-

ކަސްޓަމްސްގެ އާންމު ގަވާއިދު 2011 އަށް 4 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 84/2016)

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 17 ވަނަ ބައި އަންނަނިވި ގޮތުން އިސްލާހުކުރުން.

485 . ފައިސާގެ އިނާމު ދެވޭނެ ފަރާތްތައް

މި ގަވާއިދުގެ ދަށުން ފައިސާގެ އިނާމު ދެވޭނީ ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ.

(ހ) ގާނޫނާއި ގަވާއިދާ ހިލާފު މައްސަލަތައް ފޯދާ ކަސްޓަމްސްގެ މުވައްޒަފުންނަށް

(ށ) ކަސްޓަމްސްެ މުވައްޒަފުން ފިޔަވައި، މަސްތުވާތަކެތީގެ މައްސަލަތަކާއި ކަސްޓަމްސްއިސް ޖޫރިމަނާކުރެވޭ މައްސަލަތަކުގެ މައުލޫމާތު ކުރީބައިގައި ކަސްޓަމްސްއަށް ދޭ ފަރާތްތަކަށް؛

 

486 . ކަސްޓަމްސްއަށް މައުލޫމާތު ދޭ ފަރާތްތަކަށް ފައިސާގެ އިނާމު ދިނުން

(ހ) މަސްތުވާތަކެތީގެ މައްސަލަތަކާއި ކަސްޓަމްސްއިން ޖޫރިމަނާކުރެވޭ މައްސަލަތަކުގެ މައުލޫމާތު ކަސްޓަމްސްއަށް ދޭ އާންމު ފަރާތްތަކަށް ފައިސާގެ އިނާމު ދެވޭނީ، އެފަރާތުން ދިން މައުލޫމާތުގެ މައްޗަށް ބިނާކޮށް އެ މައްސަލައެއް ފަހާގަކުރެވުމުގެ އިތުރުން އެ މައުލޫމާތަކީ މަސްޓަމްސްއަށް އެހެންގޮތަކުން އެ މައުލޫމާތު ލިބުމުގެ ކުރިން ނުވަތަ ކަސްޓަމްސްއިން އެ މައްސަލަ ފާހަގަކުރުމުގެ ކުރިން ކަސްޓަމްސްއަށް ދީފައިވާ މައުލޫމާތަކަށް ވާނަމައެވެ.

 

487 . ކަސްޓަމްސްގެ މުވައްޒަފުންނަށް ފައިސާގެ އިނާމު ދިނުން

(ހ) ކަސްޓަމްސްގެ މުވައްޒަފުންނަށް ފައިސާގެ އިނާމު ދެވޭނީ، ގާނޫނާއި ގަވައިދާ ހިލާފުވުމުގެ ސަބަބުން ކަސްޓަމްސުން ޖޫރިމަނާކުރާ މައްސަލަޔަކުގައެވެ.

(ށ) މި މާއްދާގެ (ހ) ގެ ދަށުން ކަސްޓަމްސްހެ މުވައްޒަފުންނަށް ދެވޭ ފައިސާއަކީ މި ގަވާއިދާގެ ދަށުން ކަސްޓަމްސްގެ މުވައްޒަފުންގެ ވެލްފެއަރ ފަންޑަށް ޖަމާކުރެވޭ ފައިސާއެވެ. އަދި އެފައިސާ ހަރަދުކުރަންވާނީ މަސްޓަމްސްއިން ކަނޑައަޅާ ގޮތެއްގެމަތީން ކަސްޓަމްސްގެ މުވައްޒަފުންގެ ވެލްފެއަރގެ ކަންތައްތަކަށެވެ.

 

488 . ޖޫރިމަނާ ކުރެވޭ މައްސަލައަކުގައި ލިބޭ ފައިސާ ބަހާކެވޭގޮތާއި ފައިސާގެ އިނާމު ދުނުމަށް ފައިސާ ހޯދާނެގޮތް

 (ހ) ގާނޫނާއި ގަވައިދާ ހިލާފު މައްސަލަތަކުގައި ކަސްޓަމްސްއިންކުރާ ޖޫރިމަނާ ފައިސާގެ %45 (ސާޅިސްފަހެއް އިންސައްތަ) އަށްވާ ފައިސާ ޖަމާކުރަންވާނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެ ޒަރީން ކަނޑައަޅާ އެކައުންޓަކަށެވެ. ބާކީ ފައިސާ ޖަމާކުރަންވާނީ ކަސްޓަމްސް މުވައްޒަފުންގެ ވެލްފެއަރ ފަންޑަށެވެ.

(ށ) މަސްތުވާތަކެތީގެ މައްސަލަތަކުގެ މައުލޫމާތު ކަސްޓަމްސްއަށް ދޭ، އާންމު ފަރާތްތަކަށް ފައިސާފެ އިނާމު ދިނުމަށްޓަކައި ކަސްޓަމްސްއިން އެ ފައިސާ ހޯދަންވަނީ، ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ބަޖެޓުގައި ހިމަނައިގެންނެވެ. ކަސްޓަމްސްއިން ޖޫރިމަނާ ކުރާ މައްސަލަތަކުގެ މައުލޫމާތު ކަސްޓަމްސްއަށް ދޭ އާންމު ފަރާތްތަކަށް ފައިސާގެ އިނާމު ދޭނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަސްޓަމްސްގެ މުވައްޒަފުންގެ ވެލްފެއަރ ފަންޑުން ޖަމާކުރާ ފައިސާއިންނެވެ.

 

489 . ޖޫރިމަނާކުރެވޭ މައްސަލަތަކުގައި އާންމު ފަރާތްތަކަށް ފައިސާ ދެވޭނެ މިންވަރު

(ހ) ކަސްޓަމްްސްއިން ޖޫރިމަނާ ކުރެވޭ، ގަވާއިދާ ހިލާފު މައްސަލަތަކުގެ މައުލޫމާތު ކަސްޓަމްސްއަށް ދޭ، އާންމު ފަރާތްތަކަށް ފައިސާގެ އިނާމުގެ ގޮތުގައި ދެވޭނީ އެ މައްސަލައިގައި ކުރެވުނު ޖޫރިމަނާގެ %45 އަށްވާ ފައިސާއެވެ. މިގޮތުން އެއް މައްސަލައެއްގައި އެންމެ ގިނައިން ދެވޭނީ 30000 (ތިރީސްހާސް) ރުފިޔާއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން އެ މައުލޫމާތު ދިން ފަރާތަށް ދޭންޖެހޭ ފައިސާގެ އިނާމު ދިނުމަށްފަހު، ބާކީވާ ފައިސާ ޖަމާކުރާނީ ކަސްޓަމްސް މުވައްޒަފުންގެ ވެލްފެއަރ ފަންޑަށެވެ.

 

490 . މަސްތުވާތަކެތީގެ މައްސަލަތަކުގައި ފައިސާ ދެވޭނެ މިންވަރު

ކަސްޓަމްސްއިން އަތުލައިގަނެވޭ މަސްތުވާތަކެތީގެ މައްސަލައަކީ އާންމު ފަރާތަކުން ދިން މައުލޫމާތެއްގެ އަލީގައި ހޯދުނު މައްސަލައެއްކަމުގައި ވާނަމަ، އެ މައުލޫމާތު ދިން ފަރާތަކަށް ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ފައިސާގެ އިނާމު ދެވޭނެއެވެ.

(ހ) އެތެރެކުރާ އެއްޗެއްގެ އަދަދު 199 ގްރާމް ނުވަތަ އެއަށްވުރެ މަދުނަމަ 5000 (ފަސްހާސް) ރުފިޔާ.

(ށ) އެތެރެކުރާ އެއްޗެއްގެ އަދަދަކީ 200 ގްރާމާއި 499 ގްރާމާ ދެމެދުގެ އަދަދެއްނަމަ 10،000 (ދިހަހާސް) ރުފިޔާ.

(ނ) އެތެރެކުރާ އެއްޗައްގެ އަދަދަކީ 500 ގްރާމާއި 999 ގްރާމާ ދެމެދުގެ އަދަދެއްނަމަ 20،000 (ވިހިހާސް) ރުފިޔާ.

(ރ) އެތެރެކުރާ އެއްޗެއްގެ އަދަދަކީ 1000 ގްރާމާއި 1999 ގްރާމާ ދެމެދުގެ އަދަދެއްނަމަ 30،000 (ތިރީސްހާސް) ރުފިޔާ.

(ބ) އެތެރެކުރާ އެއްޗެއްގެ އަދަދަކީ 2000 ގްރާމާއި 2999 ގްރާމާ ދެމެދުގެ އަދަދެއްނަމަ 40،000 (ސާޅިސްހާސް) ރުފިޔާ.

(ޅ) އެތެރެކުރާ އެއްޗެއްގެ އަދަދަކީ 3000 ގްރާނާއި 3999 ގްރާމާ ދެމެދުގެ އަދަދެއްނަމަ 50،000 (ފަންސާސްހާސް) ރުފިޔާ.

(ކ) އެތެރެކުރާ އެއްޗެއްގެ އަދަަދަކީ 4000 ފްރާމާއި ނުވަތަ އެއަށްވުރެ އިތުރުވާނަމަ 60،000 (ފަސްދޮޅަސްހާސް) ރުފިޔާ.

(އ) މަސްތުވާތަކެތީގެ މައްސަލަތަކުގެ މައުލޫމާތު ކަސްޓަމްސްއަށް ދޭ ފަރާތަކަށް އެއް މައްސަލައެއްގައި އެންމެ ގިނައިން ދެވޭނީ 60،000 (ފަސްދޮޅަސްހާސް) ފުރިޔާއެވެ.

 

491 . ޖޫރިނަމާކުރެވޭ މައްސަލަތަކުގައި ފައިސާގެ އިނާމު ދޭންޖެހޭ މުއްދަތު

ގާނޫނާއި ގަވާއިދާ ހިލާފުވުމުގެ ސަބަބުން ކަސްޓަމްސްއިން ޖޫރިމަނާކުރާ މައްސަލަތަކުގައި ފައިސާގެ އިނާމު ދިނުމާމެދު ގޮތެއް ކަނޑައެޅޭނީ، އެ މައްސަލައިގައި ފައިސާ ދައްކަން ހެޖޭ ފަރާތުން ކަސްޓަމްސްއަށް އެ ފައިސާ ދައްކައި ހަލާސް ކުރުމުންނެވެ. އަދި އެ ފައިސާ ދެވޭނީ، ގާނޫނީގޮތުން އެ މައްސަލަ ސަރިއަތަށް ހުށަހަޅައިފިނަމަ، އެ މައްސަލައިގައި ފައިސާގެ އިނާމު ދިނުމާއިމެދު ގޮތެއް ކަނޑައެޅޭނީ ޝަރުއީ މަރުހަލާތަށް ނިމުމުން ނުވަތަ އެ މައްސަލައެއްގެ ހުކުމް ނިހާއި ހުކުމަކަށް ވުމުންނެވެ.

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 492 ވަނަ މާއްދާއިން ފެށިގެން 506 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތައް އުނިކުރުން.

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 19 ވަނަ ބައި އަންނަނިވި ގޮތަށް އިސްލާހުކޮށް، އެ ބައިގެ ފުރަތަމަ ބާބާއި ދެވަނަ ބާބު އެއްކޮލުމަށްފަހު އެއީ ގަވާއިދުގެ 19 ވަނަ ބައިގެ ފުރަތަމަ ބާބު ކަމުގައި ހެދުމަށްފަހު އެ ބާބުގެ ނަން "އިމްޕޯޓް އެކްސްޕޯޓް މުދާ ޑުކްލެއަރކުރުމާގުޅޭ އިދާރީ ކުށްތަކުގައި ކުރެވޭ ޖޫރިމަނާ" މި ނަމަށް ބަދަލުކުރުން.

533 . އިމްޕޯޓް އެކްސްޕޯޓް މުދާ ޑިކްލެއަރކުރުމާގުޅޭ އިދާރީ ކުށް

  (ހ) ރާއްޖޭއަށް މުދާ އިމްޕޯޓުކުރުމުގައި، ނުވަތަ ރާއްޖެއިން މުދާ އެކްސްޕޯޓުކުރުމުގައި ތިރީގަައި ބަޔާންކޮށްފައިވާ އަމަލެއް ކުރުމަކީ މަނާކަމެކެވެ.

(1) ކަސްޓަމްސްއަށް އޮޅުވާލައިގެން ދަށް އަގު ހުށަހެޅުން.

(2) ކަސްޓަމްސްއަށް ޑިކްލެއަރ ކުރިވަރަށްވުރެ މަދާ އިތުރުވުން.

(3) ކަސްޓަމްސްއަށް ސައްހަނޫން މައުލޫމާތު ދިނުން.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި، ރާއްޖެއަށް އިމްޕޯޓްކުރާ މުދާ ނުވަތަ ރާއްޖެއިން އެކްސްޕޯޓްކުރާ މުދާ ކްލިއަރކުރުމުގެ ކުރިންނާއި މުދާ ކްލިއަރކުރުމުގެ ތެރޭގައި ފާހަގަކުރެވޭ މައްސަލަތަކާއި، މުދާ ކްލިއަރކުރާ ފަހުން 1 (އެކެއް)އަހަރުދުވަހުގެ ތެރޭގައި ފާހަގަކުރެވޭ މައްސަލަތައްވެސް ހިމެނޭނެއެވެ.

(ނ) މި މާއްދާ (ހ) ގައި ބަޔާންކޮށްފައިވާ މައްސަލައެއް ކަސްޓަމްސްއަށް ފަހާގަވުމުގެ ކުރިން މުދަލުގެ ވެރިފަރާތަށް އެކަން ފާހަގަކުރެވިގެން، އެކަމުގެ މައުލޫމާތު ކަސްޓަމްސްއަށް ހުށަހަޅައި އެކަމެއް އިސްލާހްކޮށްފިނަމަ، އެފަރާތެއް މި މާއްދާގެ (ހ) އިން އިސްތިސްނާވާނެއެވެ.

 

534 . ކަސްޓަމްސްއަށް އޮޅުވާލައިގެން ދަށް އަގެއް ހުށަހެޅުން ކަމުގައި ބެލުން

ދިބެހިރާއްޖެއަށް މުދާ އިމްޕޯޓް ކުރުމުން ނުވަތަ އެކްސްޕޯޓް ކުރުމަށް، ކަސްޓަމްސްއަށް ހުޅަހަޅާ ގުޑްސް ޑިކްލަރޭޝަނުގައި ނުވަތަ ކިޔުމުގައި އެ މުދަލުގެ ސައްހަ އަގަށްވުރެ ދައްކޮށް އަގު ބަޔާންކޮށް ހުށަހެޅުމަކީ، ކަސްޓަމްސްއަށް އޮޅުވާލައިގެން ދަށް އަގެއް ހުށްހެޅުން ކަމުގައި ބެލެވޭނެއެވެ.

 

535 . ޑިކްލެއަރކުރުން ކަމަށް ބެލުން

އިންޕޯޓް އެކްސްޕޯޓް ކުދަލުގެ ލިޔުންތައް ނިންމުމަށްޓަކައި ކަސްޓަމްސްއަށް ލިޔުންތައް ހުށަހެޅުމުން، އެއީ ކަސްޓަމްސްއަށް އެ ތަކެތި ޑިކްލެއަރކުރީކަމަށް ބެލެވޭނެއެވެ.

 

 

536.ކަސްޓަމްސްއަށް އޮޅުވާލައިގެން ދަށް އަގު ހުށަހެޅުމުން ޖޫރިމަނާކުރުން

 

ކަސްޓަމްސްއަށް އޮޅުވާލައިގެން ދަށް އަގެއް ހުށަހަޅައިފިނަމަ، އެ ފަރާތަކާމެދު ކަސްޓަމްސްގެ ގާނޫނުގެ 95 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ފިޔަވަޅު އެޅޭނެއެވެ. 

 

537 . ކަސްޓަމްސްއަށް ޑިކްލެއަރކުރި ވަރަށްވުރެ މުދާ އިތުރުވުންކަމަށް ބެލުން

ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތަކަކީ ރާއްޖެއަށް މުދާ އިމްޕޯޓްކުރުމުގައި ނުވަތަ ރާއްޖެއިން އެކްސްޕޯޓްކުރުމުގައި ކަސްޓަމްސްއަށް ޑިކްލެެއަރ ކުރިވަރަށްވުރެ މުދާ އިތުރުވުން ކަމުގައި ބެލެބޭނެއެވެ.

(ހ) ކަސްޓަމްސްއަށް ހުށަހެާ ގުޑްސް ޑިކްލަރޭޝަނުގައި ނުވަތަ ލިޔުމުގައި ބަޔާންކޮށްފައިވާ މުދަކުގެ އަދަދަށްވުރެ ޝިޕްމަންޓުގައި ހިމެނޭ މުދަލުގެ އަދަދު އިތުރުވުމާއި، ޑިކްލަރޭޝަނުގައި ނުހިމެނޭ މުދާ އެއްވެސް މިންވަރަކަށް ޝިޕްމަންޓުގައި ހިމެނުން.

(ށ) ޖަސްޓަމްސްއަށް ހުށަހެޅާ ޑިކްލައިރޭޝަނުގައި ނުވަތު ލިޔުމުގައި ބަޔާންކޮށްފައިވާ މުދަލުގެ ބްރޭންޑް، މޮޑެލް ނަންބަރު، ސީރިއަލް ނަންބަރު އަދި ސައިޒާއި ބަރުދަން ފަދަ މައުލޫމާތާއި ޝިޕްމަންޓުގައި ހިމެނޭ މުދަލުގެ އެފަދަ މަޢުލޫމާތު ދިމާނުވުން.

 

538 . ޑިލްލެއަރ ކުރި ވަރަށްވުރެ މަދާ އިތުރުވުމން ޖޫރިމަނާކުރުން

(ހ) ރާއްޖެއަށް އިމްޕޯޓްކުރާ މުދާ ނުވަތަ ރާއްޖެއިން އެކްސްޕޯޓްކުރާ މުދާ ހުރީ ކަސްޓަމްސްއަށް ޑިކްލެއަރ ކުރި ވަރަށްވުރެ އިތުރަށްނަމަ، އެ މުދާ އިމްޕޯޓްކުރާ ފަރާތް ޖޫރިމަނާކުރެވޭނީ، އިތުރުވި މުދަލަށްް ޑިކްލެއަރކުރި ޖުމުލަ އެފް.އޯ.ބީ އަގަށްވުރެ، އެ މުދަލަށް ކަސްޓަމްސްއިން ގަބޫލުކުރާ ޖުމުލަ އެފް.އޯ.ބީ އަގުގެ ސިންބަތް %10 (ދިހައެއް އިންސައްތަ) ނުވަތަ އެއަށްވުރެ ބޮޑު ނަމައެވެ.

(ށ) މި މައްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޖޫރިމަނާ ކުރެވޭނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

1 ފުރަތަމަ ފަހަރަ ޖޫރިމަނާކުރާނީ އިތުރުވި މުދަލަށް ކަސްޓަމްސްއިން ގަބޫލުކުރާ ޖުމުލަ އެފްއޯބީ %15 (ފަނަރަ އިންސައްތަ) އިންނެވެ.

2 މިގަދަ ކުށެއް ދެނަވަ ފަހަރަށް ތަކުރާރުކޮށްފިނަމަ، ޖޫރިމަނާކުރާނީ އިތުރުވި މުދަލަށް ކަސްޓަމްސްއިން ގަބޫލުކުރާ ޖުމުލަ އެފްއޯބީ %25 (ފަންސަވީސް އިންސައްތަ) އިންނެވެ.

3 މިފަދަ ކުށެއް ދެފަހަރަށްވުރެ ގިނަ ފަހަރު ތަކުރާރުކޮށްފިނަމަ، ތަކުރާރުކުރާ ކޮންމެ ފަހަރަކު، އިތުރުވި މުދަލަށް ކަސްޓަމްސްއިން ގަބޫލުކުރާ ޖުމުލަ އެފްއޯބީ އަގުގެ %50 (ފަންސާސް އިންސައްތަ) އިން ޖޫރިމަނާ ކުރެވޭނެއެވެ.

 

539 . ސައްހަނޫން މަޢުލޫމާތު ދިނުން ކަމުގައި ބެލެވޭނެ ހާލަތްތައް

(ހ) ތިރީގައި ބަޔާންކޮށްފައިވާ ހާލަތްތަކަކީ ކަސްޓަމްސްއަށް ސައްހަނޫން މަޢުލޫމާތު ދިނުން ކަމުގައި ބެލެވޭނެއެވެ.

  1. ކަސްޓަމްސްއަށް ހުށަހެޅި ޑިކްލަރޭޝަނުގައި ބަޔާންކޮށްފައިވާ މުދަލުގެ ކްލެސިފިކޭޝަނާއި ޓެފިފް ރޭޓާއި ޝިފްމަންޓުގައި ހިމެނޭ މުދަލުގެ ސައްހަ ކްލެސިފިކޭޝަން ނުވަތަ ޓެރިފް ރޭޓް ދިމާނުވުމުގެ ސަބަބުން ޑިއުޓީއަށް ދައްކަންޖެހޭ ފައިސާގެ އަދަދު އިތުރުވުން.
  2. މުދަލުގެ ފްރައިޓާއި އިންޝުއަރެންސް ކަސްޓަމްސްއަށް ހުށަނާޅާ ހާލެތްތަކުގައި ނުވަތަ ދަށްކޮށް ހުށަހަޅާ ހާލަތްތަކުގައި އެކަން ހިނގާފައިވާ ގޮތުން ބަލާއިރު، އެއީ ސައްހަނޫން މައުލޫމާތު ދިނުންކަމަށް ކަސްޓަމްސްއަށް ގަބޫލުކުރެވުން؛
  3. މުދަލަގެ ސައްހަ އަގަށްވުރެ ބޮޑު އަގެއް ކަސްޓަމްސްއަށް ގަބޫލުކުރެވުން؛

(ށ) މި މާއްދާ (ހ) ގައި ބަޔާންކޮށްފައިވާ ހާލަތްތައް ފިޔަވައި އެހެން ހާލަތެއްގައި އެ މައްސަލައިގައި ކަން ހިނގާފައިވާގޮތަށް ބަލާއިރު، އެއީ ސައްހަނޫން މައުލޫމާތު ދިނުންކަމަށް، އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށް ކަސްޓަމްސްއަށް ގަބޫލުކުރެވިއްޖެނަމަ އެ މައްސަލައިގައި ފިޔަވަޅު އެޅުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.

 

540 . ސައްހަނޫން މައުލޫމާތު ދިނުމުގެ މައްސަލަތަކުގައި ފިޔަވަޅު އެޅުން

މި ގަވާއިދުގެ 539 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތު ފިޔަވައި، ކަސްޓަމްސްއަށް ސައްހަނޫން މައުލޫމާތު ދިނުމުގެ މައްސަލަތަކުގައި ކަން ހިނގާފައިވާ ގޮތަށް ރިއާޔަތްކޮށް، އެކަމެއްގެ ކުޑަބޮޑުމިނަށް ބެލުމަށްފަހު، އެކަން ކުރި ފަރާތާމެދު ތިރީގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަށް އެޅޭނެއެވެ.

ހ) ލިޔުމުން ނަސޭހަތްދިނުން؛

(ށ) ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޖޫރިމަނާ ކުރުން؛

  1. ފުރަތަމަ ފަހަރު ޖޫރިމަނާ ކުރާނީ އެކަމެއްގައި ހިމެނޭ މުދަލަށް ކަސްޓަމްސްއިން ގަބޫލުކުރާ ޖުމުލަ އެފްއޯބީ އަގުގެ %15 (ފަނަރަ އިންސައްތަ) އިންނެވެ.
  2. މިފަދަ ކަމެއްގައި ދެވަނަ ފަހަރަށް ޖޫރިމަނާކުރަން ޖެހިއްޖެ ނަމަ، ޖޫރިމަނާ ކުރާނީ އެކަމުގައި ހިމެނޭ މުދަލަށް ކަސްޓަމްސްއިން ގަބޫލުކުރާ ޖުމުލަ އެފްއޯބީ އަގުގެ %25 (ފަންސަވީސް އިންސައްތަ) އިންނެވެ.
  3. މިފަދަ ކަމެއްގައި ދެވަނަފަހަރަ ވުރެ ގިނަފަހަރު ޖޫރިމަނާކުރަން ޖެހިއްޖެ ނަމަ، ތަކުރާރުކުރާ ކޮންމެ ފަހަރަކު، އެކަމެއްގައި ހިމެނޭ މުދަލަށް ކަސްޓަމްސްއިން ގަބޫލުކުރާ ޖުމުލަ އެފްއޯބީ އަގުގެ %50 (ފަންސާސް އިންސައްތަ) އިން ޖޫރިމަނާ ކުރެވޭނެއެވެ.

 

541 . ކްލެސިފިކޭޝަން ނުވަތަ ޓެރިފް ރޭޓް ދިމާނުވުމުގެ ސަބަބުން ކުރެވޭ ޖޫރިމަނާ

(ހ) މި ގަވާއިދުގެ 539 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލުތުގައި، އެ މައްސަލަ ޖެހުނު ގުޑްސް ޑިކްލަރޭޝަން ކަސްޓަމްސްއަށް ހުށަހަޅާ ފަރާތް ނުވަތަ ޑިކްލަރެންޓާމެދު ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ފިޔަވަޅު އެޅޭނެއެވެ.

  1. މައްސަލަ ފާހަގަކުރެވޭ ގުޑްސް ޑިކްލަރޭޝަން ހުށަހަޅާ ކޮންމެ 4 ވަނަ ފަހަރަކު ފިޔަވަޅު އަޅަމުން ގެންދިއުން؛ މިގޮތުން ފިޔަވަޅު އަޅާ ފަރަތަމަ 3 ފަހަރު ނަސޭހަތް ދެވޭނެއެވެ. ހަތަރުވަނަ ފަހަރު ލިޔުމުން އިންޒާރު ދެވޭނެއެވެ. އަދި ފަސްވަނަ ފަހަރު 000،10 (ދިހަހާސް) ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.
  2. މި މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ޖޫރިމަނާ ކުރުމަށްފަހު، ދެން އެންމެ ފުރަތަމަ މައްސަލަ ފާހަގަކުރެވޭ ގުޑްސް ޑިކްލަރޭޝަނުން ފެށިގެން އަމަލުކުރާނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން  އެ ތަރުތީބުންނެވެ.

(ށ) މައްސަލަ ފާހަގަކުރެވުނީ އެއްފަހަރާ ހުށަހަޅާފައިހުރި ގިނަ ގުޑްސް ޑިކްލަރޭޝަންތަކަކުން ކަމުގައިވީނަމަވެސް، ކޮންމެ ޑިކްލަރޭޝަނެއްވެސް ބަލާނީ ވަކި މައްސަލައެއްގެ ގޮތުންގައެވެ.

މިސާލު؛ މައްސަލަ ފާހަގަކުރެވޭ ގުޑްސް ޑިކްލަރޭޝަން ހުށަހަޅާ 4 ވަނަ ފަހަރާއި 8 ވަނަ ފަހަރާއި 12 ވަނަ ފަހަރު ނަސޭހަތް ދެވޭނެއެވެ. 16 ވަނަ ފަހަރު އިންޒާރު ދެވޭނެއެވެ. އެއަށްފަހު 20 ވަނަ ފަހަރު ޖޫރިމަނާކުރެވޭނެއެވެ. އެއަށްފަހު އަނެއްކާވެސް މި ބޮޅު އަލުން ފެށޭނެއެވެ.

 

542 . ކުށް ތަކުރާރު ކުރުން ކަމުގައި ބެލުން

މި ގަވާއިދުގެ ބޭނުމައްޓަކައި ކުށް ތަކުރާރުކުރުން ކަމުގައި ބަލާނީ އެ ކުށެއް ކުރި ތާރީހުން ފެށިގެން މީލާދީ ގޮތުން 2 (ދޭއް) އަހަރުދުވަހުގެ ތެރޭގައި އެ ކުށެއް އަލުން ކޮށްފިނަމައެވެ. މީގެ ތެރޭގައި މި ގަވާއިދުގެ 539 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މައްސަލަތައް ނުހިމެނޭނެއެވެ.

 

543 . ޖޫރިމަނާކުރުން އިސްތިސްނާވުން

(ހ) ރާއްޖެއަށް އިމްޕޯޓްކުރާ މުދާ ނުވަތަ އެކްސްޕޯޓްކުރާ މުދަލާ ގުޅޭގޮތުން ކަސްޓަމްސްއަށް ހުށަހަޅާ ޑިކްލަރޭޝަނާއި އެއާއެކު ހުށަހަޅާފައިވާ އެއްވެސް ލިޔުމަކުން އެ މުދަލުގެ ސައްހަ މައުލޫމާތު އެނގެން ހުރިނަމަ، ތިރީގައި ބަޔާންކޮށްފައިވާ ކުށްތަކުގައި ކުރެވޭ ޖޫރިމަނާއިން، އެ ލިޔުމުގައި ހިމެނުނު މުދާ އިސްތިސްނާވާނެއެވެ.

  1. ކަސްޓަމްސްއަށް ޑިކްލެއަރކުރި ވަރަށްވުރެ މުދާ އިތުރުވުން؛
  2. ކަސްޓަމްސްއަށް ސައްހަނޫން މަޢުލޫމާތު ދިނުން؛

(ށ) ކަސްޓަމްސްއަށް ހުށަހަޅާ ޑިކްލަރޭޝަނުގައި ހިމެނޭ މުދަލާއި ޝިޕްމަންޓުގައި ހިމެނޭ މުދަލުގެ ކްލެސިފިކޭޝަނަށް ނުވަތަ ޓެރިފްރޭޓަށް އަންނަ ބަދަލުތަކާ ހުޅިގެން ޑިއުޓީއަށް ދައްކަންޖެހޭ ފައިސާގެ އަދަދު އިތުރުވާ ހާލަތުގައި، ފިޔަވަޅު އެޅުމުން އަންނަނިވި މުދާ އިސްތިސްނާ ކުރެވޭނެއެވެ.

  1. މުދާ ބަލައިގެން އެ މުދަލުގެ ކްލެސިފިކޭޝަން ދެނެގަނެވޭފަދަ އެއްޗަކަށް ނުވުން.
  2. މުދަލާކީ އާންމުގޮތެއްގައި ދެގޮތަކަށް ކްލެސިފައި ކުރެވިދާނެ އެއްޗަކަށްވުން. މިގޮތުން ކްލެސިފައި ކުރެވޭ ތަކެތި ބެލުމުގައި ބަލާނެ މިންގަނޑު ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ކްލެސިފައި ކުރެވޭ މުދަލުގެ އެސެންޝަލް ކެރެކްޓަރި ދެނެގަތުމުގައި ދަތިތަކެއް ހުންނަ ތަކެތި.

(ށ) މުދާ ކްލެސިފައި ކުރުމަށްޓަކައި ބޭނުންވާ ޓެކްނިކަލް މަޢުލޫމާތު ނުވަތަ އެ މުދަލެއް ކަލެސިފައިކުރުމައްޓަކާ ކޮންމެހެން ބޭނުންވާ މަޢުލޫމާތު ފުރިހަމައަށް ލިބެން ނެތުމުގެ ސަބަބުން މުދަލުގެ ކްލެސިފިކޭޝަން ދެ ގޮތަކަށް ނިންމެން ހުންނަ ތަކެތި.

(ނ) މި ގަވާއިދުގެ 539 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތުގައި ފިޔަވައި، ރައީސުލްޖުމްހޫރިއްޔާ ޑިއުޓީ މާފުކޮށްދީފައިވާ މުދަލާއި، ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ ދަށުން ޑިއުޓީ ދައްކަންނުޖެހޭ މުދަލާއި، ސިޕްސްޓޯރގެ ގޮތުގައި ރާއްޖެއަށް ގެންނަ މުދަލުގެ މައްސަލަތައް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ޖޫރިމަނާތަކުން އިސްތިސްނާވާނެއެވެ.

(ރ) މި ގަވާއިދުގެ 533 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހާލަތުގައި ފިޔަވައި، ބޮންޑެޑްވެރހައުސްއަށް ގެންނަ މުދަލުގެ މައްސަލަތަށް މި ގަވާއިދުގައި ބަޔާންކޮށްފައިވާ ޖޫރިމަނާތަކުން އިސްތިސްނާވާނެއެވެ.

(ބ) މި ގަވާއިދުގައި ބަޔާންކޮށްފައިވާ މައްސަލައެއް ކަސްޓަމްސްއަށް ފާހަގަވުމުގެ ކުރިން، އެމުދާ އުމްޕޯޓްކުރާ ފަރާތަށް ނުވަތަ އެ މުދާ އެކްސްޕޯޓްކުރާ ފަރާތަށް ނުވަތަ ޑިކްލަރެންޓަށް އެކަން ފާހަގަކުރެވިގެން، އެކަމުގެ ތަފްސީލު ކަސްޓަމްސްއަށް ހުށަހަޅައި އެކަމެއް އިސްލާހުކޮށްފިނަމަ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ޖޫރިމަނާކުރުމުން އެ ފަރާތް އިސްތިސްނާވާނެއެވެ.

 

545 . ޖޫރިނަމާގެ މައްސަލަ ކޮމިޝަނަރ ޖެނެރަލް އޮތް ކަސްޓަމްސްއަށް ހުޅަހެޅުން

މި ގަވާއިދުގެ ދަށުން ކުރެވުނު ޖޫރިމަނާއަކާއިމެދު އެ ޖޫރިމަނާއެއް ކުރެވުނު ފަރާތް ހިތްހަމަނުޖެހިގެން ކަސްޓަމްސްއަށް މައްސަލައެއް ހުށަހަޅައިފިނަމަ،  އެ މައްސަލައިގެ ބާވަތަށާއި، އެ މައްސަލައިގެ ކުޑަބިޑުމިނަށާއި، އެ މައްސަލައިގައި ކަންހިނގާފައިވާގޮތަށް ރިއާޔާތްކުރުމަށްފަހު އެ މައްސަލައިގައި ކުރެވުނު ޖޫރިމަނާއާމެދު ގޮތެއް ނިންމުމުގެ އިހްތިޔާރު ކަމާބެހޭ ކޮމެޓީގެ ލަފާގެ މަތިން ކޮމިޝަނަރ ޖެނެރަލް ކަސްޓަމްސް އއަށް ލިބިގެންވެއެވެ.

 

546 . ސިއްރުން މުދާ އެތެރެކުރަން އުޅުނު ކަމަށް ބެލެވިދާނެ ހާލަތްތައް

ކަސްޓަމްސްއަށް ޑިކްލެއަރ ނުކޮށްހުރި މުދަލަކީ، ރާއްޖެއަށް ސިއްރުން އެތެރެކުރަން ނުވަތަ ރާއްޖެއިން ސިއްރުން ބޭރުކުރަން އުޅުނު މުދާކަމަށް އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށް ކަސްޓަމްސްއަށް ގަބޫލުކުރެވޭނަމަ، އެއީ ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރަން އުޅުން ނުވަތަ ސިއްރުން މުދާ ބޭރުކުރަން އުޅުން ކަމަށް ބެލުމަށް މި ގަވާއިދުގެ 537 ވަނަ މާއްދާ ހުރަހެއް ނާޅައެވެ.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 547 ވަނަ މާއްދާއިން ފެށިގެން 549 ވަނަ މާއްދާއަށް ހުރި މާއްދާއަށް އުނިކުރުން.

 

5 ވަނަ މާއްދާ - ބުނެވިފިޔަ ގަވާއިދުގެ 19 ވަނަ ބައިގެ ތިންވަނަ ބާބު، އެއީ ދެވަނަ ބާބުކަމުގައި ހަމަޖައްސައި، އެ ބާބުގެ ނަން "އެހެނިހެން" ކުށްކުށާއި އެގޭ އަދަބު" މި ނަމަށް ބަދަލުކުރުން.

 

6 ވަނަ މާއްދާ - މި ގަވާއިދު އަމަލު ކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝައިއުކުރާ ދުވަހުން ފެށިގެންނެވެ.    

 

މައި ގަވާއިދު

ކަސްޓަމްސްގެ އާންމު ގަވާއިދު (ގަވާއިދު ނަންބަރު 41/2011)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު