-

ކްލާސް ލައިސަންސް ދޫކުރުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 30/2021)

 1 ވަނަ މާއްދާ - ތައާާރުފާއި ނަން

(ހ) މި ގަވާއިދަކީ، ގާނޫނު ނަންބަރު 43/2015 (ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭށަންގެ ގާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) އަށް ރިއާާޔަތްކޮށް، އެ ގާނޫނުގެ 4 ވަނަ މާއްދާގެ (ށ) ގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

(ށ) މި ގަވާއިދުގެ ނަމަކީ "ކްލާސް ލައިސަންސް ދޫކުރުމުގެ ގަވާއިދު" އެވެ.

 

2 ވަނަ މާއްދާ - މަގްްސަދު

މި ގަވާއިދުގެ މަގްްސަދަކީ، ރާއްޖޭގައި ބޭނުން ކުރުމަށް ހުއްދަކުރެވޭ މުވާސަލާތާބެހޭ ތަކެއްޗަކީ އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ ތަކެތިތޯ ބަލައި، އެ ތަކެތި ބޭނުންކުރުމުގެ ށަރުތުުތަކާއި އުސޫލުތައް ބަޔާންކޮށް، ލައިސަންސް ދޫކުރުމެވެ.

 

3 ވަނަ މާއްދާ - ކްލާސް ލައިސަންސްގެ ބާވަތްތައް

ކްލާސް ލައިސަންސްގެ ގޮތުގައި ދޫކުރެވޭނީ ތިރީގައި ބަޔާންކޮށްފައިވާ ބާވަތްތަކުގެ ލައިސަންސެވެ.

(ހ) ޓްރާންސްމިޓިންގ ސްޓޭށަން ލައިސަންސް؛

(ށ) އެމެޗަރ ރޭޑިއޯ ލައިސަންސް؛

(ނ) ށިިޕް ސްޓޭށަން ލައިސަންސް؛ އަދި

(ރ) އިންމާރސެޓް ޓަރމިނަލް އޮޕަރޭޓިންގ ލައިސަންސެވެ.

 

4 ވަނަ މާއްދާ - ޓްރާންސްމިޓިންގ ސްޓޭށަން ލައިސަންސް ދޫކުރުމުގެ ށަރުތުުތައް

(ހ) ޓްރާންސްމިޓިންގ ސްޓޭށަން ލައިސަންސް ދޫކުރެވޭނީ، ޓްރާންސީވަރެއް ބޭނުންކުރުމަށް ވަކި ފްރިކްއެންސީއެއް ނަގާފައިވާ ފަރާތްތަކަށާއި، ވީ.އެޗް.އެފް. މެރިން ޓްރާންސީވަރު ބޭނުންކުރާ ފަރާތްތަކަށެވެ.

(ށ) ޓްރާންސްމިޓިންގ ސްޓޭށަން ލައިސަންސް ހަދައިދެވޭނީ ޓްރާންސީވަރާއެކު ތިރީގައިވާ ލިޔުންތައް ހުށަހަޅާ ފަރާތްތަކަށެވެ.

  1. އޮތޯރިޓީގެ ވެބްސައިޓް (www.cam.gov.mv) ގައިވާ "ޓްރާންސްމިޓިންގ ސްޓޭށަން ލައިސަންސަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު ހުށަހެޅުން.
  2. ރާއްޖެއިން ބޭރުން ގެނައި ޓްރާންސީވަރެއްނަމަ މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ދޫކުރާ ބޮންޑް ސްލިޕް
  3. ބޮންޑް ސްލިޕްގައިވާ ފަރާތް ނޫން އެހެން ފަރާތެއްގެ ނަމުގައި ލައިސަންސް ހެދުމަށް ބޭނުންވާނަމަ، އެކަމަށް އެދި ހުށަހަޅާ ފޯމު
  4. ރާއްޖެއިން ގަތް ޓްރާންސީވަރެއްނަމަ، ޓްރާންސީވަރު ވިއްކި ފަރާތުގެ ބިލް. މި ބިލުގައި، ލައިސަންސް ހެދުމަށް ބޭނުންވާ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އެނގޭނެހެން އޮންނަންވާނެއެވެ.
  5. ޓްރާންސީވަރު ގަތްކަމަށް ބިލުގައި ބަޔާންކޮށްފައިވާ ފަރާތް ނޫން އެހެން ފަރާތެއްގެ ނަމުގައި ލައިސަންސް ހެދުމަށް ބޭނުންވާނަމަ، ފުރިހަމަކޮށްފައިވާ އެކަމަށް އެދި ހުށަހަޅާ ފޯމު
  6. ލައިސަންސް ހެދުމަށް ބޭނުންވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ
  7. ލައިސަންސަށް އެދޭ ފަރާތަކީ ކުންފުންޏެއްނަމަ، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ
  8. އުޅަނދަކަށް ލައިސަންސް ހައްދަން ބޭނުންވާނަމަ، އެ އުޅަނދަކަށް ޓްރާންސްޕޯޓް އޮތޯރިޓީން ދޫކޮށްފައިވާ ރަޖިސްޓަރީގެ ކޮޕީ
  9. ޓެކްސީއެއްގެ ގޮތުގައި ބޭނުންކުރާ އެއްގަމު އުޅަނދެއްނަމަ ޓްރާންސްޕޯޓް އޮތޯރިޓީން ދޫކޮށްފައިވާ ޓެކްސީ ކުރުމުގެ ހުއްދައިގެ ކޮޕީއާއި ޓެކްސީ ރަޖިސްޓަރީ ކޮށްފައިވާ ޓެކްސީ ސެންޓަރުން، އެ ސެންޓަރުގެ ފްރިކްއެންސީ ބޭނުންކުރުމާމެދު އިއުތިރާޒެއްނެތް ކަމަށް ޓެކްސީގެ ވެރިފަރާތަށް ދީފައިވާ ލިޔުން.
  10. ލައިސަންސް ހެދުމަށް ހުށަހަޅާ ޓްރާންސްސީވަރަކީ، ވެރިފަރާތް ސާބިތުވާނެ އެއްވެސް ލިޔުމެއް ނެތް ޓްރާންސްސީވަރެއްނަމަ، ފުރިހަމަކޮށްފައިވާ "ވެރިފަރާތް ސާބިތުކުރާ ފޯމު"
  11. ބިދޭސީއެއްގެ ނަމުގައި ލައިސަންސް ހަދަން ބޭނުންވާނަމަ، ތިރީގައިވާ ތަކެތި ހުށަހަޅަންވާނެއެވެ.
    11.1 ޕާސްޕޯޓުގެ ކޮޕީ ނުވަތަ ވާރކް ޕާރމިޓްގެ ކޮޕީ؛
    11.2 ޒިންމާވާނެ ދިވެއްސެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، ޒިންމާ ނަގާނެކަމުގެ ލިޔުން؛ ނުވަތަ
    11.3 ޒިންމާވަނީ ކުންފުންޏަކުންނަމަ، އެ ކުންފުންޏެއްގެ ރަޖިސްޓަރީގެ ކޮޕީއާއި، ޒިންމާ ނަގާނެކަމުގެ ލިޔުން.

 

5 ވަނަ މާއްދާ - ޓްރާންސްމިޓިންގ ސްޓޭށަން ލައިސަންސުގެ މުއްދަތު އަދި ފީ

(ހ) ޓްރާންސްމިޓިންގ ސްޓޭށަން ލައިސަންސުގެ މުއްދަތަކީ، އެ ލައިސަންސަކަށް ފީ ދައްކާފައިވާ މުއްދަތެވެ. ލައިސަންސުގެ މުއްދަތު ގުނޭނީ އެ ލައިސަންސެއް ދޫކުރާ މަހުން ފެށިގެންނެވެ.

(ށ) ޓްރާންސްމިޓިންގ ސްޓޭށަން ލައިސްންސުގެ ފީ އެންމެ މަދުވެގެން ދެއްކޭނީ 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށެވެ. ގިނަވެގެން 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތަށް ފީ ދެއްކިދާނެއެވެ.

(ނ) ލައިސަންސުގެ މުއްދަތު ހަމަވުމުގެ ކުރިންވެސް، ކުރިއަށް އޮތް އަހަރު ނުވަތަ އަހަރުތަކަށް ފީ ދެއްކިދާނެއެވެ.

(ރ) ލައިސަންސުގެ ފީ ދައްކަން ހުށަހަޅާއިރު ލައިސަންސުގެ އަސްލު ހުށަހަޅަން ވާނެއެވެ.

(ބ) މި ގަވާއިދުގެ ދަށުން ޓްރާންސްމިޓިންގ ސްޓޭށަން ލައިސަންސް ހެއްދުމަށް ދައްކަންޖެހޭ ފީ ނަގާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ  ފީ ގެ ތާވަލާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

6 ވަނަ މާއްދާ - ޓްރާންސްމިޓިންގ ސްޓޭށަން ލައިސަންސް ބާތުިލުވާނެ ހާާލަތްތައް

(ހ) މި ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ޓްރާންސްމިޓިންގ ސްޓޭށަން ލައިސަންސެއް ބޭނުންކޮށްގެން ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދާ ހިިލާފަށް އެއްވެސް އަމަލެއްކޮށްފިކަމަށް ސާބިތުވެއްޖެނަމަ ލައިސަންސް ބާތުިލު ކުރެވޭނެއެވެ.

(ށ) ޓްރާންސްމިޓިންގ ސްޓޭށަން ލައިސަންސުގެ މުއްދަތު ހަމަވެފައިވާ ޓްރާންސީވަރެއް ބޭނުންކުރަންވާނީ ފީ ދެއްކުމަށްފަހުގައެވެ. ފީ ނުދައްކާ 3 (ތިނެއް) މަސްދުވަސް ފާއިތުވެއްޖެނަމަ، އެ ލައިސަންސް ބާތުިލު ވާނެއެވެ.

