-

ޕްރޮޖެކްޓް ހައްގު

"ޕްރޮޖެކްޓް ހައްގު" ކަމަށް ބުނެފައި އެވަނީ، ޕްރޮޖެކްޓް ހިންގާ ސަރަހައްދުގައިވާ ބިމާ ގުޅޭގޮތުން ދޫކުރެވޭ އަންނަނިވި ހައްގުތަކުގެ ތެރެއިން ހައްގަކަށް، ނުވަތަ އެއިން އެއް ހައްގަށްވުރެ ގިނަ ހައްގަށެވެ. ފްރީހޯލްޑް އުސޫލުން މިލްކުވުން ހިމެނޭގޮތަށް ދޫކުރެވޭ މުދަލުގެ މިލްކުވެރިކަމުގެ ހައްގު؛ ނުވަތަ އެއް އެއްބަސްވުމުގެ ދަށުން ނުވަތަ އެއް އެއްބަސްވުމަށްވުރެ ގިނަ އެއްބަސްވުމުގެ ދަށުން، ކޮންމެ މުއްދަތަކަށް ނަމަވެސް ކުއްޔަށްދޭ ދިނުން.