-

ރިޔާސީ އިންތިހާބުގެ ގަވާއިދު (ގަވާއިދު ނަންބަރު 40/2013) 2013 އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 52/2013)

 

ރިޔާސީ އިންތިހާބުގެ ގަވާއިދު 2013 ގެ 61 ވަނަ މާއްދާ (މާނަކުރުން) ގައިވާ "ކާކުކަން އަންގައިދޭ ރަސްމީ ލިޔުން" ގެ މާނަ އަންނަނިވި ގޮތަށް އިސްލާހުކުރުން.

 

61 ވަނަ މާއްދާ - މާނަކުރުން

"ކާކުކަން އަންގައިދޭ ރަސްމީ ލިޔުން" ކަމުގައި ބުނެފައި އެވަނީ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑާއި، ދިވެހި ޕާސްޕޯޓާއި، ދިވެހިސަރުކާރުން ދޫކޮށްފައިވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ކާޑުގެ ތެރެއިން އެ ލިޔުމެއްގެ މުއްދަތު ހަމަވެފައިނުވާ، އަދި އެ ލިޔުމެއްގައި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު އެނގެން އޮންނަ ފޮޓޯޖެހި ލިޔުންތަކަށެވެ.

 

މައި ގަވާއިދު

ރިޔާސީ އިންތިހާބުގެ ގަވާއިދު 2013 (ގަވާއިދު ނަންބަރު 40/2013)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު