-

އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލުކުރުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 1017/2019)

 

އެއްވަނަ ބާބު

އިބްތިދާއީ ބައިތައް

 

1 ވަނަ މާއްދާ - ތައާރަފު

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 4/2017 (އިމާރާތްކުރުމުގެ ގާނޫނު) ގެ ދަށުން ދިވެހިރާއްޖޭގެ އެއްވެސް ތަނެއްގައި އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލުކޮށް އެތަކެތީގެ ފެންވަރު ހިފެހެއްޓުމުގައި އަމަލުކުރަންޖެހޭ ގޮތް ކަނޑައެޅުމަށްޓަކައި ގާނޫނު ނަންބަރު 4/2017 ( އިމާރާތްކުރުމުގެ ގާނޫނު) ގެ 95 ވަނަ މާއްދާއިގެ (11) ވަނަ ނަންބަރުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލުކުރުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގްސަދު 

(ހ) މި ގަވާއިދުގެ މަގުސަދަކީ، އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމުގައްޔާއި، އެފަދަ ތަކެތި ދިވެހިރާއްޖޭގައި އުފެއްދުން ކޮންޓްރޯލުކުރުމުގައި، ދިވެހިރާއްޖޭގައި އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެކަށީގެންވާ ފެންވަރެއްގައި ހިފެހެއްޓުމެވެ.

(ށ) އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމުގައްޔާއި، އެފަދަ ތަކެތި ދިވެހިރާއްޖޭގައި އުފެއްދުން ކޮންޓްރޯލުކުރުމުގައި، ދިވެހިރާއްޖޭގައި އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކޮށް އުފައްދާނެ ގޮތުގެ މިންގަނޑު އެކަށީގެންވާ ފެންވަރެއްގައި ހިފެހެއްޓުމެވެ.

(ނ) އިމާރާތްކުރުމުގެ ބޭނުމަށް އެތެރެކުރާ ތަކެއްޗާއި ދިވެހިރާއްޖޭގައި އުފައްދާ ބާވަތްތަކުގެ ތެރެއިން ކޮންޓްރޯލުކުރާނެ ބާވަތްތައް ކަނޑައެޅުމާއި، އެ ބާވަތްތަކުގެ ފެންވަރު ބަލާނެ މިންގަނޑުތައް ކަނޑައެޅުމާއި، އެ ބާވަތްތައް އެތެރެކޮށް، އެ ތަކެތި ދިވެހިރާއްޖޭގައި އުފައްދަން ހުއްދަދެވޭނެ ގޮތްތައް ބަޔާންކުރުމެވެ.

 

3 ވަނަ މާއްދާ - ތަންފީޛުކުރުން

(ހ) މި ގަވާއިދު ތަންފީޛުކުރާނީ، އިމާރާތްކުރުމާ ގުޅޭ ސިޔާސަތު އެ އިރެއްގައި ތަންފީޛުކުރުމުގެ ޒިންމާ ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއިންނެވެ.

(ށ) މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ބާވަތްތަކުގެ ތެރެއިން މި ގަވާއިދު ގެޒެޓުކުރާ ތާރީހުގެ ކުރިން ދިވެހިރާއްޖެއަށް އެތެރެކޮށްފައިވާ ތަކެއްޗާއި މުދާ ގަނެ ބޯޓުގައި ރާއްޖެ އައުމުގެ މަގުމަތީގައިވާ ތަކެތި މި ގަވާއިދުން އިސްތިސްނާވާނެއެވެ.

(ނ) މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ބާވަތްތަކުގެ ތެރެއިން މި ގަވާއިދު ގެޒެޓުކުރާ ތާރީހުގެ ކުރިން ދިވެހިރާއްޖޭގައި އުފާއްދާފައިވާ ތަކެތެއްޗާއި، އުފެއްދުމުގެ މަރުހަލާގައިވާ ތަކެތި މި ގަވާއިދުން އިސްތިސްނާވާނެއެވެ.

 

4 ވަނަ މާއްދާ - އަމަލުކުރަން ފަށާ ތާރީހު 

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

5 ވަނަ މާއްދާ - މާނަކުރުން

(ހ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމާ ގުޅޭ ސިޔާސަތު އެ އިރެއްގައި ތަންފީޛުކުރުމުގެ ޒިންމާ ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.

(ށ) "ކޮންޓްރޯލްކުރުން" ކަމަށް ބުނެ ފައި އެވަނީ، އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުމުގައި އެކަށީގެންވާ ފެންވަރުގެ ތަކެތި ބޭނުންކުރާކަން ޔަގީންކުރުމަށް ކުރެވޭ މަސައްކަތަށެވެ.

(ނ) "ރަޖިސްޓަރީ" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީގައި އެކުލަވައިލައިފައިވާ ދަފުތަރަށެވެ.

(ރ) "ފެއިލް" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި މި ގަވާއިދުގައި ބަޔާންކުރާ މިންގަނޑުތަކަށް ނުފެތުމަށެވެ.

(ބ) "ސްޕެސިފިކޭށަން" ކަމަށް ބުނެ ފައި އެވަނީ، އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތީގައި ހުންނަ މިންގަނޑުތަކަށެވެ. 

(ޅ) "ސްޓޭންޑަޑް" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތީގައި ހުންނަންވާނެކަމަށް ދުނިޔޭގައި ގަބޫލުކުރާ މިންގަނޑުތަކަށެވެ.

(ކ) "ރެޑީމޭޑް" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމުގެ މަސައްކަތަކަށް ބޭނުންކުރުމަށް ތައްޔާރުކޮށްފައި ހުންނަ ހުރުމަށެވެ.

(އ) "މެނުފެކްޗަރަރ" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުމުގެ ތަކެތި އުފައްދާ ފަރާތްތަކަށެވެ.

 

ދެވަނަ ބާބު

ކޮންޓްރޯލުކުރެވޭ ބާވަތްތަކާއި އެ ބާވަތްތަކުގެ ސްޓޭންޑަ ޑްތައް

6 ވަނަ މާއްދާއިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި ދިވެހިރާއްޖޭގައި އުފައްދާ ތަކެތީގެ ތެރެއިން ކޮންޓްރޯލުކުރެވޭ ބާވަތްތައް

(ހ) އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކޮށް، ދިވެހިރާއްޖޭގައި އުފެއްދުން ކޮންޓްރޯލުކުރެވޭނެ ތަކެތީގެ ތެރޭގައި ހިމެނޭ ބާވަތްތައް މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައި ވާނެއެވެ.

(ށ) މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ އިމާރާތްކުރުމުގެ ބޭނުމަށް އެތެރެކުރާ، ދިވެހިރާއްޖޭގައި އުފައްދާ ތަކެތީގެ ލިސްޓަށް އުނިއިތުރު ގެނެވިދާނެއެވެ. މިގޮތުން އުނިއިތުރުކުރެވޭ ތަކެތީގެ މައުލޫމާތު ދިވެހިސަރުކާރުގެ ގެޒެޓުގައި ގެޒެޓްކޮށް، މިނިސްޓްރީން އާންމުކޮށް އިއުލާނު ކުރަންވާނެއެވެ.

(ނ) މިމާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ސްޓޭންޑަޑްތަކުގެ އިތުރުން އެހެން ސްޓޭންޑަޑެއްގެ ތަކެތި އިމާރާތް ކުރުމުގެ ބޭނުމަށް އެތެރެކުރާނަމަ، މިމާއްދާގެ (ށ) ގައި އެގޮތަށް ބަޔާންކޮށްފައިވީނަމަވެސް އެ ތަކެތީގެ ސްޓޭންޑަޑް މިނިސްޓްރީއަށް ހުށަހަޅައި އެ ތަކެތި އެތެރެ ކުރުމުގެ ހުއްދަހޯދިދާނެއެވެ. މިގޮތަށް ހުއްދަދެވޭ ސްޓޭންޑަޑްތައް މިނިސްޓްރީއިން އާއްމުކޮށް އިއުލާން ކުރާނެއެވެ.

 

7 ވަނަ މާއްދާ - އިމާރާތްކުރުމުގެ ބޭނުމަށް އެތެރެކުރާ ތަކެތީގައި ހުންނަންޖެހޭ ސްޓޭންޑަޑްތައް

(ހ)  އިމާރާތްކުރުމުގެ ބޭނުމަށް އެތެރެކުރާ ތަކެއްޗަކީ ތިރީގައި ބަޔާންކޮށްފައިވާ ސްޓޭންޑަޑްތަކުގެ ތެރެއިން ސްޓޭންޑަޑަކަށް ނުވަތަ އެޔާ އެއްހަމައެއްގެ ސްޓޭންޑަޑަކަށް އުފައްދައިގެން ޓެސްޓުކޮށްފައިވާ ތަކެތިކަމުގައި ވާންވާނެއެވެ.

  1. ISO (އިންޓަނޭށަނަލް އޮގަނައިޒޭށަން ފޮރ ސްޓޭންޑަޑައިޒޭށަން)
  2. BS (ބްރިޓިށް ސްޓޭންޑަޑް)
  3. IS (އިންޑިއަން ސްޓޭންޑަޑް)
  4. EN (ޔޫރޯ ކޯޑު)
  5. ASTM (އެމެރިކަން ސޮސައިޓީ ފޮރ ޓެސްޓިންގ މެޓީރިއަލްސް (ސްޓޭންޑަޑް)

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސްޓޭންޑަޑްތައް ނޫން އެހެން ސްޓޭންޑަޑެއްގެ ތަކެތި އިމަރާތްކުރުމުގެ ބޭނުމަށް އެތެރެކުރާނަމަ، އެ ތަކެއްޗަކީ މި މާއްދާގައި ބަޔާންކޮށްފައިވާ ސްޓޭންޑަޑްތަކުގެ ތެރެއިން ސްޓޭންޑަޑަކަށް ފެތޭ ތަކެތިކަން އެނގޭނެގޮތަށް، ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުން، އެ ތަކެތި އެތެރެކުރާ ފަރާތްތަކުން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

  1. ތަކެތީގެ ޓެސްޓު ރިޕޯޓުތައް
  2. ތަކެތީގެ ސްޕެސިފިކޭށަންސް

(ނ) މިމާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ސްޓޭންޑަޑްތަކުގެ އިތުރުން އެހެން ސްޓޭންޑަޑެއްގެ ތަކެތި އިމާރާތް ކުރުމުގެ ބޭނުމަށް ދިވެހިރާއްޖޭގައި އުފައްދާނަމަ، މިމާއްދާގެ (ށ) ގައި އެގޮތަށް ބަޔާންކޮށްފައިވީނަމަވެސް އެ ތަކެތީގެ ސްޓޭންޑަޑް މިނިސްޓްރީއަށް ހުށަހަޅައި އެ ތަކެތި އުފެއްދުމުގެ ހުއްދަހޯދިދާނެއެވެ. މިގޮތަށް ހުއްދަދެވޭ ސްޓޭންޑަޑްތައް މިނިސްޓްރީއިން އާއްމުކޮށް އިއުލާން ކުރާނެއެވެ.

  

އިމާރާތްކުރުމުގެ ބޭނުމަށް ދިވެހިރާއްޖޭގައި އުފައްދާ ތަކެތީގައި ހުންނަންޖެހޭ ސްޓޭންޑަޑްތައް (ނޯޓް: މި ސުރުހީއަށް ނަންބަރެއް ދީފައިނުވޭ)

(ހ) އިމާރާތްކުރުމުގެ ބޭނުމަށް ދިވެހިރާއްޖޭގައި އުފައްދާ ތަކެއްޗަކީ ތިރީގައި ބަޔާންކޮށްފައިވާ ސްޓޭންޑަޑްތަކުގެ ތެރެއިން ސް ޓޭންޑަޑަކަށް ނުވަތަ އެޔާ އެއްހަމައެއްގެ ސްޓޭންޑަޑަކަށް އުފައްދައިގެން ޓެސްޓުކޮށްފައިވާ ތަކެތިކަމުގައި ވާންވާނެއެވެ.

