-

ޕާޓްނަރށިޕް

"ޕާޓްނަރށިޕް" ކަމަށް ބުނެފައި އެވަނީ: (1) އެ މައްޗަށް ގާނޫނު ނަންބަރު 13/2011 (ޕާޓްނަރށިޕްގެ ގާނޫނު) ހިނގާ ޕާޓްނަރށިޕްތައް؛ އަދި (2) ވިޔަފާރި ހަރަކާތަކުން ލިބޭ ޖުމްލަ އާމްދަނީއާއި ހަރަދު ނުވަތަ ފައިދާ ނުވަތަ ގެއްލުން ހިއްސާކުރާ 2 (ދޭއް) ނުވަތަ އެއަށްވުރެ ގިނަ މީހުންނަށެވެ. އެއީ އެ އާމްދަނީ ލިބޭ ހަރަކާތުގެ ނުވަތަ މުދަލުގެ މިލްކުވެރިކަން އެ ފަރާތްތަކުން ހިއްސާނުކުރިކަމުގައިވީ ނަމަވެސް ނުވަތަ އެ ހަރަކާތް ހިންގަނީ ވަކި ނަމެއް ނެތިކަމަށްވީ ނަމަވެސް މެއެވެ.