-

ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލު

"ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލު" މި އިބާރާތަށް ދީފައިއެވަނީ، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނު (ގާނޫނު ނަންބަރު 16/2014) ގެ 2 ވަނަ މާއްދާގައި ބަޔާންކުރާ މާނަކުރުމެވެ. އޭގެތެރޭގައި، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ އަމަލުގެ ށިކާރައަކަށްވާ ފަރާތުގެ ނުރުހުމުގައި ކުރާ އަންނަނިވި ކަންކަން ހިމެނެއެވެ؛ ފޮށުމުގެ ގޮތުން ތުނބުން ފުމުން. އުނދަގޫވާ ގޮތަށް ޖިންސީ ގުނަވަނަކަށް ބެލުން. ހަށިގަނޑުގެ އެއްވެސް ތަނެއްގައި ބީހުން. ބެއްދުން. ސަލާމްކުރުމުގެ ގޮތުން އަތުގައި ހިފުމަށްފަހު، ދޫނުކޮށް އަތަށް ފިއްތުން ނުވަތަ ކޮއްޓުން. އޮރިޔާން ކާޑު ނުވަތަ ބަދުއަހްލާގީ އަމަލު ހިންގަމުންދާ މަންޒަރު ދައްކުވައިދޭ ފޮޓޯ ނުވަތަ ކުރެހުން ނުވަތަ ވީޑިއޯ ދައްކާ ހެދުން. ފޮށުމުގެ ގޮތުން ހަށިގަނޑުގެ ގުނަވަންތަކަށް ނިސްބަތްކޮށް ޖިންސީ ގޮތުން ނޭދެވޭ ވާހަކަ ދައްކާ ސަމާސާކުރުން. ވަޒީފާ ދެވޭނީ ނުވަތަ ވަޒީފާގައި ދެމިހުރެވޭނީ ނުވަތަ ވަޒީފާގައި ކުރިއެރުމުގެ ފުރުސަތު ލިބޭނީ ނުވަތަ ވަޒީފާ އަދާކުރާ ފަރާތްތަކަށް ލިބިދޭންޖެހޭ އެނޫންވެސް ކުރިއެރުމެއް ލިބިދެވޭނީ، ބަދަލުގައި ޖިންސީ އެދުމެއް ފުއްދައިދިނުމުން ނުވަތަ ޖިންސީ ފުރައްސާރަކުރުމުގެ ނުވަތަ ގޯނާކުރުމުގެ އަމަލެއް ބަލައިގަތުމުން ކަމަށް ދޭހަވާ ގޮތަށް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ހުށަހަޅާ ހުށަހެޅުންތައް.