-

ސެކިއުރިޓީޒް

"ސެކިއުރިޓީޒް" ގެ މާނަކަމަށް ބުނެފައިއެވަނީ (1) ސަރުކާރުން ނެރޭ ނުވަތަ ނެރުމަށް ހުށަހަޅާ ޑިބެންޗަރ އާއި ބިލް ނުވަތަ ބޮންޑް؛ އަދި (2) ކުންފުންޏަކުން ނުވަތަ އެހެން ޖަމާއަތަކުން ނެރޭ، ނުވަތަ ނެރުމަށް ހުށަހަޅާ ޑިބެންޗަރއާއި، ސްޓޮކާއި، ހިއްސާ އާއި، ބޮންޑާއި، ނޯޓާއި، މިއިން އެއްޗަކާބެހޭ ހައްގެއް، ވޮރަންޓެއް ނުވަތަ އޮޕްށަނަކާއި؛ (3) މި ގާނޫނުގެ ބޭނުމަށް ސެކިއުރިޓީޒް ކަމުގައި އޮތޯރިޓީން ކަނޑައަޅާ ކޮންމެ ލިޔުމަކަށެވެ.