-

ކުށުގެ ތުހުމަތުގައިވާ ކުދިންނާއި، ކުށުގެ ށިކާރައަކަށް ވެފައިވާ ކުދިންނާއި، އެ ނޫން ވެސް ސަބަބަކަށް ޓަކައި އަޅައިލުމާއި ރައްކައުތެރިކަން ބޭނުންވާ ކުދިންގެ މައުލޫމާތު އާންމުކުރުމަށް ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ހުއްދަކުރާ މިންވަރު ބަޔާންކުރާ އުސޫލު

(އުސޫލު ނަންބަރު 2023-19)

(މި އުސޫލަށް އަމަލުކުރަން ފެށީ 11 ޖޫން 2023 ގައި)

 

1 ވަނަ މާއްދާ - ތައާރުފާއި ނަން

(ހ) މިއ،ީ ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 33 ވަނަ މާއްދާގެ (ށ) އަށް ރިއާޔަތްކޮށ،ް އެ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީނ،ް ކުށުގެ ތުހުމަތުގައިވާ ކުދިންނާއ،ި ކުށުގެ ށިކާރައަކަށް ވެފައިވާ ކުދިންނާއ،ި އެނޫންވެސް ސަބަބަކަށް ޓަކައި އަޅައިލުމާއި ރައްކައުތެރިކަން ބޭނުންވާ ކުދިންގެ މައުލޫމާތު ،ކުއްޖާގެ މަސްލަހަތަށް ޓަކައި ހުއްދަކުރެވިގެންވާ ހާލަތްތަކެއްގައި އާންމުކުރުމަށް ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ހުއްދަކުރާ މިންވަރު ބަޔާންކުރާ އުސޫލެވެ.

(ށ) މި އުސޫލަށް ކިޔާނ،ީ "ކުށުގެ ތުހުމަތުގައިވާ ކުދިންނާއ،ި ކުށުގެ ށިކާރައަކަށް ވެފައިވާ ކުދިންނާއ،ި އެނޫންވެސް ސަބަބަކަށް ޓަކައި އަޅައިލުމާއި ރައްކައުތެރިކަން ބޭނުންވާ ކުދިންގެ މައުލޫމާތު އާންމުކުރުމަށް ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ހުއްދަކުރާ މިންވަރު ބަޔާންކުރާ އުސޫލު" އެވެ.

 

2 ވަނަ މާއްދާ - މަގުސަދު 

މި އުސޫލުގެ މަގުސަދަކ،ީ އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

(ހ) ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) ގެ 33 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީ ނ،ް ކުޑަކުދިންގެ މައުލޫމާތު އާންމުކުރުމަށް ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ހުއްދަކުރާ މިންވަރު ވަކި އުސޫލެއްގެ ދަށުން ކަނޑައެޅުނ.

(ށ) ކުށުގެ ތުހުމަތުގައިވާ ކުދިންނާއ،ި ކުށުގެ ށިކާރައަކަށްވެފައިވާ ކުދިންނާއ،ި އެނޫންވެސް ސަބަބަކަށް ޓަކައި އަޅައިލުމާއި ރައްކައުތެރިކަން ބޭނުންވާ ކުދިންގެ މައުލޫމާތ،ު ކުއްޖާގެ މަސްލަހަތަށް ޓަކައި ހާމަކުރުމަށް ހުއްދަކުރެވިގެންވާ ހާލަތްތަކަކީ ކޮބައިކަން ބަޔާންކުރުން.

(ނ) ކުށުގެ ތުހުމަތުގައިވާ ކުދިންނާއ،ި ކުށުގެ ށިކާރައަކަށް ވެފައިވާ ކުދިންނާއ،ި އެނޫންވެސް ސަބަބަކަށް ޓަކައި އަޅައިލުމާއި ރައްކައުތެރިކަން ބޭނުންވާ ކުދިންގެ މައުލޫމާތ،ު ކުއްޖާގެ މަސްލަހަތަށް ޓަކައި ހުއްދަ ކުރެވިގެންވާ ހާލަތްތަކުގައ،ި އެކަށީގެންވާ މިންވަރަކަށް ހާމަނުކުރުމުގެ ސަބަބުން އެ ކުދިންނަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްކުރުން.

(ރ) ކުށުގެ ތުހުމަތުގައިވާ ކުދިންނާއ،ި ކުށުގެ ށިކާރައަކަށް ވެފައިވާ ކުދިންނާއ،ި އެނޫންވެސް ސަބަބަކަށް ޓަކައި އަޅައިލުމާއި ރައްކައުތެރިކަން ބޭނުންވާ ކުދިންގެ މައުލޫމާތު ކޮންމެހެން ހާމަކުރަންޖެހޭ ހާލަތްތަކުގައި އެ މައުލޫމާތު ހާމަކުރުމުގެ ސަބަބުން އެއްވެސް ބާވަތެއްގެ އަނިޔާއަކަށް އަދި ނުރައްކަލަށް ނުވަތަ ގޯނާއެއްކަމަށް ބެލެވޭ އެއްވެސް ކަމަކަށް އެ ކުދިން ހުށަހެޅުނަ ނުދިނުމަށް މަގުފަހިކުރުން.

 

3 ވަނަ މާއްދާ - ކުޑަކުދިންގެ މައުލޫމާތު އާންމުކުރާ ފަރާތްތަކުގެ ދައުރު

މި އުސޫލުގައި ބަޔާންކޮށްފައިވާ ފަދަ ކުދިންގެ މައުލޫމާތެއް ނުވަތަ ތަސްވީރެއް އެއްވެސް ފަރާތަކުން މީޑިއާއެއްގައި ނުވަތަ އެނޫން އެހެން އެއްވެސް ވަ ސީލަތެއްގައި އާންމުކުރަންވާނ،ީ އެ ކުދިންގެ ކަރާމަތަށާއި މަސްލަހަތަށް އުނިކަން ނާންނާނެ ގޮތަށް އަދި އެ ހާލަތަކަށް އެކަށީގެންވާ އެންމެ ކުޑަ މިންވަރަކަށެވެ.

 

4 ވަނަ މާއްދާ - ކުޑަކުދިންގެ މައުލޫމާތު އާންމުކުރުމުގައި ހިފަހައްޓަންޖެހޭ މިންގަނޑުތައް

މި އުސޫލުގައި ބަޔާންކޮށްފައިވާ ފަދަ ކުދިންގެ މައުލޫމާތެއް ނުވަތަ ތަސްވީރެއް މީޑިއާއެއްގައި ނުވަތަ އެ ނޫން ވެސް ވަސީލަތެއްގައި އާންމުކުރާ ފަރާތްތަކުނ،ް އަންނަނިވި މިންގަނޑުތަކަށް ތަބާވާންވާނެއެވެ.

(ހ) ކުއްޖެއްގެ މައުލޫމާތެއް ނުވަތަ ތަސްވީރެއް އެއްވެސް ފަރާތަކުން މީޑިއާއެއްގައި ނުވަތަ އެނޫންވެސް ވަސީލަތެއްގައި އާންމުކުރާއިރ،ު ކުއްޖާގެ ކަރާމަތާއި ރައްކައުތެރިކަމަށް އުނިކަން އަންނަ ފަދަ މައުލޫމާތެއް ނުވަތަ ތަސްވީރެއް އާންމުނުކުރުން.

(ށ) އެއްވެސް ބާވަތެއްގެ ނުރައްކަލަކަށް ނުވަތަ ޖިންސީ އަނިޔާއަކަށް ކުއްޖާ ހުށަހެޅިދާނެ ފަދަ ގޮތަކަށް ނަގައިފައިވާ، ކުއްޖެއްގެ ތަސްވީރެއް މީޑިއާއެއްގައި ނުވަތަ އެނޫންވެސް ވަސީލަތެއްގައި ބޭނުން ނުކުރުން.

(ނ) ކުއްޖާގެ އެއްވެސް މައުލޫމާތެއް އާންމުކުރާނަމ،ަ ކުރިމަތިވެފައިވާ ހާދިސާގެ ހަގީގަތާއި ހައްސާސްކަމަށް ރިއާޔަތްކޮށ،ް ކަމާ އެކަށީގެންވާ މިންވަރަށް މައުލޫމާތު ހާމަކުރުން.

(ރ) ކުށުގެ ތުހުމަތުގައިވާ ކުދިންނާއި ކުށުގެ ށިކާރައަކަށް ވެފައިވާ ކުދިންނަކީ އެފަދަ އަމަލުތަކަށް ހުށަހެޅިފައިވާ ކުދިންކަން އެނގޭނެ ފަދަ ނުވަތަ ދޭހަވާނެ ފަދަ ގޮތަކަށް އެ ކުދިންގެ މައުލޫމާތެއް ނުވަތަ ތަސްވީރެއ،ް މީޑިއާގައި ނުވަތަ އެ ނޫން ވެސް ވަސީލަތެއްގައި ށާއިއު ނުކުރުން.

(ބ) މި އުސޫލުގެ 5 ވަނަ މާއްދާގެ (ބ) ގެ (1) ވަނަ ނަންބަރުގައިވާ ހާލަތު މެދުވެރިވެގެން ކުއްޖަކު ހޯދުމުގެ މަސައްކަތްކުރަން ފަށާ ހިސާބުން ފެށިގެން އެ ކުއްޖާ ހޯދައި ނިމުމާ ހަމަޔަށް ވެސ،ް އަދި އެއަށް ފަހުގައި ވެސ،ް އެ ކުއްޖާއަކީ ކުށުގެ ތުހުމަތުގައިވާ ނުވަތަ ކުށުގެ ށިކާރައަކަށް ވެފައިވާ ކުއްޖެއްކަން ދޭހަވާނެ ފަދަ އެއްވެސް މައުލޫމާތެއް ނުވަތަ ތަސްވީރެއް އާންމުނުކުރުން.

(ޅ) މި އުސޫލުގެ 5 ވަނަ މާއްދާގެ (ބ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގެ ތެރެއިން ހާލަތެއްގައިވާ ކުއްޖަކާ ގުޅުންހުރި ވޭދަނައަކާ ގުޅޭ މައުލޫމާތެއް ސީދާގޮތުން ނުވަތަ ނުސީދާގޮތުން ހާމަކުރުމުގެ ތެރޭގައ،ި އެ ކުއްޖަކީ މައްސަލައަކާ ގުޅުންހުރި ކުއްޖެއްކަން އެނގޭފަދަ ނުވަތަ ދޭހަވާނޭ ފަދަ ގޮތަކަށް އެއްވެސް މައުލޫމާތެއް ނުވަތަ ތަސްވީރެއް އާންމުނުކުރުން.

 

5 ވަނަ މާއްދާ - ކުޑަކުދިންގެ މައުލޫމާތު އާންމުކުރެވޭނެ ހާލަތުތައް

(ހ) ކުށުގެ ތުހުމަތުގައިވާ ކުދިންނާއ،ި ކުށުގެ ށިކާރައަކަށް ވެފައިވާ ކުދިންނާއ،ި އެނޫންވެސްސަބަބަކަށް ޓަކައި އަޅައިލުމާއި ރައްކައުތެރިކަން ބޭނުންވާ ކުދިންގެ ޒާތީ މައުލޫމާތ،ު ކުރިމަތިވާ ހާއްސަ ހާލަތެއްގެ ސަބަބުން ކުއްޖާގެ މަސްލަހަތަށް ޓަކައި އާންމުކުރެވިދާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ކުޑަކުއްޖެއްގެ ޒާތީ މައުލޫމާތެއް ހާމަކުރަންވާނ،ީ އެ ކަމަކީ އެ ހާލަތުގައި އެ ކުއްޖާގެ މަސްލަހަތަށް ޓަކައި ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް ކަމުގައި ވާނަމައެވެ.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި ކުއްޖެއްގެ ތަސްވީރެއް ނުވަތަ މައުލޫމާތެއް މީޑިއާގެ އެއްވެސް ވަސީލަތެއްގައި އާންމުކުރާނަމ،ަ ކުއްޖާގެ މައިންބަފައިންގެ ނުވަތަ ކުއްޖާގެ ބެލެނިވެރިޔާގެ ހުއްދަ ހޯދަންވާނެއެވެ. މިގޮތަށް އަމަލުކުރުމުގައި ކުއްޖާއަކީ އަމިއްލަ ރައުޔެއް އުފަންކުރުމުގެ ގާބިލުކަން ލިބިފައިވާ ކުއްޖެއް ކަމުގައި ވާނަމ،ަ އަދި އެ ހާލަތަކީ އެ ކުއްޖާގެ ރައުޔު ހޯދޭނެފަދަ ހާލަތެއްނަމ،ަ އެ ކުއްޖާގެ ރައުޔު ހޯދަންވާނެއެވެ.

(ރ) މި މާއްދާގެ (ނ) ގައި އެފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސ،ް ކުއްޖާގެ މައުލޫމާތެއް އާންމުކުރަނީ ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ކަމަށް ވެފައ،ި އެ ހާލަތަކީ ކުއްޖާގެ މައިންބަފައިންގެ ނުވަތަ ބެލެނިވެރިޔާގެ ހުއްދަޔާއި ކުއްޖާގެ ރައުޔު ހޯދޭނެފަދަ ހާލަތެއްކަމުގައި ނުވާނަމ،ަ އަދި އެ ހާލަތުގައި އެ މައުލޫމާތު ހާމަކުރުމަކީ ކުއްޖާގެ މަސްލަހަތަށް އެންމެ ރަނގަޅު ގޮތްކަމުގައި ވާނަމ،ަ ކުއްޖާގެ މައުލޫމާތު އެ އިދާރާއަކަށް އާންމުކުރެވިދާނެއެވެ.

(ބ) މި މާއްދާގެ (ހ) ގެ ބޭނުމަށް ޓަކައ،ި ކުރިމަތިވާ ހާއްސަ ހާލަތެއް ކަމުގައި ބެލެވޭނ،ީ ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކެވެ.

  1. ކުށުގެ ތުހުމަތުގައިވާ ކުދިންނާއ،ި ކުށުގެ ށިކާރައަކަށް ވެފައިވާ ކުދިންނާއ،ި އެނޫންވެސް ސަބަބަކަށް ޓަކައި އަޅައިލުމާއި ރައްކައުތެރިކަން ބޭނުންވާ ކުއްޖެއް ގެއްލިގެން ހޯދާ ހާލަތުގައި؛
  2. އެއްވެސް ސަބަބަކަށް ޓަކައި ކުއްޖާއަށް އެހީތެރިކަމެއް ބޭނުންވެ އާންމުންގެ އެހީތެރިކަން ލިބިގެން ނޫންގޮތަކަށް އެކަން ކުރެވެން ނެތް ހާލަތުގައި؛

 

6 ވަނަ މާއްދާ - ކުޑަކުދިންގެ މައުލޫމާތު އާންމުކުރެވޭނެ މިންވަރު

(ހ) މި އުސޫލުގެ 5 ވަނަ މާއްދާގެ (ބ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިގެން ކުޑަކުއްޖެއްގެ ޒާތީ މައުލޫމާތުގެ ތެރެއިން އަންނަނިވި މައުލޫމާތު އާންމުކުރެވިދާނެއެވެ.

  1. ކުއްޖާގެ ފުރިހަމަ ނަން؛
  2. ކުއްޖާއަށް އާންމުކޮށް ކިޔާ ނަން؛
  3. ކުއްޖާއަކީ ކާކުކަން ދެނެގަނެވޭފަދަ ވަނަން (އިޖުތިމާއީ މިންގަނޑާ ހިލާފު ނުވާގޮތަށް ބޭނުންކުރާ ނަންތައް)؛ 
  4. ކުއްޖާގެ ދާއިމީ އެޑްރެސް؛
  5. ކުއްޖާގެ ފޮޓޯ ނުވަތަ ތަސްވީރު؛
  6. ކުއްޖާގެ އުމުރު؛
  7. ކުއްޖާ އެންމެފަހުން ފެނުނުއިރު ލައިގެންހުރި ހެދުމުގެ މައުލޫމާތު؛
  8. ކުއްޖާ އެންމެ ފަހުން ފެނުނު ސަރަހައްދުގެ މައުލޫމާތު.

(ށ) މި އުސޫލުގެ 5 ވަނަ މާއްދާގެ (ބ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިގެން ކުޑަކުއްޖެއްގެ ޒާތީ މައުލޫމާތުގެ ތެރެއިން އަންނަނިވި މައުލޫމާތު އާންމުކުރެވިދާނެއެވެ.

  1. ކުއްޖާގެ ފުރިހަމަ ނަން؛
  2. ކުއްޖާއަށް އާންމުކޮށް ކިޔާ ނަން؛
  3. ކުއްޖާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު؛
  4. ކުއްޖާގެ ކަރާމަތަށް އުނިކަމެއް ނާންނާނެފަދަ ގޮތަކަށް ނަގައިފައިވާ ފޮޓޯ؛
  5. ކުއްޖާއަށް އާންމުންގެ އެހީތެރިކަން ބޭނުންވާ ސަބަބާ ގުޅުންހުރި ލިޔެކިޔުންތައް.

 

7 ވަނަ މާއްދާ - މައުލޫމާތު ލިޔުމުން ރިކޯޑުކުރުން

(ހ) މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އިދާރާއަކުން ކުއްޖެއްގެ މައުލޫމާތެއް އާންމުކޮށްފިނަމ،ަ އެ މައުލޫމާތެއް އާންމުކުރި މިންވަރާއި އާންމުކުރި ސަބަބ،ު ކުއްޖާގެ މައިންބަފައިން ނުވަތަ ކުއްޖާގެ ބެލެނިވެރިޔާގެ ހުއްދަ ހޯދައިފައިވާކަން ނުވަތަ ނޫންކަނ،ް އަދި އަމިއްލަ ރައުޔެއް އުފަންކުރުމުގެ ގާބިލުކަން ލިބިފައިވާ ކުއްޖެއް ކަމުގައި ވާނަމ،ަ އެކަމާމެދު އެ ކުއްޖާ ދެކޭގޮތ،ް މައުލޫމާތު އާންމުކުރި އިދާރާއެއްގައި ރިކޯޑުކުރަންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ރިކޯޑުކުރުމުގައި މި އުސޫލުގެ 5 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާފަދަ ހާލަތެއް މެދުވެރިވެއްޖެނަމ،ަ އެ ހާލަތުގައި ކުއްޖާގެ މައިންބަފައިންގެ ހުއްދަ ނުވަތަ ބެލެނިވެރިޔާގެ ހުއްދައާއި ކުއްޖާގެ ރައުޔު ނުހޯދުނު ސަބަބު ރިކޯޑުކުރަންވާނެއެވެ.

 

8 ވަނަ މާއްދާ - ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ ސަމާލުކަމަށް މައްސަލަ އައުން

(ހ) މި އުސޫލުގައި ބަޔާންކޮށްފައިވާ މިންވަރާ ހިލާފަށް އެއްވެސް ފަރާތަކުން ކުއްޖެއްގެ މައުލޫމާތެއް އާންމުކޮށްފިކަން ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ ސަމާލުކަމަށް އަތުވެއްޖެނަމައަމަލުކުރާނ،ީ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

  1. ކުޑަކުއްޖާގެ މައުލޫމާތު އާންމުކޮށްފައިވަނީ މީޑިއާއެއްގައި ނަމ،ަ އެ މައުލޫމާތެއް ނުވަތަ އެ ތަސްވީރެއް ނުވަތަ އެ ވީޑިއޯއެއް އެ މީޑިއާއިން ނެގުމަށް ނުވަތަ ނުފެންނަ ގޮތަށް ހެދުމަށާއ،ި އެ މީޑިއާއަކަށް ފިޔަވަޅު އެޅުމަށ،ް މޯލްޑިވްސް މީޑިއާ ކައުންސިލަށް އެންގުން؛
  2. މި އުސޫލުގައި ބަޔާންކޮށްފައިވާ މިންވަރާ ހިލާފަށް ކުޑަކުއްޖެއްގެ މައުލޫމާތު އާންމުކޮށްފައިވަނީ ސަރުކާރުގެ މުއައްސަސާއެއްގެ ރަސްމީ މީސްމީޑިއާގެ މަންސައެއްގައި ކަމުގައި ވާނަމ،ަ އެ މައުލޫމާތެއް ނެގުމަށް ނުވަތަ އާންމުންނަށް ނުފެންނަ ގޮތަށް ހެދުމަށާއ،ި އެ މައުލޫމާތެއް އާންމުކުރުމުގައި ޒިންމާވާ ފަރާތަކާމެދު ފިޔަވަޅު އެޅުމަށް އެ މުއައްސަސާއަކަށް އެންގުން؛ 
  3. މި އުސޫލުގައި ބަޔާންކޮށްފައިވާ މިންވަރާ ހިލާފަށް ކުޑަކުއްޖެއްގެ މައުލޫމާތު އާންމުކޮށްފައިވަނީ އާންމު ފަރާތަކުން ކަމުގައި ވާނަމ،ަ އެ މައުލޫމާތެއް ނެގުމަށާއި ،އެ ފަރާތަކަށް ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާއަށް އެންގުން؛

(ށ) މި މާއްދާގެ (ހ) ގެ ދަށުން ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން އަންގާ އެންގުމަކާ ގުޅިގެން އެ މުއައްސަސާއަކުން ނުވަތަ އިދާރާއަކުން އަޅާ ފިޔަވަޅ،ުޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް ލިޔުމުން ހިއްސާކުރަން ވާނެއެވެ.

 

9 ވަނަ މާއްދާ - އުސޫލުގައި ނެތްކަމެއް ދިމާވުން

މި އުސޫލުގައި ނުހިމެނޭ ކަމެއް މެދުވެރިވެއްޖެނަމަ އެ ކަމެއް ހައްލުކުރާނ،ީ ޗިލްޑްރަންސް އޮމްބަޑްސްޕަރސަނެވެ.

 

10 ވަނަ މާއްދާ - މާނަކުރުން

(ހ) މި އުސޫލު މާނަކުރަންވާނ،ީ އަދި ތަތުބީގުކުރަންވާނ،ީ ގާނޫނުއަސާސީންނާއި ގާނޫނުތަކުން ކުޑަކުދިންނަށް ކަށަވަރުކޮށްދީފައިވާ އެންމެހައި ހައްގުތަކަށް ރިއާޔަތްކުރެވޭނޭހެނ،ް އަދި ކުޑަކުދިންގެ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ މުއާހަދާއާއ،ި އެ މުއާހަދާގެ އޮޕްށަނަލް ޕްރޮޓޮކޯލްތަކާއ،ި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކުގައި ހިމެނޭ ކުޑަކުދިންގެ ހައްގުތަކާއ،ި ބައިނަލްއަގްވާމީ "ގުޑް ޕްރެކްޓިސް" ތަކަށް ރިއާޔަތްކޮށްގެންނެވެ.

(ށ) މި އުސޫލުގައި ހިމެނޭ ކަމެއް މާނަކުރުމުގައ،ި އެއްވެސް ހާލަތެއްގައ،ި ކުޑަކުއްޖެއްގެ ހައްގަކަށް ނުވަތ/ައަދި މަސްލަހަތަށް އެއްވެސް މިންވަރަކަށް އުނިކަމެއް އަތުވެދާނެފަދަ ގޮތަކަށް މާނަކޮށްގެން ނުވާނެއެވެ.

(ނ) މި އުސޫލުގައި ހިމެނިފައިވާ ކަމެއް މާނަކުރުމުގައި ހިޔާލު ތަފާތުވުމެއް އުފެދިއްޖެނަމަ އެ ކަމެއް ނިންމާނ،ީ ޗިލްޑްރަންސް އޮމްބަޑްސްޕަރސަނެވެ.

(ރ) މި އުސޫލުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކ،ު އަންނަނިވި ލަފުޒުތަކާއި އިބާރާތްތަކަށް ދީފައި އެވަނީ، އެ ލަފުޒުތަކާއި އިބާރާތްތަކަށް ތިރީގައި ދީފައިވާ މާނައެވެ.

  1. "ޗިލްޑްރަންސް އޮމްބަޑްސްޕަރސަން" ކަމަށް ބުނެފައި އެވަނ،ީ ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާޗިލްޑްރަންސް އޮމްބަޑްސްޕަރސަނަ ށެވެ.
  2. "ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީސް" ކަމަށް ބުނެފައި އެވަނ،ީ ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާ ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް އުފައްދައިފައިވާ އަދި އުފައްދާ އެންމެހައި އޮފީސްތަކަށެވެ.
  3. "ކުޑަކުދިން" ކަމަށް ބުނެފައި އެވަނ،ީ މައިމީހާގެ ބަނޑުގައި ގަރުބަގަތީއްސުރެ ދުނިޔެއަށް އުފަންވުމާ ދެމެދުގައިވާ ހާލަތުގައިވާ ކުދިންނާއ،ި ދުނިޔެއަށް އުފަންވުމަށްފަހ،ު މީލާދީގޮތުން 18 (އަށާރަ) އަހަރު ފުރިހަމަނުވާ ކުދިންނަށެވެ.
  4. "ކުޑަކުދިންގެ ހައްގުތަކާބެހޭ މުއާހަދާ" ކަމަށް ބުނެފައި އެވަނ،ީ އެކުވެރި ދައުލަތްތަކުގެ "ކޮންވެންށަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް" އަށެވެ.
  5. "އޮޕްށަނަލް ޕްރޮޓޮކޯލް" ކަމަށް ބުނެފައި އެވަނ،ީ އެކުވެރި ދައުލަތްތަކުގެ "ކޮންވެންށަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް" ގެ "އޮޕްށަނަލް ޕްރޮޓޮކޯލް" ތަކަށެވެ.
  6. "ކުށުގެ ތުހުމަތުގައިވާ ކުދިން" ކަމަށް ބުނެފައި އެވަނ،ީ ޖިނާއީ ކުށް ކަނޑައެޅުމުގެ ގާނޫނަކާ ހިލާފުވެފައިވާކަމަށް ތުހުމަތުކުރެވިފައިވާ ކޮންމެ ކުއްޖަކަށް ނުވަތަ ކުދިންނަށެވެ.
  7. "ކުށުގެ ށިކާރައަކަށް ވެފައިވާ ކުދިން" ކަމަށް ބުނެފައި އެވަނ،ީ އެންމެހައި ބާވަތެއްގެ ޖިސްމާނީ އަނިޔާއާއ،ި ނަފްސާނީ އަނިޔާއާއ،ި ގޯނާގެ ށިކާރައަކަށް ވެފައިވާ ކުދިންނާއި އެއްވެސް ބާވަތެއްގެ މަންފާއެއް ހާސިލުކުރުމަށް ޓަކައި ކުއްޖާގެ ޖިސްމާނީ ދުޅަހެޔޮކަމާއި ނަފްސާނީ ދުޅަހެޔޮކަމާއި ކުއްޖާގެ ހެދިބޮޑުވުމަށް އަސަރުކުރުވާފަދަ ގޮތަކަށް ހިންގާ ލާއިންސާނީ އަމަލުތަކުގެ ށިކާރައަކަށް ވެފައިވާ ކުދިންނަށެވެ. 
  8. "އެއްވެސް ސަބަބަކަށް ޓަކައި އާންމުންގެ އެހީތެރިކަން ބޭނުންވާ ހާލަތުގައިވާ ކުދިން" ކަމަށް ބުނެފައި އެވަނ،ީ ސިއްހީ ނުވަތަ އިޖުތިމާއީ ނުވަތަ ކުއްޖާއަށް ބޭނުންވާ އެހެނިހެންވެސް ހައްގެއް ލިބިގަތުމަށް ޓަކައ،ި އާންމުންގެ އެހީތެރިކަން ލިބިގެން ނޫން ގޮތަކަށް އެކަން ކުރެވެން ނެތް ހާލަތުގައިވާ ކުދިންނަށެވެ.
  9. "އަޅައިލުމާއި ރައްކައުތެރިކަން ބޭނުންވާ ކުދިން" ކަމަށް ބުނެފައި އެވަނ،ީ ގާނޫނު ނަންބަރު 2019-19 (ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު) ގެ 69 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކުދިންނަށެވެ.
  10. "މައުލޫމާތެއް ނުވަތަ ތަސްވީރު" ކަމަށް ބުނެފައި އެވަނ،ީ ކުއްޖަކާ ގުޅޭގޮތުން ސީދާ ގޮތުން ވެސް ނުވަތަ ނުސީދާގޮތުން ވެސް ކާކުކަން ދެނެގަނެވޭނެ ފަދަ އެންމެހައި މައުލޫމާތާއ،ި ފޮޓޯއާއ،ި ތަސްވީރާއ،ި އޯޑިއޯއާއި ވީޑިއޯ ހިމެނޭ ގޮތުގެ މަތީންނެވެ. 
  11. "މީޑިއާގެ ވަސީލަތް" ކަމުގަ އި ބުނެފައި އެވަނ،ީ ޕްރިންޓް މީޑިއާއާއ،ި ބްރޯޑްކާސްޓިންގ މީޑިއާއ،ި މީސްމީޑިއާއ،ި އިންޓަރނެޓުގެ އެކިއެކި މަންސަތައް ހިމެނޭގޮތުގެ މަތީންނެވެ.

 

11 ވަނަ މާއްދާ - އުސޫލަށް އަމަލުކުރަން ފެށުން 

މި އުސޫލަށް އަމަލުކުރަން ފަށާނ،ީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2019-19)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު