-

މަސައްކަތްކުރާ ތަން

"މަސައްކަތްކުރާ ތަން" ކަމަށް ބުނެފައި އެވަނީ، ފުރާޅަކުން ނުވަތަ މިނޫންވެސް އެފަދަ އެހެން ވަސީލަތެއް ބޭނުންކޮށްގެން ހިޔާކޮށްފައިވާ ނުވަތަ ފާރަކުން ނުވަތަ ފާރުތަކަކުން ނުވަތަ ބިތްގަނޑަކުން ނުވަތަ ބިތްގަނޑުތަކަކުން ނުވަތަ މިފަދަ އެހެން ވަސީލަތެއް ބޭނުންކޮށްގެންވިއަސް ބަންދުކުރެވިފައިވާ ނުވަތަ ނިވާކުރެވިފައިވާ ތަންތަނުގެ ތެރެއިން އުޖޫރައެއް ލިބޭ ގޮތަށް ނުވަތަ ހިލޭސާބަހަށް ހިދުމަތްކުރުމުގެ ގޮތުން މީހަކު މަސައްކަތްކުރާ ނުވަތަ ވަޒީފާ އަދާކުރާ ކޮންމެ ތަނަކަށެވެ. މިގޮތުން، މަސައްކަތް އާންމުކޮށްކުރާ ތަނުގެ އިތުރުން އެތަނަކާ ގުޅިފައިހުންނަ، އަދި މަސައްކަތްކުރާ މީހުން މަސައްކަތުގެ ވަގުތުގައި ބޭނުންކުރާ ލިފްޓާއި، ކޮރިޑޯއާއި، ސިޑިއާއި، ލޮބީއާއި، ފާހާނާއާއި، ލައުންޖާއި، ކެފެޓީރިއާއި، ކެންޓީނާއި، ސައިކޮޓަރިފަދަ ތަންތަން މި މާނައިގެ ތެރޭގައި ހިމެނެއެވެ. ވިޔަފާރީގެ ބޭނުމުގައި ނުވަތަ އާންމު ހިދުމަތެއް ދިނުމުގައި ބޭނުންނުކުރާނަމަ، ދިރިއުޅުމަށް ބޭނުންކުރާ ތަންތަން މަސައްކަތްކުރާ ތަންތަނުގެ ތެރޭގައި ނުހިމެނެއެވެ. އަދި މަސައްކަތްކުރާ ތަނެއް މާނަކުރުމުގައި މުޅި ރަށް އެއީ މަސައްކަތްކުރާ ތަންކަމުގައެއް ނުބެލެވޭނެއެވެ.