-

ގާނޫނު ނަންބަރު 1978-71 (ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއަރޕޯޓް ސަރވިސް ޗާޖް ނެގުމާބެހޭ ގާނޫނު) އަށް 11 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 2014-15)

 

ގާނޫނު ނަންބަރު 1978-71 (ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއަރޕޯޓް ސަރވިސް ޗާޖް ނެގުމާބެހޭ ގާނޫނު) އަށް އަންނަނިވި އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 1 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު އަންނަނިވި ގޮތަށް އިސްލާހުކުރުން.

1.  (ހ) (1) ކޮންމެ ބިދޭސީ ފަސިންޖަރެއްގެ އަތުން، 25 (ފަންސަވީސް) އެމެރިކާ ޑޮލަރުގެ އަގު.

2 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، 1 ޖުލައި 2014 ވަނަ ދުވަހުން ފެށިގެންނެވެ

 

މައި ގާނޫނު

އެއަރޕޯޓަކުން ރާއްޖޭންބޭރަށް ފުރާ ފަސިންޖަރުންގެ އަތުން އެއަރޕޯޓް ސަރވިސް ޗާޖް ނެގުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1978-71)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު