-

ތެލަސީމިއާ

''ތެލަސީމިއާ'' ކަމަށް މި ގާނޫނުގައި ބުނެފައިއެވަނީ، ކުއްޖާ އުފެދުމުގައި، ކުއްޖާގެ މައިންބަފައިންގެ ކިބައިން އޭނާއަށް ވާރުތަވާ ހާލަތެއްގެ ސަބަބުން، ކުއްޖާގެ ލޭގައި ހުންނަންޖެހޭ މާއްދާއެއްކަމުގައިވާ ހީމޮގްލޮބިން ހުންނަންޖެހޭ މިންވަރަށް ނުހުރުމުގެ ނަތީޖާއެއްގެގޮތުން، ނުވަތަ އެ މާއްދާ ލޭގައި ތަރުތީބުވެގެން ދާންޖެހޭގޮތަށް ތަރުތީބުވެގެން ނުދިއުމުގެ ނަތީޖާއެއްގެގޮތުން، ކުއްޖާގެ ހަށިގަނޑުގައި ލޭ އުފައްދަންޖެހޭ މިންވަރަށް ލޭ ނުއުފެއްދުމުގެ ސަބަބުން އޭނާއަށް ދިމާވާ ސިއްހީ ހާލަތަށެވެ.