-

އިމާރާތް

"އިމާރާތް" ކަމަށް ބުނެފައިއެވަނީ، އަންނަނިވި ތަންތަން ހިމެނޭ ގޮތުންނެވެ. އަދި މި ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ޢިމާރާތުގެ މާނައިގައި ޢިމާރާތެއްގެ ބައެއްވެސް ހިމެނެއެވެ. ވަގުތީ ނުވަތަ ދާއިމީ ނުވަތަ އެއް ތަނުން އަނެއް ތަނަށް ގެންދެވޭފަދަ ނުވަތަ އެއް ތަނުން އަނެއް ތަނަށް ނުގެންދެވޭފަދަ ބިނާތަކަށެވެ. މިފަދަ ތަންތަނުގެ ތެރޭގައި އިންސާނުން ދިރިއުޅުމަށާއި، ވިޔަފާރިކުރުމަށާއި، އެނޫން ބޭނުންތައް ކުރުމަށާއި، ޖަނަވާރު ގެންގުޅުމަށާއި، މެށިނެރީއާއި މުދާ ރައްކާކުރުމަށް ބޭނުންކުރެވޭ ތަންތަން؛ ތިރީގައިވާ ކަންތައްތައް ހިމެނޭގޮތަށް އެ އެއްޗެއް ހަރުކުރެވިފައިވާ ތަނަކުން ފެށިގެން 7 (ހަތެއް) މީޓަރަށްވުރެ އުސްކޮށް، ޢިމާރާތުގައި ހަރުކުރެވިފައިވާ ނުވަތަ ޢިމާރާތުގެ ބައެއްގެ ގޮތުގައި ނަމަވެސް، ހުންނަ ދަނޑި ނުވަތަ މުއާސަލާތީ ޓަވަރު؛ (މީގެތެރެއަކު 2 (ދޭއް) މީޓަރަށްވުރެ ފުޅާނޫން ޑިށް އޭރިއަލްއެއް ނުހިމެނެއެވެ.) ބިންގަނޑު ހިފެހެއްޓުމަށް ނުވަތަ ފަސް ފޭބިޔަނުދިނުމަށް ހެދިފައިވާ ވަގުތީ ނުވަތަ ދާއިމީ ސްޓްރަކްޗަރ؛ ބޯޓެއް ނުވަތަ ކަނޑުގައި ދުއްވާ އުޅަނދުފަހަރު ފިޔަވައި، ތިރީގައިވާ ފަދަ ގޮތަކަށް ހެދިފައިވާ ފްލޯޓިންގ ސްޓްރަކްޗަރ: (i) ފެނުގައި ސަޕޯޓުކުރެވިފައިވާ ނުވަތަ ސަޕޯޓުކުރުމަށް ގަސްދުކުރާ ބިނާއެއް؛ (ii) ނެވިކަމުގެ ބޭނުމަށް ބޭނުންނުކުރާ ނުވަތަ ބޭނުންނުކުރެވޭނެ ސްޓްރަކްޗަރ؛ (iii) ދާއިމީކޮށް އަޅާފައި ނުވަތަ އަޅާފައި ބޭއްވޭނެ ސްޓްރަކްޗަރ. ކަލްވާޓެއް، ބްރިޖެއް، ހުރަސްކުރާ ފާލަމެއް، ޓަނަލެއް ނުވަތަ އަންޑަރޕާސް؛ ނަރުދަމާ ޓްރީޓްމެންޓް ޕްލާންޓެއް، ނަރުދަމާ ނިޒާމެއް، ކާނެއް، ސްވިމިންގ ޕޫލެއް، ނުވަތަ އެނޫންވެސް، ހަރު ނުވަތަ ދިޔާއެއްޗެއް ނުވަތަ ގޭހެއް ރައްކާކުރުމަށް ބޭނުންކުރާ ނޮން ޕްރޮޕްރައެޓަރީ ތާނގީ؛ ވިންޑް ޓަރބައިން ފަދަ ބިނާތައް؛ ބަނދަރެއް، ފާލަމެއް ނުވަތަ ކޯޒްވޭ ފަދަ ތަނެއް؛ ގޮނޑުދޮށް ހިމާޔަތްކުރުމަށް ނުވަތަ އެނޫންވެސް އެފަދަ ތަންތަން ހިމާޔަތްކުރުމަށް ހަދާ ރިވެޓްމަންޓް ފަދަ އެއްޗެހި؛ މަގު، ދަތުރުފަތުރުކުރުމަށް ހަދާ އެހެނިހެން ސްޓްރަކްޗަރތައް؛ ބަރު އުފުލުމަށް ނުވަތަ ހިފެހެއްޓުމަށްޓަކައި ހަދާ ނުވަތަ ގާއިމްކުރާ އެއްޗެހި.