-

އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނު (ނަންބަރު 1979-31) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހުތިޔާރުގެ ދަށުން، އިމްޕޯޓް ޑިއުޓީ މައާފުކުރުމާއި، އިމްޕޯޓް ޑިއުޓީ މައާފުކުރުމުގައި އަމަލުކުރާނެ އުސޫލަށް 1 ވަނަ އިސްލާހު ގެނައުމުގެ އުސޫލު

(އުސޫލު ނަންބަރު 2024-01)

(މި އުސޫލަށް އަމަލުކުރަން ފެށީ 4 ޖަނަވަރީ 2024 ގައި)

 

ގާނޫނު ނަންބަރު 1979-31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނު) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހުތިޔާރުގެ ދަށުން، އިމްޕޯޓް ޑިއުޓީ މައާފުކުރުމާއި، އިމްޕޯޓް ޑިއުޓީ މައާފުކުރުމުގައި އަމަލުކުރާނެ އުސޫލަށް 1 ވަނަ އިސްލާހު ގެނައުން. 

 

1 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 5 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

އިގްތިސާދީ ގޮތުން ބޭނުންތެރި މަސައްކަތަށް ގެނެވޭ ތަކެތީގެ ޑިއުޓީ މައާފުކުރެވޭ މުއްދަތު 5.

(ހ) އަލަށް ފަށާ އިގްތިސާދީ މަސައްކަތެއްނަމަ، އެ މަސައްކަތަކަށް ގެނެވޭ ތަކެއްޗަށް އިންވެސްޓްމަންޓް ގާއިމުކުރެވެންދެން ޑިއުޓީ މައާފުކުރެވޭނެއެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ އުސޫލުގެ 8 ވަނަ މާއްދާގެ (އ) ގެ ފަހަތަށް (ވ) ގެ ގޮތުގައި އަކުރެއް އިތުރުކުރުން.

ހާއްސަ ހާލަތްތަކުގައި ގެނެވޭ ތަކެތީގެ ޑިއުޓީ މައާފުކުރުން 8.

(ވ) ދިވެހިރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކުރުމުގެ ކަންކަން ބެލެހެއްޓުމަށް ޓަކައި، ސަލާމަތީ ހިދުމަތްތަކުން ބޭނުންކުރުމަށް ރާއްޖެ އެތެރެކުރާ ތަކެތީގެ ތެރެއިން، ގާނޫނު ނަންބަރު 1979-31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ގާނޫނު) ގެ ޗެޕްޓަރ 93 ގައި ނުހިމެނޭ ތަކެތި.

 

3 ވަނަ މާއްދާ - މި އުސޫލަށް އަމަލުކުރަން ފަށާނ،ީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި އުސޫލު

(އަދި ނުހިމެނި)

 

މައި ގާނޫނު

ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު (ގާނޫނު ނަންބަރު 1979-31)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު