-

އިންވެސްޓަރ

"އިންވެސްޓަރ" ކަމަށް ބުނެފައިއެވަނީ، ވަކިވަކި ފަރުދުންނާއި ކުންފުނިތަކާއި، ގާއިމުކުރެވިފައިވާ ފަންޑުތަކާއި، މިއުޗުއަލް ފަންޑުތަކާއި، މާލީ އިދާރާތަކާއި، ދިވެހި ނުވަތަ ބިދޭސީ އެހެންވެސް ކުންފުނިތަކުގެ ތެރެއިން މި ގާނޫނުގެ ދަށުން ކޯޕަރަޓައިޒްކުރެވޭ ނުވަތަ ޕްރައިވަޓައިޒްކުރެވޭ ވިޔަފާރި ކުންފުންޏެއްގައި އިންވެސްޓްކުރުމަށް ބޭނުންވާ ފަރާތެވެ. އެހެންނަމަވެސް، މި މާނަކުރުމުގައި ހިމެނޭ އެއްވެސް ތަނެއްގެ މާނައިގައި ސަރުކާރެއް، ނުވަތަ ކައުންސިލެއް، ނުވަތަ ދައުލަތުގެ ވިޔަފާރިތަނެއް ނުހިމެނެއެވެ.