-

މައާފު ލިބެނިވި ދިފާއު

"މައާފު ލިބެނިވި ދިފާއު" ނުވަތަ "މައާފު" ކަމަށް ބުނެފައި އެވަނީ ގާނޫނު ނަންބަރު 9/2014 (ގާނޫނުލްއުގޫބާތު) ގެ 50 ވަނަ ބާބުގައި ކަނޑައަޅާފައިވާ ކޮންމެ ދިފާއަކަށެވެ. މީގެ ތެރޭގައި އަންނަނިވި ދިފާއު ހިމެނެއެވެ (1) އަމިއްލަ އިހްތިޔާރުގައި ނޫން ގޮތަކަށް ކުރެވޭ އަމަލު އަދި އަމިއްލަ އިހްތިޔާރުގައި ނޫން ގޮތަކަށް ނުކޮށް ދޫކޮށްލެވޭ އަމަލު (2) ބުއްދިއަށް އުނިކަން ލިބިގެންވުން (3) ތަސައްރުފުނުފުދުން، (4) އަމިއްލަ އިހްތިޔާރުގައި ނޫން ގޮތަކަށް މަސްތުވުން، (5) ބާރުގެ ބޭނުންކޮށްފާނެކަމުގެ ނުފޫޒު، (6) ހަމަހެއަށް އުނިކަން އައުން، (7) އެނގިގެންނުވާ ކަންތައްތަކާއި ކުށްހީގެ މައްޗަށް ގަބޫލުކުރެވޭ ކަންތައްތައް، (8) ހުއްދަ ދިފާއެއް ލިބިގެންވާކަމަށް ކުށްހީއެއްގައި ގަބޫލުކުރެވުން