-

އިމްޕޯޓް މުދަލުގެ ވިޔަފާރި ކުރުމުގެ ގަވާއިދަށް 1 ވަނަ އިސްލާހް ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2015-113)

 

1 ވަނަ މާއްދާ - އިމްޕޯޓް މުދަލުގެ ވިޔަފާރި ކުރުމުގެ ގަވާއިދުގެ 22 ވަނަ މާއްދާގެ (ހ)  އަންނަނިވި ގޮތަށް އިސްލާހުކުރުން. 

 

 

22. ވިޔަފާރިކުރާ ފިހާރަތައް ހުޅުވާފައި ބެހެއްޓުން މަނާ ގަޑިތައް

(ހ) ވިޔަފާރިކުރާ ފިހާރަތައް ރޭގަނޑު 10:00 ން ފެށިގެން ފަތިހު 5:00 އާ ދެމެދު ހުޅުވާފައި ބެހެއްޓުމަކީ މަނާކަމެކެވެ. 

 

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މިގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

(އަދި އަޕްލޯޑް ނުކުރެވި)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު