-

ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2020-20) އަށް 3 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު

(ގަވާއިދު ނަންބަރު 2023-17)

(މި ގަވާއިދަށް އަމަލުކުރަން ފެށީ 4 ޖަނަވަރީ 2023 ގައި)

 

ގަވާއިދު ނަންބަރު 2020-20 (ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމާބެހޭ ގަވާއިދު) އަށް އަންނަނިވި އިސްލާހު ގެނައުން.

 

1 ވަނަ މާއްދާ - ބުނެވިދިޔަ ގަވާއިދުގެ 19 ވަނަ މާއްދާ އަންނަނިވި ގޮތަށް އިސްލާހުކުރުން.

ފީ ނެގުން 19.

(ހ) ބާ އިމްތިހާނުގައި ބައިވެރިވުމަށާއި، ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމަށާއި، ހުއްދަ ގެއްލިގެން އަލުން ދޫކުރުމަށާއި، ގާނޫނީ ވަކީލުކަމުގެ ހުއްދަ ތަރުޖަމާކުރުމަށް އަދި ސެޓުފިކެޓު އޮފް ގުޑް ސްޓޭންޑިންގ ދޫކުރުމަށް ބާ ކައުންސިލުގެ ފީ ށެޑިއުލްގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފީއެއް ނެގޭނެއެވެ.

(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހިދުމަތްތައް ފޯރުކޮށްދެވޭނީ، ބާ ކައުންސިލުގެ ފީ ށެޑިއުލްގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެ ހިދުމަތަކަށް ކަނޑައެޅިފައިވާ ފީ، ބާ ކައުންސިލަށް ދެއްކުމުންނެވެ.

(ނ) ބާ ކައުންސިލުން އާންމުކޮށްފައިވާ ގަވާއިދެއްގެ ދަށުން ބާ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަން ޖެހި ނުދައްކައިވާ ފަރާތަކަށް، މި ގަވާއިދުގެ ދަށުން އިތުރު އެއްވެސް ހިދުމަތެއް ނުދެވޭނެއެވެ.

 

2 ވަނަ މާއްދާ - މި ގަވާއިދަށް އަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ށާއިއުކުރާ ތާރީހުން ފެށިގެންނެވެ.

 

މައި ގަވާއިދު

ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2020-20)

 

ކޮންސޮލިޑޭޓެޑް ގަވާއިދު

ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމާބެހޭ ގަވާއިދު (ކޮންސޮލިޑޭޓެޑް) (ކޮންސޮލިޑޭޓެޑް ނަންބަރު 2020-20)

ރިފަރެންސް

ކިޔުންތެރިންގެ ހިޔާލު