-

ހާއްސަ އެހީ

"ހާއްސަ އެހީ" ކަމަށް ބުނެފައި އެވަނީ، މާލިއްޔަތުގެ ގާނޫނު (ގާނޫނު ނަންބަރ 3/2006) ގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ގާނޫނުން އުފެދޭ ޒިންމާއެއްގެ ދަށުން ހޭދަކުރަންޖެހޭ ފައިސާއަކަށް ނުވާގޮތަށް ނުވަތަ ގާނޫނީ އިލްތިޒާމެއް އުފުލުމުގެ ގޮތުން އަދާކުރަންޖެހޭ ފައިސާއަކަށް ނުވާގޮތަށް، ހާއްސަ އެހީގެގޮތުގައި ދައުލަތުގެ ފައިސާއިން މީހަކަށް ނުވަތަ ފަރާތަކަށް ފައިސާގެ އެހީއެއް ވެދެވިދިނުމަށެވެ.