-

އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަކިވާ ފަނޑިޔާރުންނަށާއި، 55 އަހަރު ނުވިނަމަވެސް އަމިއްލައަށް އެދިގެން ސިއްހީ ސަބަބުތަކަކަށްޓަކައި މަގާމުން މުސްކުޅިކުރާ ފަނޑިޔާރުންނަށް އިނާޔަތް ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު 

(ގަވާއިދު ނަންބަރު 51/2013)

އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 96/2016)

 

1 ވަނަ މާއްދާ -

"އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަކިވާ ފަނޑިޔާރުންނަށާއި، 55 އަހަރު ނުވިނަމަވެސް އަމިއްލައަށް އެދިގެން ޞިއްހީ ސަބަބުތަކަކަށްޓަކައި މަގާމުން މުސްކުޅިކުރާ ފަނޑިޔާރުންނަށް އިނާޔަތް ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" ގެ 6 ވަނަ މާއްދާގެ (ރ) އުނިކޮށް އެ މާއްދާގެ ދެން ހުރި ވިޔަނިތައް އަލުން ތަރުތީބުކުރުން.

އިޞްލާހު ގެނައުމުން 6 ވަނަ މާއްދާ އޮންނަންވީގޮތް ތިރީގައި މި ވަނީއެވެ.

އެހެނިހެން އިނާޔަތްތައް 6.

މި ގަވާއިދުގެ 3 ވަނަ މާއްދާގެ (ނ) ގެ ދަށުން އަންނަނިވި އިނާޔަތްތައް ލިބިދެވޭނެއެވެ.

(ހ) ލިވިންގ އެލަވަންސް

(ށ) މެޑިކަލް އިންށުއަރެންސް

(ނ) ސެކިއުރިޓީ

(ރ) ށަރަފުވެރިކަމާއެކު ވަކިވުމުން ދެވޭ ލަގަބު

 

ލިވިންގ އެލަވަންސް

ލިވިންގ އެލަވަންސެއްގެ ގޮތުގައި އެ ފަނޑިޔާރަކު ވަކިވާއިރު ހުރި ކޯޓެއްގެ ފަނޑިޔާރަކަށް ލިބޭ ލިވިންގ އެލަވަންސާ އެއްވަރުގެ މާލީ އިނާޔަތެއް ލިބިދެވޭނެއެވެ.

 

މެޑިކަލް އިންށުއަރެންސް

މެޑިކަލް އިންށުއަރެންސްގެ ގޮތުގައި އެ ފަނޑިޔާރަކު ވަކިވާއިރު ހުރި ކޯޓެއްގެ ފަނޑިޔާރަކަށް ލިބޭ މެޑިކަލް އިންށުއަރެންސް "ޕެކޭޖު" އާ އެއްވަރުގެ ޕެކޭޖެއް ހަމަޖައްސައި، އޭގެދަށުން މަގާމުން ވަކިވާ ފަނޑިޔާރަށާއި، އެ ފަނޑިޔާރެއްގެ އަނބިމީހާ ނުވަތަ ފިރިމީހާއަށާއި 18 އަހަރު ނުފުރޭ ދަރިންނަށް ޞިއްހީ ފަރުވާ ލިބިދެވޭނެއެވެ.

 

ސެކިއުރިޓީ

ށަރުއީ ކޯޓެއްގައި ފަނޑިޔާރުކަން ކޮށްފައިވާ މީހަކަށް އެބޭފުޅަކު އަދާކޮށްފައިވާ މަގާމާ އެކަށީގެންވާ ރަނގަޅު ފެންވަރުގެ ސަލާމަތީގޮތުން ހިމާޔަތާއި ރައްކާތެރިކަން ލިބިދެވޭނެއެވެ.

 

ށަރަފުވެރިކަމާއެކު ވަކިވުމުން ދެވޭ ލަގަބު

އެ މީހަކީ ސުޕްރީމްކޯޓު ނުވަތަ ހައިކޯޓުގައި މަސައްކަތްކުރި ފަނޑިޔާރެއްނަމަ،އެމީހަކަށް މުހާތަބުކުރުމުގައި އެމީހެއްގެ ނަމުގެ ކުރިއަށް "ޖަސްޓިސް (ރިޓަޔަ ރޑް)" މި ލަގަބު ބޭނުންކުރުން. އަދި އެމީހަކީ ދަށު ކޯޓުތަކުގެ ތެރެއިން ސުޕީރިއަރ ކޯޓުގައި މަސައްކަތްކުރި ފަނޑިޔާރެއްނަމަ، "ޖަޖް (ރިޓަޔަރޑް)" މި ލަގަބު ބޭނުންކުރުން. އަދި އެ މީހަކީ މެޖިސްޓްރޭޓް ކޯޓުގައި މަސައްކަތްކުރި ފަނޑިޔާރެއްނަމަ، "މެޖިސްޓްރޭޓް (ރިޓަޔަ ރޑް)" މި ލަގަބު ބޭނުންކުރުން.

 

2 ވަނަ މާއްދާ - މި އިޞްލާހަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަކިވާ ފަނޑިޔާރުންނާއި، 55 އަހަރު ނުވިނަމަވެސް އަމިއްލައަށް އެދިގެން ސިއްހީ ސަބަބުތަކަށްޓަކައި މުސްކުޅިކުރާ ފަނޑިޔާރުންނަށް އިނާޔަތް ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު (ގަވާއިދު ނަންބަރު 51/2013)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަކިވާ ފަނޑިޔާރުންނާއި، 55 އަހަރު ނުވިނަމަވެސް އަމިއްލައަށް އެދިގެން ސިއްހީ ސަބަބުތަކަށްޓަކައި މުސްކުޅިކުރާ ފަނޑިޔާރުންނަށް އިނާޔަތް ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު (ކޮންސޮލިޑޭޓެޑް ނަންބަރު 2013-51)

 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު