-

އިށްތިހާރު

"އިށްތިހާރު" ކަމަށް ބުނެފައި އެވަނީ މުދަލެއް ނުވަތަ ހިދުމަތެއް ވިއްކުމަށްޓަކައި ނުވަތަ ކުއްޔަށް ދޫކުރުމަށްޓަކައި، ނުވަތަ އެ މުދަލަކާމެދު ނުވަތަ އެ ހިދުމަތަކާމެދު ށައުގުވެރިކަން އިތުރުކުރުމަށްޓަކައި، އާންމުކޮށް ކުރެވޭ އިއުލާނަށެވެ. އިށްތިހާރުކުރާ ފަރާތުން ބޭނުންވާ ބަދަލެއް، މުދަލަކާ ގުޅިގެން ނުވަތަ ހިދުމަތަކާ ގުޅިގެން މުޖުތަމައުގެ ވިސްނުމަށް ގެނައުމަށްޓަކައި، އާންމުކުރާ ފިކުރު ނުވަތަ ކުރިއަށްނެރޭ ވިސްނުމަށެވެ. އަދި އެކަންކުރުމަށްޓަކައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންއިން ބްރޯޑްކާސްޓްކުރަމުންދާ ވަގުތުގެ ތެރެއިން ވަގުތެއް އަގުދޭގޮތަށް ނުވަތަ އޭގެ މުގާބިލުގައި އެއްޗެއް ލިބިދޭގޮތަށް ހޯދައިގެން، އެވަގުތަކު ކުރާ އިއުލާނަށެވެ. އަދި ވަކި ފިކުރެއް ކުރިއެރުވުމަށްޓަކައި ނުވަތަ ވަކިކަމެއްގެ ވިސްނުން ކުރިއެރުވުމަށްޓަކައި ކުރާ އިއުލާނާއި ހުށަހަޅާ ހުށަހެޅުންވެސް އިށްތިހާރުގެ މާނައިގައި ހިމެނެއެވެ