  1. ISO (އިންޓަނޭށަނަލް އޮގަނައިޒޭށަން ފޮރ ސްޓޭންޑަޑައިޒޭށަން)
  2. BS (ބްރިޓިށް ސްޓޭންޑަޑް)
  3. IS (އިންޑިއަން ސްޓޭންޑަޑް)
  4. EN (ޔޫރޯ ކޯޑު)
  5. ASTM (އެމެރިކަން ސޮސައިޓީ ފޮރ ޓެސްޓިންގ މެޓީރިއަލްސް (ސްޓޭންޑަޑް)

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސްޓޭންޑަޑްތައް ނޫން އެހެން ސްޓޭންޑަޑެއްގެ ތަކެތި އިމާރާތްކުރުމުގެ ބޭނުމަށް އެތެރެކުރާނަމަ، އެ ތަކެއްޗަކީ މި މާއްދާގައި ބަޔާންކޮށްފައިވާ ސްޓޭންޑަޑްތަކުގެ ތެރެއިން ސްޓޭންޑަޑަކަށް ފެތޭ ތަކެތިކަން އެނގޭނެގޮތަށް، ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުން، އެ ތަކެތި އެތެރެކުރާ ފަރާތްތަކުން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

  1. ތަކެތީގެ ޓެސްޓު ރިޕޯޓުތައް
  2. ތަކެތީގެ ސްޕެސިފިކޭށަންސ

 

ތިންވަނަ ބާބު

ތަކެތި އެތެރެކޮށް އުފައްދާ ފަރާތްތައް ރަޖިސްޓަ ރީކުރުމާއި ހުއްދަދިނުން

9 ވަނަ މާއްދާ - އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރާ ފަރާތްތައް ރަޖިސްޓަރީކުރުން

(ހ) މި ގަވާއިދުގެ ޖަދުވަލު 1 ގައި ލިސްޓުކޮށްފައިވާ ތަކެތި އެތެރެކުރާ ފަރާތްތައް "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" ގެ ދަށުން ރަޖިސްޓަރީކުރަން ވާނެއެވެ. 

(ށ) އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރާ ފަރާތްތައް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ރަޖިސްޓަރީނުކޮށް އެތެރެކުރުމާއި ވިއްކުމަކީ މަނާކަމެކެވެ.

(ނ) ރަޖިސްޓަރީކުރުމަށްޓަކައި އެކަމަށް ކަނޑައަޅައިފައިވާ ފޯމާއި އެކަމާ ގުޅޭ ލިޔެކިޔުންތައް މިނިސްޓްރީއަށް ހުށަހެޅުމުން، އެކަން ބެލުމަށްފަހު، ލިޔުންތައް ފުރިހަމަވެފައިވާނަމަ، "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" ގެ ދަށުން ރަޖިސްޓަރީ ކޮށްދެވޭނެއެވެ. 

 

10 ވަނަ މާއްދާއިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި ދިވެހިރާއްޖޭގައި އުފައްދާ ފަރާތްތައް ރަޖިސްޓަރީކުރުން

(ހ) މި ގަވާއިދުގެ ޖަދުވަލު 1 ގައި ލިސްޓުކޮށްފައިވާ ތަކެތި ދިވެހިރާއްޖޭގައި އުފައްދާ ފަރާތްތައް "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" ގެ ދަށުން ރަޖިސްޓަރީ ކުރަން ވާނެއެވެ.

(ށ) އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި ދިވެހިރާއްޖޭގައި އުފައްދާ ފަރާތްތައް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ރަޖިސްޓަރީނުކޮށް ދިވެހިރާއްޖޭގައި އުފެއްދުމާއި ވިއްކުމަކީ މަނާކަމެކެވެ.

(ނ) ރަޖިސްޓަރީ ކުރުމަށްޓަކައި އެކަމަށް ކަނޑައަޅައިފައިވާ ފޯމާއި އެކަމާ ގުޅޭ ލިޔެކިޔުންތައް މިނިސްޓްރީއަށް ހުށަހެޅުމުން، އެކަން ބެލުމަށްފަހު ލިޔުންތައް ފުރިހަމަވެފައިވާނަމަ، "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" ގެ ދަށުން ރަޖިސްޓަރީ ކޮށްދެވޭނެއެވެ. 

 

11 ވަނަ މާއްދާއިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރާ ފަރާތްތަކުން ހުއްދަ ހޯދުން

(ހ) މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ، އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރަންވާނީ އިމާރާތްކުރުމާ ގުޅޭ ސިޔާސަތު އެ އިރެއްގައި ތަންފީޛުކުރުމުގެ ޒިންމާ ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަކުން އެކަމަށް ހުއްދަ ދޫކުރުމުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މިނިސްޓްރީގެ ހުއްދަނެތި އެތެރެކުރުމާއި ވިއްކުމަކީ މަނާކަމެކެވެ.

(ނ) މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ، ކޮންޓްރޯލުކުރެވޭ ބާވަތްތައް އެތެރެކުރުމުގެ ހުއްދައަށް އެދި ހުށަހަޅާއިރު، އެ ތަކެތީގެ ފެންވަރު އަންގައިދޭ، މި ގަވާއިދުގެ 13 ވަނަ މާއްދާގެ (ހ) ގެ (2) ގައި ބަޔާންކުރާ ލިޔެކިޔުންތައް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރާ ފަރާތްތަކަށް ހުއްދަ ދޫކުރުމާ ގުޅޭ ކަންކަން ތަންފީޛުކުރަން ފަށާނީ، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 90 (ނުވަދިހަ) ދުވަސް ހަމަވާ ދުވަހުން ފެށިގެންނެވެ. 

 

12 ވަނަ މާއްދާއިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އުފައްދާ ފަރާތްތަކުން ހުއްދަ ހޯދުން

(ހ) މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ، އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި ދިވެހިރާއްޖޭގައި އުފައްދަންވާނީ އިމާރާތްކުރުމާ ގުޅޭ ސިޔާސަތު އެ އިރެއްގައި ތަންފީޛުކުރުމުގެ ޒިންމާ ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަކުން އެކަމަށް ހުއްދަ ދޫކުރުމުންނެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މިނިސްޓްރީގެ ހުއްދަނެތި އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި ދިވެހިރާއްޖޭގައި އުފެއްދުމާއި، ބޭނުންކުރުމަކީ މަނާކަމެކެވެ.

(ނ) މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ކޮންޓްރޯލުކުރެވޭ ބާވަތްތައް އުފެއްދުމުގެ ހުއްދައަށް އެދި ހުށަހަޅާއިރު، އެ ތަކެތީގެ ފެންވަރު އަންގައިދޭ، މި ގަވާއިދުގެ 15 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ލިޔެކިޔުންތައް މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ.

(ރ) މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި ދިވެހިރާއްޖޭގައި އުފައްދާ ފަރާތްތަކަށް ހުއްދަ ދޫކުރުމާ ގުޅޭ ކަންކަން ތަންފީޛުކުރަން ފަށާނީ ، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 90 (ނުވަދިހަ) ދުވަސް ހަމަވާ ދުވަހުން ފެށިގެންނެވެ.

 

13 ވަނަ މާއްދާއިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރާ ފަރާތްތަކުން ހުއްދަ ހޯދުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

(ހ) އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމަށް ހުއްދައަށް އެދޭއިރު، ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނެއެވެ. އަދި މިގޮތުން ހުށަހަޅާ ލިޔެކިޔުންތަކުގެ ތެރެއިން ރާއްޖެއިންބޭރުގެ ލިޔެކިޔުންތައް ހުންނަންވާނީ އިނގިރޭސިބަހުންނެވެ.

  1. އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި ދިވެހިރާއްޖޭގައި އުފެއްދުމުގެ ހުއްދަ އަށް އެދޭ ފޯމު.
  2. މެނުފެކްޗަރަރގެ ނުވަތަ ޕްރޮޑަކްޓް ސްޕެސިފިކޭށަނުގެ ލިޔެކިޔުންތައް.
  3. އުފެއްދި ގައުމު އަންގައިދޭ ލިޔުންތައް )ކަންޓްރީ އޮފް އޮރިޖިން.
  4. ކަސްޓަމްސް އިމްޕޯޓް ލައިސަންސް.
  5. އެތެރެކުރާ ތަކެއްޗަކީ ކޮން ސްޓޭންޑަޑަކަށް ފެތޭ ތަކެތި ތޯ ބެލުމަށް މެނުފެކްޗަރަރ ގެ ފަރާތުން އެތަކެތި ޓެސްޓުކުރެވުނުތާ 2 (ދޭއް) އަހަރު ހަމަނުވާ ރިޕޯ ޓާއި ސެޓިފިކޭށަން.
  6. އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" ގައި ރަޖިސްޓަރީވެފައިވާކަން އަންގައިދޭ ލިޔުން.
  7. އުފެއްދި ފަރާތުގެ ސައްހަކަން ބަޔާންކޮށް އެ ގައުމެއްގެ ހުއްދަދެވޭ މުއައްސަސާއަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތީގެ ގޮތުގައި އެތެރެކުރާ ތަކެތި، އެ އުފެއްދި ފަރާތުގެ ސައްހަކަން ބަޔާންކޮށްދޭ ލިޔުންތައް މިނިސްޓްރީއަށް ހުށަހަޅާއިރު، އެ ލިޔެކިޔުންތައް ދީފައިވާ ފަރާތަކީ އެ ގައުމަކުން ހުއްދަދޭ މުއައްސަސާއެއްގައި ރަޖިސްޓަރީކޮށް ހުއްދަލިބިފައިވާ ފަރާތެއްކަމުގައި ވާންޖެހޭނެއެވެ.

(ނ) އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި ރާއްޖެއަށް އެތެރެކުރުމުގެ ކުރިން 3 (ތިނެއް) ވަނަ ޕާޓީއަކުން އެ ތަކެއްޗަކީ އެކަށީގެންވާ ފެންވަރެއްގެ ތަކެތިކަމަށް ކަނޑައަޅާފައިވާ ސައްހަ ލިޔުން ނުވަތަ ސެޓުފިކެޓު މި ގަވާއިދުގެ 13 ވަނަ މާއްދާގެ (ހ) ގެ 5 (ފަހެއް) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މިނިސްޓްރީއަށް ހުށަހަޅަންވާނެއެވެ. ސެޓުފިކެޓު ދީފައިވާ ފަރާތަކީ އެ ގައުމަކުން ހުއްދަދޭ މުއައްސަސާއެއްގައި ރަޖިސްޓަރީކޮށް، ހުއްދަ ލިބިފައިވާ ފަރާތެއްކަމުގައި ވާންވާނެއެވެ.

(ރ) އިމާރާތްކުރުމުގެ ބޭނުމަށް އެތެރެކުރެވޭ ތަކެތި މިނިސްޓްރީން ބޭނުންވެއްޖެ ހާލަތެއްގައި ޓެސްޓުކުރުމުގެ ފުރިހަމަ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

14 ވަނަ މާއްދާއިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރާ ފަރާތްތަކަށް ހުއްދަދެވޭނެ ގޮތްތައް

(ހ) މި ގަވާއިދުގެ ޖަދުވަލު 1 ގައި ލިސްޓުކޮށްފައިވާ ތަކެތި އިމާރާތްކުރުމުގެ ބޭނުމަށް އެތެރެކުރުމުގެ ކުރިން، ހުއްދަ ހޯދުމަށްޓަކައި މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ހުއްދަހޯދުމަށް ހުށަހަޅަންޖެހޭނީ، މި ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރަޖިސްޓަރީ ކުރުމަށް ފަހުއެވެ.

(ނ) މި ގަވާއިދުގެ ޖަދުވަލު 1 ގައި ލިސްޓުކޮށްފައިވާ އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމުގެ ހުއްދަ ހޯދުމަށްޓަކައި މިނިސްޓްރީއަށް ހުށަހެޅުމުން، އެކަން ބެލުމަށްފަހު، މި ގަވާއިދުގެ 13 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި (ނ) އާއި، މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅައިފައިވާ ކަންކަން ފުރިހަމަވާނަމަ، ސަރުކާރު ބަންދުނޫން 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެ އެއްޗެއް އެތެރެކުރުމުގެ ހުއްދަ ދެވޭނެއެވެ.

(ރ) އިމާރާތްކުރުމަށް އެތެރެކުރާ ތަކެތި އެތެރެކުރުމުގެ ހުއްދަހޯދުމަށްޓަކައި މިނިސްޓްރީއަށް ހުށަހެޅުމުން، އެކަން ބެލުމަށްފަހު، މި ގަވާއިދުގެ 13 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި (ނ) އާއި، މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅައިފައިވާ ކަންކަން ފުރިހަމަ ނުވާނަމަ، އެ އެއްޗެއް އެތެރެކުރުމުގެ ހުއްދައެއް ނުދެވޭނެއެވެ.

(ބ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހުއްދައަށް ކިޔާނީ، "ޕްރޮޑަކްޓް އެޕްރޫވަލް ސެޓިފިކޭށަން" އެވެ.

(ޅ) މި ގަވާއިދުގެ ދަށުން އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރަން ހުއްދަ ދެވޭނީ ކޮންމެ ބާވަތަކަށް ވަކިން 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށެވެ.

(ކ) މި މާއްދާގެ (ޅ) ގައި ބުނާގޮތަށް ކޮންމެ ބާވަތަކަށް ދޫކުރެވޭ ހުއްދައަކީ، އެ ބާވަތެއް އުފައްދާ ކޮންމެ މެނުފެކްޗަރަރއަކަށް ހާއްސަވާ ހުއްދައެކެވެ. އަދި އެތެރެކުރާ އެއްބާވަތެއްގެ ތަކެތި ދެ މެނުފެކްޗަރަރއަކުން ގެންނަ ނަމަ، ކޮންމެ މެނުފެކަޗަރަރއަކުން ގެންނަ ކޮންމެ ބާވަތަކަށް ވަކިވަކިން ހުއްދަ ނަގަން ޖެހޭނެއެވެ.

(އ) އިމާރާތްކުރުމުގެ ބޭނުމަށް އެތެރެކުރާ ތަކެތީގެ ތެރެއިން ކޮންމެ މެނުފެކަޗަރަރއަކުން ގެންނަ ކޮންމެ ބާވަތެއް ވާންވާނީ، މި ގަވާއިދުގެ 13 ވަނަ މާއްދާގެ (ހ) އާއި (ނ) އާއި، މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަކޮށް، އެ ލިޔުންތައް މިނިސްޓްރީއަށް ހުށަހަޅައިގެން ހުއްދަ ލިބިފައިވާ ބާވަތަކަށެވެ.

(ވ) މި މާއްދާގެ (ބ) ގައި ބަޔާންކުރާ ހުއްދައިގައި، ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ހިމަނަންޖެހޭނެއެވެ.

  1. ހުއްދައިގެ ނަންބަރު؛
  2. ހުއްދަދިން ފަރާތާއި، އެ ފަރާތުގެ މައުލޫމާތު؛
  3. ހުއްދަ ލިބޭ ފަރާތާ ބެހޭ މައު ލޫމާތު؛
  4. އެތެރެކުރާ ތަކެތީގެ މައުލޫމާތު )ބްރޭންޑާއި އުފެއްދި ކުންފުނި
  5. ކަސްޓަމްސް އިމްޕޯޓް ލައިސަންސް؛ އަދި
  6. ހުއްދަ ދޭ މުއްދަތު.

(މ) މި މާއްދާގައި ބަޔާންކޮށްފައިވާ ހުއްދައިގެ މުއްދަތު ހަމަވުމުގެ 1 (އެކެއް) މަސްދުވަހުގެ ކުރިން އެ ހުއްދަ އައުކުރަން ހުށަހަޅަން ޖެހޭނެއެވެ.  

 

15 ވަނަ މާއްދާއިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އުފައްދާ ފަރާތްތަކުން ހުއްދަ ހޯދުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

(ހ) އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އުފައްދާ ފަރާތުން އެ އުފައްދާ ތަކެއްޗަކީ، މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާ އެއްގޮތަށް ހުރި ތަކެތިތޯ ޔަގީން ކުރުމަށްޓަކައި، އުފައްދާ ފަރާތުން އެ ބާވަތަކާ ގުޅޭ ޓެސްޓުތައް ކޮށް، އެ ޓެސްޓުތަކުގެ ނަތީޖާއާއި، އެ އުފައްދާ ތަކެތީގެ ސްޕެސިފިކޭށަން މިނިސްޓްރީއަށް ހުށަހަޅަން ވާނެއެވެ.

(ށ) އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އުފައްދާ ފަރާތްތަކުން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހުށަހަޅަންޖެހޭނީ މިނިސްޓްރީން އާއްމުކުރާ އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި ދިވެހިރާއްޖޭގައި އުފެއްދުމުގެ ހުއްދައަށް އެދޭ ފޯމާއެކުގައެވެ. 

 

16 ވަނަ މާއްދާއިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި ދިވެހިރާއްޖޭގައި  އުފައްދާ ފަރާތްތަކަށް ހުއްދަދެވޭނެ ގޮތްތައް

(ހ) އިމާރާތްކުރުމުގެ ބޭނުމަށް ދިވެހިރާއްޖޭގައި ތަކެތި އުފައްދާ ފަރާތްތަކުން، މި ގަވާއިދުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" ގައި ހިމެނޭ އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރާ އަދި އެ ތަކެތި ދިވެހިރާއްޖޭގައި އުފައްދާ ފަރާތްތައް ރަޖިސްޓަރީކުރާ ބައިގައި ރަޖިސްޓަރީވެފައި ވާންވާނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ރަޖިސްޓަރީނުކޮށް، އި މާރާތްކުރުމަށް ދިވެހިރާއްޖޭގައި ތަކެތި އުފެއްދުމަކީ މަނާކަމެކެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ރަޖިސްޓަރީވުމަށްފަހު، އިމާރާތްކުރުމަށް ދިވެހިރާއްޖޭގައި އުފައްދާ ތަކެތި އުފައްދަންވާނީ، މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ހ) ގަ އި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ފެތޭ ގޮތުގެ މަތީންނެވެ.

(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ރަޖިސްޓަރީކުރުމަށްފަހު، މި ގަވާއިދުގެ 15 ވަނަ މާއްދާގެ ދަށުން ހުށަހަޅަންޖެހޭ ޓެސްޓު ރިޕޯޓުތަކާއި ސްޕެސިފިކޭށަން ހުށަހެޅުމުން، އެއަށް ބެލުމަށްފަހު، އެ ތަކެއްޗަކީ މި ގަވާއިދުގެ 8 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ފެތޭ ތަކެތި ކަމަށް ވާނަމަ، އެ ފަރާތަކަށް އެ އެއްޗެއް އުފެއްދުމުގެ ހުއްދަ، ސަރުކާރު ބަންދުނޫން 10 (ދިހައެއް) ދުވަހުގެ ތެރޭގައި މިނިސްޓްރީން ދެވިދާނެއެވެ.

(ބ) މި ގަވާއިދުގެ ދަށުން އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި ދިވެހިރާއްޖޭގައި އުފައްދަން ހުއްދަ ދެވޭނީ ކޮންމެ ބާވަތަކަށް 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށެވެ.

(ޅ) މި މާއްދާގެ (ރ) ގައި ބަޔާންކުރާ ހުއްދައިގައި ތިރީގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ހިމަނަން ޖެހޭނެއެވެ.

  1. އުފައްދާ ބާވަތް؛
  2. ހުއްދައިގެ ނަންބަރު؛
  3. ހުއްދަދިން ފަރާތާއި އެ ފަރާތުގެ މައުލޫމާތު؛
  4. ހުއްދަ ލިބޭ ފަރާތާ ބެހޭ މައު ލޫމާތު؛
  5. އުފައްދާ ބާވަތުގެ ސްޓޭންޑަޑުތައް؛ އަދި
  6. ހުއްދަ ދޭ މުއްދަތު.

(ކ) މި މާއްދާގައި ބަޔާންކޮށްފައިވާ ހުއްދައިގެ މުއްދަތު ހަމަވުމުގެ 1 (އެކެއް) މަސްދުވަހުގެ ކުރިން އެ ހުއްދަ އައުކުރަން ހުށަހަޅަން ޖެހޭނެއެވެ. 

 

 

ހަތަރުވަނަ ބާބު

ތަކެތި އެތެރެކޮށް އުފައްދާ ފަރާތްތަކުގެ ޒިންމާތަކާއި، ތަކެތީގެ ފެންވަރު ހިފެހެއްޓުން

17 ވަނަ މާއްދާ - މި ގަވާއިދުގެ ދަށުން ހުއްދަދެވޭ ފަރާތްތަކުގެ ޒިންމާތައް

(ހ) މި ގަވާއިދުގެ ދަށުން އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމަށާއި ދިވެހިރާއްޖޭގައި އުފެއްދުމަށް ހުއްދަދޭ ފަރާތްތަކުން މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަމަލުކުރަން ވާނެއެވެ.

(ށ) އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރާ ފަރާތްތަކުންނާއި އެ ތަކެތި ދިވެހިރާއްޖޭގައި އުފައްދާ ފަރާތްތަކުން، ކަމާގުޅޭ އެންމެހައި ގާނޫނުތަކާއި ގަވާއިދުތަކުގެ މަގްސަދު ހާސިލުވާނޭ ގޮތަށް އަމަލުކުރަން ވާނެއެވެ.

(ނ) މި ގަވާއިދުގެ ދަށުން އިމާރާތްކުރުމުގެ ބޭނުމަށް އެތެރެކުރާ ތަކެއްޗާއި ދިވެހިރާއްޖޭގައި އުފައްދާ ތަކެއްޗަކީ އިމާރާތްކުރުމުގެ ސިނާއަތުގައި ބޭނުންކުރަން އެކަށީގެންވާ ފެންވަރުގެ ތަކެތިކަމާއި، އެ ތަކެއްޗަކީ މި ގަވާއިދުގައި ކަނޑައަޅައިފައިވާ މިންގަނޑުތަކަށް ފެތޭ ތަކެތިކަން، އެ ތަކެތި އެތެރެކުރާ ފަރާތްތަކުންނާއި އުފައްދާ ފަރާތްތަކުން ޔަގީން ކުރަން ވާނެއެވެ.  

 

18 ވަނަ މާއްދާ - މުދަލުގެ ފެންވަރު ހިފެހެއްޓުން

(ހ) އިމާރާތްކުރުމަށް އެތެރެކުރާ ތަކެއްޗާއި ދިވެހިރާއްޖޭގައި އުފައްދާ ތަކެތި ބޭނުންކުރުމުގެ ކުރިން ބަހައްޓަންވާނީ އެންމެ އެކަށީގެންވާ ގޮތެއްގެ މަތިން އެ ތަކެއްޗާއި، މީހުންނާއި، މާހައުލަށް ގެއްލުން ނުލިބޭގޮތަށާއި، އެ މުދަލުގެ އަސްލު ނުގެއްލޭ ގޮތެއްގެ މަތިންނެވެ. މިގޮތަށް އެ ތަކެތި އެކަށީގެންވާ ގޮތަށް ބެހެއްޓުމަކީ، އެތެރެކުރެވޭ ހިނދުން ފެށިގެން ބޭނުންކުރަން ފެށުމާ ހަމައަށް، އެ އިރެއްގައި އެ ތަކެއްޗާ ހަވާލުވެފައިވާ ފަރާތެއްގެ ޒިންމާއެކެވެ.

(ށ) އިމާރާތްކުރުމަށް އެތެރެކުރާ ތަކެއްޗާއި ދިވެހިރާއްޖޭގައި އުފައްދާ ތަކެތި ބޭނުންކުރުމުގެ ކުރިން ބަހައްޓަންވާނީ އެ ތަކެތި އުފައްދައިފައިވާ ފަރާތަކުން އެ ތަކެތި ރައްކައުކޮށް ބެހެއްޓުމަށް ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. މިގޮތަށް އެ ތަކެތި އެކަށީގެންވާ ގޮތަށް ބެހެއްޓުމަކީ، ދިވެހިރާއްޖެއަށް އެތެރެކުރާ ހިނދުން ފެށިގެން އިމާރާތްކުރުމަށް ބޭނުންކުރުމާ ހަމައަށް އެ އިރެއްގައި އެ ތަކެއްޗާ ހަވާލުވެފައިވާ ފަރާތެއްގެ ޒިންމާއެކެވެ.

(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރަށްވެސް މުދަލުގެ ރައްކައުތެރިކަމަށް އިސްކަމެއް ދޭންވާނެއެވެ. އެގޮތުން އެއްތަނުން އަނެއްތަނަށް މުދާ އުފުލުމުގައި ކަނޑު މަގުންނާއި ވައިގެ މަގުން މުދާ އުފުލުމުގައްޔާއި ވާރޭގައްޔާއި ހޫނުގައި މުދާ ރައްކައުތެރިކޮށް ކަމާލުކޮށް ބެހެއްޓުން ފަދަ ކަންކަންތަކަށް ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ. އަދި މުދާ އެތެރެކުރާ ފަރާތްތަކުން ނުވަތަ ދިވެހިރާއްޖޭގައި އުފައްދާ ފަރާތްތަކުން މި ކަންތައްތައް ފުރިހަމަ ނުކުރުމުގެ ސަބަބުން އެ ތަކެތީގެ ފެންވަރާމެދު ށަކުވާއެއް މިނިސްޓްރީއަށް ހުށަހެޅިއްޖެނަމަ، ނުވަތަ އެފަދަކަމެއް މިނިސްޓްރީއަށް ފާހަގަކުރެވިއްޖެނަމަ، "އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި ޓެސްޓުކުރުމުގެ ގަވާއިދު" ގެ ދަށުން އެ ތަކެތި ޓެސްޓުކުރުމަށްފަހު، އެއީ މަސައްކަތަށް އެކަށީގެންނުވާ ތަކެތި ނަމަ، މި ގަވާއިދުގެ 19 ވަނަ މާއްދާގެ (ށ) ގެ ދަށުން އެ ފަރާތަކާމެދު އަމަލުކުރެވޭނެއެވެ.

(ރ) އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރާ ފަރާތަކުން އެތެރެކުރާ ބާވަތަކާ ގުޅޭގޮތުން ނުވަތަ ދިވެހިރާއްޖޭގައި އެ ތަކެތި އުފައްދާ ފަރާތަކުން އުފައްދާ ބާވަތަކާ ގުޅޭގޮތުން ށަކުވާއެއް ހުށަހަޅައިފިނަމަ، ނުވަތަ މައްސަލައެއް ދިމާވެއްޖެނަމަ، މި ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) އާއި 8 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އެ ބާވަތެއް އުފެއްދި ފަރާތުން އެ ބާވަތަކަށް ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްހަމައެއްގައި ހުރިތޯ ބެލުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ބ) މި ގަވާއިދުގެ ދަށުން ހުއްދަ ދީފައިވާ ފަރާތްތަކުން، އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރަނީ ނުވަތަ އުފައްދަނީ އެ ތަކެއްޗައް ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތަށްތޯ ބެލުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

(ޅ) މި ގަވާއިދުގެ ދަށުން އެތެރެކުރާ ތަކެއްޗަކީ މި ގަވާއިދުގެ ދަށުން ކަނޑައަޅައިފައިވާ މިންގަނޑުތަކަށް ފެތޭ ތަކެތިކަން އެނގޭނޭ ސްޕެސިފިކޭށަން ލިޔެކިޔުންތައް، މިނިސްޓްރީން ނުވަތަ މުދާ ގަންނަ ފަރާތްތަކުން ބޭނުންވެއްޖެ ހާލަތެއްގައި، އެ ތަކެތި އެތެރެކޮށް ވިއްކާ ފަރާތްތަކުން، އެ ލިޔެކިޔުންތައް އެ ފަރާތަކަށް ފޯރުކޮށްދޭން ވާނެއެވެ.

(ކ) މި ގަވާއިދުގެ ދަށުން ދިވެހިރާއްޖޭގައި އުފައްދާ ތަކެއްޗަކީ މި ގަވާއިދުގެ ދަށުން ކަނޑައަޅައިފައިވާ މިންގަނޑުތަކަށް ފެތޭ ތަކެތިކަން އެނގޭނޭ ސްޕެސިފިކޭށަން ލިޔެކިޔުންތައް، މިނިސްޓްރީން ނުވަތަ މުދާ ގަންނަ ފަރާތްތަކުން ބޭނުންވެއްޖެ ހާލަތެއްގައި އެ ތަކެތި ދިވެހިރާއްޖޭގައި އުފައްދާ ފަރާތްތަކުން ނުވަތަ ވިއްކާ ފަރާތްތަކުން، އެ ލިޔެކިޔުންތައް އެ ފަރާތަކަށް ފޯރުކޮށްދޭން ވާނެއެވެ.

(އ) މިމާއްދާގެ (ރ) އަދި (ބ) ގެ ބޭނުމަށް މިނިސްޓްރީ އިން ޓެސްޓުކުރުމަށް ބޭނުންވާ ބާވަތްތަކުގެ ސާމްޕަލް، އެ ތަކެތި އުފެއްދި ފަރާތުން ބަދަލެއް ހޯދުމަކާ ނުލައި މިނިސްޓްރީއަށް ފޯރުކޮށްދޭން ވާނެއެވެ.

 

 

ފަސްވަނަ ބާބު

ގަވާއިދާ ހިލާފުވުމުން ފިޔަވަޅުއެޅުން

19 ވަނަ މާއްދާ - ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުން

އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރާ ފަރާތްތަކުންނާއި ދިވެހިރާއްޖޭގައި އެ ތަކެތި އުފައްދާ ފަރާތްތަކުން މި ގަވާއިދުގެ 13 ވަނަ މާއްދާއާއި 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހުށަހަޅާ ލިޔެކިޔުންތަކާއި ސެޓިފިކެޓުތަކަކީ ސައްހަ ނޫން ލިޔެކިޔުންތަކެއްކަން ސާބިތުވެއްޖެނަމަ، މިނިސްޓްރީން އެ މައްސަލައެއް ބެލުމަށްފަހު، 50،000 (ފަންސާސް ހާސް) ރުފިޔާއިން އެ ފަރާތެއް ޖޫރިމަނާ ކުރެވޭނެއެވެ.