(ނ) ފީ ދައްކާފައިވާ މުއްދަތު ހަމަވުމުގެ ކުރިން ޓްރާންސީވަރު ގެއްލިގެން ނުވަތަ ބޭނުން ނުކުރެވޭވަރަށް ހަލާކުވެގެން ލައިސަންސް ބާތުިލުކުރި ކަމުގައިވިޔަސް ފީގެ ގޮތުގައި ދައްކާފައިވާ ފައިސާ އަނބުރާ ނުދެވޭނެއެވެ.

(ރ) ޓްރާންސްމިޓިންގ ސްޓޭށަން ލައިސަންސުގެ ވެރިފަރާތް ބަދަލުކުރުމަށް ބޭނުންވާނަމަ، އޮތޯރިޓީގެ ވެބްސައިޓް (www.cam.gov.mv) ގައިވާ "ޓްރާންސްމިޓިންގ ސްޓޭށަން ލައިސަންސުގައިވާ މައުލޫމާތަށް ބަދަލު ގެނައުމަށް އެދޭ ފޯމު" ފުރިހަމަކޮށް ހުށަހެޅުމުން، ދޫކޮށްފައިވާ ލައިސަންސް ބާތުިލުކޮށް، ބަދަލުކުރެވޭ ފަރާތުގެ ނަމުގައި އައު ލައިސަންސް ދޫކުރެވޭނެއެވެ.

(ރ) ޓްރާންސްމިޓިންގ ސްޓޭށަން ލައިސަންސް ނެތި ޓްރާންސީވަރެއް ބޭނުން ކުރުމަކީ މަނާކަމެކެވެ.

 

7 ވަނަ މާއްދާ - ޓްރާންސްމިޓިންގ ސްޓޭށަން ލައިސަންސުގެ މައުލޫމާތަކަށް ބަދަލު ގެނައުން

(ހ) ޓްރާންސްމިޓިންގ ސްޓޭށަން ލައިސަންސުގައި ބަޔާންކޮށްފައިވާ އެއްވެސް މައުލޫމާތަކަށް ބަދަލެއް ގެންނަން ޖެހިއްޖެނަމަ އެ ލައިސަންސަކަށް އުނިއިތުރު ގެނައުމަށްފަހު ލައިސަންސެއް ހަދައިދެވޭނެއެވެ.

(ށ) ޓްރާންސްމިޓިންގ ސްޓޭށަން ލައިސަންސަށް ގެނެވޭނެ ބަދަލުތައް ތިރީގައި މިވަނީއެވެ. 

  1. ޓްރާންސްމިޓިންގ ސްޓޭށަން ހުންނަ ތަން ބަދަލު ކުރުން؛ އަދި
  2. ޓްރާންސްމިޓިންގ ސްޓޭށަން ލައިސަންސުގައި ހިމަނާފައިވާ ޓްރާންސީވަރެއް އުނި ކުރުން ނުވަތަ އިތުރު ކުރުން.

(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ބަދަލުތަކުގެ ތެރެއިން ބަދަލެއް ޓްރާންސްމިޓިންގ ސްޓޭށަން ލައިސަންސަކަށް ގެނެވޭނީ ތިރީގައިވާ ކަންކަން ފުރިހަމަކުރުމުންނެވެ.

  1. ޓްރާންސްމިޓިންގ ސްޓޭށަން ލައިސަންސަށް ގެންނަން ބޭނުންވާ ބަދަލު ބަޔާންކޮށް، ވެރިފަރާތުން އެކަމަށް އެދޭ ފޯމު ހުށަހެޅުން؛
  2. ބަދަލު ގެނައުމަށް ބޭނުންވާ ޓްރާންސްމިޓިންގ ސްޓޭށަން ލައިސަންސުގެ އަސްލު ހުށަހެޅުން؛ އަދި
  3. ޓްރާންސްމިޓިންގ ސްޓޭށަން ލައިސަންސް އަލުން ހަދައިދިނުމަށް، ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ފީ ދެއްކުން.

 

8 ވަނަ މާއްދާ - ޓްރާންސްމިޓިންގ ސްޓޭށަން ލައިސަންސް ގެއްލިގެން ނުވަތަ ހަލާކުވެގެން އަލުން ލައިސަންސް ހަދައިދިނުން

ލައިސަންސް ގެއްލިގެން، ނުވަތަ ހަލާކުވެގެން، ނުވަތަ އެނޫންވެސް ސަބަބަކާހުރެ އަލުން ލައިސަންސް ހަދައިދެވޭނީ ތިރީގައިވާ ތަކެތި ހުށަހެޅުމުންނެވެ.

(ހ) ލައިސަންސް އަލުން ހަދައިދިނުމަށް އެދި "ޓްރާންސްމިޓިންގ ސްޓޭށަން ލައިސަންސަށް އެދޭ ފޯމު" ހުށަހެޅުން.

(ށ) ލައިސަންސް ގެއްލިގެން ނުވަތަ ހަލާކުވެގެން، އަލުން ހަދައިދިނުމަށް އެދި މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ފީ ދެއްކުން.

 

9 ވަނަ މާއްދާ - އެމެޗަރ ރޭޑިއޯ ލައިސަންސް ދޫކުރުމުގެ ށަރުތުުތައް

(ހ) އެމެޗަރ ރޭޑިއޯ ލައިސަންސުގެ ގޮތުގައި ދޫކުރެވޭނީ ދެ ބާވަތެއްގެ ލައިސަންސެވެ. އެއީ ވަގުތީ ލައިސަންސާއި 1 (އެކެއް) އަހަރުދުވަހަށް ދޫކުރެވޭ ލައިސަންސެވެ.

(ށ) އެމެޗަރ ރޭޑިއޯ ލައިސަންސް ދޫކުރެވޭނީ އެމެޗަރ ރޭޑިއޯ ސެޓުފިކެޓު ލިބިފައިވާ ފަރާތްތަކަށެވެ.

(ނ) ވަގުތީ އެމެޗަރ ރޭޑިއޯ ލައިސަންސެއް ބޭނުންވާ ފަރާތްތަކަށް، 3 (ތިނެއް) މަސްދުވަހުގެ މުއްދަތަށް ވަގުތީ ލައިސަންސެއް ދޫކުރެވިދާނެއެވެ.

(ރ) އެމެޗަރ ރޭޑިއޯ ލައިސަންސް ހެދުމަށް އަންނަނިވި ލިޔުންތައް ހުށަހަޅަން ވާނެއެވެ.

  1. އޮތޯރިޓީގެ ވެބްސައިޓް (www.cam.gov.mv) ގައިވާ "އެމެޗަރ ރޭޑިއޯ ލައިސަންސަށް އެދޭ ފޯމު" ފުރިހަމަ ކުރުމަށްފަހު؛
  2. ލައިސަންސް ހެދުމަށް ބޭނުންވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ނުވަތަ ބިދޭސީއެއްނަމަ އެ ފަރާތުގެ ޕާސްޕޯޓުގެ ކޮޕީ؛ އަދި
  3. އެމެޗަރ ރޭޑިއޯ ސެޓުފިކެޓުގެ ކޮޕީ ނުވަތަ ސަރޓިފައިޑް އޮތޯރިޓީއަކުން ދޫކޮށްފައިވާ އެމެޗަރ ރޭޑިއޯ އޮޕަރޭޓް ކުރުމުގެ ލައިސަންސުގެ ކޮޕީ.

 

10 ވަނަ މާއްދާ - އެމެޗަރ ރޭޑިއޯ ލައިސަންސުގެ މުއްދަތު  އަދި ފީ

(ހ) އެމެޗަރ ރޭޑިއޯ ލައިސަންސުގެ މުއްދަތަކީ، އެ ލައިސަންސަކަށް ފީ ދައްކާފައިވާ މުއްދަތެވެ. ލައިސަންސުގެ މުއްދަތު ގުނޭނީ އެ ލައިސަންސެއް ދޫކުރާ މަހުން ފެށިގެންނެވެ.

(ށ) މި ލައިސަންސުގެ މުއްދަތު ހަމަވުމަށްފަހު، ޓްރާންސީވަރު ބޭނުންކުރަންވާނީ ލައިސަންސް އާކުރުމަށްފަހުގައެވެ.

(ނ) ރާއްޖެއިން ބޭރުގައިވާ ފަރާތެއް ރާއްޖެ އައުމުގެ ކުރިން ލައިސަންސް ބޭނުންވާނަމަ، އެ ލައިސަންސެއް ހެދުމަށް ބޭނުންވާ ލިޔެކިޔުންތަކާއި ލައިސަންސް ފީ، އޮތޯރިޓީއަށް ލިބޭނެ އިންތިޒާމު ހަމަޖައްސަންވާނެއެވެ.

(ރ) މި ގަވާއިދުގެ ދަށުން، އެމެޗަރ ރޭޑިއޯ ލައިސަންސް ހެއްދުމަށް ދައްކަންޖެހޭ ފީ ނަގާނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފީ ގެ ތާވަލާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

11 ވަނަ މާއްދާ - ށިިޕް ސްޓޭށަން ލައިސަންސް ދޫކުރުމުގެ ށަރުތުުތައް

ށިިޕް ސްޓޭށަން ލައިސަންސް ދޫކުރެވޭނެގޮތް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ށިިޕް ސްޓޭށަން ލައިސަންސް ދޫކުރެވޭނީ، ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ރާއްޖެއިން ބޭރަށް ދަތުރުކުރާ ބޯޓުފަހަރުގެ މުވާސަލާތީ ހިިދުމަތަށެވެ.

(ށ) އޮތޯރިޓީގެ ވެބްސައިޓް (www.cam.gov.mv) ގައިވާ "ށިިޕް ސްޓޭށަން ލައިސަންސަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު ހުށަހެޅުން.

(ނ) ޓްރާންސްޕޯޓް އޮތޯރިޓީން ދޫކޮށްފައިވާ އުޅަނދުގެ ރަޖިސްޓަރީގެ ކޮޕީއެއް ހުށަހެޅުން.

(ރ) ށިިޕް ސްޓޭށަން ލައިސަންސް ހެދުމަށް ބޭނުންވާ ސާރވޭކުރުމަށް، އެ އުޅަނދަކަށް އޮތޯރިޓީގެ މުވައްޒަފުން ގެންގޮސް ގެނައުމުގެ ހިަރަދާއި އެހެނިހެން ކަންކަން އިންތިޒާމުކޮށް ހަމަޖައްސަންވާނީ އެ އުޅަނދެއްގެ ވެރިފަރާތުންނެވެ.

 

12 ވަނަ މާއްދާ - ށިިޕް ސްޓޭށަން ލައިސަންސްގެ މުއްދަތު

(ހ) ށިިޕް ސްޓޭށަން ލައިސަންސުގެ މުއްދަތަކީ، އެ ލައިސަންސެއް ދޫކުރާ ދުވަހުން ފެށިގެން 1 (އެކެއް) އަހަރުދުވަހެވެ. މި ލައިސަންސުގެ މުއްދަތު ހަމަވުމަށްފަހު، މުވާސަލާތާބެހޭ އިކުއިޕްމަންޓެއް ބޭނުންކުރަންވާނީ ލައިސަންސް އާކުރުމަށްފަހުގައެވެ.

(ށ) ލައިސަންސުގެ މުއްދަތު އިތުރުކުރަން ބޭނުންވާނަމަ، ލައިސަންސް އައު ކުރުމަށް އެދި ހުށަހެޅުމުން ކަނޑައެޅިފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެމަތިން ލައިސަންސް އައުކޮށްދެވޭނެއެވެ.

 

13 ވަނަ މާއްދާ - ށިިޕް ސްޓޭށަން ލައިސަންސްގެ ފީ

ށިިޕް ސްޓޭށަން ލައިސަންސް ފީގެ ގޮތުގައި ނެގޭނީ، މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ފީއެވެ.

 

14 ވަނަ މާއްދާ - ވަގުތީ ށިިޕް ސްޓޭށަން ލައިސަންސް ދޫކުރުން

ވަގުތީ ށިިޕް ސްޓޭށަން ލައިސަންސް ދޫކުރާނީ ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ރާއްޖެއިން ބޭރުން ގެންނަ އުޅަނދުފަހަރަށާއި، ރާއްޖޭގައި ދުއްވާ އުޅަނދުފަހަރު މަރާމާތުކުރުންފަދަ ކަމަކަށް ރާއްޖެއިން ބޭރަށް ގެންދަންޖެހޭ ހާާލަތްތަކުގައެވެ.

 

15 ވަނަ މާއްދާ - ވަގުތީ ށިިޕް ސްޓޭށަން ލައިސަންސްގެ މުއްދަތު

މި ލައިސަންސްގެ މުއްދަތަކީ 3 (ތިނެއް) މަސްދުވަހެވެ.

 

16 ވަނަ މާއްދާ - ރާއްޖެއިން ބޭރަށް ގެންދާ އަދި ރާއްޖެއަށް ގެންނަ އުޅަނދުފަހަރުގައި ހުންނަ މުވާސަލާތީ ތަކެތި  ސާރވޭ ކުރުން

ދިވެހިރާއްޖެއިން ބޭރަށް ގެންދާ އުޅަނދުފަހަރާއި، ރާއްޖެއަށް ބޭރުން ގެންނަ އުޅަނދުފަހަރުގައި ހުންނަ މުވާސަލާތީ ތަކެތި ސާރވޭކުރަންޖެހޭނެއެވެ. ސާރވޭ ކުރުމުގެ ކަންތައް ކުރިއަށް ގެންދެވޭނީ ތިރީގައި ބަޔާންކޮށްފައިވާ ގޮތަށެވެ.

(ހ) އުޅަނދުގައި ހުންނަ މުވާސަލާތީ ތަކެތި ސާރވޭކޮށް ވަގުތީ ށިިޕް ސްޓޭށަން ލައިސަންސް ހެއްދުމަށްޓަކައި އެކަމަށް އެދޭ ފޯމު ހުށަހަޅަން ވާނެއެވެ. މި ފޯމާއެކު ޓްރާންސްޕޯޓް އޮތޯރިޓީން ދޫކޮށްފައިވާ އުޅަނދުގެ ރަޖިސްޓަރީގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ.

(ށ) ވަގުތީ ށިިޕް ސްޓޭށަން ލައިސަންސް ހެދުމަށް ބޭނުންވާ ސާރވޭކުރުމަށް، އެ އުޅަނދަކަށް އޮތޯރިޓީގެ މުވައްޒަފުން ގެންގޮސް ގެނައުމުގެ ހިަރަދާއި އެހެނިހެން ކަންކަން އިންތިޒާމުކޮށް ހަމަޖައްސަންވާނީ އެ އުޅަނދެއްގެ ވެރިފަރާތުންނެވެ.

(ނ) އެ އުޅަނދެއް ގެންނަ ގައުމެއްގެ މުވާސަލާތާބެހޭ އިދާރާއިން ނުވަތަ  އެ ގައުމެއްގެ ސަރުކާރުގެ ސާރވޭކުރުމުގެ ހުއްދަ ލިބިފައިވާ އިދާރާއަކުން އެ އުޅަނދެއްގެ މުވާސަލާތާ ބެހޭ ތަކެތި ސާރވޭކޮށް، ރަނގަޅުކަމަށް ސާރވޭ ރިޕޯޓެއް ދީފައިވާނަމަ، އެ ރިޕޯޓު ހުށަހެޅުމުންވެސް ސާރވޭ ފުރިހަމަވީ ކަމުގައި ބެލެވޭނެއެވެ.

 

17 ވަނަ މާއްދާ - އިންމާރސެޓް ޓަރމިނަލް އޮޕަރޭޓިންގ ލައިސަންސް ދޫކުރުން

(ހ) އިންމާރސެޓް ޓަރމިނަލް އޮޕަރޭޓިންގ ލައިސަންސް ދޫކުރެވޭނީ ކަނޑުދަތުރުކުރާ އުޅަނދުފަހަރުގެ މުވާސަލާތީ ބޭނުމަށް ބެހެއްޓޭ އިންމާރސެޓް ސެޓެލައިޓް ޓަރމިނަލް އޮޕަރޭޓް ކުރުމަށެވެ.

(ށ) އިންމާރސެޓް ޓަރމިނަލް ބޭނުން ކުރަންވާނީ ރާއްޖޭގެ ގާނޫނާއި އިންޓަރނޭށަނަލް ޓެލެކޮމިއުނިކޭށަން ކޮންވެންށަނާ އެއްގޮތްވާގޮތުގެ މަތިންނެވެ.

 

18 ވަނަ މާއްދާ - އިންމާރސެޓް ޓަރމިނަލް އޮޕަރޭޓިންގ ލައިސަންސުގެ މުއްދަތު

އިންމާރސެޓް ޓަރމިނަލް އޮޕަރޭޓިންގ ލައިސަންސުގެ މުއްދަތަކީ އެ ލައިސަންސެއް ދޫކުރާ ދުވަހުން ފެށިގެން 1 (އެކެއް) އަހަރުދުވަހެވެ. ލައިސަންސުގެ މުއްދަތު ހަމަވުމުން، ލައިސަންސް އައުކުރަން ބޭނުންވާނަމަ، އެކަމަށް އެދި  ހުށަހަޅަންވާނެއެވެ.

 

19 ވަނަ މާއްދާ - އިންމާރސެޓް ޓަރމިނަލް ކޮމިށަން ކުރުން

އިންމާރސެޓް ޓަރމިނަލް ކޮމިށަން ކުރުމަށް އެދޭނީ ދިވެހިރާއްޖޭގައި އިންމާރސެޓް ޓަރމިނަލް ކޮމިށަން ކުރުމާއި ޑީކޮމިށަން ކުރުމުގެ ހުއްދަ އިންމަރސެޓުން ދީފައިވާ ފަރާތް ކަމަށްވާ ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް ކޮމްޕެނީ (ދިރާގު) އަށެވެ.

 

20 ވަނަ މާއްދާ - އިންމާރސެޓް ޓަރމިނަލަށް ދައްކަންޖެހޭ ފީ އާއި ކޯލް ޗާރޖް

(ހ) އިންމާރސެޓް ކޮމިށަން ކުރުމަށްޓަކައި ދައްކަންޖެހޭ ފީ ދައްކާނީ، އިންމާރސެޓުން ރާއްޖެއަށް ކަނޑައަޅާފައިވާ "އެކައުންޓިންގ އޮތޯރިޓީ" އަށެވެ.

(ށ) އިންމާރސެޓް ޓަރމިނަލް އޮޕަރޭޓިންގ ލައިސަންސަށް ދައްކަންޖެހޭ ފީ، ދައްކާނީ އޮތޯރިޓީއަށެވެ.

(ނ) އިންމާރސެޓް ޓަރމިނަލް ބޭނުން ކުރުމާ ގުޅިގެން ދައްކަންޖެހޭ ކޯލް ޗާރޖް ފަދަ ހިަރަދުތައް ދައްކަންވާނީ އިންމާރސެޓުން ރާއްޖެއަށް ކަނޑައަޅާފައިވާ "އެކައުންޓިންގ އޮތޯރިޓީ" އަށެވެ.

 

21 ވަނަ މާއްދާ - ފީ ނެގުން

މިގަވާއިދުގެ ދަށުން ފޯރުކޮށްދެވޭ ހިިދުމަތްތަކަށް ފީ ނަގާނީ މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ ފީ ގެ ތާވަލާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

 

22 ވަނަ މާއްދާ - ފިޔަވަޅު އެޅުން

ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތަކުންކުރެ ކަމެއް ކޮށްފިނަމަ އެކުރެވެނީ، ގާނޫނު ނަންބަރު 43/2015 (ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭށަންގެ ގާނޫނު) ގެ 3 (ތިނެއް) ވަނަ މާއްދާގެ (ހ) ގެ 3 (ތިނެއް) އާ ހިިލާފު ކަމެކެވެ. އަދި އެއިން ކަމެއް ކޮށްފިނަމަ، ތިރީގައިވާ ގޮތުގެމަތިން ޖޫރިމަނާކުރުމުގެ އިހިްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

 

ގާނޫނާ ހިިލާފު އަމަލު -ޖޫރިމަނާގެ އަދަދު

(ހ) އެއްވެސް ބާވަތެއްގެ ކްލާސް ލައިސަންސެއްގެ ދަށުން ބޭނުންކުރަންޖެހޭ ރޭޑިއޯ ކޮމިއުނިކޭށަން އިކުއިޕްމަންޓެއް ކްލާސް ލައިސަންސެއްނެތި ބޭނުންކުރާ ފުރަތަމަ ފަހަރު
 
500 (ފަސްސަތޭކަ) ރުފިޔާ

(ށ) އެއްވެސް ބާވަތެއްގެ ކްލާސް ލައިސަންސެއްގެ ދަށުން ބޭނުންކުރަންޖެހޭ ރޭޑިއޯ ކޮމިއުނިކޭށަން އިކުއިޕްމަންޓެއް ކްލާސް ލައިސަންސެއްނެތި ބޭނުންކުރާ ދެވަނަ ފަހަރު
 
1500 (އެއްހާސް ފަސްސަތޭކަ) ރުފިޔާ

(ނ) އެއްވެސް ބާވަތެއްގެ ކްލާސް ލައިސަންސެއްގެ ދަށުން ބޭނުންކުރަންޖެހޭ ރޭޑިއޯ ކޮމިއުނިކޭށަން އިކުއިޕްމަންޓެއް، ކްލާސް ލައިސަންސެއް ނެތި ބޭނުންކުރާ  ތިންވަނަ ފަހަރުން ފެށިގެން އިތުރުވާ ކޮންމެ ފަހަރަކަށް
 
3000 (ތިންހާސް) ރުފިޔާ

 

23 ވަނަ މާއްދާ - އިދާރީ ފިޔަވަޅު

ލައިސަންސް ލިބިފައިވާ ފަރާތަކުން، މި ގަވާއިދުގެ އެއްވެސް މާއްދާއަކާ ހިިލާފުކަމެއް ކޮށްފިނަމަ، އެ ފަރާތަކާމެދު ތިރީގައިވާ ގޮތުގެމަތިން ފިޔަވަޅު އެޅުމުގެ އިހިްތިޔާރު އޮތޯރިޓީއަށް ލިބިގެންވެއެވެ.

(ހ) ގަވާއިދާ ހިިލާފުވާ ފުރަތަމަފަހަރު އެކަމެއް ރަނގަޅުކުރުމަށް މުއްދަތެއް ދީ އެކަން އެންގުން.

(ށ) ގަވާއިދާ ހިިލާފުވާ ދެވަނަފަހަރު އެކަމެއް ރަނގަޅުކުރުމަށް އަންގައި  500 (ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާކުރުން.

(ނ) ގަވާއިދާ ހިިލާފުވާ ތިންވަނަފަހަރު 1000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާކުރުން.

(ރ) ގަވާއިދާ ހިިލާފުވާ ހަތަރުވަނަފަހަރު ނުވަތަ އެއަށްވުރެ އިތުރަށް ގަވާއިދާ ހިިލާފުވާ ކޮންމެ ފަހަރަކު 3000 (ތިންހާސް) ރުފިޔާއިން ޖޫރިމަނާކުރުން.

 

24 ވަނަ މާއްދާ - ގަވާއިދަށް ބަދަލު ގެނައުން

މި ގަވާއިދަށް އިތުރު ހަރުދަނާކަމެއް ގެނައުމުގެ ގޮތުން މި ގަވާއިދު އިސްލާހާުކުރަން ޖެހިއްޖެ ހާާލަތެއްގައި، އެކަންކުރާނީ އޮތޯރިޓީންނެވެ. 

 

25 ވަނަ މާއްދާ - ގަވާއިދަށް އަމަލުކުރަން ފެށުން

(ހ) މި ގަވާއިދަށް އަމަލުކުރަން ފަށާނީ މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިއުކުރާ ތާރީހިުން ފެށިގެން 4 (ހަތަރެއް) މަސްދުވަސް ހަމަވާ ތާރީހިުން ފެށިގެންނެވެ.

(ށ) މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން އޮތޯރިޓީން ދޫކުރަމުންދިޔަ ތިރީގައި ބަޔާންކޮށްފައިވާ ލައިސަންސްތަކުގެ މުއްދަތު ކަމުގައި ބެލެވޭނީ   އެ ލައިސަންސަކަށް އެންމެ ފަހުން ފީ ދައްކާފައިވާ ތާރީހިުން ފެށިގެން  1 (އެކެއް) އަހަރުދުވަހުގެ މުއްދަތެވެ. އަދި މި މުއްދަތު ހަމަވުމަށްފަހު އެ ލައިސަންސްތައް ބާތުިލުވާނެއެވެ.

  1. ޓްރާންސްމިޓިންގ ސްޓޭށަން ލައިސަންސް؛
  2. އެމެޗަރ ރޭޑިއޯ ލައިސަންސް؛
  3. ށިިޕް ސްޓޭށަން ލައިސަންސް؛ އަދި
  4. އިންމާރސެޓް ޓަރމިނަލް އޮޕަރޭޓިންގ ލައިސަންސް.

 

25 ވަނަ މާއްދާ - މާނަކުރުން

މި ގަވާއިދުގެ އާިބާރާތެއް ނުވަތަ ލަފްޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި އާިބާރާތްތަކާއި ލަފްޒުތަކަށް ދީފައި އެވަނީ، އެ އާިބާރާތްތަކާއި ލަފްޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.

(ހ) "އޮތޯރިޓީ" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 42/2015 (ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސް ގެ ގާނޫނު) ގެ ދަށުން އުފައްދާފައިވާ "ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސް" އަށެވެ.

(ށ) "ޓްރާންސްމިޓިންގ ސްޓޭށަން ލައިސަންސް" ކަމުގައި ބުނެފައި އެވަނީ، އެކިއެކި ބޭނުންތަކަށް، ދެކޮޅަށް މުވާސަލާތު ކުރެވޭ ރޭޑިއޯ އިކުއިޕްމަންޓް ބޭނުން ކުރުމަށް ދޭ ހުއްދައަށެވެ.

(ށ) "އެމެޗަރ ރޭޑިއޯ ލައިސަންސް" ކަމުގައި ބުނެފައި އެވަނީ، އަމިއްލަ ބޭނުންތަކަށް، ކަނޑައެޅިފައިވާ ވަކި ފްރީކްއެންސީ ބޭންޑެއްގައި، ދެކޮޅަށް މުވާސަލާތު ކުރެވޭ އިކުއިޕްމަންޓް ބޭނުން ކުރުމަށް ދެވޭ ހުއްދައަށެވެ.

(ނ) "ށިިޕް ސްޓޭށަން ލައިސަންސް" ކަމުގައި ބުނެފައި އެވަނީ، ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ރާއްޖެއިން ބޭރަށް ދަތުރުކުރާ ބޯޓުފަހަރުގައި މުވާސަލާތީ އިކުއިޕްމަންޓް ބޭނުންކުރުމަށް ދޭ ހުއްދައަށެވެ.

(ރ) "އިންމާރސެޓް ޓާރމިނަލް އޮޕަރޭޓިންގ ލައިސަންސް" ކަމުގައި ބުނެފައި އެވަނީ، އިންމާރސެޓް ސެޓްލައިޓް ހިިދުމަތް ބޭނުންކުރުމަށް ދެވޭ ހުއްދައަށެވެ.

 

ޖަދުވަލު 1

 

ކްލާސް ލައިސަންސްތަކުން ފީ ނަގާގޮތުގެ ތާވަލު

 

ޓްރާންސްމިޓިންގ ސްޓޭޝަން ލައިސަންސުގެ ފީ  - 200 (ދުއިސައްތަ) ރުފިޔާ 
ޓްރާންސްމިޓިންގ ސްޓޭޝަން ލައިސަންސުގެ މަޢުލޫމާތަކަށް ބަދަލު ގެނައުމަށްފަހު އަލުން ލައިސަންސް ހަދައިދިނުމުގެ ފީ  - 200 (ދުއިސައްތަ) ރުފިޔާ 
ޓްރާންސްމިޓިންގ ސްޓޭޝަން ލައިސަންސުގެ ވެރިފަރާތް ބަދަލުކޮށް އަލުން ލައިސަންސް ހަދައިދިނުމުގެ ފީ  - 200 (ދުއިސައްތަ) ރުފިޔާ 
ޓްރާންސްމިޓިންގ ސްޓޭޝަން ލައިސަންސް ގެއްލިގެން ނުވަތަ ހަލާކުވެގެން ނުވަތަ އެނޫންވެސް ސަބަބަކާހުރެ އަލުން ލައިސަންސް ހަދައިދިނުމުގެ ފީ  - 200 (ދުއިސައްތަ) ރުފިޔާ 
އެމެޗަރ ރޭޑިއޯ ލައިސަންސުގެ ފީ  - 300 (ތިންސަތޭކަ) ރުފިޔާ 
ވަގުތީ އެމެޗަރ ރޭޑިއޯ ލައިސަންސުގެ ފީ  - 200 (ދުއިސައްތަ) ރުފިޔާ
ޝިޕް ސްޓޭޝަން ލައިސަންސުގެ ފީ  - 500 (ފަސްސަތޭކަ) ރުފިޔާ
ޝިޕް ސްޓޭޝަން ލައިސަންސް ހެދުމަށް ބޭނުންވާ ސާރވޭ ކުރުމުގެ ފީ  - 1000 (އެއްހާސް) ރުފިޔާ


  

މައި ގާނޫނު

ކޮމިއުނިކޭށަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ގާނޫނު (ގާނޫނު ނަންބަރު 42/2015)

 

މި ގަވާއިދަށް ގެނެވުނު އިސްލާހު

1 ވަނަ އިސްލާހު

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ކްލާސް ލައިސަންސް ދޫކުރުމުގެ ގަވާއިދު (ކޮންސޮލިޑޭޓް) (ކޮންސޮލިޑޭޓެޑް ނަންބަރު 2021-30)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު