖިސްޓަރީވެފައިވާ އަދަދުގެ އިތުރަށް 4 ވޯޓު ކަރުދާސް، އަދި 100 އަށްވުރެ ގިނަ ނަމަ ރަޖިސްޓަރީވެފައިވާ އަދަދުގެ އިތުރަށް 8 ވޯޓު ކަރުދާސް ފޮނުވަންވާނެއެވެ. (އިސްލާހު1 / އިސްލާހު2 ކުރެވިފައި)
  2. އެ މަރުކަޒެއްގައި ހުންނާނެކަމަށް އިލެކްށަންސް ކޮމިށަނުން އިއުލާންކޮށްފައިވާ އަދަދަށް ވޯޓު ފޮށި.
  3. އެ މަރުކަޒަކަށް ފޮނުވުނު ވޯޓު ފޮށީގެ އަދަދާއި، ވޯޓު ކަރުދާހުގެ އަދަދާއި، ވޯޓު ކަރުދާސް ޗާޕްކޮށްފައިވާ ފޮތްތަކުގެ ބޭރުގައި ޖަހާފައިވާ ވޯޓު ކަރުދާހުގެ ސީރިއަލް ނަންބަރުތައް އެނގޭ ގޮތަށް އިލެކްށަންސް ކޮމިށަނުން ތައްޔާރުކޮށްފައިވާ ރަސްމީ ލިޔުމެއް.
  4. ވޯޓުގެ ކަންތައްތައް ބެލެހެއްޓުމަށްޓަކައި ފޮނުވާ އިރުށާދުތައް ހިމެނޭ ލިޔުމެއް.
  5. ވޯޓު ދިނުމުގައި ބޭނުންކުރަންޖެހޭ އެކިއެކި ސާމާނާއި، އަދި މިނޫންވެސް، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ނުވަތަ އެ އިންތިހާބަކާބެހޭ ހާއްސަ ގާނޫނުގައި ބުނެފައިވާ އިތުރު ތަކެތި.

(ށ) މި މާއްދާގެ (ހ)  ގެ ދަށުން އިލެކްށަންސް ކޮމިށަނުން އެ މަރުކަޒަކަށް ފޮނުވާ ތަކެއްޗަށް، ވޯޓު ނެގުމުގެ ކަންތައްތައް ބަލަހައްޓަން ވޯޓުލާ މަރުކަޒަށް ކަނޑައަޅާފައި ހުންނަ އިސް ފަރާތުން ޒިންމާވާންޖެހޭނެއެވެ. އަދި އެ ތަކެތި ގާނޫނާ ހިލާފަށް ބޭނުންކުރިޔަނުދިނުމަށްޓަކައި ރައްކާތެރިގޮތެއްގައި އެ ފަރާތުން އެ ތަކެތި ބަލަހައްޓަންވާނެއެވެ.

(ނ) އިލެކްށަންސް ކޮމިށަނުން ވޯޓުލާ މަރުކަޒުތަކަށް ފޮނުވާ ވޯޓު ކަރުދާހާއި ތަކެތި ވޯޓުލާ މަރުކަޒަށް ފޮނުވުމުގެ ކުރިނ،ް އެތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީ އެތަކެތި ފޮނުވޭ ތަނެއްގައި އިލެކްށަންސް ކޮމިށަނުން އައްޔަންކޮށްފައިވާ ފޯކަލް ޕޮއިންޓްގެ ޒިންމާއެކެވެ. އަދި ފޯކަލް ޕޮއިންޓްގެ ޒިންމާ އަދާކުރުމަށް ބޭނުންވާ އިންތިޒާމުތައް ކައުންސިލްތަކުން ފޯރުކޮށްދޭންވާނެއެވެ. އަދި އެތަކެތީގެ ސަލާމަތާއި ރައްކާތެރިކަން ދިވެހި ފުލުހުންގެ ހިދުމަތުން ކަށަވަރުކުރަންވާނެއެވެ. (އިތުރު ކުރެވިފައި)

 

38 ވަނަ މާއްދާ - ވޯޓުފޮށި ބެހެއްޓިފައިވާ ސަރަހައްދާއި، ވޯޓުފޮށި ބެހެއްޓުން

(ހ) ވޯޓުލާ މަރުކަޒުތަކުގައި، ވޯޓުފޮށި ބެހެއްޓިފައިވާ ސަރަހައްދަކީ، ވޯޓުފޮށިން ފެށިގެން 100 (އެއްސަތޭކަ)  ފޫޓުގެ ތެރޭގައި ހިމެނިގެންވާ ގޯތިގެދޮރާއި، މަގުތަކާއި، ގޯޅިތައް ފިޔަވައި ޕާކުތަކާއި، ހުސްބިންތަކާއި، ބޯޅަދަނޑު ފަދަ ތަންތަން ހިމެނިގެންވާ ސަރަހައްދެވެ.

(ށ) ވޯޓުފޮށި ބަހައްޓާ ސަރަހައްދުގައި ވޯޓުފޮށި ބަހައްޓަންވާނީ ވޯޓުލާން އަންނަ މީހުންނަށާއި ވޯޓު ނެގުމުގެ ކަންތައްތައް ބަލަހައްޓަން ތިބޭ ބަޔަކަށްވެސް ފެންނަގޮތަށް، ފަސޭހައިން ވަދެ ނުކުމެވޭފަދަ ހާމަ ތަނެއްގައެވެ.

(ނ) ވޯޓިންގ ބޫތު ހުންނަންވާނީ ވޯޓު ކަރުދާހުގައި ޖަހާ ފާހަގަ، ވޯޓު ދޭ މީހާ ފިޔަވައި، އެހެން އެއްވެސް މީހަކަށް ނުފެންނާނޭހެން ނިވާކޮށްފައެވެ.

 

39 ވަނަ މާއްދާ - ކެންޑިޑޭޓުންގެ ނަން އާންމުކޮށް ފެންނަ ގޮތަށް ބެހެއްޓުން

ކެންޑިޑޭޓުންގެ ނަންތައް، އިލެކްށަންސް ކޮމިށަނުން އިއުލާންކޮށްފައިވާ ތަރުތީބުން، ރަނގަޅަށް ކިޔަން އެނގޭނެހެން ލިޔެ، ވޯޓު ނަގާ ދުވަހު ވޯޓުފޮށި ބަހައްޓާފައިވާ ކޮންމެ ސަރަހައްދެއްގައި އާންމުކޮށް ފެންނާނެހެން ބަހައްޓަންވާނެއެވެ.

 

40 ވަނަ މާއްދާ - އިންތިހާބުގެ އޮބްޒާވަރުން

(ހ) އިންތިހާބެއްގައި އެ އިންތިހާބުގެ ކަންތައްތައް ހިނގާ ނުހިނގާ ގޮތް ބެލުމަށްޓަކައި، އިންތިހާބުގެ އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވެވޭނީ، ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުން ކަނޑައަޅާ ބަޔަކާއި، އަމިއްލައަށް އެކަމަށް އެދޭ މީހުންނާއި، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޖަމްއިއްޔާ ޖަމާއަތްތަކުން ކަނޑައަޅާ ބަޔަކާއި، ބައިނަލްއަގްވާމީ ޖަމްއިއްޔާ ޖަމާއަތްތަކުން ކަނޑައަޅާ ބަޔެއްގެ ތެރެއިން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އުސޫލެއްގެ ދަށުން އިލެކްށަންސް ކޮމިށަނުން އެކްރެޑިޓްކުރާ ނުވަތަ ހުއްދަ ދޫކުރާ ފަރާތްތަކަށެވެ.

(ށ) މި މާއްދާގެ (ހ)  ގައި ބުނެފައިވާ ގޮތުގެމަތިން ހުއްދަ ދޫކޮށްފައިވާ މީހުން އިންތިހާބުގެ އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވާއިރު އެކަމަށް އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ފާހެއް، އެމީހުންގެ ހެދުމުގައި ފެންނަގޮތަށް ހަރުކުރެވިފައި ހުންނަންވާނެއެވެ.

(ނ) މި މާއްދާގެ (ހ)  ގައި ބުނެފައިވާ ގޮތުގެމަތިން ހުއްދަ ދޫކޮށްފައިވާ އޮބްޒާވަރުންނަށް މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ހުއްދަކުރާ ގޮތުގެމަތިން އަދި ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރުމާއެކު، ވޯޓުލާ ސަރަހައްދުގައާއި، ވޯޓު ގުނާ ތަނުގައި ހަރަކާތްތެރި ވެވިދާނެއެވެ.

  1. ވޯޓުނެގުމުގެ އިންތިޒާމްތަކާ ބެހޭގޮތުން ކަމެއް ސާފުކުރުމަށް ބޭނުންވެއްޖެ ހިނދެއްގައި އެރަށަކަށް ނުވަތަ އެސަރަހައްދަކަށް ނުވަތަ އެތަނަކަށް އިލެކްށަންސް ކޮމިށަނުން އައްޔަން ކޮށްފައިވާ އެންމެ އިސްވެރިއަކާ ވާހަކަ ދައްކައިގެން އެކަމެއް ސާފުކުރުން.
  2. ވޯޓުލާ އެސަރަހައްދެއްގައި ވޯޓު ދޭން އަންނަ މީހުންނަށް ދަތިނުވާނޭގޮތުގެމަތިން އެފަރާތްތަކާ މުއާމަލާތު ކުރުން.
  3.  އެރަށަކަށް ނުވަތަ އެސަރަހައްދަކަށް ވޯޓު ނެގުމުގެ ކަންތައްތައް ބަލަހައްޓަން ފޮނުވާފައިވާ މީހުންގެ މަސައްކަތަށް ނުވަތަ ވޯޓު ގުނުމުގައި ހަރަކާތްތެރިވާ އެއްވެސް މީހެއްގެ މަސައްކަތަށް ދަތިވާ ކަހަލަ އެއްވެސް އަމަލެއް ނުކުރުން.
  4. މި ގާނޫނުގެ 44 ވަނަ މާއްދާގައި ވޯޓުނަގާ ދުވަހު ކުރުން މަނާކަމަށް ބުނެފައިވާ އެއްވެސް ކަމެއް ނުކުރުން.
  5. މުއާސަލާތީ ގޮތުން ބޭނުންކުރެވޭ އެއްވެސް އެއްޗެއް ވޯޓުލާ ސަރަހައްދުގައި ބޭނުން ނުކުރުން.
  6. ވޯޓުލާ ސަރަހައްދުގައި އެއްވެސް ހާލެއްގައި އެއްވެސް ސިފައެއްގައި ކެމެރާއަކުން ނުވަތަ ފޯނަކުން ނުވަތަ އެބާވަތުގެ އެއްވެސް ވަސީލަތެއް ބޭނުން ކޮށްގެން ފޮޓޯ ނުނެގުން، އަދި މަންޒަރާއި އަޑު ރެކޯޑު ނުކުރުން.
  7. މި ގާނޫނުގެ 9 ވަނަ މާއްދާގެ ދަށުން އިލެކްށަންސް ކޮމިށަނުން އާންމުކޮށްފައިވާ ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގެ ކޮޕީއެއް، ވޯޓުލާ ދުވަހު ވޯޓުލާ މަރުކަޒަށް ވެއްދުން (އިތުރު ކުރެވިފައި)

 

41 ވަނަ މާއްދާ – މޮނިޓަރުކުރުން

(ހ) ވޯޓުނަގާ ދުވަހު ވޯޓުލުމުގެ ކަންތައްތައް މޮނިޓަރުކުރުމަށްޓަކައި ވޯޓުލާ ސަރަހައްދުތަކުގައާއި ވޯޓު ގުނާ ތަންތަނުގައި ހަރަކާތްތެރިވެވޭނީ މި ގާނޫނުގެ ދަށުން އެކަމަށް އިލެކްށަންސް ކޮމިށަނުން ހުއްދަ ދޭ ފަރާތްތަކަށެވެ. (އިސްލާހު1 / އިސްލާހު2 ކުރެވިފައި)

(ށ) ވޯޓުނަގާ ދުވަހުގެ 10 (ދިހައެއް) ދުވަސް ކުރިން އެ ރަށެއްގައި ނުވަތަ އެ ސަރަހައްދެއްގައި ނުވަތަ އެތަނެއްގައި މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ހުއްދަ ހޯދުމަށް އެދި ހުށަހަޅާ ނޫސްވެރިންނަށް ވޯޓުލާ އަދި ވޯޓު ގުނާ ކޮންމެ ސަރަހައްދަކަށް ވަނުމުގެ ހުއްދަ، ތަފާތުކުރުމަކާ ނުލައި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އަދަދަކަށް އިލެކްށަންސް ކޮމިށަނުން ދޭންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ނ) މި މާއްދާގެ (ށ)  ގައި ބުނެފައިވާ ގޮތުގެމަތިން ހުއްދަ ދޫކުރެވޭ މީހުން، އިންތިހާބު މޮނިޓަރުކުރުމަށް ހަރަކާތްތެރިވާއިރު އެކަމަށް އިލެކްށަންސް ކޮމިށަނުން ދޫކުރާ ފާހެއް އެމީހުންގެ ހެދުމުގައި ފެންނަގޮތަށް ހަރުކުރެވިފައި ހުންނަންވާނެއެވެ.

(ރ) މި މާއްދާގެ (ށ)  ގައި ބުނެފައިވާ ގޮތުގެމަތިން އިންތިހާބު މޮނިޓަރުކުރުމަށް ހުއްދަ ދޫކޮށްފައިވާ މީހުންނަށް، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވައިދުގައި ހުއްދަކުރާ ގޮތުގެމަތިން، އަދި ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރުމާއެކު، ވޯޓުލާ ސަރަހައްދުތަކާއި ވޯޓުގުނާ ތަންތަނުގައި ހަރަކާތްތެރިވެވިދާނެއެވެ.

  1. ވޯޓުލާ ސަރަހައްދުތަކާއި، ވޯޓުގުނާ ތަންތަނުގައި  އެ މަސައްކަތް ހާމަކޮށް ފެންނާނެ ގޮތަށް ތިބުން.
  2. ވޯޓުނެގުމުގެ އިންތިޒާމްތަކާބެހޭ ގޮތުން ކަމެއް ސާފުކުރަން ބޭނުންވެއްޖެ ހިނދެއްގައި އެރަށަކަށް ނުވަތަ އެސަރަހައްދަކަށް ނުވަތަ އެތަނަކަށް އިލެކްށަންސް ކޮމިށަނުން އައްޔަންކޮށްފައިވާ އެންމެ އިސްވެރިއަކާ ވާހަކަ ދައްކައިގެން އެކަމެއް ސާފުކުރުން.
  3. އެރަށަކަށް ނުވަތަ އެސަރަހައްދަކަށް ވޯޓު ނެގުމުގެ ކަންތައްތައް ބަލަހައްޓަން ފޮނުވާފައިވާ މީހެއްގެ މަސައްކަތަށް ނުވަތަ ވޯޓު ގުނުމުގައި ހަރަކާތްތެރިވާ އެއްވެސް މީހެއްގެ މަސައްކަތަށް ދަތިވާ ކަހަލަ އެއްވެސް އަމަލެއް ނުކުރުން.
  4. ވޯޓުލާ ސަރަހައްދުގައި، ވޯޓުލާން ދާ މީހުންނާ އިންޓަވިޔުނުކުރުން.
  5. މި ގާނޫނުގެ 44 ވަނަ މާއްދާގައި ވޯޓުނަގާ ދުވަހު ކުރުން މަނާކަމަށް ބުނެފައިވާ އެއްވެސް ކަމެއް ނުކުރުން.

(ބ) އެެހެން ގާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، މި ި މާއްދާގެ (ށ) ގައި ބުނެފައިވާ ގޮތުގެމަތިން އިންތިހާބު މޮނިޓަރކުރުމަށް ހުއްދަދީފައިވާ މީހުންނަށް ވޯޓުލާ ސަރަހައްދުގައި ނުވަތަ ވޯޓުގުނާ ތަނުގައި، ތިރީގައިއެވާ ގޮތުގެމަތިން، ފޮޓޯ ނަގައި އަޑާއި މަންޒަރު ރެކޯޑުކުރުމަކީ ހުއްދަކަމެކެވެ (އިތުރު ކުރެވިފައި) 

  1. ވޯޓުލާ ސަރަހައްދުގައި ވޯޓުލާ ބޫތާ 10 ފޫޓަށްވުރެ (ދިހަ ފޫޓަށްވުރެ)  ކައިރިނުވާގޮތަށް.
  2. ވޯޓުގުނާ މަރުކަޒުގައި ވޯޓުގުނާ މީހުންނަށް ދަތިނުވާ ގޮތަށް.

(ޅ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، "ނޫސްވެރިއެއް" ކަމަށް ބުނެފައި އެވަނ،ީ ރަޖިސްޓަރީކޮށްފައިވާ އެއްވެސް މީޑިއާއެއްގައި ނުވަތަ ބްރޯޑްކާސްޓިން ގ ގެ ހިދުމަތެއް ފޯރުކޮށްދޭ ތަނެއްގައި، ހަބަރު ހޯދައި ފޯރުކޮށްދިނުމުގައި މަސައްކަތްކުރާ ކޮންމެ ފަރާތަކަށެވެ. އެ މާނައިގެ ތެރޭގައި، އެފަދަ ތަނެއްގައި މަސައްކަތްކުރާ ފޮޓޯގްރާފަރުންނާއި ވީޑިއޯގްރާފަރުންވެސް ހިމެނެއެވެ. (އިތުރު ކުރެވިފައި)

   

42 ވަނަ މާއްދާ - -ކެންޑިޑޭޓުންގެ މަންދޫބުން

(ހ) ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް ކުރިއަށް ދާއިރު ކެންޑިޑޭޓުންނާއި އެ ކެންޑިޑޭޓުންގެ ރަސްމީ އިންތިހާބީ އޭޖެންޓުންގެ އިތުރުން، ކެންޑިޑޭޓުންގެ މަންދޫބުންނަށް މި ގާނޫނުގެ ދަށުން ދީފައިވާ ހައްގުތައް ބޭނުންކުރެވޭނީ ނުވަތަ އެފަރާތްތަކަށް ކުރެވިދާނެކަމަށް މި ގާނޫނުގައި ބުނެފައިވާ ކަންތައްތައް ކުރެވޭނީ، އިންތިހާބުގައި ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ކެންޑިޑޭޓުން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އުސޫލެއްގެ ދަށުން އިލެކްށަންސް ކޮމިށަނުން ހުއްދަ ދޫކުރާ ފަރާތްތަކަށެވެ.

(ށ) ކެންޑިޑޭޓުންނާއި އެ ކެންޑިޑޭޓުންގެ ރަސްމީ އިންތިހާބީ އޭޖެންޓުންނާއި އެ ކެންޑިޑޭޓުންގެ މަންދޫބުންނަށް ވޯޓުލާ ސަރަހައްދުގައި ނުވަތަ ވޯޓު ގުނާ ތަނުގައި މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ހަރަކާތްތެރިވާއިރު އެކަމަށް އިލެކްށަންސް ކޮމިށަނުން ދޫކުރާ ފާހެއް އެމީހުންގެ ހެދުމުގައި ފެންނަގޮތަށް ހަރުކުރެވިފައި ހުންނަންވާނެއެވެ.

 

 

ވޯޓު ނެގުން

 

43 ވަނަ މާއްދާ - ވޯޓު ނަގާ ދުވަހާއި ވަގުތު (މުޅި މާއްދާ އިސްލާހު ކުރެވިފައި)

(ހ) އިންތިހާބުތަކުގައި އެ އިންތިހާބެއްގެ ވޯޓުނަގާ ދުވަހާއި، ވޯޓުނަގާ ގަޑިއާއި، އާންމު އުސޫލެއްގެ ގޮތުން ވޯޓުނަގާ ނިންމާ ގަޑިއާއި، ވޯޓު ގުނަން ފަށާ ގަޑި ކަނޑައަޅައި އިއުލާންކުރާނީ އިލެކްށަންސް ކޮމިށަނުންނެވެ. (އިތުރު ކުރެވިފައި)

(ށ) މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، ރަމަޒާން މަހުގެ ދުވަހެއްގައި އިންތިހާބެއް ބާއްވައިގެން ނުވާނެއެވެ. އަދި އިންތިހާބު ބާއްވަންޖެހޭ ތާރީހް ރަމަޒާން މަހުގެ ދުވަހަކާ ދިމާވާނަމަ އެ އިންތިހާބެއް ބާއްވަންވާނީ ރަމަޒާން މަސް ނިމި 10 (ދިހައެއް) ދުވަސް ފަހުންނެވެ. (އިތުރު ކުރެވިފައި)

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި، އެ އިންތިހާބަކާ ގުޅޭ ހާއްސަ ގާނޫނުގެ ދަށުން ނުވަތަ މި ގާނޫނުގެ ދަށުން އެކި ކަންކަމަށް ކަނޑައަޅާފައިވާ މުއްދަތުތަކަށް އަމަލުކުރެވެން ނެތް ހާލަތެއް ކުރިމަތިވެއްޖެނަމަ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އިންތިހާބު ބޭއްވުމަށްޓަކައި އެ މުއްދަތުތަކަށް ބަދަލުގެނެސް، އިލެކްށަންސް ކޮމިށަނުން އަލުން މުއްދަތުތައް ކަނޑައަޅަންވާނެއެވެ. (އިތުރު ކުރެވިފައި)

(ރ) މި މާއްދާގެ (ނ) ގައި އެހެން އޮތްނަމަވެސް، އިންތިހާބެއްގައި ކުރިމަތިލުމަށް ހުށަހަޅާ ފަރާތްތަކުގެ ކެންޑިޑެސީ އިލެކްށަންސް ކޮމިށަނުން ބަލައިގަނެ ކެންޑިޑޭޓުންގެ ނަންތައް އާންމުކޮށް އިއުލާންކުރާ ތާރީހުން ފެށިގެން އިންތިހާބު ބާއްވަން ކަނޑައަޅާ ތާރީހާ ދެމެދ،ު ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތްކުރުމަށްޓަކައި 30 (ތިރީސް) ދުވަހުގެ މުއްދަތެއް ނުލިބޭގޮތަށް އިންތިހާބު ބާއްވައިގެން ނުވާނެއެވެ. (އިތުރު ކުރެވިފައި)

 

44 ވަނަ މާއްދާ - ވޯޓުނަގާ ދުވަހު ކުރުން މަނާ ކަންތައްތައް

(ހ) އިންތިހާބެއްގައި ވޯޓުނަގާ ދުވަހުގެ ކުރީދުވަހުގެ ހަވީރު 6.00 ން ފެށިގެން ވޯޓުނަގާ ދުވަހުގެ ފަހުދުވަހުގެ ހެނދުނު 6.00 އާ ދެމެދު، އެއްވެސް މީހަކު ތިރީގައިމިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ކޮށްގެން ނުވާނެއެވެ.

  1. މި ގާނޫނުގެ 28 ވަނަ މާއްދާގެ (ށ)  ގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް.
  2. ދުއްވާ އެއްޗެހީގައި އިންތިހާބާބެހޭ ޕޯސްޓަރާއި ސްޓިކާއާއި އަދި ވަކި ކެންޑިޑޭޓަކަށް ނިސްބަތްވާ ލިޔުމެއް ނުވަތަ އެއްޗެއް އެއްވެސް ގޮތަކަށް ބަހައްޓައިގެން ދުއްވުން.
  3. އަޑުގަދަ ކުރުމަށް ބޭނުންކުރާ އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން ތާއީދު ހޯދުމަށް މަސައްކަތް ކުރުން.

(ށ) ވޯޓުނަގާ ދުވަހުގެ ކުރީދުވަހުގެ ހަވީރު 6.00 ން ފެށިގެން ވޯޓުނަގައި ނިމެންދެން ވޯޓުލާ ސަރަހައްދުގެ ތެރޭގައި، ތިރީގައިމިވާ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.

  1. އިންތިހާބާބެހޭ ގޮތުން އިންތިހާބުގެ ކަންތައް ހިންގާ ފަރާތުން ގެންގުޅެންޖެހޭ ލިޔުންތައް ފިޔަވައި، އިންތިހާބާބެހޭ އެއްވެސް ލިޔުމެއް، ކެންޑިޑޭޓެއްގެ ފޮޓޯއެއް، ޕޯސްޓަރެއް، ސްޓިކާއެއް، ނިށާނެއްފަދަ އެއްވެސް އެއްޗެއް ގެންގުޅުން.
  2. ވޯޓުލާން  އަންނަ  އެއްވެސް މީހަކު ވޯޓުލައި ނިމުމަށްފަހު، އެސަރަހައްދުގައި މަޑުކުރުން.
  3. ކެންޑިޑޭޓަކު، ވޯޓުލުމަށް ވޯޓުލާ ސަރަހައްދުގެ ތެރެއަށް ވަންނަ ވަނުމުގެ އިތުރަށް އެސަރަހައްދަށް ވަނުމާއި އެސަރަހައްދުގެ ތެރޭގައި މަޑުކުރުން.
  4. ވޯޓުލާން އަންނަ އެއްވެސް މީހަކު އެމީހަކަށް ދޫކުރާ ވޯޓު ކަރުދާސް ކޮޅު ހިފައިގެން އެ ސަހައްދުން ބޭރަށް ދިޔުން.
  5. ވޯޓުލުމަށްޓަކައި ވޯޓުލާ މަރުކަޒަށް ވަންނަ މީހަކު، އަޑު ނުވަތަ މަންޒަރު ރެކޯޑުކުރެވޭ ފަދަ ތަކެތި ވޯޓުލާ މަރުކަޒަށް ވެއްދުން  (އިތުރު ކުރެވިފައި)

 

45 ވަނަ މާއްދާ - ވޯޓުލާނެ ގޮތް

(ހ) ވޯޓުލާ މީހާ، ވޯޓުކަރުދާހުގައި ފާހަގަ ޖަހަންވާނީ އެމީހަކު އަމިއްލައަށެވެ. އަދި މި މާއްދާގެ (ށ)  ގައިވާ ގޮތުގެމަތިން ވޯޓުކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމަށް ޖިސްމާނީ ގޮތުން ނުކުޅެދިގެންވާ މީހަކަށް އެހީވެދޭ މީހާ ފިޔަވައި އެހެން އެއްވެސް މީހަކު، އަނެކެއްގެ ވޯޓުކަރުދާހުގައި ފާހަގަޖެހުމުގައި އެއްވެސް ގޮތަކުން ބައިވެރިވެގެންނުވާނެއެވެ.

(ށ) ވޯޯޓުކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމަށް ޖިސްމާނީގޮތުން ނުކުޅެދިގެންވާ މީހަކު ވޯޓުކަރުދާހުގައި ފާހަގަޖެހުމުގައި އެހެން މީހަކު އޭނާއަށް އެހީވެދިނުމަކީ ހުއްދަ ކަމެކެވެ (އިސްލާހު ކުރެވިފައި)

(ނ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސ،ް ވޯޓުކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމަށް ޖިސްމާނީގޮތުން ނުކުޅެދިގެންވާ މީހުންގެ ތެރެއިން ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުނ،ް އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓުކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމަށް އެދޭނަމަ، މި ގާނޫނުގެ 1-45 ވަނަ މާއްދާގައި ބަޔާންކުރާ ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުކަރުދާހުގައި ފާހަގަޖެހިދާނެއެވެ. (އިތުރު ކުރެވިފައި)

 

45-1 ވަނަ މާއްދާ - ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުން (ސުރުހީ އާއި މާއްދާ އިތުރު ކުރެވިފައި)

(ހ) މި ގާނޫނުގެ 45 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ހާލަތުގައ،ި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހަކ،ު އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓުކަރުދާހުގައި ފާހަގަޖެހުމަށްޓަކައި ބޭނުންކުރާނ،ީ މި މާއްދާގެ (ށ) ގައި ބަޔާންކުރާ ވޯޓުކަރުދާސް ޓެމްޕްލޭޓެވެ.

(ށ) ވޯޓުކަރުދާސް ޓެމްޕްލޭޓަކީ، ވޯޓުކަރުދާސް އޭގެ ތެރެއަށް ލައިގެން ނުވަތަ ވޯޓުކަރުދާހުގެ މަތީގައި ވަގުތީގޮތުން ހަރުކޮށްގެނ،ް ފެނުމުގެނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވޯޓުލުމަށް އެހީތެރިވެދޭ ގޮތަށް ތައްޔާރުކޮށްފައިވ،ާ އެތެރެ ފެންނަ ވަސީލަތެކެވެ. އެ ޓެމްޕްލޭޓް އޮންނަންވާނީ ވޯޓުކަރުދާހާ އެއްވަރަށ،ް އަދި އެ ޓެމްޕްލޭޓް ގެ ތެރެއަށް ވޯޓުކަރުދާސް ލުމުން، އެ ނުގުޑާނެ ފަދައަކުނ،ް ކޮންމެ ކެންޑިޑޭޓެއްގެ ކެންޑިޑޭޓް ނަންބަރު ޓެކްޓައިލްކޮށްފައި، އަދި އެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށްޓަކައި ފާހަގަޖަހަންޖެހޭ ގޮޅިއާ ދިމާލުގައި ފާހަގަޖެހޭ ގޮތަށް އެ ޓެމްޕްލޭޓްގައި ކެނޑުމެއް ހިމެނޭ ގޮތަށެވެ.

(ނ) މި މާއްދާގައިވާ ގޮތުގެމަތިން ވޯޓުކަރުދާސް ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލާން އެދޭ ފަރާތްތަކަށް އެ ފުރުސަތު ދިނުމަށްޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމުތައ،ް މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ވޯޓުލާ ކޮންމެ މަރުކަޒެއްގައި އިލެކްށަންސް ކޮމިށަނުން ހަމަޖައްސައިދޭންވާނެއެވެ.

(ރ) ވޯޓުކަރުދާސް ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލާން އެދޭ ފަރާތްތަކަށް އެ ޓެމްޕްލޭޓް ބޭނުންކުރުމުގައި ދޭންޖެހޭ އިރުށާދ،ު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އިލެކްށަންސް ކޮމިށަނުން ދުރާލާ ފޯރުކޮށްދޭންވާނެއެވެ. އަދި ގާނޫނުގައިވާ ގޮތުގެމަތިން ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރެވުމާއެކ،ު އެއިން ކޮންމެ ކެންޑިޑޭޓަކަށް ކަނޑައެޅިފައިވާ ނަންބަރު އެނގޭނެ ފަދައިނ،ް އެ ކެންޑިޑޭޓުންގެ މައުލޫމާތ،ު ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭހަވާނެ ފަދައަކުން އާންމުކޮށް ފޯރުކޮށްދޭންވާނެއެވެ. އަދި ވޯޓުލާ ދުވަހ،ު ވޯޓުލާން ހާޒިރުވެ ހުރި ފަރާތަކުން އެ މައުލޫމާތު ސާފުކުރަން އެދޭނަމަ، އިލެކްށަންސް ކޮމިށަންގެ ރަސްމީ ނަންބަރަކުން އެ މައުލޫމާތަށް ފަސޭހައިން ވާސިލުވެވޭނެ ގޮތެއް ހަމަޖައްސައިދީފައި އޮންނަންވާނެއެވެ.

(ބ) ވޯޓުކަރުދާސް ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލާން އެދޭ ފަރާތްތަކަށް ހަމަޖައްސައިދޭންޖެހޭ އިންތިޒާމުތައް ހަމަޖައްސައިދ،ީ އެ ޓެމްޕްލޭޓް ބޭނުންކުރުމުގައި ދޭންޖެހޭ އިރުށާދު ދިނުމަށްޓަކައ،ި ވޯޓުލާ މަރުކަޒުތަކުގައި ވޯޓުނެގުމާބެހޭ ކަންތައްތައް ބަލަހައްޓަން ތިބޭ މީހުންނަށް އެކަށީގެންވާ ތަމްރީނު އިލެކްށަންސް ކޮމިށަނުން ދޭންވާނެއެވެ.

(ޅ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރާތަކުން ވޯޓުކަރުދާސް ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލާން އެދިއްޖެނަމަ، އެމީހަކަށް ދޫކުރާ ވޯޓުކަރުދާސް ދޫކުރަންވާނ،ީ އެ ވޯޓުކަރުދާސ،ް ވޯޓުކަރުދާސް ޓެމްޕްލޭޓްގެ ތެރެއަށް ލުމަށްފަހ،ު އެއާ އެކުގައެވެ.

(ކ) މި މާއްދާގެ (ޅ) ގެ ދަށުން ވޯޓުކަރުދާސް އަދި ޓެމްޕްލޭޓް ދޫކުރުމުނ،ް ވޯޓުލާން ހާޒިރުވެހުރި މީހާ ވޯޓުކަރުދާހުގައި ފާހަގަޖެހުމަށް ވޯޓިންގ ބޫތަށް ދާ ވަގުތުން ފެށިގެން ވޯޓުކަރުދާހުގައި ފާހަގަޖަހައި ވޯޓުފޮށްޓަށް އެ ވޯޓުކަރުދާސްކޮޅު ވައްޓާލަންދެން އިލެކްށަންސް ކޮމިށަންގެ އެއްވެސް އޮފިށަލަކު ނުވަތަ އެނޫންވެސް ފަރާތަކުން އެތަނުގައި ހާޒިރުވެހުރެގެން ނުވާނެއެވެ. އަދި އެފަރާތުގެ ވޯޓުގެ ސިއްރުކަން ގެއްލޭނެ އެއްވެސް އަމަލެއ،ް އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެއެވެ.

(އ) ވޯޓުލާ ފަރާތުން ވޯޓުކަރުދާސް ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުކަރުދާހުގައި ފާހަގަޖެހުމަށްފަހ،ު ވޯޓު ފޮށްޓަށް ވޯޓުލާން ދާންވާނ،ީ އެ ޓެމްޕްލޭޓުން ވޯޓުކަރުދާސްކޮޅު ނެގުމަށްފަހ،ު ވޯޓުގެ ސިއްރުކަން ނުގެއްލޭނެ ގޮތަށް ވޯޓުކަރުދާސްކޮޅު ފަތްޖެހުމަށްފަހުގައެވެ.

(ވ) މި މާއްދާގެ (ކ) އެހެން އޮތްނަމަވެސ،ް މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރާތެއް ވޯޓުލާ މަރުކަޒުގެ ތެރޭގައި އެއް ތަނުން އަނެއް ތަނަށް ދިޔުމަށް އިލެކްށަންސް ކޮމިށަންގެ އޮފިށަލުން އެހީތެރިކަން ފޯރުކޮށްދިނުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.

 

46 ވަނަ މާއްދާ - ވޯޓުލާން ފެށުމުގެ ކުރިން ވޯޓު ކަރުދާސްތައް ގުނުން

ވޯޓުލާން ފެށުމަށް ހަމަޖެހިފައިވާ ގަޑީގެ 15 (ފަނަރަ)  މިނެޓުކުރިން އެ ވޯޓު ފޮށްޓަކަށް ވޯޓުލުމަށްޓަކައި އިލެކްށަންސް ކޮމިށަނުން ފޮނުވާފައިވާ ވޯޓުކަރުދާސް ޕެކެޓްތައް ހުޅުވައި، ހުރިހާ ވޯޓުކަރުދާހެއް ވޯޓު ނެގުމުގެ ކަންތައްތައް ބަލަހައްޓަން ތިބޭ މީހުންގެ ތެރެއިން އިސްވެރިޔާ ކަނޑައަޅާ ބަޔަކު ގުނަންވާނެއެވެ. މިގޮތަށް ގުނާއިރު އެ ގަޑީގައި ކެންޑިޑޭޓުންގެ މަންދޫބުން ނުވަތަ އޮބްޒާވަރުން އެ ވޯޓު ފޮށި ކައިރީގައި ތިބިނަމަ، ވޯޓުކަރުދާސްތައް ގުނަންވާނީ އެމީހުންގެ ހާޒިރުގައެވެ.

 

47 ވަނަ މާއްދާ - ވޯޓުލާން ފެށުމުގެ ކުރިން ވޯޓުފޮށިތައް ޗެކްކޮށް ވޯޓުފޮށިތައް ސީލްކުރުން

(ހ) މި މާއްދާގައި ބުނެފައިވާ ގޮތުގެމަތިން ވޯޓުފޮށި ހުޅުވަންވާނީ ވޯޓުލުމަށް އެތަނަކަށް އެންމެ ފުރަތަމަ އަންނަ 2 މީހެއްގެ (ދެމީހެއްގެ)  ހާޒިރުގައި އިލެކްށަންސް ކޮމިށަނުން އެކަމަށް އިސްކޮށްފައިވާ މީހެކެވެ. މީގެއިތުރުން، ވޯޓުފޮށި ހުޅުވާއިރު އެ ގަޑީގައި ކެންޑިޑޭޓުންގެ މަންދޫބުން ނުވަތަ އޮބްޒާވަރުން އެ ވޯޓު ފޮށި ކައިރީގައި ތިބިނަމަ، ވޯޓުފޮށި ހުޅުވަންވާނީ އެމީހުންގެވެސް ހާޒިރުގައެވެ.

(ށ) ވޯޓުލާން ފެށުމުގެ ކުރިން ވޯޓުލުމަށް އެންމެ ފުރަތަމަ އެތަނަކަށް އަންނަ ބައެއްގެ ހާޒިރުގައި، އެތަނަކަށް ފޮނުވާފައިވާ ވޯޓުފޮށި ހުޅުވައި، ވޯޓުފޮށީގެ އެތެރެ އެ ވަގުތު އެތަނަށް ހާޒިރުވެ ތިބިބަޔަކަށް ދައްކަންވާނެއެވެ.

(ނ) މި މާއްދާގެ (ށ)  ގައި ބުނެފައިވާ ގޮތުގެމަތިން ވޯޓުފޮށީގައި އެއްވެސް އެއްޗެއް ނެތްކަން އެތަނަށް އެ ވަގުތު ހާޒިރުވެ ތިބި މީހުންނަށް ޔަގީންކޮށްދިނުމަށްފަހު، ވޯޓުލާން ފެށުމުގެ ކުރިން ވޯޓުފޮށީގެ މަތިގަނޑު ޖަހައި، ވޯޓުފޮށީގެ ހަތަރު ފަރާތުގައި މަތިގަނޑާއެކު ޕުލްޓައިޓްސީލް އަޅުވައި ވޯޓު ކަރުދާސް ވައްޓާލުމަށް ވޯޓުފޮށީގެ މަތިގަނޑުން ކަނޑާފައިވާ ތަން ހުޅުވަންވާނެއެވެ.

(ރ) މި މާއްދާގެ (ހ)  އާއި (ށ)  އާއި (ނ)  ގައި ބުނެފައިވާ ގޮތުގެމަތިން އެތަނަކުން އެންމެ ފުރަތަމަ ވޯޓުލާން ހާޒިރުވި މީހުންގެ ތެރެއިން މަދުވެގެން 2 (ދޭއް)  މީހެއްގެ ނަމާއި، އެޑްރެހާއި، އަދި އެއީ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމުގެ ނަންބަރު މި ގާނޫނުގެ 58 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރިޕޯޓުގައި ހިމަނަންވާނެއެވެ.

 

48 ވަނަ މާއްދާ - ވޯޓުލާން ފެށުން

(ހ) މި ގާނޫނުގެ 47 ވަނަ މާއްދާގެ (ނ)  ގައި ބުނެފައިވާ ގޮތުގެމަތިން ވޯޓުފޮށީގެ ހަތަރު ފަރާތުގައި މަތިގަނޑާއެކު ޕުލްޓައިޓްސީލް އަޅުވައި ވޯޓު ކަރުދާސް ވައްޓާލުމަށް ވޯޓުފޮށީގެ މަތިގަނޑުން ކަނޑާފައިވާ ތަން ހުޅުވުމާއެކު ލަސްނުކޮށް އެ ފޮށްޓަށް ވޯޓުލާން ގޮސްތިބި މީހުންނަށް ވޯޓުލެވޭގޮތަށް މަސައްކަތް ފަށަންވާނެއެވެ.

 (ށ) ވޯޓުނަގަން ފެށުމަށްފަހު މި ގާނޫނުގައިވާ ގޮތުގެމަތިން ވޯޓު ފޮށި ބަންދު ކުރަންދެން، ވޯޓު ނެގުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދަންވާނެއެވެ.

 

49 ވަނަ މާއްދާ - ފަސޭހައިން ވޯޓުލެވޭނެ އިންތިޒާމް ހަމަޖެއްސުން

ވޯޓު ލާން ގޮސްތިބޭ މީހުންނަށް ފަސޭހައިން ވޯޓުލެވޭނެ އިންތިޒާމް ވޯޓު ނެގުމާބެހޭ ކަންތައްތައް ބަލަހައްޓަން ތިބޭ މީހުން ހަމަޖައްސައިދޭންވާނެއެވެ. އަދި ވޯޓުލާން ދާ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށްވެސް ވީހާ ފަސޭހައިން ވޯޓުލެވޭނެ އިންތިޒާމް ހަމަޖައްސައި ދޭންވާނެއެވެ. އަދި ވޯޓު ލާން ގޮސްތިބޭ މީހުންނަށް ވޯޓުލާ ސަރަހައްދުގައި ތިބޭއިރު އުނދަގޫނުވާނެގޮތަށް ތިބެވޭނެ އިންތިޒާމްވެސް ވޯޓު ނެގުމާބެހޭ ކަންތައްތައް ބަލަހައްޓަން ތިބޭ މީހުން ހަމަޖައްސައިދޭންވާނެއެވެ.

 

50 ވަނަ މާއްދާ - ވޯޓު ކަރުދާސް ދޫކުރުން

(ހ) ވޯޓުލުމަށްޓަކައި ވޯޓު ކަރުދާސް ދޫކުރުމުގެ ކުރިން އެ މީހަކީ ކާކުކަން އަންގައިދިނުމަށްޓަކައި، އެ މީހަކީ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ވޯޓު ނެގުމާބެހޭ ކަންތައްތައް ބަލަހައްޓަން ތިބޭ މީހުންނަށް ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ)  ގައި ބުނެފައިވާ ގޮތުގެމަތިން އެ މީހަކީ ކާކުކަން އަންގައިދިނުމުން، އެ ފޮށްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުގައިވާ މައުލޫމާތާއި ވޯޓުކަރުދާސް ކޮޅު ދޫކުރެވޭ މީހާގެ ނަމާއި އެޑްރެސް ދިމާވޭތޯ ބަލައި ޗެކުކުރަންވާނެއެވެ.

(ނ) ކޮންމެ ސަރަހައްދެއްގައިމެ ހުންނަ ވޯޓު ފޮށްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުން ވޯޓު ކަރުދާސް ކޮޅު ދޫކުރެވޭ މީހުން ފާހަގަކުރަމުން ގެންދަންވާނެއެވެ.

(ރ) ވޯޓުލާން ދާ ކޮންމެ މީހަކަށްވެސް ދޫކުރެވެނީ އެންމެ ވޯޓު ކަރުދާސްކޮޅެއް ކަމާއި، އެމީހަކަށް އެ އިންތިހާބުގެ އެ ބުރުގައި ވޯޓުދެވޭނީ އެއް ފަހަރުކަމާއި، އެމީހަކަށް ވޯޓު ކަރުދާސްކޮޅު ދޫކުރެވުނުކަން ޔަގީންކުރުމަށްޓަކައި، ވޯޓުލާން ދާ މީހާގެ އިނގިލީގައި އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ގޮތެއްގެމަތިން ފާހަގަޖަހަންވާނެއެވެ.

 (ބ) މި މާއްދާގެ (ހ)  އާއި (ށ)  އާއި (ނ)  އާއި (ރ)  ގައިވާ ކަންތައްތައް ފުރިހަމަ ކުރުމަށްފަހު، އެ ވޯޓުފޮށްޓަށް ވޯޓުލުމަށްޓަކައި އިލެކްށަންސް ކޮމިށަނުން ފޮނުވާފައިވާ ވޯޓުކަރުދާސް ދޫކުރަންވާނީ ވޯޓުލާ މީހާގެ އަތަށެވެ.

(ޅ) ވޯޓުލާ މީހާއަށް ވޯޓު ކަރުދާސް ދޫކުރުމަށްފަހު، އެމީހާއަށް ވޯޓުކަރުދާސް ދޫކުރިކަން ފާހަގަކުރުމަށްޓަކައި އެ ފޮށްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓްގައި އެކަން އެނގޭގޮތަށް ދެވަނަ ފަހަރަށް ފާހަގަކުރަންޖެހޭނެއެވެ.

 

51 ވަނަ މާއްދާ – ވޯޓުލުން

(ހ) އިންތިހާބެއްގައި ވޯޓުދޭނީ، އެ އިންތިހާބެއްގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އެމީހަކަށް ފެންނަ މީހަކަށެވެ. މިގޮތުން ވޯޓު ދިނުން ފުރިހަމަވާނީ ވޯޓުލާ މީހާއަތަށް ދޫކުރާ ވޯޓުކަރުދާސްކޮޅުގައި،  މި މާއްދާގައިވާ ގޮތުގެމަތިން، އެމީހަކަށް ފެންނަ ކެންޑިޑޭޓުގެ ނަމާ ދިމާގައި ރަނގަޅު ފާހަގަޖަހައި ވޯޓުކަރުދާސްކޮޅު ވޯޓުފޮށްޓަށް ވައްޓާލުމުންނެވެ.

(ށ) ވޯޓުލާ މީހާއަތަށް ދޫކުރާ ވޯޓުކަރުދާސްކޮޅުގައި ރަނގަޅު ފާހަގަޖަހާނީ ވޯޓުލާ ސަރަހައްދުގައި ހުންނަ ވޯޓިންގ ބޫތު ތެރޭގައެވެ.

(ނ) ވޯޓުލާން އަންނަ މީހަކު ވޯޓުކަރުދާސްކޮޅު އެމީހެއްގެ އަތަށް ލިބުމުން ލަސްނުކޮށް މި މާއްދާގައިވާ ގޮތުގެމަތިން ވޯޓުލުން ފުރިހަމަކުރަންވާނެއެވެ. އަދި އެމީހަކު ވޯޓުލުމަށްފަހު ވޯޓުލާ ސަރަހައްދުން ވީ އެންމެ އަވަހަކަށް ނުކުންނަންވާނެއެވެ.

(ރ) ވޯޓުލާން އަންނަ މީހަކު ވޯޓުލާ ސަރަހައްދުގައި އެއްވެސް ހާލެއްގައި އަދި އެއްވެސް ސިފައެއްގައި ކެމެރާއަކުން ނުވަތަ ފޯނަކުން ނުވަތަ އެބާވަތުގެ އެހެންވެސް ވަސީލަތެއް ބޭނުން ކޮށްގެން ފޮޓޯ ނެގުމާއި މަންޒަރާއި އަޑު ރެކޯޑު ކުރުމަކީ މަނާކަމެކެވެ.

(ބ) ގާާނޫނުއަސާސީއާއި ގާނޫނުގައި ކަނޑައަޅާފައިވާ އިންތިހާބުތަކުގައި ދެވޭ ވޯޓަކީ ސިއްރު ވޯޓުކަން ކަށަވަރުކުރުމަށްޓަކައި އިލެކްށަންސް ކޮމިށަނުން ކަމާގުޅޭ އިންތިޒާމުތައް ހަމަޖައްސަންވާނެއެވެ. އެގޮތުން، އެ ބައެއްގެ ދާއިމީ އެޑްރެސް އޮންނަ އިންތިހާބީ ދާއިރާ ފިޔަވައި އެހެން ތަނެއްގައި ވޯޓުލުމަށް މި ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ރީ-ރަޖިސްޓަރީކުރާ ފަރާތްތަކުގެ ތެރެއިން ވަކި ތަނެއްގައި ވޯޓު ދިނުމަށް ރަޖިސްޓަރީކުރަނީ، ވޯޓުގެ ސިއްރުކަން ނުގެއްލޭނެ އަދަދެއްގެ ބައެއްކަން، އިލެކްށަންސް ކޮމިށަނުން ކަށަވަރުކުރަންވާނެއެވެ (އިތުރު ކުރެވިފައި)

 

52 ވަނަ މާއްދާ - ވޯޓުނަގާ ނިންމުން

(ހ) އިންތިހާބެއްގައި ވޯޓުނެގުން ނިންމާ ގަޑިކަމަށް އިލެކްށަންސް ކޮމިށަނުން އިއުލާންކޮށްފައިވާ ގަޑިޖެހުމުން، މި މާއްދާގެ (ށ)  ގައި ބުނެފައިވާ ހާލަތުގައި ފިޔަވައި، ވޯޓުނެގުން ނިންމައި ވޯޓުފޮށި ބަންދުކުރަންވާނެއެވެ.

(ށ) އިންތިހާބެއްގައި ވޯޓުނެގުން ނިންމާ ގަޑިކަމަށް އިލެކްށަންސް ކޮމިށަނުން އިއުލާންކޮށްފައިވާ ގަޑިޖެހޭއިރު، ވޯޓުލާން ބަޔަކު އައިސް ކިޔޫގައި ތިބިނަމަ، އެބަޔަކު ވޯޓުލައި ނިމެންދެން ވޯޓުފޮށި ބަންދުނުކޮށް ބަހައްޓަންވާނެއެވެ. އަދި މިގޮތުން ވޯޓުލާން އައިސް ކިޔޫގައި ތިބި އެންމެން ވޯޓުލާ ނިމުމުން ވޯޓުފޮށި ބަންދުކުރަންވާނެއެވެ.

(ނ) އިންތިހާބެއްގައި ވޯޓުނެގުން ނިންމާ ގަޑިކަމަށް އިލެކްށަންސް ކޮމިށަނުން އިއުލާންކޮށްފައިވާ ގަޑިޖެހުމުގެ ކުރިން، އެރަށެއްގައި ނުވަތަ ވޯޓުލާ އެސަރަހައްދެއްގައި ނުވަތަ އެތަނެއްގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ އެންމެން ވޯޓުލައި ނިމިއްޖެނަމަ އަދި އެ ވަގުތު ވޯޓު ދޭ ސަރަހައްދުގައި ވޯޓުލާން ބޭނުންވާ މީހަކު ނުވަތަ ބަޔަކު ނެތްނަމަ
އެ ހާލަތުގައި ވޯޓުލުން ނިންމައި ވޯޓުފޮށި ބަންދުކުރުމަކީ، ހުއްދަ ކަމެކެވެ. އެހެންނަމަވެސް، މިފަދަ ހާލަތެއްގައިވެސް ވޯޓު ގުނަންފަށަންވާނީ ވޯޓު ގުނަން ފެށުމަށް އިލެކްށަންސް ކޮމިށަނުން އިއުލާންކޮށްފައިވާ ވަގުތުގައެވެ.

(ރ) މި މާއްދާގެ (ހ)  އާއި (ށ)  އާއި (ނ)  ގައިވާ ގޮތުގެމަތިން ވޯޓު ފޮށި ބަންދުކުރުމަށްފަހު، ވޯޓު ނެގުން ނިންމަންވާނީ "ވޯޓުނެގުން ބަންދުވީ" މިފަދައިން ލިޔެފައިވާ ލިޔުމެއް ވޯޓުފޮށި ކައިރީގައި ބެހެއްޓުމަށްފަހުގައެވެ. އަދި މިގޮތުގެމަތިން ވޯޓުނެގުން ބަންދުވީކަމަށް ލިޔެފައިވާ ބޯޑު ބެހެއްޓުމަށްފަހު ވޯޓުނެގުމަކީ މަނާކަމެކެވެ.

 

53 ވަނަ މާއްދާ - ވޯޓުފޮށި ބަންދުކުރުން

(ހ) ވޯޓުނެގުން ނިމުމުން ވޯޓުކަރުދާސްކޮޅު ވައްޓާލުމަށް ވޯޓުފޮށީގެ މަތިގަނޑުން ކަނޑާލާފައިވާ ތަން ބަންދުކުރުމަށްފަހު އެތަނުގައި ޕްލާސްޓިކް ޕުލްޓައިޓްސީލް އަޅުވައި ވޯޓުފޮށި ބަންދުކުރަންވާނެއެވެ.

(ށ) ވޯޓުނެގުން ނިމުމުން ވޯޓުފޮށި ބަންދުކުރުމާއެކު، ވޯޓުނެގުމަށް ބޭނުންކުރި ތަކެއްޗާއި، ބާކީހުރި ވޯޓުކަރުދާހާއި، ކައުންޓަރ ފޮއިލް، އެކަމަށް ހާއްސަކުރެވިފައިވާ ސެކިއުރިޓީ އުރައިގައި ބަންދުކޮށް ސީލްކުރަންވާނެއެވެ. މިގޮތަށް އެތަކެތި ބަންދުކޮށް ސީލްކުރާއިރު އެ ގަޑީގައި ކެންޑިޑޭޓުންގެ މަންދޫބުން ނުވަތަ އޮބްޒާވަރުން އެ ވޯޓު ފޮށި ކައިރީގައި ތިބިނަމަ، އެކަންތައްތައް ކުރަންވާނީ އެމީހުންގެ ހާޒިރުގައެވެ.

 

 

ވޯޓު ގުނުމާއި ނަތީޖާ އިއުލާންކުރުން

 

54 ވަނަ މާއްދާ - ވޯޓުގުނަން ފެށުން

(ހ) މި ގާނޫނުގެ 52 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން ވޯޓުނަގައި ނިމި، މި ގާނޫނުގެ 53 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން ވޯޓުފޮށި ބަންދުކުރުމަށްފަހު، އިލެކްށަންސް ކޮމިށަނުން ވޯޓު ގުނުމަށް އިއުލާންކޮށްފައިވާ ގަޑިޖެހުމުން ވޯޓުފޮށި އަލުން ހުޅުވައި، ވޯޓުލާ ކޮންމެ މަރުކަޒެއްގައި ލަސްނުކޮށް ވޯޓު ގުނަން ފަށަންވާނެއެވެ.

(ށ) ވޯޓު ގުނުމަށް އިލެކްށަންސް ކޮމިށަނުން އިއުލާންކޮށްފައިވާ ގަޑިޖެހޭއިރު އެ މަރުކަޒެއްގައި ވޯޓުނަގާ ނުނިމޭނަމަ، ވޯޓު ގުނަން ފަށާނީ، މި ގާނޫނުގެ 52 ވަނަ މާއްދާގެ (ށ)  ގައި ބުނެފައިވާ ގޮތުގެމަތިން ވޯޓުނަގާ ނިންމުމަށްފަހު މި ގާނޫނުގެ 53 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން ވޯޓުފޮށި ބަންދުކޮށް، އެ ވޯޓުފޮށި އަލުން ހުޅުވައި، ވީއެންމެ އަވަހަކަށެވެ.

 

55 ވަނަ މާއްދާ - ވޯޓުފޮށި ހުޅުވައި، ވޯޓުތައް ބަލައި، ވޯޓު ގުނައި، އަދަދުކޮށް ނަތީޖާ ހޯދުން

(ހ) ވޯޓު ގުނުމަށްޓަކައި ވޯޓުފޮށި ހުޅުވައި، ވޯޓުތައް ބަލައި، ވޯޓު ގުނައި، އަދަދުކޮށް، ނަތީޖާ ހޯދާނީ، ވޯޓުލާ އެ މަރުކަޒަކަށް އިލެކްށަންސް ކޮމިށަނުން އައްޔަންކޮށްފައިވާ އިސް ފަރާތުގެ ބެލުމުގެ ދަށުން، އެ މަރުކަޒެއްގައި ވޯޓު ނެގުމާބެހޭ ކަންތައްތައް ބަލަހައްޓަން ތިބޭ މީހުންގެ ތެރެއިން ވޯޓުގުނުމަށް އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ ބަޔެކެވެ.

(ށ) މި މާއްދާގެ (ހ)  ގައި ބުނެފައިވާ ގޮތުގެމަތިން ވޯޓު ގުނައި އަދަދުކުރުމަށްފަހު، ވޯޓުލާ އެ މަރުކަޒެއްގެ ނަތީޖާ އިއުލާންކުރުމުގެ ކުރިން، ވޯޓުލާ އެ މަރުކަޒަށް އިލެކްށަންސް ކޮމިށަނުން އައްޔަންކޮށްފައިވާ އިސް ފަރާތާއި، އެ މަރުކަޒެއްގައި ވޯޓު ގުނުމުގައި ބައިވެރިވި މީހުންގެ ތެރެއިން މަދުވެގެން 2 މީހުން (ދެ މީހުން)  ނަތީޖާ ށީޓުގައި ސޮއިކުރަންވާނެއެވެ.

(ނ) ވޯޓު ގުނުމަށްޓަކައި، ވޯޓުފޮށި ހުޅުވައި، ވޯޓުތައް ބަލައި، ވޯޓު ގުނައި، އަދަދުކޮށް ނަތީޖާ ހޯދައި، ނަތީޖާ އިއުލާންކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ވޯޓުލާ އެ މަރުކަޒެއްގައި އެކަންކަން ކުރާތަން ރަނގަޅަށް އަދި ވީހާވެސް ގާތުން ފެންނަ ތަނެއްގައި ތިބެގެން އެ މަރުކަޒެއްގައި ކަންހިނގާގޮތް ބެލުމުގެ ފުރުސަތު، ކެންޑިޑޭޓުންނަށާއި، ކެންޑިޑޭޓުންގެ ރަސްމީ އިންތިހާބީ އޭޖެންޓުންނަށާއި، ކެންޑިޑޭޓުންގެ މަންދޫބުންނަށާއި، އިންތިހާބުގެ އޮބްޒާވަރުންނަށާއި، އިންތިހާބު މޮނިޓަރުކުރުމަށް އިލެކްށަންސް ކޮމިށަނުން ހުއްދަދޫކޮށްފައިވާ މީހުންނަށް ލިބިގެންވެއެވެ.

(ރ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެމަތިން ވޯޓު ގުނުމަށްޓަކައި، ވޯޓުފޮށި ހުޅުވައި، ވޯޓުތައް ބަލައި، ވޯޓު ގުނައި، އަދަދުކޮށް، ނަތީޖާ ހޯދައި، ނަތީޖާ އިއުލާންކުރުމުގެ މަސައްކަތް ކުރިއަށް ގެންދަންވާނީ، ވޯޓުލާ އެ މަރުކަޒެއްގައި އެއްވެސް ކެންޑިޑޭޓެއް، ކެންޑިޑޭޓެއްގެ ރަސްމީ އިންތިހާބީ އޭޖެންޓެއް އަދި ކެންޑިޑޭޓެއްގެ މަންދޫބަކު ހާޒިރުވެ ނެތްނަމަ، އެ ފޮށްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން މަދުވެގެން 3 (ތިނެއް) މީހެއްގެ ހާޒިރުގައެވެ. މިގޮތުން ވޯޓުލާ އެ މަރުކަޒަށް އިލެކްށަންސް ކޮމިށަނުން އައްޔަންކޮށްފައިވާ އިސް ފަރާތުން އެ ފޮށްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން މަދުވެގެން 3 (ތިނެއް) މީހަކަށް އެ ގަޑިއަށް ވޯޓުލާ އެ މަރުކަޒަކަށް އައުމަށް ދައުވަތު ދޭންވާނެއެވެ. ދައުވަތު ދޭ ފަރާތެއްވެސް ހާޒިރުނުވެއްޖެނަމަ، ވޯޓުގުނުން ކުރިއަށް ގެންދަންވާނެއެވެ. އަދި ދައުވަތު ދިން ފަރާތްތަކުގެ މައުލޫމާތު ކަންހިނގައިދިޔަ ގޮތުގެ ރިޕޯޓުގައި ހިމަނަންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ބ) ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު .56 ފާހަގައެއް ޖަހާފައިވާނަމަ، އެއީ ސައްހަ ވޯޓެއް ކަމުގައި ބަލަންވާނެއެވެ. (އިތުރު ކުރެވިފައި)

(ޅ) ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ޖަހާފައިވާ ފާހަގަ ފުރިހަމަކުރުމުގެ ގޮތުން އެ ފާހަގައިގެ މަތިން ފެވިގެންދާ ގޮތަށް ރަނގަޅު ފާހަގައެއް ޖަހާފައި އޮންނަ އޮތުމަކުން އެ ވޯޓު ބާޠިލު ނުވާނެއެވެ. (އިތުރު ކުރެވިފައި)

(ކ) މި މާއްދާގެ (ނ)  އަދި (ރ)  ގައި ބުނެފައިވާ ފަރާތްތަކުން އެ އަކުރުތަކުގައި ބުނެފައިވާ ގޮތުގެމަތިން ކަންހިނގާގޮތް ބެލުމުގައި، ވޯޓު ގުނުމުގައި ހަރަކާތްތެރިވާ އެއްވެސް މީހެއްގެ މަސައްކަތަށް ދަތިވާފަދަ އެއްވެސް ކަމެއް ކޮށްގެންނުވާނެއެވެ.

 

56 ވަނަ މާއްދާ - ބާތިލް ވޯޓު

(ހ) ވޯޓުގުނުމުގައި ތިރީގައިމިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް އޮންނަ ކޮންމެ ވޯޓަކީ، ބާތިލު ވޯޓެކެވެ.

  1. މި ގާނޫނުގެ 36 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިލެކްށަންސް ކޮމިށަނުން ތައްޔާރުކޮށްފައިވާ ވޯޓުކަރުދާސް ނޫން އެހެން ކަރުދާހެއްގައި ދީފައިވާ ވޯޓު.
  2. އެއްވެސް ފާހަގައެއް ޖަހާފައިނުވާ ވޯޓު.
  3. ގާނޫނާ ހިލާފަށް ދީފައިވާ ވޯޓެއްކަން އެނގޭ ވޯޓު.
  4.  ވޯޯޓު ދޭ މީހާ ވޯޓު ދޭ ވަކި ކެންޑިޑޭ ޓެއް ކަށަވަރުކުރަން ނޭނގޭގޮތަށް ދީފައިވާ ވޯޓު (އިތުރު ކުރެވިފައި)
  5. މި ގާނޫނުގެ 51 ވަނަ މާއްދާގެ (ހ) އާ އެއްގޮތްވާ ގޮތުގެމަތިން ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން، އިތުރު އެހެން ފާހަގައެއް ޖަހާފައިވާ ނުވަތަ ލިޔުމެއް ލިޔެފައިވާ ނުވަތަ ކުރެހުމެއް ކުރަހާފައިވާ ވޯޓު (އިތުރު ކުރެވިފައި)
  6. އަދި މިނޫންވެސް، އެ އިންތިހާބަކާގުޅޭ ހާއްސަ ގާނޫނެއްގައި ބާތިލް ވޯޓުކަމަށް ކަނޑައަޅާފައިވާ ވޯޓު.

(ށ) (އުނި ކުރެވިފައި)

(ށ) މި މާއްދާގެ (ހ)  ގައިވާ ގޮތުގެމަތިން ބާތިލް ވޯޓެއްކަމަށް ކަނޑައެޅުމުގައި ވޯޓުގުނުމުގެ މަސައްކަތުގައި ބައިވެރިވާ މީހުންގެ ނިންމުމާމެދު ށަކުވާކުރުމުގެ ހައްގު ވޯޓުގުނާ ތާނގައި ހާޒިރުވެހުރި ކެންޑިޑޭޓަށް ނުވަތަ ކެންޑިޑޭޓުގެ މަންދޫބަށް ލިބިގެންވެއެވެ.

(ނ) މި މާއްދާގެ (ހ)  ގައިވާ ގޮތުގެމަތިން ބާތިލް ވޯޓެއްކަމަށް، ކަނޑައެޅުމުގައި ހިލާފެއް އުފެދިއްޖެ ހިނދެއްގައި އެ ވޯޓު އެއީ ބާތިލް ވޯޓެއްކަން ނުވަތަ ބާތިލްވޯޓެއް ނޫންކަން ކަނޑައަޅާނީ ވޯޓުލާ އެ މަރުކަޒަކަށް އިލެކްށަންސް ކޮމިށަނުން އައްޔަންކޮށްފައިވާ އިސް މީހާއެވެ. އަދި މިގޮތުން އެކަމާމެދު ށަކުވާ އުފުލި ފަރާތާއި އެކަން ނިންމިގޮތް މި ގާނޫނުގެ 58 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރިޕޯޓުގައި ހިމަނަންވާނެއެވެ.

(ރ) މި މާއްދާގެ (ހ)  އާއި (ނ)  ގައިވާ ގޮތުގެމަތިން ބާތިލް ވޯޓުކަމަށް ކަނޑައަޅާފައިވާ ވޯޓުތައް، މި ގާނޫނުގެ 55 ވަނަ މާއްދާގެ (ނ)  އާއި (ރ)  ގެ ދަށުން އެ މަރުކަޒެއްގައި ކަންހިނގާގޮތް ބެލުމަށް ތިބި ބަޔަކަށް ދައްކަންވާނެއެވެ.

 

57 ވަނަ މާއްދާ - ވޯޓުލާ މަރުކަޒުތަކުގެ ވަގުތީ ނަތީޖާ އިއުލާންކުރުން

(ހ) މި ގާނޫނުގެ 55 ވަނަ މާއްދާގެ (ށ)  ގައި ބުނެފައިވާ ގޮތުގެމަތިން ވޯޓުލާ އެ މަރުކަޒެއްގެ ނަތީޖާ ށީޓުގައި އެ މާއްދާގައި ބުނެފައިވާ ފަރާތްތަކުން ސޮއިކުރުމަށްފަހު، އެ މަރުކަޒުގެ ވަގުތީ ނަތީޖާ ވަގުތުން އެ މަރުކަޒުގައި އިއުލާންކޮށް، އާންމުކޮށް ފެންނަގޮތަށް އެ މަރުކަޒުގައި ބަހައްޓަންވާނެއެވެ.

(ށ) މި މާއްދާގެ (ހ)  ގައިވާ ގޮތުގެމަތިން ވޯޓުލާ އެ މަރުކަޒެއްގެ ވަގުތީ ނަތީޖާ އެ މަރުކަޒުގައި އާންމުކޮށް އިއުލާންކުރުމާއެކު، ލަސްނުކޮށް އިލެކްށަންސް ކޮމިށަނުން ކަނޑައަޅާފައިވާ ގޮތެއްގެމަތިން މާލޭގައި ހުންނަ ވޯޓާބެހޭ މައި މަރުކަޒަށް އެ ނަތީޖާ ފޮނުވަންވާނެއެވެ.

 

58 ވަނަ މާއްދާ - ކަންހިނގާދިޔަ ގޮތުގެ ރިޕޯޓު (އިސްލާހު ކުރެވިފައި)

(ހ) ވޯޯޓު ނަގާ ކޮންމެ ސަރަހައްދެއްގައި، ވޯޓު ނަގަން ފެށުމާއި ވޯޓު ނަގައި ނިމުމާ ދެމެދު ކަން ހިނގާދިޔަގޮތުގެ ރިޕޯޓެއް ލިޔެ، އަންނަނިވި ހުރިހާ މައުލޫމާތު ހިމަނައިގެން އެ ސަރަހައްދަކާ ހަވާލުވެ ހުރި އެންމެ އިސް މީހާއާއި، އެ ރިޕޯޓު ލިޔުނު މީހާއާއި، އެ ރިޕޯޓު ޗެކްކުރި މީހަކު ސޮއިކުރުމަށްފަހު އިލެކްށަންސް ކޮމިށަންގެ ވޯޓާބެހޭ މައި މަރުކަޒަށް އެ ރިޕޯޓު ފޮނުވަންވާނެއެވެ.

  1. ވޯޓު ދޭން ފެށިވަގުތާއި، ވޯޓު ނެގުން ނިންމިގަޑި.
  2. ވޯޓު ނެގުމުގެ ކަންތައްތައް ހިންގާ ބެލެހެއްޓުމަށް އައްޔަންކޮށްފައިވާ މީހުންގެ ނަމާއި، އެޑްރެހާއި، ހައިސިއްޔަތާއި، އެމީހުންގެ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމުގެ ނަންބަރާއި އަދި އެމީހުންގެ ސޮއި.
  3. ވޯޓު ދިން އަންހެންނުންގެ އަދަދާއި ފިރިހެނުންގެ އަދަދު ވަކިން އެނގޭ ގޮތަށް، ވޯޓު ދިން މީހުންގެ އަދަދު.
  4. މި ގާނޫނުގެ 45 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ގޮތުގެމަތިން ވޯޓު ދިން މީހުންގެ އަދަދާއި އެމީހުންގެ ހާލަތާއި އެމީހުންނަށް އެހީތެރިވެދިން މީހުންގެ އަދަދާއި ތަފްސީލު.
  5. ވޯޓުލުމަށް ބޭނުންކުރި ވޯޓުކަރުދާހުގެ އަދަދާއި ވޯޓުލުމަށް ބޭނުންނުކޮށް ބާކީހުރި ވޯޓުކަރުދާހުގެ އަދަދު (އަދި އެއްވެސް ސަބަބަކާހުރެ ވޯޓުކަރުދާސްކޮޅެއް ހަލާކުވިނަމަ އެ ހަލާކުވި ވޯޓުކަރުދާހުގެ އަދަދުވެސް އެނގޭގޮތަށް)
  6. ވޯޓުލުމަށް ބޭނުންކުރި ވޯޓުކަރުދާހުގެ ކައުންޓަރ ފޮއިލް ހުރި އަދަދު.
  7. ވޯޓު ފޮށި ބަހައްޓާފައި ހުރި ތަނުގެ ނަމާއި ފުރިހަމަ އެޑްރެސް.
  8. އާދަޔާ ހިލާފު ހާދިސާއެއް އެތަނުގައި ހިނގާފައިވާނަމަ، އެ ހާދިސާއެއްގެ ތަފްސީލު.
  9. އެ ރަށަކުން ނުވަތަ އެ ސަރަހައްދަކުން ނުވަތަ އެތަނަކުން ވޯޓު ދޭން އެންމެ ފުރަތަމަ ހާޒިރުވި 2 (ދޭއް) މީހެއްގެ ނަމާއި، އެޑްރެހާއި އަދި ކާކުކަން އަންގައިދޭ ރަސްމީ ލިޔުމުގެ ނަންބަރު.
  10. އޮބްޒާވަރުން ދިޔަނަމަ، އެމީހުންގެ މައުލޫމާތު.
  11. ވޯޓުލާ މަރުކަޒެއްގައި އެއްވެސް ކެންޑިޑޭޓެއ،ް ކެންޑިޑޭޓެއްގެ ރަސްމީ އިންތިހާބީ އޭޖެންޓެއް އަދި ކެންޑިޑޭޓެއްގެ މަންދޫބަކު ހާޒިރުވެ ނެތުމުގެ ސަބަބުން އެ ފޮށްޓެއްގެ ވޯޓު ގުނުމަށްޓަކައި، ވޯޓުފޮށި ހުޅުވައި، ވޯޓުތައް ބަލައި، ވޯޓު ގުނައި، އަދަދުކޮށް، ނަތީޖާ ހޯދައި، ނަތީޖާ އިއުލާންކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި، ވޯޓުލާ މަރުކަޒަށް ހާޒިރުވުމަށް އެ ފޮށްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން ދައުވަތު ދެވުނު މީހުންނާއި ދައުވަތު ދެވުނު ގޮތުގެ މައުލޫމާތު. (އިތުރު ކުރެވިފައި)

(ށ) މި މާާއްދާގެ (ހ) ގައިވާ ރިޕޯޓު ތައްޔާރުކުރާ ވަގުތު، ވޯޓު ނަގާ ކޮންމެ ސަރަހައްދެއްގައި އޮފިށަލުންގެ ގޮތުގައި އެތަނުގައި ތިބުމަށް ހަމަޖެހިފައިވާ ކެންޑިޑޭޓުންގެ މަންދޫބުން ހާޒިރުވެތިބުމަށް ފުރުސަތުދީ، އެފަރާތްތައް ހާޒިރުވެތިބިތޯ ވޯޓު ނަގާ ސަރަހައްދެއްގައި ތިބި އިލެކްށަންސް ކޮމިށަންގެ އޮފިށަލުން ކަށަވަރުކުރަންވާނެއެވެ. އަދި ކަންހިނގާދިޔަ ގޮތުގެ ރިޕޯޓުގައި، މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އެ ސަރަހައްދާ ހަވާލުވެ ހުރި އެންމެ އިސް މީހާއާއި، އެ ރިޕޯޓު ލިޔުނު މީހާއާއި، އެ ރިޕޯޓު ޗެކްކުރި މީހާ ސޮއިކުރުމުގެ އިތުރުން، ވޯޓުލާ ސަރަހައްދުގައި ތިބި ކެންޑިޑޭޓުންގެ މަންދޫބުންނަށް ސޮއިކުރުމުގެ ފުރުސަތު ދޭންވާނެއެވެ.

(ނ)  މި މާާއްދާގެ (ށ) ގެ ދަށުން ވޯޓުލާ ސަރަހައްދުގައި ތިބި ކެންޑިޑޭޓުންގެ މަންދޫބުންނަށް ކަންހިނގާދިޔަ ގޮތުގެ ރިޕޯޓުގައި ސޮއިކުރުމަށް ދެވޭ ފުރުސަތުގައި، ކެންޑިޑޭޓެއްގެ މަންދޫބުން ސޮއިނުކުރި ނަމަވެސް، އެފަރާތްތަކަށް އެ ރިޕޯޓުގައި ސޮއިކުރުމަށް ފުރުސަތު ދެވިފައިވާނަމަ، އެ ރިޕޯޓަކީ، މި މާއްދާގެ (ށ) ގައި ބަޔާންކުރާ އިޖުރާއަތު ފުރިހަމަކުރެވިފައިވާ ރިޕޯޓެއް ކަމުގައި ބެލޭނެއެވެ.

 

59 ވަނަ މާއްދާ - ވޯޓު ކަރުދާހާއި ބާކީ ހުރި ތަކެތި ސެކިއުރިޓީ އުރައަށް ލައި ވޯޓާބެހޭ މައި މަރުކަޒަށް ފޮނުވުން

(ހ) ކޮންމެ ވޯޓުފޮށްޓެއްގެ ވޯޓު ގުނައި ނިމި އެ ފޮށްޓެއްގެ ނަތީޖާ އެ މަރުކަޒެއްގައި އިއުލާންކޮށް ނިމުމުން ލަސްނުކޮށް އެ ފޮށްޓަކަށް ލާފައިވާ ވޯޓުކަރުދާސް، ވޯޓުކަރުދާސް ބަންދުކުރުމަށް ހާއްސަ ކުރެވިފައިވާ ސެކިއުރިޓީ އުރައިގައި ބަންދު ކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ)  ގައިވާ ގޮތުގެމަތިން ސެކިއުރިޓީ އުރަ ބަންދުކުރުމަށްފަހު، އަންނަނިވި ތަކެތި އެކަމަށް ހާއްސަކުރެވިފައިވާ ސެކިއުރިޓީ އުރައިގައި ބަންދުކުރުމަށްފަހު އެތަކެތި ލަސްނުކޮށް މާލޭގައި ހުންނަ ވޯޓާބެހޭ މައި މަރުކަޒަށް ފޮނުވަންވާނެއެވެ.

  1. ވޯޓެނެގުމުގައި ބޭނުންކުރި ތަކެތި.
  2. ބާކީހުރި ވޯޓުކަރުދާހާއި އެ ކަރުދާހުގެ ކައުންޓަރ ފޮއިލް.
  3. ވޯޓުގުނާފައިވާ ވޯޓުކަރުދާސް.
  4. ވޯޓުލުމަށް ބޭނުންކުރި ވޯޓުލާ ކަރުދާހުގެ ކައުންޓަރ ފޮއިލް.
  5. ހަލާކުވެފައިވާ ވޯޓުކަރުދާސް ހުރިނަމަ އެ ކަރުދާސް.
  6. ވަގުތީ ނަތީޖާ ށީޓްތައް.

(ނ) ވޯޓުލާ މަރުކަޒުތަކުން ވޯޓާބެހޭ ތަކެތި މާލޭގައި ހުންނަ ވޯޓާބެހޭ މައި މަރުކަޒަށް ފޮނުވާނީ އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ މަދުވެގެން 2 (ދޭއް) މީހުންގެ ހަވާލުގައެވެ. (އިސްލާހު ކުރެވިފައި)

(ރ) ވޯޓާބެހޭ ތަކެއްޗާއެކު ފޮނުވާ ލިޔުމުގައި މި މާއްދާގެ (ނ)  ގައި ބުނެފައިވާ  މީހުންގެ ނަމާއި އެޑްރެސް، އަދި ކާކުކަން އަންގައިދޭ ރަސްމީ ލިޔުމުގެ ނަންބަރާއި އަދާކުރާ ވަޒީފާ ބަޔާންކުރަންވާނެއެވެ.

(ބ) މި މާއްދާގެ (ށ)  ގައި ބުނެފައިވާ ވޯޓާބެހޭ ތަކެތީގެ އިތުރުން، ތިރީގައި މިވާތަކެތި މާލޭގައި ހުންނަ ވޯޓާބެހޭ މައި މަރުކަޒަށް ފޮނުވަންވާނެއެވެ.

  1. ވޯޓާބެހޭ ތަކެއްޗާ ހަވާލުކޮށް ފޮނުވާ މީހުންނާ އެތަކެތި ހަވާލުކުރިކަމުގެ ލިޔުން.
  2. ވޯޓުދިން މީހުންގެ ލިސްޓް (އަންހެން ފިރިހެން ވަކިން އެނގޭގޮތަށް).
  3. މި ގާނޫނުގެ 58 ވަނަ މާއްދާގައި ބުނެފައިވާ ކަންހިނގާދިޔަ ގޮތުގެ ރިޕޯޓު.

 

60 ވަނަ މާއްދާ - އިންތިހާބީ ދާއިރާތަކުގެ  ވަގުތީ ނަތީޖާ އިއުލާންކުރުން

ވޯޓުލާ މަރުކަޒުތަކުން ވޯޓުގެ ނަތީޖާ ސާފުކޮށް އިއުލާންކުރުމަށްފަހު މި ގާނޫނުގެ 57 ވަނަ މާއްދާގެ (ށ)  ގައިވާ ގޮތުގެމަތިން އެ ނަތީޖާ މާލޭގައި ހުންނަ ވޯޓާބެހޭ މައި މަރުކަޒަށް ފޮނުވުމުން، އިލެކްށަންސް ކޮމިށަނުން ވޯޓުލާ މަރުކަޒުތަކުގެ ވަގުތީ ނަތީޖާ އާއި އެ ނަތީޖާތަކުގެ މައްޗަށް ބިނާކޮށް އިންތިހާބީ ދާއިރާތަކުގެ ވަގުތީ ނަތީޖާ އާންމުކޮށް އިއުލާންކުރަންވާނެއެވެ.

 

61 ވަނަ މާއްދާ - ރަސްމީ ނަތީޖާ ގެޒެޓްގައި ށާއިއުކުރުން

އެ އިންތިހާބެއްގެ އެންމެހައި ނަތީޖާ ސާފުކުރުމަށްފަހު، ވޯޓުލުން ބާއްވާ ދުވަހުން ފެށިގެން ގިނަވެގެން 7 ދުވަހުގެ (ހަތްދުވަހުގެ)  ތެރޭގައި އެ އިންތިހާބެއްގެ ރަސްމީ ނަތީޖާ އިލެކްށަންސް ކޮމިށަނުން އާންމުކޮށް އިއުލާންކޮށް ސަރުކާރުގެ ގެޒެޓްގައި ށާއިއުކުރަންވާނެއެވެ. އަދި އެ އިންތިހާބެއްގައި އިންތިހާބުވި ފަރާތްތައްވެސް އެ އިއުލާންގައި ހާމަކުރަންވާނެއެވެ.

 

61-1 ވަނަ މާއްދާ  - ވޯޓު ކަރުދާހާއި ވޯޓުނެގުމަށް ބޭނުންކުރި ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި ނައްތާލުން (މުޅި މާއްދާ އިތުރު ކުރެވިފައި)

(ހ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އިންތިހާބެއްގެ ރަސްމީ ނަތީޖާ އިއުލާންކުރާ ތާރީހުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ ނިޔަލަށް، އެ އިންތިހާބެއްގެ ވޯޓުލުމުގައި ބޭނުންކޮށްފައިވާ އަންނަނިވި ލިޔެކިޔުމާއި ތަކެތި، އިލެކްށަންސް ކޮމިށަނުން ރައްކާތެރިކަމާއެކު ބަލަހައްޓަންވާނެއެވެ.

  1. މި ގާނޫނުގެ 59 ވަނަ މާއްދާގެ (ށ) އަދި (ބ) ގެ ދަށުން ވޯޓާބެހޭ މައި މަރުކަޒަށް ފޮނުވާފައިވާ އެންމެހައި ލިޔެކިޔުމާއި ތަކެތި؛
  2. ވޯޓު ކަރުދާސް ދޫކުރެވުނު މީހުން ފާހަގަކޮށްފައިވާ ލިސްޓު ހިމެނޭގޮތުން، ވޯޓު ނެގުމުގެ ކަންކަން ކުރިއަށް ގެންދިޔުމުގައި ވޯޓުލާ މަރުކަޒުތަކުގައި ބޭނުންކޮށްފައިވާ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުތައް.

(ށ) ށަރުއީ ކޯޓަކުން އެނޫން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، މި މާއްދާގެ (ހ) ގައި ބަޔާންކުރާ މުއްދަތު ހަމަވާއިރު މި ގާނޫނުގެ 64 ވަނަ މާއްދާގެ ދަށުން އެ އިންތިހާބަކާބެހޭ މައްސަލައެއް ކޯޓަށް ހުށަހެޅިފައި ނެތްކަން ކަށަވަރުކުރުމަށްފަހު، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުމާއި ތަކެތީގެ ތެރެއިން އަންނަނިވި ލިޔެކިޔުމާއި ތަކެތި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އިލެކްށަންސް ކޮމިށަނަށް ނައްތާލެވިދާނެއެވެ. 

  1. ބާކީހުރި ވޯޓު ކަރުދާހާއި އެ ކަރުދާހުގެ ކައުންޓަރ ފޮއިލް؛
  2. ވޯޓު ގުނާފައިވާ ވޯޓު ކަރުދާސް؛
  3. ވޯޓުލުމަށް ބޭނުންކުރި ވޯޓު ކަރުދާހުގެ ކައުންޓަރ ފޮއިލް؛
  4. ހަލާކުވެފައިވާ ވޯޓު ކަރުދާސް ހުރިނަމަ އެ ކަރުދާސް؛
  5. ވޯޓު ކަރުދާސް ދޫކުރެވުނު މީހުން ފާހަގަކޮށްފައިވާ ލިސްޓު ހިމެނޭގޮތުން، ވޯޓު ނެގުމުގެ ކަންކަން ކުރިއަށް ގެންދިޔުމުގައި ވޯޓުލާ މަރުކަޒުތަކުގައި ބޭނުންކޮށްފައިވާ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުތައް.

 

 

އިންތިހާބާބެހޭ ށަކުވާ

 

62 ވަނަ މާއްދާ - ށަކުވާ ބެލޭނެ ނިޒާމު ގާއިމުކުރުން

(ހ) އިންތިހާބެއް ހިނގަމުންދާއިރު، އެ އިންތިހާބަކާ ގުޅޭ އެއްވެސް ކަމަކާ ގުޅިގެން ށަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ފަސޭހައިން އެ ށަކުވާ ހުށަހެޅޭނެ އަދި އެ ށަކުވާތައް އަވަހަށް ބަލައި ފިޔަވަޅުއެޅޭނެ ނިޒާމެއް އިލެކްށަންސް ކޮމިށަނުން ގާއިމުކުރަންޖެހޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ބާވަތުގެ ށަކުވާގެ ތެރޭގައި، މި ގާނޫނުގެ 62 74 ވަނަ މާއްދާއާއި މި ގާނޫނުގެ 75 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށަކާގުޅޭ ށަކުވާވެސް ހިމެނެއެވެ. އެގޮތުން، އެއިން ކުށެއް ކުރާކަމުގެ ނުވަތަ ކުރަން އުޅޭކަމުގެ ނުވަތަ ކޮށްފިކަމުގެ ށަކުވާ އިލެކްށަންސް ކޮމިށަނަށް ހުށަހެޅުމުގެ ހައްގު، މި ގާނޫނުގެ 63 ވަނަ މާއްދާގައި ބުނެފައިވާ ށަކުވާ ހުށަހެޅުމުގެ ހައްގު ލިބިގެންވާ ކޮންމެ ފަރާތަކަށް ލިބިގެންވެއެވެ (އިތުރު ކުރެވިފައި)

(ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އިލެކްށަންސް ކޮމިށަނަށް ހުށަހަޅާ ށަކުވާއެއް ފުރިހަމައަށް ތަހްގީގުކޮށް ގާނޫނުގައިވާ ގޮތުގެމަތިން ފިޔަވަޅު އެޅުމުގެ ބާރު އިލެކްށަންސް ކޮމިށަނަށް ލިބިގެންވެއެވެ. މިގޮތުން ތަހްގީގުކުރުމުގައި، އިލެކްށަންސް ކޮމްޕްލެއިންޓްސް ބިއުރޯތައް މެދުވެރިކޮށް ނުވަތަ ތަހްގީގުކުރުމަށް އެކުލަވާލެވޭ ކޮމިޓީއަކުން ތަހްގީގުކުރުމަށް ކަނޑައެޅުމުގެ ބާރު އިލެކްށަންސް ކޮމިށަނަށް ލިބިގެންވެއެވެ (އިތުރު ކުރެވިފައި)

(ރ) އިލެކްށަންސް ކޮމިށަނަށް ހުށަހެޅޭ މައްސަލައެއް މި މާއްދާގެ (ނ) ގެ ދަށުން ތަހްގީގުކުރުމުގައި ދައުލަތުގެ އެއްވެސް އިދާރާއެއްގެ އެހީތެރިކަމަށް އެ ކޮމިށަނުން އެދިއްޖެ ހާލަތެއްގައި އެފަދަ އެހީތެރިކަން ވީއެންމެ އަވަހަކަށް ފޯރުކޮށްދޭންވާނެއެވެ. މިގޮތުން ހާއްސަކޮށް، މައްސަލަ ތަހްގީގުކުރުމާއި، ތުހުމަތުކުރެވޭ މީހުން ނުވަތަ ހެކިން ހާޒިރުކުރުމާއި، ތަންތަން ބަލައި ފާސްކުރުމާއި، ފޮރެންސިކް ތަހްލީލްކުރުންފަދަ ކަންކަމުގައި އެފަދަ އިދާރާތަކުން އިލެކްށަންސް ކޮމިށަނުން އެދިއްޖެ ހާލަތެއްގައި އެފަދަ އެެހީތެރިކަން ވީއެންމެ އަވަހަކަށް ފޯރުކޮށްދޭންވާނެއެވެ (އިތުރު ކުރެވިފައި)

(ރ) ކޮންމެ އިންތިހާބަކަށް އިއުލާންކުރުމާއެކ،ު އިންތިހާބީ ށަކުވާއާ ގުޅޭ މައްސަލަ ބެލުމުގެ އިހްތިސާސް ލިބިގެންވާ ކޯޓުތަކުގެ ފަނޑިޔާރުންނާއި އިދާރީ މުވައްޒަފުންގެ ތެރެއިން ކޯޓުން ކަނޑައަޅާ މުވައްޒަފުންނަށް، އިންތިހާބުގެ އިދާރީ އިންތިޒާމުތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަކީ އިލެކްށަންސް ކޮމިށަންގެ ޒިންމާއެކެވެ. (އިތުރު ކުރެވިފައި)

 

63 ވަނަ މާއްދާ - ށަކުވާ ހުށަހެޅުމުގެ ހައްގު ލިބިގެންވާ ފަރާތްތައް

މި ގާނޫނުގެ 62 ވަނަ މާއްދާގެ ދަށުން އިންތިހާބާ ގުޅޭ ށަކުވާ ހުށަހެޅުމުގެ ހައްގު އަންނަނިވި ފަރާތްތަކަށް ލިބިގެންވެއެވެ.

(ހ) އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ ކޮންމެ މީހެއް.

(ށ) އިންތިހާބުގައި ވާދަކުރާ ކޮންމެ ކެންޑިޑޭޓެއް.

(ނ) ސިޔާސީ ޕާޓީތައް.

(ރ) މި ގާނޫނުގެ ދަށުން އިލެކްށަންސް ކޮމިށަނުން ހުއްދަދީފައިވާ އިންތިހާބުގެ އޮބްޒާވަރުންނާއި އިންތިހާބު މޮނިޓަރުކުރާ މީހުން.

(ބ) އިންތިހާބާބެހޭ ކަންކަން ހިންގައި ބަލަހައްޓަން ތިބޭ މީހުން.

(ޅ) އިލެކްށަންސް ކޮމިށަންގެ ފޯކަލް ޕޮއިންޓްގެ ގޮތުގައި ކަނޑައަޅާ ފަރާތްތައް. (އިތުރު ކުރެވިފައި)

 

64 ވަނަ މާއްދާ - މައްސަލަ ހުށަހެޅުން

(ހ) މި ގާނޫނާއި ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާއި ނުވަތަ އެ އިންތިހާބަކާބެހޭ ހާއްސަ ގާނޫނާއި ނުވަތަ އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކޮށްފިނަމަ، ނުވަތަ އިންތިހާބާ ގުޅިގެން މި ގާނޫނުގެ 62 ވަނަ މާއްދާގެ ދަށުން އިލެކްށަންސް ކޮމިށަނަށް ހުށަހެޅި ށަކުވާއަކާ ގުޅިގެން އެ ކޮމިށަނުން ނިންމި ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ، އެ މައްސަލައަކާމެދު ގޮތެއް ނިންމައިދިނުމަށް އެދި އެފަރާތަކުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިދާނެއެވެ. (އިސްލާހު ކުރެވިފައި)

(ށ) މި މާއްދާގެ (ހ) ގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓަށް މައްސަލަ ހުށަހެޅުމުގެ ހައްގު މި ގާނޫނުގެ 63 ވަނަ މާއްދާގައި ބުނެފައިވާ ކޮންމެ ފަރާތަކަށްވެސް ލިބިގެންވެއެވެ. އެގޮތުން، މި މާއްދާގެ (ހ) ގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓަށް މައްސަލައެއް ހުށަހަޅާނަމަ ސަބަބާއި، ތަފްސީލާއި ހެއްކާއެކު އެ އިންތިހާބެއްގެ ރަސްމީ ނަތީޖާ އިއުލާންކުރާތާ ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ހައިކޯޓަށް އެ މައްސަލައެއް ހުށަހަޅަންވާނެއެވެ (އިސްލާހު ކުރެވިފައި)

(ނ) މި މާއްދާގެ (ހ) އާއި (ށ) އެހެން އޮތްނަމަވެސް، މި ގާނޫނާ ނުވަތަ އިންތިހާބާބެހޭ ހާއްސަ ގާނޫނަކާ ހިލާފަށް އެއްވެސް ފަރާތަކުން ޖިނާއީ ކުށެއް ކުރާ ހާލަތުގައި، ގާނޫނުގައިވާ ގޮތުގެމަތިން އެ ކުށެއްގެ ޖިނާއީ ދައުވާ އުފުލުމުގެ ބާރު ލިބިގެންވަނީ ޕްރޮސިކިއުޓަރ ޖެނެރަލަށެވެ (އިސްލާހު ކުރެވިފައި)

(ރ) މިގާނޫނުގައި އެންޓި-ކޮރަޕްށަން ކޮމިށަނުން ތަހްގީގުކުރަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ކުށްކުށް ފިޔަވައި، މި މާއްދާގެ (ނ) ގައި ބަޔާންކުރާ ޖިނާއީ ކުށެއްގެ މައްސަލަ ށަރީއަތަށް ހުށަހަޅަންޖެހޭ ކަމަށް އިލެކްށަންސް ކޮމިށަނަށް ފެނިއްޖެނަމަ، އެ މައްސަލައެއް ތަހްގީގުކޮށް ށަރީއަތަށް ހުށަހެޅުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލަށް ފޮނުވަންވާނެއެވެ (އިތުރު ކުރެވިފައި)

 

65 ވަނަ މާއްދާ - އިންތިހާބު ބާތިލުކުރުން

(ހ) އިންތިހާބެއްގެ ރަސްމީ ނަތީޖާ މި ގާނޫނުގައިވާ ގޮތުގެމަތިން އިއުލާންކޮށްފައިވަނިކޮށް، މި ގާނޫނުގެ 64 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން ށަރީއަތަށް ހުށަހަޅާ މައްސަލައެއްގައި ތިރީގައިމިވާ ސަބަބުތަކުގެ ތެރެއިން ސަބަބެއް މެދުވެރިވެގެން، ވޯޓުލާ ސަރަހައްދެއްގެ އިންތިހާބުގެ ނަތީޖާއަށް އެކަށީގެންނުވާ އަސަރެއް ފޯރާފައިވާކަމަށް ށަރީއަތަށް ސާބިތުވެ، އަދި އެކަމުގެ ސަބަބުން އިންތިހާބުގެ ނަތީޖާއަށް ބަދަލު އަތުވެދާނެކަމަށް ށަރީއަތުން ކަނޑައަޅައިފިނަމަ، އެސަރަހައްދެއްގެ އިންތިހާބު ބާތިލުކޮށް، އަލުން އިންތިހާބު ބާއްވަންވާނެއެވެ.

  1. އިންތިހާބުގެ ތެރޭގައި އެކަށީގެންނުވާ ނުފޫޒެއް ފޯރުވުން.
  2. އިންތިހާބީ ހައްގެއްގެ ފައިދާ، ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް ލެންބުމަށްޓަކައި ރިށްވަތު ދިނުން.
  3. މި ގާނޫނާއި ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދާއި ނުވަތަ އެ އިންތިހާބަކާބެހޭ ހާއްސަ ގާނޫނާއި ނުވަތަ އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދާ ހިލާފަށް އަމަލުކުރުން.

(ށ) މި ގާނޫނުގެ 64 ވަނަ މާއްދާގެ ދަށުން ހައިކޯޓަށް ހުށަހަޅާ މައްސަލައަކާމެދު، އެ އިންތިހާބެއްގެ ރަސްމީ ނަތީޖާ އިއުލާންކުރާތާ ގިނަވެގެން 30 (ތިރީސް)  ދުވަހުގެ ތެރޭގައި ހައިކޯޓުން ގޮތެއް ކަނޑައަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހައިކޯޓުން ނިންމާ ނިންމުމެއް އިސްތިއުނާފު ކުރުމަށް އެދޭނަމަ، އެ މައްސަލައެއް ހައިކޯޓުން ނިންމާތާ ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓަށް ހުށަހަޅަންވާނެއެވެ. އަދި، އެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާތާ ގިނަވެގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެ ކޯޓުން އެ މައްސަލައަކާމެދު ގޮތެއް ކަނޑައަޅަންވާނެއެވެ.  (އިތުރު ކުރެވިފައި)

 

66 ވަނަ މާއްދާ - ކެންޑިޑޭޓް އަދި ރަސްމީ އިންތިހާބީ އެޖެންޓު ގެ ޒިންމާ (ސުރުހީ އާއި މާއްދާ އިސްލާހު ކުރެވިފައި)

ކޮންްމެ ކެންޑިޑޭޓެއްގެ އިންތިހާބާގުޅޭ މާލީ އެންމެހައި ކަންކަން ބަލަހައްޓައި، އެކަންކަމާ ގުޅޭގޮތުން މި ގާނޫނުގައިވާ ގޮތުގެމަތިން ރިޕޯޓުކުރުމަކީ މި ގާނޫނުގެ ދަށުން އެ ކެންޑިޑޭޓަށާއި އަދި އެ ކެންޑިޑޭޓްގެ ރަސްމީ އިންތިހާބީ އޭޖެންޓުގެ މައްޗަށް ލާޒިމުކަމެކެވެ

 

ފައިސާއާއި މާލީކަންކަން

 

67 ވަނަ މާއްދާ - އިންތިހާބަށް ހާއްސަ ބޭންކް އެކައުންޓް

(ހ) ކޮންމެ ކެންޑިޑޭޓެއްގެ އިންތިހާބާގުޅޭ އެންމެހައި ހަރަދުތައް ކުރުމަށްޓަކައި އެކަމަށް ކަނޑައަޅާ އެކައުންޓެއް ދިވެހިރާއްޖޭގައި ހިންގާ ބޭންކެއްގައި ކޮންމެ ކެންޑިޑޭޓެއްގެ ނަމުގައި އޮންނަންވާނެއެވެ. (އިސްލާހު ކުރެވިފައި)

(ށ) ކޮންމެ ކެންޑިޑޭޓަކުވެސް އިންތިހާބާ ގުޅިގެން ކުރާ އެންމެހައި ހަރަދެއް ކުރަންވާނީ މި މާއްދާގެ (ހ)  ގައި ބަޔާންކޮށްފައިވާ އެކައުންޓް މެދުވެރިކޮށެވެ. އަދި އެކެންޑިޑޭޓަކަށް އެ އިންތިހާބާ ގުޅިގެން ލިބޭ އެންމެހައި ފައިސާގެ އެހީވެސް ޖަމާކުރަންވާނީ އެ އެކައުންޓަށެވެ.

 

68 ވަނަ މާއްދާ - ކެންޑިޑޭޓަށް ލިބޭ އެހީއާއި ފައިސާ ބަލައިގަތުމާއި، ހަރުދަކުރުން

(ހ) އިންތިހާބާ ގުޅިގެން ކެންޑިޑޭޓަކަށް ލިބޭ މާލީ އެހީ ބަލައިގަންނަންވާނީ ހަމައެކަނި އެ ކެންޑިޑޭޓަކު ނުވަތަ އެ ކެންޑިޑޭޓުގެ ރަސްމީ އިންތިހާބީ އޭޖެންޓެވެ.

(ށ) އިންތިހާބާ ގުޅިގެން ކެންޑިޑޭޓަކު ކުރާ އެންމެހައި ހަރަދުތަކަށް ފައިސާ ދައްކައި ނުވަތަ އަގު ދައްކައި ނުވަތަ ހަރަދުކުރާނީ އެ ކެންޑިޑޭޓަކު ނުވަތަ އެ ކެންޑިޑޭޓުގެ ރަސްމީ އިންތިހާބީ އޭޖެންޓެވެ.

(ނ) އިންތިހާބާ ގުޅޭގޮތުން ތިރީގައިވާ ރެކޯޑުތަކާއި ލިޔެކިޔުންތަކާއި، މާާލީ ހިސާބުތައް މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ބެލެހެއްޓުމަކީ ކެންޑިޑޭޓަށާއި އަދި އެ ކެންޑިޑޭޓްގެ ރަސްމީ އިންތިހާބީ އޭޖެންޓުގެ މައްޗަށް ލާޒިމުކަމެކެވެ (އިތުރު ކުރެވިފައި)

  1. ކެންޑިޑޭޓްގެ އަމިއްލަ ފައިސާއިން އިންތިހާބާ ގުޅިގެން ހަރަދުކުރާ ފައިސާގެ ތަފްސީލު.
  2. ފައިސާ ފިޔަވައި ކެންޑިޑޭޓްގެ އަމިއްލަ ތަކެތިން އިންތިހާބާ ގުޅިގެން ބޭނުންކުރާ ތަކެތީގެ ތަފްސީލު.
  3. އިންތިހާބާ ގުޅިގެން އެ ކެންޑިޑޭޓަކު ނިސްބަތްވާ ސިޔާސީ ޕާޓީން ނުވަތަ ތިންވަނަ ފަރާތަކުން ލިބޭ އެންމެހައި މާލީ އެހީއާއި އެނޫންވެސް ތަކެތީގެ ތަފްސީލު.

(ރ) އިލެކްށަންސް ކޮމިށަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން އެ ކޮމިށަނުން އެހެން ގޮތަކަށް ކަނޑައަޅާފައިނުވާހާ ހިނދަކު، ނުވަތަ ކޯޓަކުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކޯޓަކުން އެހެން ގޮތަކަށް ކަނޑައަޅާފައިނުވާހާ ހިނދަކު، މި މާއްދާގެ (ނ) ގެ ދަށުން ބަލަހައްޓަންޖެހޭ ލިޔެކިޔުންތައް އެ އިންތިހާބެއްގެ ރަސްމީ ނަތީޖާ އިއުލާންކުރާ ދުވަހުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް ބަލަހައްޓަންވާނެއެވެ (އިތުރު ކުރެވިފައި)

(ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި، މި މާއްދާގެ (ނ) ގެ ދަށުން ބަލަހައްޓަންޖެހޭ ލިޔެކިޔުންތައް ފޯރުކޮށްދިނުމަށް އިލެކްށަންސް ކޮމިށަނުން އަންގައިފިނަމަ، އެކަން ކުރުމަކީ ކެންޑިޑޭޓަށާއި އަދި އެ ކެންޑިޑޭޓްގެ ރަސްމީ އިންތިހާބީ އޭޖެންޓުގެ މައްޗަށް ލާޒިމުކަމެކެވެ (އިތުރު ކުރެވިފައި)

 

69 ވަނަ މާއްދާ - އިންތިހާބާ ގުޅިގެން ކުރާ ހަރަދުތަކުގެ އެންމެ މަތީ އަދަދު

އިންތިހާބާ ގުޅިގެން ކެންޑިޑ ޓަކު ހަރަދުކުރަންވާނީ، އެ ކެންޑިޑ ޓަކު ކުރިމަތިލާފައިވާ އިންތިހާބީ ދާއިރާއެއްގައި ވޯޓުދިނުމުގެ ހައްގު ލިބިގެންވާ ކޮންމެ މީހަކަށް 2،000 (ދެހާސް) ރުފިޔާގެ މަގުން ހިސާބުކުރުމުން ނުކުންނަ ފައިސާގެ އަދަދަށްވުރެ އިތުރުނުވާނެ އަދަދެކެވެ (އިސްލާހު ކުރެވިފައި)

 

70 ވަނަ މާއްދާ - ބައެއް ފަރާތްތަކުން ދޭ އެހީ ގަބޫލު ނުކުރުން

އިންތިހާބާ ގުޅިގެން ކެންޑިޑޭޓަކު ހަރަދުކުރުމަށްޓަކައި ނުވަތަ ބޭނުންކުރުމަށްޓަކައި އަންނަނިވި ފަރާތްތަކުން ދޭ ފައިސާ ނުވަތަ ތަކެތި، އެއްވެސް ކެންޑިޑޭޓަކު ނުވަތަ އެ ކެންޑިޑޭޓެއްގެ ފަރާތުން އެހެން މީހަކުވިޔަސް ބޭނުންކޮށްގެން ނުވާނެއެވެ.

(ހ) ބިދޭސީންނާއި، ބިދޭސީ ފަރާތްތަކާއި، ބިދޭސީ އިދާރާތަކުން އެހީގެ ގޮތުގައި ދޭ ފައިސާ ނުވަތަ ތަކެތި.

(ށ) ބިދޭސީ ސަރުކާރަކުން ނުވަތަ  ބިދޭސީ ޖަމާއަތަކުން އެހީގެ ގޮތުގައި ދޭ ފައިސާ ނުވަތަ ތަކެތި.

(ނ) ބައިނަލްއަގްވާމީ ޖަމާއަތްތަކުން އެހީގެ ގޮތުގައި ދޭ ފައިސާ ނުވަތަ ތަކެތި.

(ރ) ނަންހާމަކުރުމަށް ބޭނުން ނުވާ ފަރާތަކުން އެހީގެ ގޮތުގައި ދޭ ފައިސާ ނުވަތަ ތަކެތި.

(ބ) ގާނޫނީ ގޮތުން ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޭ ފައިސާ ފިޔަވައި، ދައުލަތުގެ އިދާރާއަކުން އެހީގެ ގޮތުގައި ދޭ ފައިސާ ނުވަތަ ތަކެތި.

(ޅ) ސަރުކާރުގެ ހިއްސާއެއް ހިމެނިގެންވާ އެއްވެސް ކުންފުންޏަކުން ނުވަތަ ތަނަކުން ދޭ ފައިސާ ނުވަތަ ތަކެތި.

 

71 ވަނަ މާއްދާ - ފައިސާ ހޯދުމަށް ނުފޫޒު ނުފޯރުވުން

(ހ) އިންތިހާބާ ގުޅިގެން ކެންޑިޑޭޓަކު ހަރަދުކުރުމަށްޓަކައި ނުވަތަ ބޭނުންކުރުމަށްޓަކައި ފައިސާ ނުވަތަ ތަކެތި ހޯދުމަށްޓަކައި،އެ ކެންޑިޑޭޓަކު ނުވަތަ އެ ކެންޑިޑޭޓެއްގެ ފަރާތުން ކުރާ މަސައްކަތްތަކުގައި، އެއްވެސް މީހަކަށް ނުވަތަ ފަރާތަކަށް އެއްވެސް ބާވަތެއްގެ ބާރެއް ބޭނުންކޮށްގެން ނުވަތަ ނުފޫޒެއް ފޯރުވައިގެން، ނުވަތަ ބިރެއްދައްކައިގެން ނުވާނެއެވެ.

(ށ) އިންތިހާބާ ގުޅިގެން ކެންޑިޑޭޓަކު ހަރަދުކުރުމަށްޓަކައި ނުވަތަ ބޭނުންކުރުމަށްޓަކައި ފައިސާ ނުވަތަ ތަކެތި ހޯދުމަށްޓަކައި،އެ ކެންޑިޑޭޓަކު ނުވަތަ އެ ކެންޑިޑޭޓެއްގެ ފަރާތުން ކުރާ މަސައްކަތްތަކުގައި، ވަކިމީހަކަށް ހާއްސަ އިމްތިޔާޒުތަކެއް ހޯދައިދޭނެކަމުގެ، ނުވަތަ ޒާތީ ފައިދާތަކެއް ހޯދައިދޭނެކަމުގެ ހުށަހެޅުމެއް ހުށަހަޅައިގެންނުވާނެއެވެ.

 

72 ވަނަ މާއްދާ - އަމިއްލަ ފަރުދުންނާއި ގާނޫނީ ށަހްސުން ދޭ އެހީ

(ހ) އިންތިހާބާ ގުޅިގެން ކެންޑިޑޭޓަކު ހަރަދުކުރުމަށްޓަކައި ނުވަތަ ބޭނުންކުރުމަށްޓަކައި މި ގާނޫނުގެ 70 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތްތައް ފިޔަވައި އަމިއްލަ ފަރުދުންގެ އަތުންނާއި ގާނޫނީ ށަހްސުތަކުގެ ފަރާތުން މި ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކޮންމެ ކެންޑިޑޭޓަކަށްވެސް ފައިސާ ނުވަތަ ތަކެތި ހޯދިދާނެއެވެ. އަދި މިގޮތުގެ މަތިން އެއިން ފަރާތަކުން ދަރަންޏަށްވެސް ފައިސާ ނުވަތަ ތަކެތި ހޯދިދާނެއެވެ.

(ށ) އިންތިހާބާ ގުޅިގެން ކެންޑިޑޭޓަކު ހަރަދުކުރުމަށްޓަކައި ނުވަތަ ބޭނުންކުރުމަށްޓަކައި ވަކި ފަރުދަކުދޭ ފައިސާ، މި ގާނޫނުގެ 69 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަދަދުގެ 0.5%  (ސުމެއް ޕޮއިންޓް ފަހެއް އިންސައްތަ)  އަށްވުރެ އިތުރުވެގެން ނުވާނެއެވެ. އަދި އިންތިހާބާ ގުޅިގެން ކެންޑިޑޭޓަކު ހަރަދުކުރުމަށްޓަކައި ނުވަތަ ބޭނުންކުރުމަށްޓަކައި ގާނޫނީ ށަހްސަކު ދޭ ފައިސާ، މި ގާނޫނުގެ 69 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަދަދުގެ %2 (ދޭއް އިންސައްތަ)  އަށްވުރެ އިތުރުވެގެން ނުވާނެއެވެ.

(ނ) މި މާއްދާގެ (ހ)  އާއި (ށ)  ގައިވާ ގޮތުގެމަތިން ލިބޭ އެންމެހައި ފައިސާ ލިބުނު ފަރާތާއި، ލިބުނުގޮތާއި ލިބުނު އަދަދުގެ ރެކޯޑުތައް އެ ކެންޑިޑޭޓެއްގެ ރަސްމީ އިންތިހާބީ އޭޖެންޓް ބަލަހައްޓަންވާނެއެވެ.

(ރ) އިންތިހާބާ ގުޅިގެން ކެންޑިޑޭޓަކު ހަރަދުކުރުމަށްޓަކައި ނުވަތަ ބޭނުންކުރުމަށްޓަކައި މި ގާނޫނުގެ ދަށުން އެއްވެސް ފަރާތަކުން ދޭ ފައިސާއެއް ނުވަތަ އެއްޗެއް ދިން ފަރާތް ސިއްރުކޮށްގެން ނުވަތަ އޮޅުވާލައިގެން ނުވާނެއެވެ.

 

73 ވަނަ މާއްދާ - އިންތިހާބާގުޅޭ މާލީ ކަންކަމާބެހޭ މައުލޫމާތު އިލެކްށަންސް ކޮމިށަނަށް ހުށަހެޅުން

(ހ) ކޮންމެ ކެންޑިޑޭޓެއްގެ އިންތިހާބާގުޅޭ މާލީ ކަންކަމާ ބެހޭގޮތުން އަންނަނިވި މައުލޫމާތާއި ތަކެތި ހިމެނޭ މާލީ ބަޔާނެއް ތައްޔާރުކޮށް، އިންތިހާބެއް ބާއްވާ ތާރީހުން ފެށިގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި އިލެކްށަންސް ކޮމިށަނަށް ހުށަހަޅަންވާނެއެވެ. (އިސްލާހު1 / އިސްލާހު2 / އިސްލާހު3 ކުރެވިފައި)

  1. ފައިސާއާއި މުދާ ހިމެނޭގޮތުން، އިންތިހާބާ ގުޅިގެން ކެންޑިޑޭޓް  ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލު (އިސްލާހު ކުރެވިފައި)
  2. މި ގާނޫނުގެ 68 ވަނަ މާއްދާގެ (ނ)  ގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމެނޭ ގޮތަށް، އިންތިހާބުގައި ކެންޑިޑޭޓަށް ތާއީދު ހޯދުމަށްޓަކައި ކޮށްފައިވާ ހަރަދުތައް ވަކިން އެނގޭގޮތަށް އެ ހަރަދުތަކުގެ ތަފްސީލު (އިސްލާހު ކުރެވިފައި)
  3. އިންތިހާބަށް ހަރަދު ކުރުމަށްޓަކައި ފައިސާ ހޯދިގޮތުގެ ތަފްސީލު.
  4. އިންތިހާބާ ގުޅިގެން ކެންޑިޑޭޓަކު ހަރަދުކުރުމަށްޓަކައި ނުވަތަ ބޭނުންކުރުމަށްޓަކައި ފައިސާ އާއި ތަކެތި ދިން ފަރާތްތަކާއި އެފަރާތްތަކުން ދިން މިންވަރުގެ ތަފްސީލު.
  5. މި ގާނޫނުގެ 67 ވަނަ މާއްދާގެ ދަށުން ހުޅުވާފައިވާ ބޭންކް އެކައުންޓުން ކޮށްފައިވާ އެންމެހައި މުއާމަލާތްތައް އަންގައިދޭ ބޭންކް އެކައުންޓްގެ ސްޓޭޓްމަންޓް (އިސްލާހު ކުރެވިފައި)

(ށ) މި މާއްދާގެ (ހ)  ގެ ދަށުން ހުށަހަޅާ މައުލޫމާތާއި ތަކެއްޗަކީ ސައްހަ މައުލޫމާތާއި ތަކެތި ކަމަށް އަންގައިދިނުމަށްޓަކައި އެ މައުލޫމާތަކާގުޅޭ ފައިސާގެ ރަސީދު، އިންވޮއިސް، ބިލް އަދި މިފަދަ އެންމެހައި ލިޔެކިޔުމާއި ތަކެތި މި މާއްދާގެ (ހ)  ގެ ދަށުން ހުށަހަޅާ މައުލޫމާތާއި ތަކެއްޗާއެކު ހުށަހަޅަންވާނެއެވެ.

(ނ) މި މާއްދާގެ (ހ)  ގެ ދަށުން ހުށަހަޅާ މައުލޫމާތާއި ތަކެއްޗަކީ ސައްހަ މައުލޫމާތާއި ތަކެތި ކަމަށް އެނގޭގޮތަށް ތައްޔާރުކޮށްފައިވާ އިގްރާރުގައި ކެންޑިޑޭޓާއި އެ ކެންޑިޑޭޓުގެ ރަސްމީ އިންތިހާބީ އޭޖެންޓް ސޮއިކޮށް އިލެކްށަންސް ކޮމިށަނަށް މި މާއްދާގެ (ހ)  ގެ ދަށުން ހުށަހަޅާ މައުލޫމާތާއި ތަކެއްޗާއެކު ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގެ (ހ)  ގައި ބަޔާންކޮށްފައިވާ މައުލޫމާތާއި ތަކެތި އާންމުކޮށް ބެލޭނެ ނިޒާމެއް އިލެކްށަންސް ކޮމިށަނުން ހަމަޖައްސަންވާނެއެވެ.

 

 

އިންތިހާބާބެހޭ ކުށާއި އަދަބު

 

74 ވަނަ މާއްދާ - ކުށާއި އަދަބު (މުޅި މާއްދާ އިސްލާހު ކުރެވިފައި)

(ހ) އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، މި ގާނޫނުގައި ބަޔާންކުރާ ކުށެއްގެ މައްޗަށް ކުށާއި އަދަބު ކަނޑައެޅުމުގައި އިސްކަންދޭންވާނީ މި ގާނޫނަށެވެ. އަދި އެއްވެސް އިންތިހާބެއްގައި، ތިރީގައިއެވާ ކަންކަމުގެ ތެރެއިން ކަމެއް ކުރުމަކީ ނުވަތަ ކުރަން އުޅުމަކީ ކުށެކެވެ.

  1. އިލެކްށަންސް ކޮމިށަންގެ މުވައްޒަފަކު ނުވަތަ އެ ކޮމިށަނުން ވޯޓު ނެގުމުގެ ކަންތައްތައް ހިންގުމާ ހަވާލުކޮށްފައިވާ އެއްވެސް މީހަކު، އިންތިހާބަށް ކުރިމަތިލުމަށް އެއްވެސް ފަރާތަކުން ފޮނުވާ ލިޔުމެއް ނައްތާލުން، ނުވަތަ އެ ލިޔުމަކާމެދު ގަވާއިދުން އަމަލުކުރަންޖެހޭ ގޮތަކަށް އަމަލުނުކުރުން، ނުވަތަ އެ ލިޔުމަކާމެދު އެއްވެސް ގޮތަކުން އިހުމާލުވުން.
  2. ވޯޓުކަރުދާސް ވިއްކުން، ނުވަތަ ގާނޫނީގޮތުން ހުއްދަ ލިބިފައިނުވާ އެއްވެސް ފަރާތަކަށް ވޯޓުކަރުދާސް ދޫކުރުން ނުވަތަ ދިނުން.
  3. ގާނޫނު ހުއްދަކުރާ ގޮތެއްގެމަތިން މެނުވީ އިންތިހާބުގައި ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ ވޯޓުކަރުދާސް ޕެކެޓެއް ނުވަތަ ވޯޓުކަރުދާސް ފޮތެއް، ނުވަތަ މިނޫންވެސް އެއްޗެއް ހުޅުވައި، ވޯޓުފޮށްޓެއް ނުވަތަ ސެކިއުރިޓީ އުރައެއް ކަނޑައި، އެއިން ވޯޓުކަރުދާސް ނަގައި ބެލުން، ނުވަތަ މިއިން އެއްޗެއް ހަލާކުކުރުން، ނުވަތަ މިއިން އެއްޗަކަށް ގެއްލުން ދިނުން.
  4. ގާނޫނީގޮތުން ބެލެހެއްޓުން ލާޒިމުކުރާ މައުލޫމާތު ނެގުމުގައި، އެނގިހުރެ ދޮގު ނުވަތަ ފުރިހަމަނޫން މައުލޫމާތު ނެގުން.
  5. އެނގިހުރެ ގަސްދުގައި، ސައްހަ ވޯޓެއް ބާތިލު ވޯޓަކަށް ގުނުން، ނުވަތަ ސައްހަ ވޯޓެއް ނުގުނައި ދޫކޮށްލުން، ނުވަތަ ގަސްދުގައި، ބާތިލު ވޯޓެއް ސައްހަ ވޯޓަކަށް ގުނުން، ނުވަތަ ގަސްދުގައި، އެއް ކެންޑިޑޭޓަކަށް ދީފައިވާ ވޯޓު އަނެއް ކެންޑިޑޭޓެއްގެ ނަމުގައި ގުނުން.
  6. މި ގާނޫނުގެ 53 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ވޯޓުފޮށި ބަންދުކުރުމާ ހަވާލުވެހުރި މީހަކު، ގަސްދުގައި ނުވަތަ އޭނާގެ އިހުމާލުން ވޯޓުފޮށި ބަންދުނުކޮށް ހުރުން، ނުވަތަ ވޯޓުނަގަން ފެށުމާއި ވޯޓުނަގާ ނިންމުމާ ދެމެދުގައި، ނުވަތަ ވޯޓުގުނަން ހަމަޖެހިފައިވާ ވަގުތުގެ ކުރިން ވޯޓުފޮށި ހުޅުވައި ވޯޓުތައް ބަލައި ހެދުން، ނުވަތަ ވޯޓު ބަދަލުކޮށް އުނިއިތުރުކޮށް ހެދުން.
  7. މި ގާނޫނުގެ 52 ވަނަ މާއްދާގައި ބުނެފައިވާގޮތާ ހިލާފަށް ވޯޓުނެގުން ހުއްޓާލުން.
  8. މި ގާނޫނުގެ 72 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އަދަދަށްވުރެ އިތުރަށް ފައިސާ ދިނުން ނުވަތަ ބަލައިގަތުން.
  9. އިލެކްށަންސް ކޮމިށަންގެ ހުއްދަނެތި ވޯޓުކަރުދާސް އުފެއްދުން ނުވަތަ ވޯޓުކަރުދާހުގެ ގޮތުގައި އިންތިހާބުގައި ބޭނުންކުރެވިދާނެ އެއާ އެއްފަދަ އެއްޗެއް އުފެއްދުން.
  10. އިންތިހާބާ ގުޅިގެން މި ގާނޫނުގެ 69 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަދަދަށްވުރެ އިތުރަށް ހަރަދުކުރުން.
  11. އިންތިހާބު އިއުލާންކުރާ ތާރީހުން ފެށިގެން އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކުރާތާ 30 (ތިރީސް) ދުވަހުގެ ނިޔަލަށް، އެއްވެސް އިންތިހާބީ ހައްގެއްގެ ފައިދާ ވަކި ފަރާތަކަށް ލެންބުމަށްޓަކައި ނުވަތަ ވަކިގޮތަކަށް އެފަދަ ހައްގެއްގެ ބޭނުމެއް ކުރީތީ އެއްވެސް އެއްޗެއް ށުކުރެއްގެ ގޮތުން ނުވަތަ ހަދިޔާއެއްގެ ގޮތުން ވިޔަސް ނުވަތަ އެނޫން ގޮތަކަށް ވިޔަސް ދިނުމާއި ނުވަތަ ދޭން ހުށަހެޅުމާއި، ދޭން ވައުދުވުން. އަދި މިފަދައިން އެއްވެސް އެއްޗެއް ދިނުމަކީ ނުވަތަ ދޭން ހުށަހެޅުމަކީ ނުވަތަ ދިނުމަށް ވައުދުވުމަކީ ރިށްވަތުދިނުން ކަމުގައި ބެލެވޭނެއެވެ. (އިސްލާހު ކުރެވިފައި)
  12. އިންތިހާބު އިއުލާންކުރާ ތާރީހުން ފެށިގެން އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކުރާތާ 30 (ތިރީސް) ދުވަހުގެ ނިޔަލަށް، ކެންޑިޑޭޓަކު އެ ކެންޑިޑޭޓުގެ އާންމު ތަސައްވުރެއް ނުވަތަ ސިޔާސަތެއް ހާމަކުރާ ކުރުން ފިޔަވައި ނުވަތަ އެއިން ސިޔާސަތެއް ނުވަތަ ތަސައްވުރަކާ ގުޅޭގޮތުން ކެންޑިޑޭޓަކު އާންމުކޮށް ވައުދުވާ ވުން ފިޔަވައި،ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށްޓަކައި ނުވަތަ އެހެން ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް ނުރަނގަޅު އަސަރު ފޯރުވުމަށްޓަކައި، ވަކި ފަރުދަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ އާންމު ފައިދާއަށް، ސީދާގޮތުން ނުވަތަނުސީދާގޮތުން ވިޔަސް، އެއްވެސް ފައިސާއެއް ނުވަތަ މަންފާއެއް ނުވަތަ އެނޫންވެސް އެއްޗެއް ދިނުން ނުވަތަ އެއްވެސް ބާވަތެއްގެހިދުމަތެއް ފޯރުކޮށްދިނުން ނުވަތަ އެއިން ކަމެއް ކޮށްދޭނެ ކަމަށް ބުނުން. އެފަދައިން އަމަލުކުރުން ނުވަތަ ކުރަން އުޅުން އެއީ ރިށްވަތުދިނުން ނުވަތަ ރިށްވަތުދޭން އުޅުން ކަމުގައި ބެލެވޭނެއެވެ. (އިސްލާހު ކުރެވިފައި)
  13. އިންތިހާބުގައި ވޯޓު ކަރުދާސް ހުންނާނެ ގޮތާމެދު އިލެކްށަންސް ކޮމިށަނުން އިއުލާންކޮށްފައިވާ ގޮތާ ހިލާފަށް، އެއްވެސް ފަރާތަކުން އިއުލާނެއް ނުވަތަ އެއްވެސް ބާވަތެއްގެ އިށްތިހާރެއްކުރުން. (އިސްލާހު ކުރެވިފައި)
  14. މި ގާނޫނުގެ 39 ވަނަ މާއްދާގައިވާ ގޮތުގެމަތިން ވޯޓުލާ ސަރަހައްދުގައި ބަހައްޓާފައި ހުންނަ ކެންޑިޑޭޓުންގެ ލިސްޓްގައިވާ ނަންތަކުގެ ތެރެއިން ނަމެއް މި ގާނޫނާ ހިލާފަށް ބަދަލުކޮށް، އެ ލިސްޓަށް އުނިއިތުރު ގެނައުން.
  15. ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހަކަށް ވޯޓު ލުމުގައި ނުފޫޒުފޯރުވުމަށްޓަކައި އޭނާއަށް ނުވަތަ އޭނާ މަސްލަހަތު ރައްކާތެރިކުރަންޖެހިފައިވާ ފަރާތަކަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ކޮށްފާނެ ކަމުގެ ބިރުދެއްކުން.
  16. އިންތިހާބުގެ ކަންކަން ހިންގައި ބަލަހައްޓަން އިލެކްށަންސް ކޮމިށަންގެ ފަރާތުން ތިބޭ އޮފިށަލުންނަށް ބިރުދެއްކުން ނުވަތަ އިންތިހާބުގެ މަސައްކަތަށް ހުރަސްއެޅުން.
  17. އިންތިހާބަށް ކުރިމަތިލުމުގެ ގޮތުން ދޮގު މައުލޫމާތު ދިނުން.
  18. އިންތިހާބެއްގައި ވޯޓުދިނުމުގެ އެ ބުރެއްގައި އެއް ފަހަރަށްވުރެ ގިނަފަހަރު ވޯޓުލުން.
  19. އެއްވެސް މީހަކު ވޯޓުދިނުމަށް ދަތިކުރުން، ނުވަތަ ވޯޓުދިނުމަށް އެއްވެސް މީހަކަށް ހުރަސްއެޅުން.
  20. ވޯޓުލާ ސަރަހައްދުގައި އިލެކްށަންސް ކޮމިށަންގެ ފަރާތުން ވޯޓުގުނުމުގެ ކަންތައްތައް ބެލެހެއްޓުމާ ހަވާލުވެ ތިބޭ މީހުންގެ ތެރެއިން މީހަކު، ނުވަތަ އެނޫން މީހަކު ނަމަވެސް، މި ގާނޫނާ ނުވަތަ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ހިލާފުކަމެއް ކުރުން. ނުވަތަ އެފަދަ އަމަލެއް ކުރުމަށް އެއްވެސް ގޮތަކުން އެހީވުން. ނުވަތަ އެމީހެއްގެ ވާޖިބު އަދާކުރުމުގައި އިހުމާލުވުމުގެ ސަބަބުން އެފަދަ އަމަލެއް ހިނގުމަށް މަގުފަހިވުން.
  21. އިންތިހާބެއްގައި އެއްވެސް މީހަކު، އެހެން މީހެއްގެ ނަމުގައި ވޯޓުލުން.
  22. އަނެކެއްގެ އިންތިހާބީ ހައްގަކަށް ގާނޫނީގޮތުން ނޭދެވޭ ގޮތަކަށް ބެހި ނުވަތަ އެފަދަ ހައްގަކާމެދު ގަދަރާއި އިހްތިރާމް ކުޑަކުރުމުގެ ސަބަބުން އަނެކަކަށް އެ ހައްގު މިނިވަން ގޮތުގައި އިހްތިޔާރު ކުރުމަށް ހުރަސްއެޅުން.
  23. ވޯޓުލާ ސަރަހައްދުން ބޭރަށް ގާނޫނާ ހިލާފަށް ވޯޓުކަރުދާސް ގެންދިޔުން.
  24. ގާނޫނީގޮތުން ހުއްދަ ވޯޓުކަރުދާސް ނޫން އެހެން އެއްވެސް އެއްޗެއް ވޯޓުފޮށްޓަށް ލުން.
  25. މި ގާނޫނުގައި ނުވަތަ އިންތިހާބާބެހޭ ހާއްސަ ގާނޫނެއްގައި ކަނޑައަޅާފައިވާ ގޮތުގެމަތިން މާލީ ބަޔާން ހުށަނޭޅުން، ނުވަތަ މާލީ ބަޔާނުގައި ދޮގު މައުލޫމާތު ދިނުން. (އިސްލާހު ކުރެވިފައި)
  26. މި ގާނޫނުގައި ނުވަތަ އިންތިހާބާބެހޭ ހާއްސަ ގާނޫނެއްގައި ކަނޑައަޅާފައިވާ ގޮތުގެމަތިން މާލީ ބަޔާން ހުށަނޭޅުން، ނުވަތަ މާލީ ބަޔާނުގައި ދޮގު މައުލޫމާތު ދިނުން. (އިތުރު ކުރެވިފައި)
  27. ވޯޓުކަރުދާސް އަތަށްލިބުމަށްފަހު އެމީހަކު ވޯޓުލާގޮތް ހާމަކުރުމުގެ ގޮތުން ވޯޓުލާ މަރުކަޒުގައި ތިބޭ މީހުންނަށް ފެންނަ ގޮތަށް ވޯޓު ކަރުދާސް އާންމުކޮށް ދެއްކުން. (އިތުރު ކުރެވިފައި)

(ށ) ކުށާއި އަދަބު .74 (ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (8) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކޮށްފައިވާ އަމަލެއް ކުރުމުގެ ސަބަބުން ކުށްވެރިވެއްޖެ މީހެއްގެ އަދަބަކީ، އެމީހަކު ކުރި އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި، 3 (ތިނެއް) އަހަރާއި 8 (އަށެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ 216,000.00 (ދެލައްކަ ސޯޅަހާސް) ރުފިޔާއާއި 576,000.00 (ފަސްލައްކަ ހަތްދިހަ ހަހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. (އިސްލާހު ކުރެވިފައި)

(ނ) މި މާއްދާގެ (ހ) ގެ (9) ވަނަ ނަންބަރުން ފެށިގެން (12) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކޮށްފައިވާ އަމަލެއް ކުރުމުގެ ސަބަބުން ކުށްވެރިވެއްޖެ މީހެއްގެ އަދަބަކީ، އެމީހަކު ކުރި އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި، 1 (އެކެއް) އަހަރާއި 4 (ހަތަރެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ 72,000.00 (ހަތްދިހަ ދެހާސް) ރުފިޔާއާއި 288,000.00 (ދެލައްކަ އަށްޑިހަ އަށްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. (އިސްލާހު ކުރެވިފައި)

(ރ) މި މާއްދާގެ (ހ) ގެ (13) ވަނަ ނަންބަރުން ފެށިގެން (17) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކޮށްފައިވާ އަމަލެއް ކުރުމުގެ ސަބަބުން ކުށްވެރިވެއްޖެ މީހެއްގެ އަދަބަކީ، އެމީހަކު ކުރި އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި، 9 (ނުވައެއް) މަސްދުވަހާއި 2 (ދޭއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ 54,000.00 (ފަންސާސް ހަތަރުހާސް) ރުފިޔާއާއި 144,000.00 (އެއްލައްކަ ސާޅީސް ހަތަރުހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. (އިސްލާހު ކުރެވިފައި)

(ބ) މި މާއްދާގެ (ހ) ގެ (18) ވަނަ ނަންބަރުން ފެށިގެން (23) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކޮށްފައިވާ އަމަލެއް ކުރުމުގެ ސަބަބުން ކުށްވެރިވެއްޖެ މީހެއްގެ އަދަބަކީ، އެމީހަކު ކުރި އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި، 4 (ހަތަރެއް) މަސްދުވަހާއި 1 (އެކެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ 24,000.00 (ސައުވީސްހާސް) ރުފިޔާއާއި 72,000.00 (ހަތްދިހަ ދެހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. (އިސްލާހު ކުރެވިފައި)

(ޅ) މި މާއްދާގެ (ހ) ގެ (24) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަމަލެއް ކުރުމުގެ ސަބަބުން ކުށްވެރިވެއްޖެ މީހެއްގެ އަދަބަކީ، އެމީހަކު ކުރި އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި، 2 (ދޭއް) މަސްދުވަހާއި 6 (ހައެއް) މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ 12,000.00 (ބާރަހާސް) ރުފިޔާއާއި 36,000.00 (ތިރީސް ހަހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. (އިސްލާހު ކުރެވިފައި)

(ކ) މި މާއްދާގެ (ހ) ގެ (25) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަމަލެއް (ކ) ކުރުމުގެ ސަބަބުން ކުށްވެރިވެއްޖެ މީހެއްގެ އަދަބަކީ، އެމީހަކު ކުރި އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި، 1 (އެކެއް) މަސްދުވަހާއި 3 (ތިނެއް) މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ 6,000.00 (ހަހާސް) ރުފިޔާއާއި 18,000.00 (އަށާރަހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. (އިސްލާހު ކުރެވިފައި)

(އ) މި މާއްދާގެ ދަށުން ކުށްވެރިވި މީހަކީ، އިލެކްށަންސް ކޮމިށަނުން އިންތިހާބާބެހޭ ކަމެއް ހަވާލުކޮށްފައިވާ މީހަކު ކަމުގައިވާނަމަ، އެމީހެއްގެ އަދަބަކީ، މި މާއްދާގެ (ށ)، (ނ)، (ރ)، (ބ)، (ޅ) ނުވަތަ (ކ) ގެ ދަށުން ކަނޑައެޅޭ އަދަބުގެ އިތުރަށް، 6 (ހައެއް) މަސްދުވަހާއި 1 (އެކެއް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ 36,000.00 (ތިރީސް ހަހާސް) ރުފިޔާއާއި 72,000.00 (ހަތްދިހަ ދެހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. (އިސްލާހު ކުރެވިފައި)

(ވ) މި މާއްދާގެ (ހ) ގެ (26) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަމަލެއް ކުރުމުގެ ސަބަބުން ކުށްވެރިވެއްޖެ މީހެއްގެ އަދަބަކީ، 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ޖަލަށްލުން ނުވަތަ 72,000.00 (ހަތްދިހަ ދެހާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ. (އިތުރު ކުރެވިފައި)

(މ) މި މާއްދާގެ (ހ) ގެ (27) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަމަލެއް ކުރުމުގެ ސަބަބުން ކުށްވެރިވެއްޖެ މީހެއްގެ އަދަބަކީ، އެމީހަކު ކުރި އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި، 1 (އެކެއް) މަސްދުވަހާއި 3 (ތިނެއް) މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ 6,000.00 (ހަހާސް) ރުފިޔާއާއި 18,000.00 (އަށާރަހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. (އިތުރު ކުރެވިފައި)

(ފ) މި މާއްދާގައި ބަޔާންކޮށްފައިވާ ކުށަކާބެހޭ މައުލޫމާތު ސިއްރުކުރުމަކީ ކުށެކެވެ. އެފަދަ އަމަލެއް ކޮށްފި މީހެއްގެ އަދަބަކީ، 3 (ތިނެއް) މަސްދުވަހަށް ޖަލަށްލުން ނުވަތަ 3،000 (ތިންހާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ.

(ދ) މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، އިންތިހާބުތަކާ ގުޅިގެން ހުށަހެޅޭ ރިށްވަތާބެހޭ މައްސަލަތައް ބަލައި ތަހްގީގުކުރާނީ އެންޓި-ކޮރަޕްށަން ކޮމިށަނުންނެވެ. އެ ކޮމިށަނުން މިފަދަ މައްސަލަތައް ބަލައި ނިންމައި، ގާނޫނުގައި ބަޔާންކުރާ ޖިނާއީ ކުށެއްގެ މައްސަލަ ތަހްގީގުކުރަންޖެހޭ ކަމަށް އެ މުއައްސަސާއަށް ފެންނަނަމަ، އެ މައްސަލައެއް ތަހްގީގުކޮށް، ށަރީއަތަށް ހުށަހެޅުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލަށް ފޮނުވުމުގެ އިހްތިޔާރު އެ މުއައްސަސާއަށް ލިބިގެންވެއެވެ. އަދި މައްސަލަ ނިމުމުން، ކަމާބެހޭ ރިޕޯޓު އިލެކްށަންސް ކޮމިށަނަށް ފޮނުވަންވާނެއެވެ.

 

75 ވަނަ މާއްދާ - އިތުރު ކުށް

(ހ) މި ގާނޫނުގެ 74 މާއްދާގައި ބަޔާންކޮށްފައިވާ ކުށްތައް ފިޔަވައި، މި ގާނޫނުގައި ނުވަތަ އިންތިހާބަކާބެހޭ ހާއްސަ ގާނޫނެއްގައި ކޮށްގެން ނުވާނެކަމަށް ބުނެފައިވާ ކަމެއް ނުވަތަ ކުރުންމަނާ ކަމެއް ކޮށްފި މީހަކު، ނުވަތަ ވަކިގޮތަކަށް ކުރުމަށް ކަނޑައެޅިފައިވާ ކަމެއް އެނޫން ގޮތަކަށް ކޮށްފިމީހަކު، ނުވަތަ ކުރަން އުޅެފި މީހަކު، ކުށްވެރިވާނެއެވެ.

(ށ) މި މާއްދާގެ (ހ)  ގެ ދަށުން ކުށްވެރިވެއްޖެ މީހެއްގެ އަދަބަކީ، އެމީހަކު ކުރި ކުށެއްގެ ކުޑަބޮޑުމިނަށް ބަލައި، 6 މަސްދުވަހާއި (ހަ މަސްދުވަހާއި)  2 އަހަރާ (ދެ އަހަރާ)  ދެމެދުގެ މުއްދަތަކަށް ޖަލަށްލުން، ނުވަތަ 6,000.00 (ހަހާސް)  ރުފިޔާއާއި 24,000.00 (ސައްވީސްހާސް)  ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

 

އެހެނިހެން ކަންކަން

 

76 ވަނަ މާއްދާ - ގަވާއިދު ހަދައި ހިންގުން

(ހ) މި ގާނޫނު ހިންގުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ އިލެކްށަންސް ކޮމިށަނުންނެވެ. އަދި މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ގިނަވެގެން 6  މަސް (ހަ މަސް)  ދުވަހުގެ ތެރޭގައި އެ ގަވާއިދުތައް ހަދައި، އާންމުކޮށް އިއްލާންކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ)  ގެ ދަށުން ހަދާފައިވާ ގަވާއިދަކަށް އުނި އިތުރު ގެނައުމަށް ނުވަތަ އެ މާއްދާގައި ބުނާ މުއްދަތުގެ ފަހުން މި ގާނޫނުގެ ދަށުން އިތުރު ގަވާއިދެއް ހަދަން އިލެކްށަންސް ކޮމިށަނުން ބޭނުންވެއްޖެ ހާލަތެއްގައި އެ ގަވާއިދެއް ހެދުމަކަށް މި މާއްދާގެ (ހ)  ހުރަހެއް ނާޅައެވެ.

(ނ) މި މާއްދާގެ (ހ)  ގައި އެހެން އޮތް ނަމަވެސް، ގާނޫނުއަސާސީގެ 276 ވަނަ މާއްދާގެ ދަށުން އުފައްދާ އިލެކްށަންސް ކޮމިށަނަށް އެ ކޮމިށަނުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދެއް ހެދުމަކަށް މި މާއްދާގެ (ހ)  ހުރަހެއް ނާޅައެވެ.

 

77 ވަނަ މާއްދާ - ގާނޫނަށް އަމަލުކުރަން ފެށުން

މި ގާނޫނަށް އަމަލުކުރަންފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

78 ވަނަ މާއްދާ - އުވާލެވޭ ގާނޫނު

މި ގާނޫނަށް އަމަލުކުރަން ފެށުމުން، ގާނޫނު ނަންބަރު 1981-05 (އާންމު އިންތިހާބުގެ ގާނޫނު)  އުވުނީއެވެ.

 

79 ވަނަ މާއްދާ - ލަފުޒުތަކާއި އިބާރާތްތަކުގެ މާނަ

(ހ) މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު:

"ބްރޯޑްކާސްޓް ކޮމިށަން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2010-16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) ގައި ބަޔާންކުރާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިށަނަށެވެ (އިތުރު ކުރެވިފައި)

"އާންމު ތަސައްވުރެއް" ކަމަށް ބުނެފައި އެވަނ،ީ ކެންޑިޑޭޓަކު އޭނާ ހާސިލުކުރުމަށް ނުވަތަ ވާސިލުވާން ބޭނުންވާ އާންމު ލަނޑުދަނޑިތައް ސިފަކޮށްދޭ ބަޔާނަށެވެ. (އިތުރު ކުރެވިފައި)

"އާންމު ސިޔާސަތު" ކަމަށް ބުނެފައި އެވަނ،ީ ކެންޑިޑޭޓަކު އޭނާގެ އާންމު ތަސައްވުރު ހާސިލުކުރުމުގެ ބޭނުމަށްޓަކައި އެ ތަސައްވުރުގައިވާ ކަންކަމާގުޅޭ ގޮތުން އާންމުކޮށްފައިވާ ކަންކަމަށެވެ. (އިތުރު ކުރެވިފައި)

"އިލެކްށަންސް ކޮމިށަން" ނުވަތަ "ކޮމިށަން" ކަމުގައި ބުނެފައިއެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން އުފައްދާ އިލެކްށަންސް ކޮމިށަނަށެވެ.

"އިންތިހާބު" ކަމުގައި ބުނެފައިއެވަނީ، ގާނޫނުއަސާސީއާއި ގާނޫނުތަކުގެ ދަށުން އިލެކްށަންސް ކޮމިށަނުން ހިންގައި ބަލަހައްޓަންޖެހޭ އެންމެހައި އިންތިހާބުތަކަށެވެ.

"ވޯޓުލާ މަރުކަޒު" ކަމުގައި ބުނެފައިއެވަނީ، އެ އިންތިހާބެއްގައި ވޯޓުލުން ބާއްވާ ކޮންމެ ސަރަހައްދެއްގައި ވޯޓުލުމުގެ ކަންތައްތައް ހިންގުމަށް ކަނޑައަޅާފައިވާ ތަނަށެވެ. 

"ވޯޓުލާ ސަރަހައްދު" ކަމުގައި ބުނެފައިއެވަނީ، އެ އިންތިހާބެއްގައި ވޯޓުލާން ބަހައްޓާފައިވާ ކޮންމެ ވޯޓުފޮށްޓަކުން ފެށިގެން 100 (އެއްސަތޭކަ)  ފޫޓުގެ ތެރޭގައި ހިމެނިގެންވާ ގޯތިގެދޮރާއި، މަގުތަކާއި، ގޯޅިތައް ފިޔަވައި ޕާކުތަކާއި، ހުސްބިންތަކާއި، ބޯޅަދަނޑު ފަދަ ތަންތަން ހިމެނިގެންވާ ސަރަހައްދަށެވެ.

"ވޯޓިންގ ބޫތު" ކަމުގައި ބުނެފައިއެވަނީ، ވޯޓު ކަރުދާހުގައި ފާހަގަޖެހުމަށް ކަނޑައަޅާފައިވާ ތަނަށެވެ.

"ވޯޓު ނެގުމާބެހޭ ކަންތައްތައް ބަލަހައްޓަން ތިބޭ މީހުން" ކަމުގައި ބުނެފައިއެވަނީ، އިންތިހާބުތަކުގައި ވޯޓުލާ މަރުކަޒުތަކުގައި ވޯޓު ނެގުމާއި، ވޯޓު ގުނުމާބެހޭ އެންމެހައި ކަންތައްތައް ބަލެހެއްޓުމަށް ތިބޭ އިލެކްށަންސް ކޮމިށަނުންގެ މުވައްޒަފުން ނުވަތަ އެކަމަށް އެކޮމިށަނުން އައްޔަންކޮށްފައި ތިބޭ މީހުންނަށެވެ.

"ކާކުކަން އަންގައިދޭ ރަސްމީ ލިޔުން" ކަމުގައި ބުނެފައިއެވަނީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި، ދިވެހި ޕާސްޕޯޓާއި، އަދި ދިވެހިރާއްޖޭން ދޫކޮށްފައިވާ އުޅަނދު ފަހަރު ދުއްވުމުގެ ލައިސަންސް ކާޑުގެ ތެރެއިން އެލިޔުމެއްގެ މުއްދަތު ހަމަވެފައިނުވާ ލިޔުންތަކަށެވެ.

"ސިޔާސީ ޕާޓީ" ކަމުގައި ބުނެފައިއެވަނީ، ސިޔާސީ ޕާޓީތައް ހިންގައި ބެލެހެއްޓުމާ ގޫޅޭ ގޮތުން ދިވެހިރާއްޖޭގައި އަމަލުކުރާ ގާނޫނާނުވަތަ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ރަޖިސްޓަރީކޮށްފައިވާ ކޮންމެ ސިޔާސީ ޕާޓީއަކަށެވެ.

(ށ) މި ގާނޫނުގައި ބުނެފައިވާ އެކިއެކި ކަންތައްތައް ކުރުމަށާއި ތަކެތި ހުށަހެޅުމަށް ދީފައިވާ މުއްދަތު ގުނުމުގައި ސަރުކާރު ބަންދު ދުވަސްތައް ހިމެނޭނެއެވެ.

(ނ) މި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވަތަ ދޭހަ ނުވާހާ ހިނދަކު މުފްރަދުކޮށް ގެނެސްފައިވާ ލަފްޒުތައް ނުވަތަ އިބާރާތްތައް އެ ލަފުޒުތަކުގެ ނުވަތަ އިބާރާތްތަކުގެ ޖަމްއު މާނައިގައި އަދި ޖަމްއުކޮށް ގެނެސްފައިވާ ލަފުޒުތައް ނުވަތަ އިބާރާތްތައް އެ ލަފުޒުތަކުގެ ނުވަތަ އިބާރާތްތަކުގެ މުފްރަދު މާނައިގައި ބޭނުންކުރެވޭނެއެވެ.

 

މައި ގާނޫނު

އިންތިހާބުތަކާބެހޭ އާންމު ގާނޫނު (ގާނޫނު ނަންބަރު 2008-11)

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

4 ވަނަ އިސްލާހު

5 ވަނަ އިސްލާހު

 

އުވުނު ގާނޫނު

އާންމު އިންތިހާބުގެ ގާނޫނު (ގާނޫނު ނަންބަރު 1981-05)

 

މި ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު

  1. އިންތިހާބުތަކާބެހޭ އާންމު ގަވާއިދު (ގަވާއިދު ނަންބަރު 2020-48)
  2. އިންތިހާބުތަކާ ގުޅިގެން ށަކުވާ ނުވަތަ މައްސަލަ ހުށަހެޅުމާއި އެކަންކަން ބެލުމުގައި އަމަލުކުރާނޭ އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދު (ގަވާއިދު ނަންބަރު 2020-15)
  3. އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ހާއްސަކުރުމުގެ އުސޫލު (2 ފެބްރުއަރީ 2020)
  4. އިންތިހާބުތަކާ ގުޅިގެން ހުށަހަޅާ ށަކުވާތައް ބެލުމުގައި އަމަލުކުރާނޭ އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދު (ގަވާއިދު ނަންބަރު 2019-1008)
  5. އިންތިހާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ހާއްސަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުސޫލު (13 އޯގަސްޓް 2018)
  6. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގަވާއިދު (ގަވާއިދު ނަންބަރު 2012-08)

ކިޔުންތެރިންގެ ހިޔާލު