ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2/99) އަށް 4 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު (ގާނޫނު ނަންބަރު 4/2014)

0 occurrences found.

ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 4 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު

(ގާނޫނު ނަންބަރު 4/2014) 

 

ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް އަންނަނިވި އިސްލާހުތައް ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 9 ވަނަ މާއްދާގެ (ރ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

9. (ރ) ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު، މި މާއްދާގެ (ށ) ގެ ދަށުން މުއްދަތު އިތުރުކޮށްދީފައިވާ ރަށްރަށާއި ބިންބިމުގެ ތެރެއިން، މި މާއްދާގެ (ނ) ގައި ބަޔާންކުރާ ފީ، އެއްފަހަރާ ދައްކައި ހަލާސްކޮށްފައިނުވާ ފަރާތްތަކުން، ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 4 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފަށާތާ 24 (ސައުވީސް) މަސްދުވަހުގެ ތެރޭގައި، ކޮންމެ 3 (ތިނެއް) މަހުން އެއްމަހު، އެ 3 (ތިނެއް) މަހަކަށް ޖެހޭ މިންވަރަށް  އެ ފީ ދައްކައި ހަލާސްކޮށް ނިންމަންވާނެއެވެ. 


2 ވަނަ މާއްދާ - ބުނެވިދިޔަ ގާނޫނުގެ 9 ވަނަ މާއްދާގެ (ރ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

9. (ބ) ގާނޫނު ނަންބަރު 2/1999 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނު) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު މި މާއްދާގެ (ށ) ގެ ދަށުން މުއްދަތު އިތުރުކޮށްދީފައިވާ ރަށްރަށާއި ބިންބިމުގެ ތެރެއިން، މި މާއްދާގެ (ނ) ގައި ބަޔާންކުރާ ފީ، މި މާއްދާގެ (ރ) ގައި ބަޔާންކުރާ ގޮތުގެމަތިން ދައްކައި ހަލާސްނުކޮށްފިނަމަ، މި މާއްދާގެ (ށ) ގެ ދަށުން އެ ރަށްރަށުގެ ނުވަތަ ބިންބިމުގެ މުއްދަތު އިތުރުކޮށްދީފައި އޮތް އޮތުން ބާތިލުވާނެއެވެ. އަދި އެ ހާލަތު މެދުވެރިވެއްޖެ ހިނދެއްގައި، އެ ރަށްރަށުގެ ނުވަތަ ބިންބިމުގެ މުއްދަތު އިތުރުކުރުމަށް އެފަރާތްތަކާއި ދިވެހިސަރުކާރާއެކު ވެފައިވާ އެއްބަސްވުންތަކުގެ ކަމާގުޅޭ މާއްދާތައް، މި މާއްދާއާ ފުށުއަރާ ނިސްބަތަށް ބާތިލުވާނެއެވެ.


3 ވަނަ މާއްދާ - މި ގާނޫނުން ބުނެވިދިޔަ ގާނޫނަށް އިތުރުކުރާ ނުވަތަ އުނިކުރާ މާއްދާތަކާ ގުޅިގެން އެ ގާނޫނުގެ މާއްދާތަކުގެ ނަންބަރު ތަރުތީބުކުރުން.


4 ވަނަ މާއްދާ - މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

              

މައި ގާނޫނު

ޓޫރިޒަމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2/1999)

 

 

 

ގެޒެޓު ކުރެވުނު ގޮތް

ކިޔުންތެރިންގެ ޚިޔާލު

Please login below to comment.
Login via Twitter.com