(ށ) އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރާ ފަރާތްތަކުންނާއި އެ ތަކެތި ދިވެހިރާއްޖޭގައި އުފައްދާ ފަރާތްތަކުން އެތެރެކޮށްފައިވާ ނުވަތަ ވިއްކައިފައިވާ ތަކެއްޗާ ގުޅިގެން މިނިސްޓްރީއަށް މައްސަލައެއް ހުށަހަޅައިފިނަމަ، އެ މައްސަލައެއް ބެލުމަށްފަހު، ގަވާއިދާ ހިލާފުވެފައިވާކަން ސާބިތުވެއްޖެ ނަމަ، 50،000 (ފަންސާސް ހާސް)  ރުފިޔާ އިން އެ ފަރާތެއް ޖޫރިމަނާ ކުރެވޭނެއެވެ.

(ނ) އިމާރާތްކުރުމުގެ ބޭނުމަށް އެތެރެކުރާ ތަކެއްޗަކީ ނުވަތަ ދިވެހިރާއްޖޭގައި އުފައްދާ ތަކެއްޗަކީ ޓެސްޓުނުކޮށްހުރި ތަކެތިކަން ސާބިތުވެއްޖެނަމަ، ނުވަތަ އިމާރާތްކުރުމުގައި ބޭނުންކުރުމަށް ޓެސްޓުނުކޮށްހުރި ތަކެތި ވިއްކައިފިކަން ސާބިތުވެއްޖެނަމަ، މިނިސްޓްރީން އެ މައްސަލަ ބެލުމަށްފަހު، 50،000 (ފަންސާސް ހާސް) ރުފިޔާއިން އެ ފަރާތެއް ޖޫރިމަނާ ކުރެވޭނެއެވެ.

(ރ) އިމާރާތްކުރުމަށް އެތެރެކޮށްފައިވާ ތަކެއްޗަކީ ނުވަތަ ދިވެހިރާއްޖޭގައި އުފައްދާ ތަކެއްޗަކީ އެ ތަކެތީގެ ޓެސްޓުތަކުން ފެއިލްވާ ތަކެތިކަމަށް ސާބިތުވެއްޖެނަމަ، ނުވަތަ އިމާރާތްކުރުމުގައި ބޭނުންކުރުމަށް ފެއިލްވެފައިވާ ތަކެތި ވިއްކައިފިކަން ސާބިތުވެއްޖެނަމަ، މިނިސްޓްރީން އެ މައްސަލައެއް ބެލުމަށްފަހު، 50،000 (ފަންސާސް ހާސް)  ރުފިޔާއިން އެ ފަރާތެއް ޖޫރިމަނާ ކުރެވޭނެއެވެ.

(ބ) މި މާއްދާގެ (ހ) އާއި (ށ) އާއި (ނ) އާއި (ރ) ގައި ބަޔާންކޮށްފައިވާ ގޮތަށް ފިޔަވަޅުއެޅުމަށްފަހުވެސް އެފަދަ ކަމެއް ތަކުރާރުވެއްޖެނަމަ، 100،000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކުރުމާއެކު، އެ ބާވަތެއް އެތެރެކުރުމުގެ ހުއްދައާއި ދިވެހިރާއްޖޭގައި އުފައްދުމުގެ ހުއްދަ ހިފެހެއްޓޭނެއެވެ. އަދި އެ ފަރާތަކަށް ހުއްދަ ދެން ދެވޭނީ ޖޫރިމަނާކުރާ ތާރީހުން ފެށިގެން 6 (ހައެއް) މަސްދުވަސް ފަހުންނެވެ.

(ޅ) މި ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު މި މާއްދާގެ ދަށުން ފިޔަވަޅު އަޅަން ފަށާނީ، މި ގަވާއިދަށް އަމަލުކުރަން ފަށާތާ 90 (ނުވަދިހަ) ދުވަސް ހަމަވާ ދުވަހުން ފެށިގެންނެވެ. 

 

20 ވަނަ މާއްދާ - އާންމު އަދަބު 

މި ގަވާއިދުގެ ދަށުން ކަނޑައަޅައިފައިވާ ކަމަކާ ހިލާފުވުމުން، އެ ކަމަކާ ގުޅިގެން އަމަލުކުރާނެ ގޮތާއި ކުރެވޭ ޖޫރިމަނާއާ ބެހޭގޮތުން، މި ގަވާއިދުގެ އެހެން މާއްދާއަކުން ވަކި ގޮތަކަށް އަމަލުކުރުމަށް ކަނޑައަޅައިފައި ނުވާހައި ހިނދަކު، އެ ކަމަކާ ގުޅިގެން ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޖޫރިމަނާ ކުރުމާއެކު، އެ ކަމެއް ރަނގަޅުކުރުމަށް އެންގުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. 

(ހ) ގާނޫނުގެ ދަށުން ދޫކޮށްފައިވާ ހުއްދައެއް ނުވަތަ ހުއްދަތަކެއް ހިފެހެއްޓުން؛ ނުވަތަ 

(ށ) 100،000 (އެއްލައްކަ) ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން؛ ނުވަތަ

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހުއްދަ ހިފެހެއްޓުމާއެކު، 100،000 (އެއްލައްކަ) ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން؛ އަދި

(ރ) މިނިސްޓްރީން ވަކި ކަމެއް ރަނގަޅުކުރުމަށް އަންގައިފައިވާ ހާލަތުގައި، އެކަން ކުރުމަށް ދީފައިވާ މުއްދަތު ފާއިތުވާއިރުވެސް އެކަން ރަނގަޅުކޮށްފައި ނުވާނަމަ، އެ ކަމެއް ރަނގަޅުކުރުމާ ހަމައަށް ހިނގާ ކޮންމެ ދުވަހަކަށް، މި މާއްދާގެ ދަށުން ކުރެވޭ ޖޫރިމަނާގެ އަދަދުގެ %3 (ތިނެއް އިންސައްތަ) އިތުރަށް ޖޫރިމަނާކުރުން.

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

 

މައި ގާނޫނު

އިމާރާތްކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 4/2017)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު