-

ބިލްޑިންގ ކޯޑު

(ގަވާއިދު ނަންބަރު 2019-1020)

 1 ވަނަ މާއްދާ -  ތައާރަފާއި ނަން

(ހ)  މި ގަވާއިދަކީ، ދިވެހިރާއްޖޭގައި އިމާރާތްކުރުމުގެ މިންގަނޑުތަކާ ގުޅޭގޮތުން ކަންކަން ބަޔާންކުރުމަށްޓަކައި ގާނޫނު ނަންބަރު 2017-04 (އިމާރާތްކުރުމުގެ ގާނޫނު) ގެ 95 މާއްދަގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދަށް ކިޔާނީ، "ބިލްޑިންގ ކޯޑު" އެވެ.

 

2 ވަނަ މާއްދާ - މަގްސަދު

މި ގަވާއިދު އެކުލަވައިލުމުގެ މަގްސަދަކީ، އަންނަނިވި ކަންކަން ހާސިލުކުރުމެވެ.

(ހ) އިމާރާތްތަކަކީ ރައްކައުތެރި ތަންތަން ކަމުގައި ހެދުމަށާއި، އެ ތަންތަން ބޭނުންކުރާ ފަރާތްތަކަށް ގެއްލުމެއް ނުލިބޭ ރައްކައުތެރި ތަންތަނަށް ހެދުމަށް މަގުފަހިކުރުން؛

(ށ) އިމާރާތްތަކަކީ އެ އިމާރާތްތަކުގެ ބޭނުންކުރާ ފަރާތްތަކަށް ދުޅަހެޔޮ ސިއްހަތަށް މަގުފަހިކޮށްދޭ، ތަނަވަސްކަން ލިބޭ މާހައުލަކަށް ހެދުން؛

(ނ) ހާދިސާއެއް މެދުވެރިވާ ހާލަތްތަކުގައި އިމާރާތް ބޭނުންކުރާ ފަރާތްތަކަށް ރައްކަކުތެރިކަން ލިބިދިނުމާއި، އެފަދަ ހާލަތްތަކުގައި ސަލާމަތްތެރިކަމާއެކު އިމާރާތުން ނިކުމެވޭނެގޮތް ހެދުމަށް މަގުފަހިކުރުން؛

(ރ) ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިވާނެގޮތަކަށް އިމާރާތް ފަރުމާކުރުމަށާއި، އިމާރާތް ކުރުމަށާއި، އިމާރާތް ބޭނުންކުރުމަށް މަގުފަހިކުރުން.

(ބ) އިމާރާތަކުން ހާސިލުވާންޖެހޭ ކަންކަން (ފަންކްށަނަލް ރިކްވަޔަރމަންޓް) ކަނޑައެޅުން؛

(ޅ) އިމާރާތަކުން ހާސިލުވާންޖެހޭ ކަންތައްތަކުގެ މިންވަރު (ޕަރފޯމަންސް ކްރައިޓީރިއާ) ކަނޑައެޅުން؛

(ކ) އިމާރާތަކުން ހާސިލުވާންޖެހޭ ކަންކަން (ފަންކްށަނަލް ރިކްވަޔަރމަންޓް) އަދި އިމާރާތަކުން ހާސިލުވާންޖެހޭ ކަންތައްތަކުގެ މިންވަރު (ޕަރފޯމަންސް ކްރައިޓީރިއާ) ޔަގީންކަމާއެކު ހާސިލުކުރެވޭނެ ގޮތެއް (އެކްސެޕްޓަބަލް ސޮލިއުށަން) ނުވަތަ ބިލްޑިންގ ކޯޑުގެ މަގްސަދު ހާ ސިލުވާނެކަން ދެނެގަނެވޭނެ ގޮތެއް (ވެރިފިކޭށަން މެތަޑް) ކަނޑައެޅުމަށް ބޭނުންވާ މިންގަނޑުތައް "ކޮމްޕްލަޔަންސް ޑޮކިއުމްންޓް" ތައް އެކުލަވައިލުން.

 

3 ވަނަ މާއްދާ - ގަވާއިދު ހިންގުމާއި ތަންފީޒުކުރުން

މި ގަވާއިދު ތަންފީޒުކުރާނީ، އިމާރާތްކުރުމާ ގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމުގެ ޒިންމާ އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއިންނެވެ.

 

4 ވަނަ މާއްދާ - އަމަލުކުރަން ފަށާ ތާރީހު

މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

5 ވަނަ މާއްދާ - މި ގަވާއިދާ އެއްގޮތަށް އިމާރާތްކުރުން

އިމާރާތްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ކުރެހުންތަކާއި، ތަފުސީލުތަކާއި، އިމާރާތްކުރުމުގެ ގާނޫނުގެ ދަށުން ކުރާ އިމާރާތްތަކުގެ މަސައްކަތާއި، އިމާރާތްތައް ހުންނަންވާނީ، ބިލްޑިންގ ކޯޑާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 

6 ވަނަ މާއްދާ - އިންތިގާލީ މަރުހަލާ

(ހ) މި ގަވާއިދުގެ B1 އާއި B2 (ސްޓްރަކްޗަރއާއި ޑިއުރަބިލިޓީ) ގެ މާއްދާތަކަށް އަމަލުކުރަން ފަށަންދެން، އިމާރާތުގެ ސްޓްރަކްޗަ ރަލް ޑިޒައިން ކުރަންވާނީ، BS (ބްރިޓިށް ސްޓޭންޑަޑް)، ނުވަތަ EN (ޔޫރަޕިއަން ސްޓޭންޑަޑް) ނުވަތަ IS (އިންޑިއަން ސްޓޭންޑަޑް) ނުވަތަ AS (އޮސްޓްރޭލިއަން ސްޓޭންޑަޑް) ނުވަތަ މިނިސްޓްރީން އާންމުކޮށް އަންގާ އިއުލާނުކުރާ ސްޓޭންޑަރޑްތަކާއި އެއްގޮތްވާގޮތުގެ މަތިންނެވެ.

(ށ) މި ގަވާއިދުގެ C1 އިން ފެށިގެން C4 ވަނަ (ފަޔަރ ސޭފްޓީ) މާއްދާއާ ހަމައަށް އަމަލުކުރަން ފަށަންދެން، ބާވަތް 1 ގެ އިމާރާތްތަކުގެ ތެރެއިން އިދާރީ ގަވާއިދު ގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތަންތަން ޑިޒައިންކުރަންވާނީ މޯލްޑިވްސް ނޭށަނަލް ޑިފެންސް ފޯސް އިން އަމަލުކުރަމުންދާ ފަޔަރ ސޭފްޓީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

(ނ) މި ގަވާއިދުގެ F4 (ސޭފްޓީ ފްރޮމް ފޯލިންގ) ވަނަ މާއްދާއަށް އަމަލުކުރަން ފަށަންދެން، ބާވަތް 1 ގެ އިމާރާތްތަކުގެ ތެރެއިން މީހުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގައި ހަދާ އިމާރާތްތަކުގެ ރެއިލިންގ (ޗެންޗޭނު) އާއި ކުޑަދޮރުތައް ޒައިންކުރަންވާނީ މާލޭ ޕްލޭނިންގ ގަވާއިދާއި، ޕްލޭނިންގ ގަވާއިދެއް ނެތް ރަށްރަށުގައި އިމާރާތްކުރަންވީ ގޮތު ގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

(ރ) މި ގަވާއިދުގެ F7 ވަނަ (ވޯ ނިންގ ސިސްޓަމްސް) މާއްދާއަށް އަމަލުކުރަން ފަށަންދެން، ބާވަތް 1 ގެ އިމާރާތްތަކުގެ ތެރެއިން އިދާރީ ގަވާއިދުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތަންތަން ޑިޒައިންކުރަންވާނީ، މޯލްޑިވްސް ނޭށަނަލް ޑިފެންސް ފޯސް އިން އަމަލުކުރަމުންދާ ފަޔަރ ސޭފްޓީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

(ބ) މި ގަވާއިދުގެ G4 އާއި G7 ވަނަ (ވެންޓިލޭށަނާއި ނެޗުރަލް ލައިޓް) މާއްދާއަށް އަމަލުކުރަން ފަށަންދެން، ބާވަތް 1 ގެ އިމާރާތްތަކުގެ ތެރެއިން މީހުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގައި ހަދާ އިމާރާތްތަކުގެ ވައި ދައުރުކުރުވުމަށާއި ނެޗުރަލް ލައިޓް (ގުދުރަތީ އަލި) ފޯރުކޮށްދިނުމަށް ޑިޒައިންކުރަންވާނީ، މާލޭ ޕްލޭނިންގ ގަވާއިދާއި، ޕްލޭނިންގ ގަވާއިދެއް ނެތް ރަށްރަށުގައި އިމާރާތްކުރަންވީ ގޮތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

(ޅ) މި ގަވާއިދުގެ G9 ވަނަ (އިލެކްޓްރިސިޓީ) މާއްދާއަށް އަމަލުކުރަން ފަށަންދެން، ބާވަތް 1 ގެ އިމާރާތްތަކުގެ ތެރެއިން މީހުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގައި ހަދާ އިމާރާތްތަކުގެ ކަރަންޓުގެ ނިޒާމު ޑިޒައިންކުރަންވާނީ، މޯލްޑިވްސް އެނަރޖީ އޮތޯރިޓީން އާންމުކޮށްފައިވާ "މާލެއާއި ރާއްޖެތެރޭގައި އާންމުކޮށް އިލެކްޓްރިކް ކަރަންޓް ދިނުމާ ބެހޭ ގަވާއިދު"ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

(ކ) މި ގަވާއިދުގެ G10 ވަނަ (ޕައިޕްޑް ސަރވިސް) މާއްދާއަށް އަމަލުކު ރަން ފަށަންދެން، ބާވަތް 1 ގެ އިމާރާތްތަކުގައި ހޮޅި އަޅައިގެން ދޭ ހިދުމަތްތަކުގެ ނިޒާމުތައް ޑިޒައިންކުރަންވާނީ، އެ ރަށެއްގައި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ހަވާލުކޮށްފައިވާ ހިދުމަތްދޭ ފަރާތުން ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ.

(އ) މި ގަވާއިދުގެ G12 ވަނަ (ވޯޓަރ ސަޕްލައިޒް) މާއްދާއަށް އަމަލުކުރަން ފަށަންދެން، ބާވަތް 1 ގެ އިމާރާތްތަކުގައި ފެނުގެ ހިދުމަތް ދިނުމަށް ގާއިމްކުރާ ނިޒާމު ޑިޒައިން ކުރަންވާނީ، އެ ރަށެއްގައި ފެނުގެ ހިދުމަތް ދިނުމަށް ހަވާލުކޮށްފައިވާ ފަރާތުން ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

(ވ) މި ގަވާއިދުގެ G13 އާއި G15 ވަނަ (ފައުލް ވޯޓަރއާއި ސޮލިޑް ވޭސްޓް) މާއްދާއަށް އަމަލުކުރަން ފަށަންދެން، ބާވަތް 1 ގެ އިމާރާތްތަކުގައި ހަޑިފެނާއި ނަޖިސް ފެނުގެ ހިދުމަތް ދިނުމަށް ގާއިމްކުރާ ނިޒާމު ޑިޒައިން ކުރަންވާނީ، އެ ރަށެއްގައި ނަރުދަމާގެ ހިދުމަތް ދިނުމަށް ހަވާލުކޮށްފައިވާ ފަރާތުން ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

 

7 ވަނަ މާއްދާ - ކޮމްޕްލަޔަންސް ޑޮކިއުމަންޓާއި ކޯޑް ކޮމްޕްލަޔަންސް ޑޮކިއުމަންޓުގައި ހިމަނަންވީ ބައިތައް

(ހ) ބިލްޑިންގ ކޯޑުގައި، ތިރީގައި ބަޔާންކޮށްފައިވާ ބައިތައް ހިމަނަންވާނެއެވެ.

  1. އިމާރާތަކުން ހާސިލުވާންޖެހޭ ކަންކަން (ފަންކްށަނަލް ރިކްވަޔަރމަންޓް) ކަނޑައެޅުން؛
  2. އިމާރާތަކުން ހާސިލުވާންޖެހޭ ކަންތައްތަކުގެ މިންވަރު (ޕަރފޯމަންސް ކްރައިޓީރިއާ) ކަނޑައެޅުން؛

(ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން، ބާވަތް 1 އާ ގުޅޭ ބައިތައް، މި ގަވާއިދުގެ 1 ވަނަ ބައިގައި އިނގިރޭސިބަހުން ހިމަނައިފައި ވާނެއެވެ.

(ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ހާސިލުކުރުމަށްޓަކައި ތިރީގައި
ބަޔާންކޮށްފައިވާ ގޮތްތައް ހިމެނޭގޮތަށް "ކޮމްޕްލަޔަންސް ޑޮކިއުމަންޓް" ގެ ނަމުގައި މިންގަނޑުތަކެއް އެކުލަވައިލައި، އެ މިންގަނޑުތައް މިނިސްޓްރީން އާންމުކުރަންވާނެއެވެ.

  1. ކަންކަން ޔަގީންކަމާއެކު ހާސިލުކުރެވޭނެ ގޮތެއް (އެކް ސެޕްޓަބަލް ސޮލިއުށަން)؛
  2. ބިލްޑިންގ ކޯޑުގެ މަގްސަދު ހާސިލުވާނެކަން ދެނެގަނެވޭނެ ގޮތެއް (ވެރިފިކޭށަން މެތަޑް).

 

8 ވަނަ މާއްދާ - ބާވަތް 1 ގެ އިމާރާތްތަކާ ގުޅޭ ކޮމްޕްލަޔަންސް ޑޮކިއުމަންޓް އެކުލަވައިލުން

މި ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެން ތިރީގައި ބަޔާންކޮށްފައިވާ ބާވަތް 1 ގެ އިމާރާތްތަކާ ގުޅޭ ކޮމްޕްލަޔަންސް ޑޮކިއުމަންޓުތައް، ތިރީގައި ބަޔާންކޮށްފައިވާ މުއްދަތުތަކުގެ ތެރޭގައި، މިނިސްޓްރީން ހަދައި އާންމުކުރުމާއެކު، އާންމުކުރި ތާރީހުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، މި ގަވާއިދުގެ 1 ވަނަ ބައިގައި ބަޔާންކޮށްފައިވާ އެ ކޮމްޕްލަޔަންސް ޑޮކިއުމަންޓަކާ ގުޅޭ މާއްދާއަށާއި ކޮމްޕްލަޔަންސް ޑޮކިއުމަންޓަށް އަމަލުކުރަން ފަށަންވާނެއެވެ.

(ހ) B1 ސްޓްރަކްޗަރ: 6 (ހައެއް) މަސްދުވަހުގެ ތެރޭގައި؛

(ށ) B2 ޑިއުރަބިލިޓީ: 6 (ހައެއް) މަސްދުވަހުގެ ތެރޭގައި؛

(ނ) C1 މީންސް އޮފް އެސްކޭޕް :6 (ހައެއް) މަސްދުވަހުގެ ތެރޭގައި؛

(ރ) C2 ސްޕްރެޑް އޮފް ފަޔަރ: 6 (ހައެއް) މަސްދުވަހުގެ ތެރޭގައި؛

(ބ) C3 ސްޓްރަކްޗަރަލް ސްޓެބިލިޓީ ޑިއުރިންގ ފަޔަރ: 6 (ހައެއް) މަސްދުވަހުގެ ތެރޭގައި؛

(ޅ) C4 އެކްސެސް އެންޑް ފެސިލިޓީޒް ފޮރ ފަޔަރ ސަރވިސް : 6 (ހައެއް) މަސްދުވަހުގެ ތެރޭގައި؛

(ކ) D1 އެކްސެސް ރޫޓްސް: 6 (ހައެއް) މަސްދުވަހުގެ ތެރޭގައި؛

(އ) D2 މެކޭނިކަލް އިންސްޓޮލޭށަން ފޮރ އެކްސެސް: 6 (ހައެއް) މަސްދުވަހުގެ ތެރޭގައި؛

(ވ) E1 ސަރފަސް ވޯޓަރ: 1 ( އެކެއް) އަހަރުދުވަހުގެ ތެރޭގައި؛

)މ( E2 އެކްސްޓަރނަލް މޮއިސްޗަރ: 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި؛

(ފ) E3 އިންޓަރނަލް މޮއިސްޗަރ: 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި؛

(ދ) F1 ހެޒަޑަސް އޭޖަންޓްސް އޮން ސައިޓް: 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި؛

(ތ) F2 ހެޒަޑަސް ބިލްޑިންގ މެޓީރިއަލްސް: 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި؛

(ލ) F3 ހެޒަޑަސް ސަބްސްޓަންސަސް އެންޑް ޕްރޮސެސް: 1 ( އެކެއް) އަހަރުދުވަހުގެ ތެރޭގައި؛

(ގ) F4 ސޭފްޓީ ފްރޮމް ފޯލިންގ: 6 (ހައެއް) މަސްދުވަހުގެ ތެރޭގައި؛

(ޏ) F5 ކޮންސްޓްރަކްށަން އެންޑް ޑިމޮލިށަން ހެޒަޑްސް: 6 (ހައެއް) މަސްދުވަހުގެ ތެރޭގައި؛

(ސ) F6 ލައިޓިންގ ފޮރ އިމަރޖެންސީޒް: 6 (ހައެއް) މަސްދުވަހުގެ ތެރޭގައި؛

(ޑ) F7 ވޯނިންގ ސިސްޓަމްސް: 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި؛

(ޒ) F8 ސައިންސް :6 (ހައެއް) މަސްދުވަހުގެ ތެރޭގައި؛

(ޓ) G1 ޕަރސަނަލް ހައިޖީން: 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި؛

(ޔ) G2 ލޯންޑަރިންގ: 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި؛

(ޕ)  G3 ފުޑް ޕްރިޕަރޭށަން އެންޑް ޕްރިވެންށަން އޮފް ކޮންޓެމިނޭށަން: 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި؛

(ޖ) G4 ވެންޓިލޭށަން :6 (ހައެއް) މަސްދުވަހުގެ ތެރޭގައި؛

(ޗ) G5 އިންޓީރިއަރ އެންވަޔަރަންމަންޓް :1 ( އެކެއް) އަހަރުދުވަހުގެ ތެރޭގައި؛

(ހހ) G6 އެއަރބޯން އެންޑް އިމްޕެކްޓް ސައުންޑް: 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި؛

(ހށ) G7 ނެޗުރަލް ލައިޓް: 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި؛

(ހނ) G8 އާޓިފިށަލް ލައިޓް: 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި؛

(ހރ) G9 އިލެކްޓްރިސިޓީ :1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި؛

(ހބ) G10 ޕައިޕްޑް ސަރވިސަސް: 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި؛

(ހޅ) G11 ގޭސް އޭޒް އެން އެނަރޖީ ސޯސް: 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި؛

(ހކ) G12 ވޯޓަރ ސަޕްލައިޒް: 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި؛

(ހއ) G13 ފައުލް ވޯޓަރ: 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި؛

(ހވ) G14 އިންޑަސްޓްރިއަލް ލިކުއިޑް ވޭސްޓް: 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި؛

(ހމ) G15 ސޮލިޑް ވޭސްޓް: 1 (އެކެއް) އަހަރުދުވަހުގެ ތެރޭގައި؛

(ހފ) H1 އެނަރޖީ އެފީށިއަންސީ: 6 (ހައެއް) މަސްދުވަހުގެ ތެރޭގައި؛

 

9 ވަނަ މާއްދާ - ބާވަތް 2 ގެ އިމާރާތްތަކާ ގުޅޭ ކޯޑުގެ މާއްދާތަކާއި ކޮމްޕްލަޔަންސް ޑޮކިއުމަންޓް އެކުލަވައިލުން

ބާވަތް 2 ގެ އިމާރާތްތަކަށް މި ގަވާއިދުގެ 7 ވަނަ މާއްދާގައި ބުނާ ކަންތައްތައް ހިމެނޭގޮތަށް ކޯޑުގެ މާއްދާތަކާއި ކޮމްޕްލަޔަންސް ޑޮކިއުމަންޓް އެކުލަވައިލައި، މި ގަވާއިދުގެ ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހުން ފެށިގެން 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި ހަދައި އާންމުކޮށް، އާންމުކުރާ ތާރީހުން ގިނަވެގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެ މާއްދާތަކަށް އަމަލުކުރަން ފަށަންވާނެއެވެ.

 

10 ވަނަ މާއްދާ - ގަވާއިދާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުން

(ހ) ބިލްޑިންގ ކޯޑާ ހިލާފަށް ކުރެހުމެއް ތައްޔާރުކޮށްފައިވާ ނަމަ، އެ ކުރެހުން ޑިޒައިންކުރި ފަރާތްތަކާއި ޗެކްކުރި ފަރާތްތަކާމެދު "އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު" ގެ 24 ވަނަ މާއްދަގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.

(ށ) ބިލްޑިންގ ކޯޑާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ކުރެހުމަކާ ހިލާފަށް އިމާރާތެއް ކޮށްފިނަމަ، އެ ފަރާތަކާމެދު "އިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދު" ގެ 133 ވަނަ މާއްދަގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.

(ނ) މި ގަވާއިދާ ހިލާފުވުމުން، ހިލާފުވީ ކަމެއް މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ މާއްދާތަކަށް ނުފެތޭނަމަ، އެ ފަރާތަކާމެދު "އިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދު" ގެ 140 ވަނަ މާއްދަގެ ދަށުން ފިޔަވަޅު އެޅޭނެއެވ

 

11 ވަނަ މާއްދާ - އިސްތިއުނާފުކުރުން

މި ގަވާއިދުގެ ދަށުން އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާއަކުން އަޅާ ފިޔަވަޅާކާމެދު ހިތްހަމަނުޖެހޭ ފަރާތަކުން "މި ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުން ނިންމާ ކަންކަން އިސްތިއުނާފު ކުރުމުގެ ގަވާއިދު" ގައިވާ ގޮތަށް އެކަމެއް ބަލައިދިނުމަށް އެދި މިނިސްޓްރީއަށް ހުށަހެޅިދާނެއެވެ. މި މާއްދާގެ (ހ) ގައިވާ ފަދައިން އިސްތިއުނާފުކުރުމަށް އެދި ހުށަހެޅުމުން (ށ) މިނިސްޓްރީން "މި ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުން ނިންމާ ކަންކަން އިސްތިއުނާފު ކުރުމުގެ ގަވާއިދު" ގައިވާ ގޮތުގެ މަތިން އެކަމެއް ބަލަންވާނެއެވެ.

  

 

މި ގަވާއިދުގެ ޖަދުވަލުތައް އެޓޭޗްކުރެވިފައިފާ ފައިލުގައި ހިމެނިފައި

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

2 ވަނަ އިސްލާހު

 

މައި ގާނޫނު

އިމާރާތްކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 2017-04)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު