-

ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ރާއްޖޭންބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއަރޕޯޓް ސަރވިސް ޗާޖް ނެގުމާބެހޭ ގާނޫނު

(ގާނޫނު ނަންބަރު 1978-71) 

(މި ގާނޫނު ވަނީ ގާނޫނު ނަންބަރު 2016-29 އިން އުވާލެވިފައި)

 

1 ވަނަ މާއްދާ - އެއަރޕޯޓް ސަރވިސް ޗާޓް ނެގުން  

ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ރާއްޖޭންބޭރަށް ދިޔުމަށް ފުރާ ކޮންމެ ފަސިންޖަރެއްގެއަތުން، އެއަރޕޯޓް ސަރވިސް ޗާޖްގެ ގޮތުގައި 10 އެމެރިކާ ޑޮލަރުގެ އަގު ނެގޭނެއެވެ. މިއަގު ނެގޭނީ، ދިވެހިންގެއަތުން ރުފިޔާއިންނެވެ. ބިދޭސީންގެ އަތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ގަބޫލްކުރާ ބޭރުފައިސާއަކުންނެވެ. ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި ބޭރު ގައުމުތަކުގެ ވަޒީރުން ފެށިގެންމަތީ ފެންވަރުގެ ވެރިންނާއި ޓްރާންޒިޓް ފަސިންޖަރުންނާއި، އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިން، އެއަރޕޯޓް ސަރވިސް ޗާޖް ނެގުމުން އިސްތިސްނާވާނެއެވެ.

  

2 ވަނަ މާއްދާ - މާނަ

މިގާނޫނުގައި:"ޓްރާންޒިޓް ފަސިންޖަރުން" ކަމަށް ބުނެފައި އެވަނީ، އެއް ގައުމަކުން ފުރައިގެން އަނެއް ގައުމަކަށްދާ މަގުމަތީގައި ފްލައިޓް ބަދަލު ކުރުންފަދަ ބޭނުމަކަށް 24 ގަޑިއިރަށްވުރެ ދިގުނޫން މުއްދަތަކަށް ރާއްޖޭގައި މަޑުކުރާ ފަސިންޖަރުންނަށެވެ.

 

3 ވަނަ މާއްދާ - އަމަލުކުރުން  

މިގާނޫނަށް އަމަލުކުރަން ފަށާނީ، 2004 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. 

 

މި ގާނޫނަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

3 ވަނަ އިސްލާހު

4 ވަނަ އިސްލާހު

5 ވަނަ އިސްލާހު

6 ވަނަ އިސްލާހު

7 ވަނަ އިސްލާހު

8 ވަނަ އިސްލާހު

9 ވަނަ އިސްލާހު

10 ވަނަ އިސްލާހު

11 ވަނަ އިސްލާހު

 

އުވި ގާނޫނު

އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާ ބެހޭ ގާނޫނު (ގާނޫނު ނަންބަރު 2016-29)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު