-

ރާއްޖެއަށް އަންނަ ބޭރުގެ ކަނޑުގެ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ގެންނަ ހަތިޔާރާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 34/2011) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު 

(ގަވާއިދު ނަންބަރު 3/2012)

މި ގަވާއިދު ވަނީ ގަވާއިދު ނަންބަރު 32/2018 ގެ 25 ވަނަ މާއްދާއިން އުވާލެވިފައި

 

މިއީ ގަވާއިދު ނަންބަރު 34/2011 (ދިވެހިރާއްޖެއަށް އަންނަ ބޭރުގެ ކަނޑުމަތީ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ގެންނަ ހަތިޔާރާބެހޭ ގަވާއިދު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދެވެ.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

12. (ހ) އުޅަނދު ރަޖިސްޓްރީ ކޮށްފައިވާ ގައުމާއި، އުޅަނދުގެ ރަޖިސްޓްރޭށަން ނަންބަރު އަދި އައި.އެމް.އޯ ނަންބަރާއި ކޯލްސައިން

 

2 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާގެ (ޅ) އަންނަނިވި ގޮތަށް އިސްލާހުކުރުން

12. (ޅ) އުޅަނދުގެ ބާވަތް. (ކޮމާށަލް، ޕްރައިވެޓް) (އުޅަނދާއި ދަތުރުގެ މައުލޫމާތު އެކުލެވޭ ފުރިހަމަ އެރައިވަލް ނޯޓިސްއެއް)

 

3 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާގެ (ވ) އަންނަނިވި ގޮތަށް އިސްލާހުކުރުން

12. (ވ) އުޅަނދުގައި ތިބި ފަސިންޖަރުން، ފަޅުވެރިން އަދި ޕްރައިވެޓްލީ ކޮންޓްރެކްޓަޑް އާރމްޑް ސެކިއުރިޓީ ޕަރސަނަލް (ޕީ.ސީ.އެސް.ޕީ) ގެ އަދަދާއި ނަމާއި ޕާސްޕޯޓް ނަންބަރު. މީގެ އިތުރުން ފަޅުވެރިންނާއި ޕީ.ސީ.އޭ.އެސް.ޕީން ރަޖިސްޓްރީ ވެފައިވާ ގައުމާއި، އުފަން ގައުމާއި، އަދި އެ މައުލޫމާތުތަކަށް ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި އައިސްފައިވާ ބަދަލު.

 

4 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާގެ (ފ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

12. (ފ) ދަތުރުފެށި ބަނދަރާއި، އުޅަނދު މަޑުކުރި ގައުމުތަކުގެ ބަނދަރުތަކުން ދޫކޮށްފައިވާ އައުޓްވާރޑް ކްލިއަރެންސްގެ ކޮޕީ

 

5 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 12 ވަނަ މާއްދާގެ ފަހަތަށް އަންނަނިވި ގޮތަށް މާއްދާއެއް އިތުރުކުރުން.

ޕްރައިވެޓްލީ ކޮންޓްރެކްޓަޑް އާރމްޑް ސެކިއުރިޓީ ޕާރސަނަލް

13. (ހ) މިގަވާއިދުގެ ދަށުން އުޅނަދުފަހަރުގައި ތިބޭ ޕްރައިވެޓްލީ ކޮންޓްރެކްޓަޑް އާރމްޑް ސެކިއުރިޓީ ޕާރސަނަލް (ޕީ.ސީ.އޭ.އެސް.ޕީ) އަކީ ރަޖިސްޓްރީވެފައިވާ ޕްރައިވެޓް ސެކިއުރިޓީ ކުންފުންޏެއްގެ މީހުންނަށް ވާންޖެހޭނެއެވެ. އަދި އެ ކުންފުންޏެއް ގަވާއިދުން ރަޖިސްޓްރީ ކޮށްފައިވާކަން ބަޔާންކޮށް ރަޖިސްޓްރީ ކޮށްފައިވާ ގައުމެއްގެ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.

(ށ) މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެނިއުރިޓީގެ ފަރާތުން ޕީ.ސީ.އޭ.އެސް.ޕީން ވެޓްކުރުމަށްފަހު އެ ފަރާތްތަކަކީ މި ގަވާއިދުގެ ދަށުން ގެންނަ ދިފާއީ އާލަތްތަކާއެކު ހަރަކާތްތެރިވާން އެކަށީގެންވާ ބައެއް ނޫންކަމަށް މިނިސްޓްރީއަށް ފެނިއްޖެނަމަ، އެފަދަ ފަރާތްތަކަށް ހުއްދަ ނުދިނުމުގެ އިހުތިޔާރު މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީއަށް ލިބިގެންވެއެވެ.

 

6 ވަނަ މާއްދާ - ބުނެވިދިޔަ ގަވާޢިދުގެ 14 ވަނަ މާއްދާ އެއީ 14 ވަނަ މާއްދާގެ (ހ) ކަމުގައި ހަމަޖައްސައި (ހ) ގެ ފަހަތަށް އަންނަނިވިގޮތަށް އަކުރެއް އިތުރުކުރުން

14. (ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ދީފައިވާ އާލާތްތައް ޗެކްކުރާއިރު މައުލޫމާތު ދިމާނުވާ ހާލަތްތަކުގައި މިކަން މިގޮތަށް ހިނގަން މެދުވެރިވި ސަބަބު ބަޔާންކޮށް އުޅނދުގެ ކެޕްޓަނުގެ ބަޔާނެއް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެނިއުރިޓީއަށް ހުށަހަޅަން ޖެހޭނެއެވެ.

 

7 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ މާއްދާގެ (ހ) އަންނަނިވި ގޮތަށް އިސްލާހުކުރުން.

15. (ހ) މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީގެ ދަށަށް ގެނެސްފައިވާ ސަލާމަތީ ރައްކާތެރިކަމުގެ އާލާތްތައް އެ އުޅަނދާ އަނބުރާ ހަވާލުކޮށްދިނުމަށް ލޯކަލް ކޯޑިނޭޓިންގ އެޖެންޓް އެދުމުން އެ އުޅަނދަށް އައުޓްވާރޑް ކްލިއަރެންސް ލިބި ފުރަންވުމާއެކު މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީއިން، އެ ތަކެތި އެ އުޅަނދާ ހަވާލުކުރަންވާނެއެވެ.

 

8 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 15 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަންނަނިވި ގޮތަށް އަކުރެއް އިތުރުކުރުން.

15. (ނ) މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ސަލާމަތީ ރައްކަތެރިކަމުގެ އާލަތްތައް ހިފައިގެން ފުރާ އުޅަނދުފަހަރު ރާއްޖޭގެ ސާރޗް އެންޑް ރެސްކިޔު ރީޖަން (އެސް.އާރ.އާރ) ސަރަހައްދުން ނެއްޓެންދެން ކޮންމެ 5 ގަޑިއިރަކުން ޕޮޒިށަން ކޯސްޓްގާޑަށް ރިޕޯޓްކުރަން ޖެހޭނެއެވެ. އަދި މިސަރަހައްދުގައި އެއްވެސްކަހަލަ ހާދިސާއެއް ހިނގައިފިނަމަ، ވަގުތުން ކޯސްޓްގާޑަށް އެ ހާދިސާއެއްގެ މައުލޫމާތު ހިއްސާކުރަން ޖެހޭނެއެވެ. މިނޫންގޮތަކަށް ރިޕޯޓިންގ ކަންތައްތައް ހަމަޖައްސަން ޖެހިއްޖެ ހިނދެއްގައި ކޯސްޓްގާޑުން ލޯކަލް ކޯޑިނޭޓިންގ އެޖެންޓް މެދުވެރިކޮށް އެކަން އެ އުޅަނދަކަށް އަންގާނެއެވެ.

 

9 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 17 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

17. ހަތިޔާރު ކަނޑުމަގުންނާއި ވައިގެ މަގުން ފޮނުވުމަށް ސަރުކާރަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކާނީ ލޯކަލް ކޯޑިނޭޓިންގ އެޖެންޓެވެ.

 

10 ވަނަ މާއްދާ - ބުނެވިދިޔަގ ގަވާއިދުގެ 24 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ހަތިޔާރެއް ރާއްޖެއިން ބޭރުކުރާނެ އިންތިޒާމު ހަމަނުޖެހުން

24. (ހ) މި ގަވާއިދުގެ ދަށުން ރާއްޖެއަށް ގެނެސް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީގެ ބެލުމުގެ ދަށުގައި ބެހެއްޓޭ ހަތިޔާރު މިގަވާއިދުގައި ބުނެފައިވާ ގޮތުގެމަތިން ރާއްޖެއިން ބޭރުކުރުމުގެ އިންތިޒާމު ލޯކަލް ކޯޑިނޭޓިންގ އެޖެންޓް، އެއްވެސް ސަބަބަކާހުރެ ހަމަ ނުޖައްސައި 6 މަސްދުވަހަށްވުރެ އިތުރަށް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީގެ ބެލުމުގެ ދަށުގައި ހުރެއްޖެނަމަ، އެ ތަކެތި ނައްތާލުމުގެ އިހުތިޔާރު މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީއަށް ލިބިގެންވެއެވެ. މިގޮތަށް ނައްތާލެވޭ އެއްވެސް އެއްޗަކަށް ބަދަލެއް ނުލިބޭނެއެވެ.

(ށ) މި ގަވާއިދުގެ ދަށުން ރާއްޖެއަށް ގެނެސް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީގެ ބެލުމުގެ ދަސުގައި ބެހެއްޓޭ ހަތިޔާރު މިގަވާއިދުގެ 29 ވަނަ މާއްދާގައި ބުނާ ފީ ނުދައްކައި 1 މަސްދުވަހަށްވުރެ އިތުރަށް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީގެ ބެލުމުގެ ދަށުގައި ހުރެއްޖެނަމަ، އެ ތަކެތި ނައްތާލުމުގެ އިހުތިޔާރު މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީއަށް ލިބިގެންވެއެވެ. މިގޮތުން ނައްތާލެވޭ އެއްވެސް އެއްޗަކަށް ބަދަލެއް ނުލިބޭނެއެވެ.

 

11 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 29 ވަނަ މާއްދާގެ (2) އަންނަނިވި ގޮތަށް އިސްލާހުކުރުން.

29.  2. މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިޓީގެ ބެލުމުގެ ދަށުގައި ހަތިޔާރު ބެހެއްޓުމަށް، ކޮންމެ 30 ދުވަހަކަށް 12،000 (ބާރަ ހާސް) ރުފިޔާ ލޯކަލް ކޯޑިނޭޓިންގ އޭޖެންޓް ދައްކަންވާނެއެވެ. އަދި 30 ދުވަހަށްވުރެ އިތުރުވާ މުއްދަތަށް ( އެ މުއްދަތަކީ 1 ދުވަސްކަމުގައިވީ ނަމަވެސް) އިރުތު 30 ދުވަހުގެ މުއްދަތަށް ފައިސާ ދައްކަންޖެހޭނެއެވެ. މި ފައިސާއަކީ އަނބުރާ ލިބޭނެ ފައިސާއެއް ނޫނެވެ.

 

12 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދަށް މި ގަވާއިދުން އިތުރުކުރާ މާއްދާތަކާ ގުޅިގެން، އެ ގަވާއިދުގެ މާއްދާތަކުގެ ނަންބަރު ތަރުތީބު ކުރުން.

 

13 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ ވަކި މާއްދާއަކަށް ނުވަތަ ވަކި މާއްދާއެއްގެ ބަޔަކަށް ހަވާލާދީފައިވާ ތަންތަން، މި ގަވާއިދުން ގެންނަ އިސްލާހުތަކާ ގުޅިގެން ބަދަލުކުރުން.

 

14 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓްގައި ށާއިއުކުރާ ދުވަހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ރާއްޖެއަށް އަންނަ ބޭރުގެ ކަނޑުގެ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ގެންނަ ހަތިޔާރާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 34/2011) 

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު